އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރާ، އެޑްވަޑް ރަސްގެފާނުގެ ތަޚުތުގެ ދަށުގައި ބޭއްވުމަށް، ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ، ސްކޮޓްލޭންޑްގެ އެޑިންބަރާ އިން ގެނެސް،، ލަންޑަންގައި ހުންނަ ވެސްޓްމިންސްޓާ ފައްޅީގައި، އެޑްވަޑް ރަސްގެފާނުގެ ތަޚުތުގެ ކައިރީގައި ބާއްވާފައި.
07 މެއި 2023 - 14:11
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި، ޗާލްސް ތިނެއް ވެޑުވުމަށް އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ ބޭނުންކުރެއްވުމަށް ޖުމްލަ ފަސް ގޮނޑިކޮޅު ބޭނުންކުރެއްވި އެވެ. އެއީ ރަސްގެފާނު ޗާލްސް އަށް ޚާއްސަ ތިން ގޮނޑިކޮޅަކާއި ރާނީ ކެމީލާ އަށް ދެ ގޮނޑިކޮޅެވެ.
އޭގެ ތެރެއިން ވެސް އެންމެ ޚާއްސައީ އިނގިރޭސި ރަސްކަމުގެ އާރާއި ބާރު ރަމްޒުކޮށްދޭ އެންމެހައި ގަހަނާ އާއި އެހެނިހެން ރަމްޒުތައް ރަސްގެފާނާ ހަވާލުކުރެއްވުމަށްޓަކައި އިށީނދެވަޑައިގެން އިންނަވަން ޚާއްސަ ގޮނޑިކޮޅެވެ. ވަރަށް ދުވަސްވެ ބާވެފައިވާ އަދި ވަރަށް އާދައިގެ ގޮތަކަށް ހުރި އެ ގޮނޑިކޮޅަކީ އިނގިރޭސި ޝާހީ އަރުޝީފުގައި ހިމެނޭ އެންމެ ދުވަސްވީ އެއް ތަރިކަ އެވެ.
The Stone of Destiny, which is regarded as a sacred, historic symbol of Scotland's monarchy and nationhood has left Scotland for London under tight security ahead of King Charles' coronation https://t.co/HvNvnFA2sm pic.twitter.com/pQbde4KDAx
— Reuters (@Reuters) April 28, 2023
އެއީ، މީލާދީން 1272 ން 1307 އަށް އިނގިރޭސި ރަސްކަމުގައި އިންނެވި، ސެންޓް އެޑްވަޑް ނުވަތަ ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތެވެ. އިނގިރޭސި ރަސްކަމުގައި އެ ތަޚުތު ބޭނުންކުރަން ފެށީ، ރަސްގެފާނު އެޑްވަޑްގެ ރަސްކަމުގައި މީލާދީން 1296 ވަނަ އަހަރުގެ ތެރޭގަ އެވެ.
މީގެ 727 އަހަރު ކުރިން ބޭނުންކުރަން ފެށި އެ ތަޚުތު ޚާއްސަވާ އެންމެ މުހިންމު ސަބަބަކީ، އެ ތަޚުތުގެ އަޑީގައި އޮންނަ ހިލަ އެވެ. އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަޚުތު ބޭނުންކުރި އިރު ވެސް، ތަޚުތުގެ ދަށުގައި އެ ހިލަ އޮތެވެ. ހަގީގަތާއި ފުލޯކުގެ ދިގު ތާރީޚެއް އޮތް އެ ހިލަ މުހިންމުވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.
ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ
ރަސްގެފާނު އެޑްވަޑް 1296 ވަނަ އަހަރު ބޭނުންކުރައްވަން ފެއްޓެވި އެ ތަޚުތު ތައްޔާރުކުރެއްވީ ވެސް، ރަސްކަމުގެ ޝާނާއި ޝައުކަތު ދެމެހެއްޓުމުގައި އެ ހިލައިގެ ބޭނުންތެރިކަން ބޮޑުކަމަށް ގަބޫލުކުރެއްވޭތީ، ތަޚުތުގައި އެ ހިލަ ބޭނުންކުރެއްވުމުގެ ބޭނުންފުޅުގަ އެވެ.
ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ، ބަރުދަނުގައި 125 ކިލޯ ހުންނަ އެ ހިލައަކީ، ސްކޮޓްލޭންޑްގެ ރަހުންނާއި ރަނިން، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ބޭނުންކުރި ހިލައެކެވެ. އަދި މީލާދީން 13 ވަނަ ގަރުނުން ފެށިގެން އެ ހިލަ ބޭނުންކުރަމުން އައީ އިނގިރޭސި ވިލާތުގެ ރަހުންނާއި ރަނިން، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށެވެ.
6 މެއި 2023؛ ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ
ބުނެވޭ ގޮތުގައި އެ ހިލައަކީ ސަލާމްލެއްވި ޔަޢުޤޫބުގެފާނު ބައިތުލް މަޤްދިސްގައި އުޅުއްވި ދުވަސްވަރު އަވަހާރަލެއްޕެވުމަށް ބާލީސްކޮޅެއްގެ ގޮތުގައި ބޭނުންކުރެއްވި ހިލައެކެވެ. އެއް ރެއަކު ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި އުފާވެރި ހުވަފެންފުޅަކާ ގުޅިގެން، އެކަލޭގެފާނު އެ ހިލަކޮޅު މާތް ﷲ އަށް ވަޤުފުކުރެއްވީ އެވެ.
ޔަޢުޤޫބުގެފާނު ބައިގުލް މަޤްދިސް ދޫކުރައްވައި ހާރާން ސަހަރަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ އަރިހުގައި އެ ހިލަވެސް ގެންދެވި އެވެ. އެއަށް ފަހު ބަނީ އިސްރާއީލުންގެ ނަބީބޭކަލެއް ކަމަށްވާ އިރްމިޔާ (އަރަމިޔާ) ނަބީކަލޭގެފާނު އެ ހިލަ، ގަދީމީ އަޔަލޭންޑަށް ގެންދެވި އެވެ.
ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ، ބަރުދަނުގައި 125 ކިލޯ ހުންނަ ހިލަ
އޭގެ ފަހުން އެ ހިލަ އޮތީ، ސްކޮޓްލޭންޑާއި އިރުއުތުރު އަޔަލޭންޑްގައި އޮތް ގައެލިކް ރަސްކަމުގެ ބާރުގެ ދަށުގަ އެވެ. ބުނެވޭ ގޮތުގައި ރަސްކަލަކު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް އެ ހިލަ ބޭނުންކުރީ، ގައެލިކް ރަސްކަމުގެ ފުރަތަމަ ރަސްކަލުން ކަމަށްވާ ފާގަސް (މީލާދީން 498 ން 501 އަށް)، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށެވެ.
އޭގެ ފަހުން، އެ ރަސްކަން އުވި ގޮސް، ގަދީމީ އަޔަލޭންޑާއި ސްކޮޓްލޭންޑް ވަކިވެ، ސްކޮޓްލޭންޑްގައި ވަކި ރަސްކަމެއް ގާއިމުވުމަށް ފަހު، އެކި ޖީލުތަކަށް އެ ހިލަ ނަގުލުވަމުން އައިސް، މީލާދީން 13 ވަނަ ގަރުނުގެ ފަހުކޮޅާ ޖެހެންދެން އެ ހިލަ އޮތީ ސްކޮޓްލޭންޑްގެ ޕާތުގެ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ސްކޯންގައި ހުންނަ ނަސާރާ ފައްޅި، ސްކޯން އަބީގަ އެވެ.
𝐓𝐡𝐞 𝐂𝐫𝐨𝐰𝐧𝐢𝐧𝐠 𝐨𝐟 𝐓𝐡𝐞 𝐊𝐢𝐧𝐠
— The Royal Family (@RoyalFamily) May 6, 2023
The Archbishop of Canterbury places St Edward’s Crown on The King’s anointed head. The clergy, congregation and choir all cry ‘God Save The King’.#Coronation pic.twitter.com/kGrV3W0bky
ނަމަވެސް އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑާ ދެމެދު 1296 ވަނަ އަހަރު ކުރި މިނިވަންކަމުގެ ހަނގުރާމައިގައި، އިނގިރޭސި ރަސްގެފާނު އެޑްވަޑްގެ ލަޝްކަރުން ސްކޮޓްލެންޑަށް އަރައިގަނެ ދިން ހަމަލާތަކުގެ ތެރޭގައި، އެފައްޅި ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، އެ ފައްޅީގައި އޮތް ހިލަ އިނގިރޭސި ވިލާތަށް ގެންދިޔަ އެވެ.
އެއަށް ފަހު އެ ހިލަ ބާއްވާފައި އޮތީ ލަންޑަންގައި ހުންނަ ވެސްޓްމިންސްޓާ ފައްޅީގަ އެވެ. އަދި އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑާ ދެމެދު ކުރިން އޮތް އަދާވާތްތެރިކަން ނެތިގޮސް، އިނގިރޭސި ރަސްކަމުގެ ދަށުގައި ރުހިގެން އޮންނަތާ އަހަރުތަކެއް ވުމާއެކު، އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއް،ގެ ރަނިކަމުގައި، އެ ހިލަ އަނބުރާ ސްކޮޓްލޭންޑާ ހަވާލުކުރީ 1996 ވަނަ އަހަރުގެ ތެރޭގަ އެވެ.
6 މެއި 2023؛ ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ
ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް އެ ހިލަ، ސްކޮޓްލޭންޑްގެ އެޑިންބަރާ އިން އިނގިރޭސި ވިލާތުގެ ލަންޑަނަށް ގެނައީ، ރަސްގެފާނު ޗާލްސްގެ ޝާހީ އަމުރުފުޅަކަށެވެ. އަދި އެ ރަސްމިއްޔާތު ނިމުމާއެކު، އެ ހިލަ އަނބުރާ ސްކޮޓަލޭންޑަށް ގެންދާނެ އެވެ.
މިހާރު އެ ހިލަ ބާއްވާފައި އޮންނަނީ ސްކޮޓްލޭންޑްގެ ވެރިރަށް އެޑިންބަރާގައި ހުންނަ އެޑިންބަރާ ފައްޅީގަ އެވެ. ސްކޮޓްލެންޑްގަ އާއި އިނގިރޭސި ވިލާތުގައި ވެސް، ރަސްކަމުގެ ތަޚުތުގައި ރަހުންނާއިން ރަނިން ވެޑުވުމުގެ ރަސްމިއްޔާތުގައި، ރަހުން ނުވަތަ ރަނިން އިށީނދެވަޑައިގެން އިންނަވަނީ މި ހިލައިގެ މަތީގަ އެވެ. އެއީ އިލާހީ ބަރަކާތާއި މަދަދު ލިބިގަތުމުގެ މަގްސަދުގަ އެވެ.
އޭރު ރަސްކަމުގެ ތަޚުތުގައި އެ ހިލަ އޮންނަނީ، ރަސްރަސްކަލުން އިށީނދެވަޑައިގަންނަވާ ތަނުގެ ގޮތުގަ އެވެ. ނަމަވެސް މީލާދީން 17 ވަނަ ގަރުނުގެ ތެރޭގައި، ތަޚުތަށް ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި، އެ ހިލައިގެ މަތިން ލަކުޑި ފިލާގަނޑެއް ބާއްވައި އެ ފިލާގަނޑުގައި އިސްޕަންޖު ޖަހައި، އިސްޕަންޖުގަނޑުގައި މަޚުމާ ފޮތީގެ އުރައެއް ލެއްވި އެވެ.
އެހެންކަމުން، މިހާރު އެ ހިލަ އޮންނާނީ، އިށީނދެވަޑައިގެން އިންނަވާ ތަނުގެ ދަށުގަ އެވެ. ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އިއްޔެ އެޅުވި އިރުވެސް، އެ ތަޚުތުގެ ދަށުގައި އެ ހިލަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަނބާ
09 May 2023
ސޯލިހުވެސް ރިކުއެސްޓުކުރި ހިލަ ދިނުމަށް 2023 ގައި ހުވަކުރާއިރު ހިލަމައްޗައްއަރާ ހުންނަވަން..
ޖުހާ.
08 May 2023
އިސްލާމީ ފުތޫހާތު. އިނގިރޭސި ފުތޫހާތު، އެމެރިކަން ފުތޫހާތު. ފުރެންޗު ފުތޫހާތު. ޕޯޗުގަލް ފުތޫހާތު. ހޮލެންޑު ފުތޫހާތު. ދުނިޔޭގައިއޮތީ ހުސް ފުތޫހާތު. އެބަޔަކު އަތުޖެހުނު އެއްޗެއް ކައްވާލީ. ދެން ލިއުންތެރިންލައްވާ ރީތިކޮން ކޮށާމަށައިގެން އޮފުދާރަކޮށްގެން ފުތޫހާތާއި ދީނާއި ކަލާންގެ ރުއްސެވުމާއިވެސް ގުޅުވައިގެން ބޮޑެތި ފޮތްތައްލިއެ ޔުނިވަރސިޓީތަކުގައި އެ އެއްޗެހި ކިއަވައިދީ ޕީ އެޗްޑީ ހެދި ކަނޑުކޮހުންގެ ޒަމާން މިއީ. އިނގިރޭސިން ކައްވާލި އެއްޗެހި ތިއީ.
ފައްކާ
07 May 2023
'ލޯންގްލިވް ދަ ކުއީން' 'ގޯޑް ސޭވް ދަ ކުއީން' އަބަދު އެގައުމު މީހުންނާ އެމީހުންގެ ދަށުގަ އޮތް ގައުމުތަކުން ކިޔާކިޔާ ދުނިޔޭގައާ ރަސްކަމުގަ ރާނީ ހުރިހާ ދުވަސް ދުނިޔެ ދެކެފި. ނަސާރާއިންވިއަސް އެމީހުން އެވަރަށް ރާނީއަށް ހެޔޮދުއާކޮށްފަ ކަލާނގެއަށް ދީނީ ގޮތުން ދުއާކޮށްފި. މިގައުމުގަ ވެރިއެއްގެ މައްޗަށް އެވަރަށް ދުއާކުރާނެ ބަޔަކު ނުވޭ. އެކަމު ބަދުދުއާކުރާނެ މީހުންވޭ. 3 އަހަރުން 5 އަހަރުން ވެރިމީހާ ބަދަލުވާނެ ސަބަބަކަށް ފުދޭ ރައްޔިތުން އެދޭ އެދުން
ހަންބޯ
07 May 2023
ތިހިލަގަނޑު ރަނގަޅަށް ދިރާސާކުރަން ފެނޭ . ޗާގޯސް އަކީ ރާއްޖޭގެ ތަނެއްތޯ ތިހިލަގަނޑުން އެނގޭނެ.. އަވަސްކުރޭ..
ދޭބަލަ
07 May 2023
އޭގަ ހުރި ލިއުންގަނޑުގަ ބުނާ އެއްޗެއް ނޭނގިގެން އުޅެނީ އެއްވެސް ބަޔަކު. ދެން ދޭބަލަ އެ މާނަކޮށްދޭން.
ދަގަތްފާނު
07 May 2023
ޕުރޮޕެގެންޑާ މިހުންނަނީ، ދެން ދުވަސްކޮޅެއްވަންދެން ކޮންމެދުވަހަކު މިކަހަލަ ކޮންމެވެސް ހަބަރެެއް ދުނިޔެތެރޭ ފަތުރާނެ، މާދަމާ އޮވެދާނެ ރަސްގެފާނު އަރާ ފައިވާނުގެ ވާހަކަވެސް. ބޭނުމަކީ ވީހާވެސް ގިނަބައެއްގެ ބޮލަށް ރަސްގެފާނުގެ ހައިބަތު ވީހާވެސް ބޮޑަށް ވެއްދުން.
ފެމުނު ކުޑޭ
07 May 2023
އޭ އޭ ތިއީ މިގޭގަ ގެންގުޅެން ފުނޑާ ދައެއް ހަދަން އިންޑިއާއިން މަ ގެނެސް މިގޭ ބަދިގެ ބިތްދިށުގަ ބާއްވާފައޮތް ހިލަގަނޑެކޭ ކަލޭމެން ގެންގޮސް ތިއުޅެނީ. ކިހާބޮޑު ކަމެއްތަ ކަލޭމެންނާ ހެދި! ތަނެއްގަ އެއްޗެއް އޮތިއްޔާ ކަޓުވާލަންޖެހޭތަ؟؟
އަރު
07 May 2023
މިދެން ކޮންކަމެއް ތިމާހެއްދެވިފަރާތަށް އަޅުކަންނުކޮށް އާޚިރަތްގެލުވާލާ ޣާފިލުވެފާ ތިބިބައެއް
ދިއްދޫމީހާ
07 May 2023
ތިޔަ ހިލަގަނޑަކީ ބުނެވޭ ގޮތުގައި އުތީމް ގަނޑުވަރުގައި ގެންގުޅުނު ހިލައެ ތިޔަ ހިލައަކީ އެއިރުގައި ގަނޑުވަރު ތުއްޕުޅު ބޭފުޅުން ހިތާނުކުރުމަށް ގެންގުޅޭ ކުރަފަތް ތޫނު ކުރަން ގެންގުޅުނު ހިލައެ ފަހުން އުތީމް މީހުން ވަރަށް މާތްކޮއް ހިތާގެން ގެންގުޅުނު ހިލައެ ތިޔަ ހިލަ އުތީމުން ބޭރުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކެލާގަ ތިބި އިނގެރޭސި ސިފައިން އުތީމްއަ ކުރި ދަތުރުގައި ކެލާން ގެންދިޔައީ ހިލަ ދިއްދޫން ގެންދިޔައީ އީޓް…
ފާއިޒުބެ
07 May 2023
މުޅިންވެސް ތަންތަނުން ކަޓުވާލާފަ ހުންނަ އެއްޗިހި ގަދީމީ ޝާހީ ކިޔައިގެން މި ގެންގުޅެނީ.
ލޫޓަރު
07 May 2023
ތާޖުގައި ވާ ބޮޑު ކޮހިނޫރު ޖަވާހިރަކީ ވެސް އިންޑިޔާއިން ވަގަށް ނެގި އެއްޗެއް
ޕޭޓަރ
07 May 2023
ނީންނާނެ މިހާރުގެ ތާޖަކު އެ ކޮހިނޫރެއް.
ޑަބަލް ސްޓޭންޑާޑް
08 May 2023
އަރަބިން ތަންތަން ހިފާ ލޫޓުވީމަ އެވަނީ ގަނީމާ މުދަލަށް. އެހެން ބަޔަކު އެކަން ކުރީމަ އެވަނީ ކަޓުވާލުމަށް.
ހުވޭ
07 May 2023
ހިތުން އެހާ މާތްއެއްޗެއްގައި މިބައިމީހުން މިތިބެނީ އިށީނދެ. ވައެއްބޭރުވިޔަސްއެއަށްޖަހަންޖެހޭނީ.
ހުވޭނުކޮށްބޭ
07 May 2023
އެހާ މާތް އެއްޗެއްވީމަ ތާޖު އަޅުވާ ގަޑީގަ އެކަނި އެ ހިލަގަނޑު ބައިންދަނީ.