ތިލަމާލެ ބްރިޖު ހެދުމަށް މާލެ-ވިލިމާލެ ކަނޑުއޮޅީގައި ޖަހާފައިވާ ޓެސްޓް ޕައިލްތަކެއް: އެ ކަނޑުއޮޅިން ދަތުރުކުރުން އޮންނަނީ މަނާކޮށްފައި.-- ފޮޓޯ: މިހާރު
08 މެއި 2023 - 15:00
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި ވިޔަސް އެ ދިމާލުން ދަތުރުކުރާ މައްސަލަ ބޮޑުވެ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ދީފި އެވެ.
އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނީ، އެ ސަރަހައްދުން ދަތުރުކުރުން މިދިޔަ އަހަރުގެ އޮގަސްޓް 15 އިން ފެށިގެން މަނާކޮށްފައި އޮތަސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، އެ ދިމާލުން ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރާ ވަގުތުތަކުގައި މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެ ސަރަހައްދު ބަންދުކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށް މިއަދު ކުރި އިއުލާނުގައި ވެސް ޓްރާސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާންކުރީމެވެ،" އެ އިއުލާނުގައި ވެ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓުގެ ދަށުން އެއްގަމާއި ކަނޑުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ހަދަމުން އަންނަ އެ ބްރިޖުގެ ތަނބުތައް ކަނޑުގައި ޖެހުމުގެ މަސައްކަތް ވެސް މިހާރު އޮތީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ ބޮޑުކަމެއް
10 May 2023
ނުފެންނަ ސަބަބަކީ މިއީ އެކްޓިވިޓީ ސެންސަރު ބްރިޖެއް. ދުއްވާތަކެތި ކާރިކޮށްލީމާ ބްރިޖު އައިސް މަޑުކޮށްލާނެ.
ފޫހި
09 May 2023
މި ބްރިޖަކީ ޓްރާންސްޕޭރެންޓް މައުދަނުން ހަދާ ތަނެއް. އެހެންވީމާ އިންސާނުންގެ ލޮލަށްފެންނަވަރަށްވުރެ މާ ބޮޑަށް އެ ބްރިޖްގެ ބައިތަށް ސާފީ. އެހެންވީމާ ނުފެންނާނެ. އެ އެގްރިމެންޓަށް ވީ ވެސް ހަމަ އެހެން. ކުރިއަށް އޮތް އެތައް އަހަރަކަށް ތިޔަ ކަނޑު އޮޅި ތައް ބަންދުކުރުމުން ދަތުރުކުރާ ފަރާތްތަކަށް ވަރަށްބޮޑު ތުރާލަކަށް ތިޔަކަންވާނެ.
އިބްރ
09 May 2023
ކުރިއަށްއޮތީ ހުޅަނގު ގަދައެވެ. ކިހައިވަރަކުން ދާނޭބާއޭ ހިތަށް އަރައެވެ.
ވިލި ކަނޑުއޮޅިން ރާވެރިބެ
09 May 2023
އަހަރުމެން ތިޔަށް ވުރެ ބާރަށް ފިޔަވަޅު އަޅަމު. އަޅާ އެވެސް މަގުމަތީ ރޫސްލާފަ.
އޮބަރަބަލްމާކޮސް
09 May 2023
ތިޔަކަމަކީ އެހެންބަޔަކު ތިތާފާލަމެއްއަޅާގެންބަޔަކަށްފަސޭހައެއްލިބިދާނެތީ އެކަމަށްހުރަސްއެޅުން ކޮންމެބަޔަކު ވެރިކަމަށްއަޔަސް ދެންއޮ ްްންނާނީބަދަލުދިނުން އެހެންކަމެއްނޮއޮންނާނެ މިގައުމުމިއޮތީވިއްކާލާފާ 800މިލިއަން ކީއްކުރަން800ބިލިއަންދިނަސްސަލާމަތެއްނުކުރެވޭވަރަށް ކަޓްނާގާފި 19ވަރަށްސަޅި
ގެދާނޯމޮސް
08 May 2023
ކަނޑުޢޮޅި ހުރަސްކުރަން ނުރައްކާވާ ވަރުގެ ކަމެއް ތިތާކު އަދިނުފަށާއެވެ. ނަމަވެސް މިނިސްޓްރީގެ ސްޓަފުންނަށް މުސާރަ ބޮޑުކޮށްލަން ތީވެސް ރަނގަޅު އުކުޅެކެވެ.
ދުފާ
08 May 2023
ތިޔަ ބުރިޖު ތަބުތައް ޖަހާފަތިހިރީ އާޒާތެއްގެ މައުދަނަކުން ލޮލައް ފެންނަން ނެތީމަ އަހާލެވުނީ
ފަހީމާ
08 May 2023
މަހީހީ ހަލާކު އެތާގަ ކުރާ އެއްކަމެއްވެސް ނެތް ވެދާނެ ކަނޑު އަޑީގަ އަޅާ އާޒާރެއްގެ ބުރިޖެއްކަމައް
ރެޓޭ
08 May 2023
12 އަހަރު ވަންދެން ތިޔަ ކަނޑުއޮޅި ބަންދުކޮށްގެން ތިބެންވީތަ!
އޮނަރަބްލް އަފީފު ދީދީ
08 May 2023
މިކަންވެސް ނިމޭނީ ޝާހިދު ބުނެގެން ސޯލިޙް މޮރިޝަސް އަށް ދިން (އިންޑިޔާގެ ރިކްއެސްޓަކަށް) ސިޓީފަދަ ކަމަކަށް. # އެންމެފަހުން ތިޔަ ބުރިޖް ނޭޅި ލަސްވާން ޖެހުނު ސަބަބަކަށް ތިދޭތެރޭގައި ދުއްވާ އުޅަނދުތައް ނުހުއްޓުވުނު މައްސަލަ އެފްކޮންސް އިން ހުށަހަޅާއިރު އެކަމަށް ބާރުލިބޭނެ ކަމަކަށް ތިޔަ އިއުލާން ްވެގެނ ދާނެ. # ބަދަލުގެ ގޮތުގައި އިންޑިޔާގެ އެފްކޮންސް އަށް 800މ ޑޮލަރު ދޭން ނުޖެހިއްޖެނަމަ ކިތަންމެހާވެސް ރަނގަޅު.