ހެލްތް މިނިސްޓްރީން މިއަދު ރަށްރަށަށް ހަދިޔާކުރި ސާމާނު: 15 ރަށަކަށް ވަނީ އެ ސާމާނު ހަވާލުކޮށްފައި --- ފޮޓޯ: ހެލްތް މިނިސްޓްރީ
17 މެއި 2023 - 20:02
އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް ސާމާނު ހަވާލުކޮށްފި އެވެ.
މިއަދު ވަނީ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްފަ އެވެ. އެއީ ސިއްހީ ހިދުމަތްދޭ 132 މަރުކަޒަށެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު މައްސަލަ ކަމަށްވާ ސާޖަރީއަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ހަލާކުވެފައިވާ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ،
"މިހާރު ފެސިލިޓީތަކުގައި ހުރި މިފަދަ ގިނަ ތަކެއްޗަކީ މީގެ 13 އަހަރު ކުރިން ފޮނުވިފައިވާ ތަކެތި. މިހެން ވުމުން ގިނަ ތަކެތި ވަނީ ވަރަށް ބޮޑަށް ބާވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސާޖަރީ ސާމާނު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ހެލްތް މިނިސްޓްރީ
"އަޅުގަނޑު އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ މިފަދަ ކަންކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ވާހަކަ."
މިއީ އެކަން ހައްލު ކުރުމަށާއި އެފަދަ ތަންތަނުންދޭ ހިދުމަތް ރަނގަޅު ކުރުމަށް ކުރެވުނު މުހިންމު ކަމެއް ކަމަށް ނަސީމް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ރަށްރަށަށް ހަދިޔާކުރި ބައެއް ސާމާނު --- ފޮޓޯ/ހެލްތް މިނިސްޓްރީ
ސާޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރި 15 ތަން:
1. ހއ. އަތޮޅު ހޮސްޕިޓަލް
2. ށ. އަތޮޅު ހޮސްޕިޓަލް
3. ނ. އަތޮޅު ހޮސްޕިޓަލް
4. ބ. އަތޮޅު ހޮސްޕިޓަލް
5. ޅ. އަތޮޅު ހޮސްޕިޓަލް
6. ކ. ތުލުސްދޫ ހޮސްޕިޓަލް
7. އއ. އަތޮޅު ހޮސްޕިޓަލް
8. އދ. އަތޮޅު ހޮސްޕިޓަލް
9. ވ. އަތޮޅު ހޮސްޕިޓަލް
10. މ. މުލީ ރީޖަނަލް ހޮސްޕިޓަލް
11. ފ. އަތޮޅު ހޮސްޕިޓަލް
12. ދ. އަތޮޅު ހޮސްޕިޓަލް
13. ތ. އަތޮޅު ހޮސްޕިޓަލް
14. ގއ. އަތޮޅު ހޮސްޕިޓަލް
15. ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް
ހެލްތް މިނިސްޓްރީން މިއަދު ރަށްރަށަށް ހަދިޔާކުރި ސާޖަރީ ކުރުމަށް ބޭނުންކުރާ ބައެއް ސާމާނު.-- ފޮޓޯ: މިނިސްޓްރީ
މިނިސްޓްރީން ބުނީ އެ ތަކެތި ހަވާލުކޮށްފައި ވަނީ އެ ތަނެއް ދަރަޖަ ކުރެވިފައިވާ މިންގަނޑަށާއި އެ ތަނެއްގެ ކޭސް ލޯޑަށް ބަލައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެއްވެސް މައްސަލަ އެއް ނެތި މެނޭޖް ކުރެވޭނެ މިންވަރަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޜީދު
18 May 2023
ކޮން ހަދިޔާއެެއް. މައި ސަރުކާރުން ތާއަބަދު ހަމަކޮށްފައި ހުންނަންޖެހޭނެ ސާމާނު ތީ!. ކޮންމެ ދުވަހަކު ރައްޔިތުން ތި ސާމާނަށް ޓެކްސްގެ ގޮތުގަ އަގުދައްކާ!
ޙަދިޔަ
18 May 2023
ސަރުކާރުން ކުރަންޖެހޭކަމެއްކޮށްފަ ހަދިޔާ؟
ބޮޑުމީހާ
17 May 2023
21 ވަނަ ގަރުނުގަ ދިވެހިން މާލެއިން ފޮނުވާ ފޮށިގަނޑަކަށް ނުހެއްލޭނެ. ތިސާމާނު 200 ޑޮލަރު ދިނީމަ އަލީއެކްސްޕްރެސް އިން ޑެލިވަރކޮށްދޭނެ. ބަދަލު ދޭންވީމާ ވިސްނުމެއްނެތި އެތައްސަތޭކަ މިލިއަނެއް. އިއްޔެވެސް ގާސިމަށް ތިލަފުށިން ބިން އެދިނީ ދިވެހި ސަރުކާރަށް 600 މިލިއަން ގެއްލުމުގަ
އޮނަރަބްލް އަފީފު ދީދީ
17 May 2023
ކޮންބަޔަކަށް ކޮންއެއްޗެއް ވިސްނާދޭނަމޭހީކޮށްގެން 13 އަހަރެއްގެވާހަކަ ތިދައްކަނީ.!؟ ވެރިކަމާއި ޙަވާލުވިފަހުން ދައުލަތުގެ ޙަޒާނާއަށްވީގޮތާއި، ޕެންޑަމިކް މުސީބާތް ދިމާވިވަގުތު "ވެންޓިލޭޓަރުން ކުރި ވައްކަމާއި" އަދި ދައުލަތް 115 ވަރަކަށް ބިލިޔަން ރުފިޔާއިން ދަރަނިކޮށްލިކަން ނޭގޭ ނުވަތަ މި ޙަޤީގަތް ޤަބޫލުކުރާން ބޭނުންނުވާ ބަޔަކަށް ކަނަމަދެއްވަރު ތިޔަ އެހީގެވާހަކަ ނުބުންޏަސް ވަޒީރާއި ވެރިކަމުގައި ހުންނެވިބޭޅާއަށް ސަނާކިއުން ނޫންގޮތެއް ނޯންނާނެ.
ނަރުހެއް.
17 May 2023
ފާރެއްގެ މަތީގައި ފުރާޅެއް އަޅާފައި ބޭރު ފާރުގައި ހޮސްޕިޓަލްގެ ނަންބޯޑް އަރުވާފައި ތިބޭފުޅުން ހޮސްޕިޓަލޭ ތިކިޔާ ތަންތަނުގައި ޑޮކްޓަރެއް ނެތް ކަމުގައި ވިޔަސް އެތަންތަނަށް ކިޔަންވީ ހަމަ ހޮސްޕިޓަލޭތަ ؟ މިރަށު ހޮސްޕިޓަލަށް ލިބުނު ތަކެތީގެ ތެރޭގައި ހުރި ތަެތީގެ ލިސްޓް ކޮށްމެވެސް ގޮތަކަށް ހޯދާފައި ސޯޗަލް މީޑިއާގައި ޖަހާލަދޭނަން. ބަލަން ތިބޭ.
އޮނަރަބްލް އަފީފު ދީދީ
17 May 2023
ވަޒީރު އުމުރުފުޅުން ދޮށިވުމުގެސަބަބުންތޯ މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެ ރައްޔިތުންގެނައި އިސްލާޙީ ބަދަލު (ޑިސެންޓްރްލައިޒް ކޮށްގެން ހިންގުމަށްޓަކާ) ލާމަރުކަޒުކޮށް އަދި މަލްޓިޕާޓީ ޑެމޮކްރަޓިކް އުސޫލަށް ދައުލަތްހިންގުމަށްޓަކާ ބޭނުންވިވިސްނުމާއި ފިކުރު އެގިވަޑައި ނުގަންނަވަނީ؟ ތިވާހަކަ ތިގޮތަށް ފަޙުރުވެރިކަމާއިއެކުދައްކަނީ އަހަރުމެންބޭނުމެއްނޫން ތިރަށުގައިހުންނަ ވަޒީރެއްގެ އަންބޮޑީގައި މިއަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ތަނޅުދަނޑި ބާއްވާކަށް.
ނިދުރު
17 May 2023
ސަރުކާރުން ނޫސްތަކުގެ ހެޑްލައިތަށް ހެދުމަށްޓަކައި ކުރާ މިފަދަ ތާކުންތާކުނުޖެހޭ ކަންތައްތަށް ހުއްޓާލުމަށް ގޮވާލަމެވެ.ނިސްބަތުން 1000 ޑޮލަރު ވެސް ނާރާތަކެތި ހޮސްޕިޓަލްތަކަށް މާބޮޑު އެއްޗެއްދިންކަމަށް ހަދާއި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކުރި ކަމެކެވެ. ސަރުކާރުން ކުރަންވީކަމަކީ ހޮސްޕިޓަލް ތަކުގެ ބަޖެޓް އެ ހޮސްޕިޓަލަކާއި ހަވާލުކޮށް އެ ހޮސްޕިޓަލަށް ބޭނުންވާތަކެތި އެހޮސްޕިޓަލްތަކުން ނެގުމަށް ދޫކޮއްލުމެވެ.ތި 1900 އަހަރު ތަކުގައި ކަންތަށް ކުރިގޮތެވެ.
ވިކިލީކްސް
17 May 2023
އައްޗީޑި.... ބައެއް ހޮސްޕިޓަލްތަކަށް ލިބުނު ތަކެރީގެ އަގު 200 ޑޮލަރުވެސް ނާރާ....މަހީކުރީ ޑައިލިސިސްއާ އެކުސްރޭއާ ކެންސަރަށް ފަރުވާދޭ މެޝިންތަކެއް ފޮނުވީމަކަށް...
ދުވެވިވަސް
17 May 2023
ތިތާ ތިހިރީ މުޅިންވެސް 50 ޑޮލަރު 100 ޑޮލަރަށް ލިބޭވަރުގެ ކުދިކުދި ސާމާނުތައް ތިވަރުގެ އެއްޗެއް ނުފޮނުވާ 13 އަހަރު މަޑުކުރުމަކީ ސަރުކާރާއި ވެރިންގެ ނުކުޅެދުންތެރިކަން ތިވަރުގެ އެއްޗެއް 6 މަހުން 6 މަހުން ފޮނުވަންވިޔަސް އެވަރަށް ދައުލަތަށް ފައިސާވަދޭ 13؛އަހަރުންވެސް ތިކަންވީތީ ޝުކުރު ދަންނަވަން
1206
17 May 2023
ދައުލަތުން އޮޕަރޭޓްކުރާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ދައުލަތުން ތަކެތި "ހަދިޔާ" ކުރުން މިއީ ކިހިނެއް ހިނގާ ކަމެއް؟