ކުރީގެ ރައީސް ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
07 މެއި 2023 - 15:16
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.
ޔާމީންގެ ފަރާތުން އެފަދަ ވަގުތީ އަމުރަކަށް އެދުމުން ދައުލަތުން ބުނީ، އެކަމަކު ޝަރީއަތް އަވަސް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ގެއްލޭނެ ހައްގެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި ޔާމީން ވިދާޅުވީ، މައްސަލަ އަވަސް ކުރަން ދަށު ކޯޓުން އުޅޭ ގޮތުން ތައްޔާރު ނުވެވޭ ކަމަށެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވާއިރު، ވަކީލުންނާ މަޝްވަރާ ކުރައްވަން އެކަށީގެންވާ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަކީ ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތެއް،" ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ލިޔުމުން އެކަން އަންގަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
08 May 2023
"އަޅުގަނޑަކީ ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތެއް،" ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ޔާމީން ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދަށް ޖަލުހުކުމެއް ކުރީ ތައްޔާރުވާން ކިހާ މުއްދަތެއް ދީފަބާ! ދިފާއުގަ ބަސްބުނާނެ ފުރުސަތެއްވެސް ނުދީ "ނަމަވެސް" ކިޔާފަ ބޭފުޅާ އެންގެވިގޮތަށް ވިހި ފަންސަވީސް ދުވަހުން ޝަރީޢަތްކޮށް ހުކުންކޮށް ޖަލަށްލީ ދެއްތޮ، ހަނދާން އެބަހުރިބާ!
ހާމިދު ޝާހިދު
07 May 2023
އިންޝާ ﷲ އެމަނިކުފާނު ގެ މައުސޫމުކަން ސާބިތުވެ، 2023 ގެ އިންތިހާބުގައި ވާދަކުރެވޭގޮތް މެދުވެރިވެ، މި ނުލަފާ ޖައްބާރު ސަރުކާރު ބަލިކޮށް ރާއްޖެ އަށް އަލުން ދިރުން ގެނެސް ދިނުމަށް މެދުވެރިވާނެ! ރާއްޖެ އަޅުވެތިވެ، އަތްމަތި ތާށިވެފައި އޮތް އޮތުން އޭރުން ނިމުމަކަށް އަންނާނެ.
އަންދަލޫސިޔާ
08 May 2023
ވައްކަން އިންތިހާއަށް ކޮށްފައި އެކަން ގައްޑާވާ ގަޓު މީހަކު އެކަމުގެ އަދަބަށް ވީމައި ގަޓެއް ނޫން!
ޢަރުތަ
08 May 2023
އެމަނިކުފާނުގެ ވެރިކަމުގަ ރާއްޖެއަށް ދިރުން ގެނެސްދެއްވީމަ ރައްޔިތުން ބުނީ ނޫނޭކޭ ހޯހޯއޭ ދެންހެވޭ، ކޮންމެވެސް ކަމެއްވެގެން ދެއްތޮ ގައުމު އެވަރަށް ތަރައްގީ ކޮށްދިނީމަވެސް ނޫނެކޭ ބުނާނީ، މީ މިއަދު ރައްޔިތުން ވިސްނާލާނެ ކަމެއް.
ބަގުނޑި
07 May 2023
ކޮންމެ ގޮތަކުން ހޯދާފަ ހުއްޓަސް އެކަށީގެންވާ އަދަދެއްގެ ފައިސާ ޔާމީނު އަތުގަ އެބަހުއްޓެވެ. ވީމާ ކުރިން ފަހަރު ވީގޮތަށް ހަމަ އަކުރެއް ފިއްޔެއް އޮޅިފަ އޮތުމާއެކު ހުދު ކާފޫރުކޮޅަކަށް ނުވާންވީ ސަބަބެއް ނެތެވެ.
ނިމޭނެ
07 May 2023
ސުޕްކޯޓާ ހަމައަށް ދިއައިމަ ޔާމީނާ އެއްކޮޅަށް ކަންކަން ނިމެނީ ތަންކޮޅެއް ގާނޫނީ އާރުލާ ބަޔަކު އެތަނުގަ ތިބޭތީ. ތާކު މީހަކު ހުރީތީ ވިޗްހަންޓެއް ކުރާހެން މީހެއްގެ މައްޗަށް ދައުވާތަކެއްކޮށް އެކަމުގައި އެމީހާ ޖަލަށްލާން ފޫގަޅައިގެން އުޅުމަކީ އާރުލާ މީހުން ކައިރީ ކާމިޔާބުވާނެ ގޮތެއް ނޫން. ޔާމީން ވައްކަންކޮށްފަވީނަމަވެސް ޔާމީނަށްވުރެ ކުރިން އެކަމުގައި ހިމެނޭ މާމުހިއްމު މީހުންގެ މައްޗަށް ކުށްސާބިތުވެ ކަންކަން ދާންވީ ތަރުތީބުން ދާނަމަ އަސްލު ކަމެއްވާނީ
ޢަރުތަ
08 May 2023
ޑޮލަރު ސޭޓު، ހީހީހީ
ލުބޫ
07 May 2023
އަދި ބުނާނެދޯ އެލާރިކޮޅު އިންވެސްޓް ކޮށްލަންވެސް އަދި ވަގުތާއި ފުރުސަތު ނުލިބެއޭ..؟
---ގަން ފޭދޫ ޢަބުދުﷲ ގެ ކަލޯ
07 May 2023
5 އަހަރު ވަރަށް ބުރަ މަސައްކަތާއި އެކު ޤައުމު ޙަވާލުވެ ހުރި ބޭފުޅަކު ޤައިދީ އޭ ވިދާޅުވި ވާހަކަފުޅު ނޫހުން ފެނުނީމާ ވަރަށް ވަރަށް ހިތަ އަސަރު ކުރި
މަސީހ
07 May 2023
ދެން ކިޔަންވީ ޤައިދީފުޅު އޭ ތަ؟
އާވަސް
07 May 2023
މި ޤައުމުގަ ވަގުން ވަރައް ގަދަ ވާނެ.
ފެންސު
07 May 2023
ވެރިން ކާވާހަކަ ނުދައްކާ! ޔާމީނު އެކަނި ކެއީ. މަހިތުން ޔާމީނު ވެސް ސަހަރޯއޭ ބުނާވަރަށް މިސަރުކާރުން ކައިފި. ނުވިތާކަށް ގައުމު ވެސް ފަހަތަށް ކަހުވާލައިފި. ޔާމީނު ނުކައެކޭ ބުނަނީއެއް ނޫން، އެކަމަކު އެންމެ ގަދައަށް ކެއި ކަލޭގެ އެއޮތީ ގޭގަ ބާއްވާފަ. ގައިމު އަތުގަ ފުދޭވަރަކަށް ވުރެ ގިނައިން ހުރީމަ އެހާ ތިއްތިކޮށް އޮވެވޭނީ.
ޢަރުތަ
08 May 2023
ޔާމީނު ނުކައެކޭ ނޫނޭ! އެހެންވީަމ ޔާމީނު ދައުލަތުގެ ފައިސާގަ ޖެހުނު ކަމަށް އަނެއްކާ އަނެއް ހެކި އިތުރު ވީނު.
ކަރާސީނު
07 May 2023
ހިޔަޅުގެ ވިސްނުމުގެ ވެރި ޔާމީނު އެގޮތަށް ވާހަކަދައްކަން ލަދުނުގަންނަކަމޭ ހިތަށް އަރައެވެ. ވެރިކަމުގެ އާރާއި ބާރު އޮތްދުވަހު، "އިންޓެލް" ރިޕޯޓްތަކަށް ހިތުހުރިހާ ބަޔަކު ހައްޔަރުކޮށް، އެއްވެސް މީހަކަށް ޝަރުއީ މަރުހަލާތައް ކަޑައްތުކުރުމުގެ ފުރުސަތު ނުދީ އަދި ނުވިތާކަށް ފަނޑިޔާރުންވެސް ހުރަގެއަށް އަޅަމުން ގެންދިޔަ މީހަކު، މިއަދު އަރާ މި ގޮވަނީ ހައްގޭ ހައްގޭ!! އުމުރަށް ޖަލުގަ ބާއްވަންވީ... ކޮންމެ ރިޔާސީ އިންތިހާބަކަށް ޓިކެޓެއް ދޭނީ.
އިބްރ
07 May 2023
ޙައްޤަށް ﷲޞވޢ ނަސްރުދެއްވާނެ.
އެޗް އެމް
07 May 2023
އެދޭގޮތާ އިދިކޮޅަށް ވިއްޔާ!؟