ރިޕޯޓް

އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!

އެއް ކުށަކަށް އެތައް ގާނޫނެއް ހުރުމުން ބައެއް މީހުންނަށް ލުއި ގާނޫނުގެ ދަށުން ދައުވާ ކޮށްފައި އަނެއް ބައި މައްސަލަތަކުގައި ބޮޑު އަދަބު ދެވޭ ގާނޫނުގެ ދަށުން ދައުވާކޮށް، ތަފާތު ކުރޭ. މިކަމުގެ ކަންބޮޑުވުން ސުޕްރީމް ކޯޓުން ވެސް ފާހަގަކުރި.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް: އެއް ކަމަކަށް ގިނަ ގާނޫނުތަކެއް ހުރުމުން އެކި ގާނޫނުގެ ދަށުން ދައުވާކޮށްގެން ތަފާތު ކުރުމުގެ ފުރުސަތު އޮވޭ --- ފޮޓޯ/މިހާރު

ބިރު ދެއްކުމަކީ ކުށެއް ކަމަށް ގާނޫނުގައި ނެތިގެން ކޯޓުތަކުން މީހުންނަށް އަދަބު ނުލިބި ސަލާމަތް ވެގެން ދިޔަ ދުވަސްވަރެއް މީގެ 14 އަހަރު ކުރިން ރާއްޖޭގައި ފެނުނެވެ. އެކަން ހައްލުކުރަން ޒަމާނީ ގާނޫނުތަކެއް ގެނައުމުން މިއަދުގެ ހާލަތަކީ އަންނާނީ ކޮން އަދަބެއް ނޭނގޭ ހިސާބަށް ކަންކަން ހައްދުން ނެއްޓުމެވެ.

ކުށްކުރާ މީހާ އަށް އަންނާނީ ކޮން އަދަބެއް ކަމެއް ނޭނގި އަދި ކުރަންވީ ކޮން ދައުވާއެއް ކަން ދައުލަތަށް ވެސް އޮޅޭ ހިސާބަށް ހިނގައްޖެ އެވެ. ޒިނޭކުރާ މީހާ އަށް އަންނާނީ ހަތަރު މަހަށް ޖަލަށްލުން ކަމެއް ނުވަތަ އެއް އަހަރާއި ތިން އަހަރާ ދެމެދު ގޭ ބަންދުކުރުން ކަމެއް ޔަގީނެއް ނޫނެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މަދުވެގެން ފަސް އަހަރަށް ޖަލަށްލުން ކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ބުނާއިރު ގާނޫނުލްއުގޫބާތު ބުނަނީ ނުވަ މަހުގެ ޖަލު ހުކުމެއް ކަމަށެވެ. މި ފާހަގަކުރީ އެއް ކުށެއް ކުރިޔަސް، "މަސް ބާނާ އުސޫލުން" އެކި މީހުންނަށް އެކި ގާނޫނުން ދައުވާ ކުރުމުގެ ޝަކުވާ އެވެ.

އެއް ކަމަކަށް އެތައް ގާނޫނެއް، ބޮޑު މަސްހުނިގަނޑެއް

މިހާރު އަމަލުކުރަމުންދާ 300 އަށް ވުރެ ގިނަ ގާނޫނު އޮތްއިރު، އޭގެ ތެރޭގައި އެއް ބާވަތެއްގެ ކަންކަމާ ގުޅޭ އެތައް ގާނޫނެއް އެބަހުއްޓެވެ. މި މައްސަލަ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ގާނޫނުލްއުގޫބާތުގައި ހުރި ކުށްތައް ހާއްސަ ގާނޫނުތަކެއްގައި ހުރުމުންނެވެ.

ހާއްސަ ގާނޫނުތަކަކީ ގާނޫނުލްއުގޫބާތުގެ މައްޗަށް އިސް ވާނެ ގާނޫނުތަކެއް ކަމަށް ވިޔަސް، ގާނޫނުލްއުގޫބާތުގައި ހުރި ވާހަކަތަކާއި ހާއްސަ ގާނޫނުތަކުގައި ހުރި އިބާރާތްތައް ދިމާ ނުވާ ފަހަރު ގިނަ އެވެ. މި "މަސްހުނިގަނޑުގައި" ދައުވާ ކުރަންވީ ކޮން ގާނޫނެއްގެ ދަށުން ކަން އޮޅި، ނުބައި ގާނޫނުގެ ދަށުން ދައުވާ ކުރެވިގެން އެތައް ފަހަރަކު ދައުލަތަށް ލަނޑު ލިބިއްޖެ އެވެ. ދާދި ފަހުން މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ދައުލަތާ ދެކޮޅަށް ނިންމި އެވެ.

"ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެ."

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ހޯދައި ދިނުމުގެ ކުށް ގާނޫނުލްއުގޫބާތުގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި އޮތްއިރު ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަށް ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ނަމަވެސް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދައުވާ ކުރަމުން އައީ ބޮޑު އަދަބު ލިބޭ ގޮތަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ އިބާރާތް ކުރުން ތަފާތުވުމުންނެވެ. މި މައްސަލައަށް ހައްލެއް ހޯދަން ޖެހުނީ ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

މަޝްހޫރު ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭގެ މައްސަލައަކީ މީގެ އަނެއް މިސާލެވެ. ގާނޫނުލްއުގޫބާތުގައި ޑީއެންއޭ އާއި ގަރީނާ ބޭނުންކޮށްގެން ޒިނޭގެ ކުށް ސާބިތު ކުރެވޭތީ ދައުލަތުން ކިޔަނީ ގާނޫނީ ޒިނޭ އެވެ. ޖިންސީ ކުށުގެ ގާނޫނުގައި، ޑީއެންއޭގެ ވާހަކަ ނޯންނާތީ ޝަރުއީ ޒިނޭ އެވެ.

ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި ބޮޑު އަރައިރުމަކަށް ދިޔަ މި މައްސަލަ ކޮޅެއްގައި ނުޖެހި އަދިވެސް އޮތީ އެވެ. ގާނޫނީ ޒިނޭ އުވުނީ ކަމަށް ހައި ކޯޓުން އެއްފަހަރު ނިންމުމަށް ފަހު އެ ނިންމުން ފަހުން ބަދަލުކުރި އެވެ. އަނެއްކާވެސް އޮތީ ސުޕްރީމް ކޯޓުން އެ ކަމަށް ފަރުވާއެއް ދޭން ޖެހިފަ އެވެ.

ސުޕްރީމް ކޯޓުގެ ކަންބޮޑުވުން: އިތުބާރު އެބަ ގެއްލޭ!

ދައުލަތުގެ ގާނޫނީ ކަންކަމާ ހަވާލުވެ ތިބި މުއައްސަސާތަކުގެ ހާލަތު މިހެން އޮތްއިރު ގާނޫނީ އިލްމެއް ނެތް އާންމު ރައްޔިތުންގެ ހާލަތު ހުންނާނެ ގޮތް ތަސައްވުރު ނުކުރެވެ އެވެ. ކުށާއި އަދަބަކީ ގާނޫނުގައި ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތަސް، ގާނޫނުތައް ހަދާފައި ހުރީ "އެ ގަހު ކޭލެއް، މި ގަހު ކޭލެއް" ވަކިވާނެ ގޮތަކަށް ނޫނެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި މައްސަލާގައި ފާހަގަކުރީ އެ ކަންބޮޑުވުމެވެ.

"މިހާރު މި މައްސަލައެއް ދިމާ ނުވާނެ. މިފަހުން ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ވެސް ކުރީގެ މައްސަލައެއް."

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ރައުޔުގައި ވަނީ ކުށާއި އޭގެ އަދަބަކީ ކޮބައިކަން އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވާއިރު، އެއް ކަމަކަށް އެތައް ގާނޫނެއް ހެދުމުން އެކި ފަހަރު އެކި ގާނޫނުތަކުގެ ދަށުން ދައުވާކޮށް، ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފޭނެ ކަމަށެވެ.

"ވެރިކަން ހިންގާ ފަރާތާއި ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އެކަމުގެ ސަބަބުން މަގުހުޅުވިފައި އޮތުމުގެ އިތުރުން ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެ،" ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.

ސުއޫދު ލިޔުއްވާފައިވާ ގޮތުން މި އޮޅުންބޮޅުމުން ސަލާމަތް ކުރުމަށްޓަކައި، ގާނޫނުތައް އެއްހަމަ ކުރަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިހާރު އަމުރެއް ނެރެން ޖެހެ އެވެ.

ދައުވާ ކުރުމުގައި ތަފާތު ކުރުމުގެ ތުހުމަތު ޕީޖީ އަށް!

މިދިޔަ އަހަރު ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކުގައި ތުހުމަތުވި އެންމެންނަށް ދައުލަތުން ދައުވާކުރީ ނުވަ މަހު ހުކުމެއް އަންނަ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެކަމަކު އޭގެ ކުރިން މިފަދަ އެތައް މައްސަލައެއްގައި ދައުވާކުރީ ފަސް އަހަރަށް ޖަލަށް ލެވޭ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

"ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުނީމަ ބުނަނީ މި ބާވަތުގެ މައްސަލަތަކުގައި ނުހެދޭނެއޭ. އެފަދަ އެހެން މައްސަލަތަކުގައި އެއްބަސްވުން ހަދާފައި ބައެއް މީހުން އެބަ ދޫކޮށްލާ."

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއް ބާވަތެއްގެ ކުށްތަކުގައި އެކި ގާނޫނުގެ ދަށުން ދައުވާކޮށްގެން މިހާރު ތަފާތެއް ނުކުރާނެ އެވެ. ކުރިން އެ ގޮތަށް ދައުވާކުރީ ހާއްސަ ގާނޫނާއި ގާނޫނުލްއުގޫބާތުގެ މައްސަލާގައި މަތީ ކޯޓުގެ ނިންމުންތަކެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި މައްސަލައެއް ދިމާ ނުވާނެ. މި ފަހުން ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ވެސް ކުރީގެ މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ގެންދަނީ --- ފޮޓޯ/މިހާރު

އެކަމަކު، ގާނޫނީ ބޭފުޅުންގެ ވިދާޅުވާ ގޮތުން ހާއްސަ ގާނޫނާއި ގާނޫނުލްއުގޫބާތުގެ އޮޅުންބޮޅުމުގެ ތެރެއިން ދައުލަތުން ވެސް އެކި މީހުންގެ މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެ އެވެ. އެއް ބާވަތެއްގެ ތުހުމަތު ކުރެވޭ މީހުންގެ މެދުގައި ވެސް ތަފާތުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގައި ގާނޫނުލްއުގޫބާތުގެ ދިމާވެގެން ކޯޓުން މައްސަލަ ބޭރުކޮށްލީމާ ދައުލަތުން އިސްތިއުނާފްކުރި. މި ކަހަލަ އެހެން މައްސަލަތައް ބޭރުކޮށްލީމާ އިސްތިއުނާފް ނުކޮށް އެބަހުރި،" ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ އެ ވަކީލް ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވި އެވެ.

"ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ބައެއް މީހުން އެދުނީމާ ދައުލަތުން މި ބުނަނީ މި ބާވަތުގެ މައްސަލަތަކުގައި ނުހެދޭނެއޭ. އެކަމަކު ހަމަ އެ ބާވަތުގެ އެހެން މައްސަލަތަކުގައި އެއްބަސްވުން ހަދާފައި ދައުވާ ނުކޮށް ބައެއް މީހުން އެބަ ދޫކޮށްލާ."

ޕީޖީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކުރިން ނަސޭހަތުގެ އެއްބަސްވުން ނެހެދޭ މައްސަލަތަކުގައި މިހާރު އެއްބަސްވުން ހަދަނީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އައި ބަދަލެއްގެ ސަބަބުންނެވެ. އަދި ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރަނީ އެ މައްސަލައެއްގައި ގާނޫނީ ބަހުސް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ކުށަކާ ގުޅިގެން އެތައް ގާނޫނެއް ހެދުމުގެ ނަތީޖާއަކީ އެކި މީހުންގެ މެދުގައި ތަފާތުކޮށް އަމަލުކުރަން ދައުލަތަށް ފުރުސަތު ލިބުމެވެ. މިއީ ސުޕްރީމް ކޯޓުން ފާހަގަކުރިހެން އާންމުންގެ ހައްގުތަކާއި މުޅި ނިޒާމުގެ އިތުބާރާ ގުޅުން ހުރި އަދި އަވަހަށް ހައްލު ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.

21 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފނޑރ

17 May 2023

ޞަދޫމްގެ ފަނޑިޔާރުގޭގައިވާގޮތަށް ވަނީނޫންބާއެވެ؟ އެފަނޑިޔާރުގޭގައި ޝަރީޢަތްނިމޭތަންފެންނަނީ ރަޖިސްޓްރީފީ ދައްކާމީހާކޮޅަށް. ދައްކާމީހާއަށް ލުއިގޮތް. ނުދައްކާނަމަ، ބުރަގޮތް އޮންނަނީކީނޫންބާ؟

The name is already taken The name is available. Register?

ޟުޙައްމަދު

17 May 2023

ލާރިނަގާފާއި ކުރާކަމެއް ކުރަނީ

The name is already taken The name is available. Register?

އެހައްޤު މިހައްޤު މަގޭހައްޤު ހިބުރާގެ ފޮތް

17 May 2023

މިވާހަކަ ތަކަކީ ޢާންމުންނަށް އާ ވާހަކަތަކަށް ވިޔަސް މިސަރުކާރަކަށް އާވާހަކަތަކެއް ނޫން. ޤާނޫނު އަސާސީ ހެދި މީހުންނަކީ ވަކިމީހަކާ ހަސަދަ ލައިގެން އެމީހަކު ބޮނޑިދަށު ލުމަށް ބަޔަކު އިސްވެތިބެގެން އެކުލެއްވި އެއްޗެއް. ތަންފީޛު ކުރުވީ ރައްޔިތުން މަގުމައްޗަށް ނެރުވައިގެންތިބެ ގަދަބާރުން. ތަންފީޛު ކުރިމީހަކު ގޮވައިނެގި ތިޤާނޫނު އަސާސީގައި ބައިވަރު މައްސަލައް އެބުހުއްޓޭ. މިއަދު ވެރިކަމުގައިމިތިބީ މިބުނި ގަދަބާރުގެމީހުން. ހައްޤަށް ހަދާނެ ގޮތެއް ހަދަނީ.

The name is already taken The name is available. Register?

ހަސަން އެލޮކުސް ކުރުސީ

17 May 2023

މީ އަދީބުގެ ޑިފެންސުޓީމުގާ ހުރި އިސްއެކަކު. އަދީބާމެދު އަމަލުކުރެވޭގޮތުންވެސް އެކަން ވަރަށް ސާފް. އަދީބުބެކުބޯނުގާ އެކަންޏެއްނޫން ރިއްސަނީކީ. ޔާމީނުގެ ބެކުބޯނުގާވެސް ހަމަ ރިއްސާ. އެކަމަކު އެމަނިކުފާނު ގަޓުވީމާ ކެތްކޮށްލައިގެން ގޮޅީގާ އެހުންނަނީ.

The name is already taken The name is available. Register?

ކަސީމާ

17 May 2023

މިސާލަކަށް ގ.ކެނެރީގޭ ނާޒިމް ސައްތާރު އަދި ބަންގަލަދޭޝް އަލްމަގިރް ގެ މައްސަލަ! މިސާލަކަށް ޖާބިރު، ހާމިދު އަބްދުލް ގަފޫރު ހޮޑައިދޫ ބީޗްއިން މަސްތުގައި ހައްޔަރުކުރެވުނު އަދި 19 އަހަރުގައި ހައްޔަރު ކުރެވުނު ކިތަންމެ ކުއްޖެއްގެ ބަނގުރަލުގެ މައްސަލަ!

The name is already taken The name is available. Register?

އެދުވަސް

17 May 2023

އިލާހީ ގާނޫނު ދޫކޮށް ، އިލާހީ ގާނޫނާއި ޚިލާފް ވާގޮތަށް އެހެނިހެން ގާނޫނުތައް ހެދުމުގެ ނަތީޖާއަކީ މިއީ....... އެކަމަކު އެމީހަކު ކުރި އަމަލެއްގެ ޖަޒާ ލިބޭނެ ދުވަހެއް އެބައޮތް.......

The name is already taken The name is available. Register?

ރީތި

17 May 2023

އެއީ ގަސްތުގަ ކޮށްފަ ހުންނަކަމެއް. ޖަރީމާ ހިންގަން. މޮޅުމީހާއަށް ނުވަތަ ޕާޓީ މީހާއަށް ހެޔޮގޮތް ހަދައި، ދެރަ ނިކަމެތި މީހާ ނުވަތަ އިދިކޮޅު، ނުނަތަ ނުރުހޭ މީހާއަށް "ހޭއަރުވާލަން" ވެގެން.

The name is already taken The name is available. Register?

އަބްޑޫޅް

17 May 2023

މިއީ އައު ކަމެއް ނޫން. ގާތަގަޑަކަށް 1978 ވަނަ އަހަރުގެ ނޮވެންބަރުގެ މެދަކަތެރެއިން ފެށިގެން ރާއްޖޭގަ މިކަން އޮންނަނީ މިހެން.

The name is already taken The name is available. Register?

ސަމްރާ

17 May 2023

މިވަރުގެ ނުބައި ޕީޖީއެއް މިގައުމަކަށް އަދި ނާދެ

The name is already taken The name is available. Register?

ކައުންސެލަރު

17 May 2023

އެއީ ތަފާތެއްނޫން! އެއީ ނުބައި ނިޔަތުގަ ކަންކުރާ މީހާއާ ހެޔޮނިޔަތުގަ ކަންކުރާމީހާގެ ތަފާތު. ކަޑަ؟☺️?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454