މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ: އޭނާ މަގާމުން ވަކިކުރަން ޕީޖީ ގްރޫޕުން ވަނީ މަޝްވަރާ ފަށާފައި --- ފޮޓޯ/މަޖިލިސް
17 މެއި 2023 - 17:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާ ކުރަން ފަށައިފި އެވެ.
އީވާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރަކު އެމްޑީޕީން ވަނީ މިއަދު ވަކިވެވަޑައިގެންފަ އެވެ. އެ ބޭފުޅުން ވަކިވެވަޑައިގަތީ އެ ފެކްޝަނަށް ތާއީދު ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ ޕާޓީން ވަކިކުރުމުންނެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރަމުން އަންނަ ކަން އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު" އަށް މިއަދު ކަށަވަރުކޮށް ދެއްވި އެވެ.
އެނގިފައިވާ ގޮތުގައި އީވާ މިއަދު ޕާޓީން ވަކިވެ ވަޑައިގަތުމުގެ ކުރިން ވެސް ޕީޖީ ގްރޫޕުން އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮށްފަ އެވެ. މިހާރު މަޝްވަރާ ކުރަމުން ދަނީ އެ މައްސަލަ ހުށަހެޅުމާ މެދު އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި އަދިވެސް 50 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ރައްޔިތު
17 May 2023
އަދިވެސް މަސްވަރާތަ ކުރަނީ؟ ތިހާ ގަޓެއް ނެތީމައޭ ހުރިހާ ވެސް މައްސަލައަކީ. ވަގުތުން ވަގުތައް ބޭރުކޮއްބަ އައްނިއާ ދެމީހުން. ސަހާދެއް ތިންހާސް ދިވެހިން ހަމަނުވާ އައްނިގެ އުދަގުލާ ހެދި ލޮލުފިޔަ ޖަހައި ނުލެވޭ. އަވަހައް ރިއެކްކުރާ ކަން ދައްކާލަބަ އައްނި އައް
ހަންބޯ.
17 May 2023
ދެން މަވޯޓާ ތިތާ ރައީސަކަށް ލާބިޔަ...
ވިކިލީކްސް
17 May 2023
މިކަހަލަ ކޮރަޕްޓު އަންހެނުން ކަމަކުނުދޭ.. ސާބެއާ އީވާ އުޅުނީ ޕްރޮޖެކްޓުތައް ނުލިބިގެން.
ދޮން
17 May 2023
ބޭރުކުރޭ..އަދިވެސް ވެރިކަމުގައި ބަގުޑިބައްދަނީ ..
ބޮޑުވަޒީރު
17 May 2023
ތި އަވަހަށް ބޭރުކޮއްލާ އަދި އޭނައާއި އެކީ އެ އަނެއްފިކުރުގެ އަންނިވެސް ބޭރުކޮއްލާ. ތިދެމީހުންގެ ނުހޮރޮއްޕާނާއިހެދީ މިހާރު އެ މަޖިލީސްވެސް މުޅިން އަގުވެއްޓި ޚަރާބުވެއްޖެ
އިސްރާފު
17 May 2023
ކިހާ ދެރަ ކަމެއް. ދެން މަޖްލިސް ހުޅުވާފައި އޮތީ ކޮތަޅު ގެ އަގު ތިރިކުރަން ނިންމާފަ. އެކަން ނިންމާފަ ތިކަމާ އުޅޭ.
މުޑަހަންޖާ
17 May 2023
ރާއްޖޭއެތެރޭ ކ.މާލޭގެ ދެތިން އާއުލާއެއްގެ މެދުގައި ހާޑުވެގެން ގަބީލާ އާވިއަރުވަމުންދާ ދުވަސްވަރެއްގައި ރާއްޖޭއެތެރޭ އެހެން ރަށްރަށުމީހުން މީގެކުރީގެ ތަޖުރިބާގެ އަލީގައި ވިސްނުން އިސްކުރަންޖެހޭ. ތިކަހަލަ އާވިގަނޑުގައި ޖެހިގެން މަހަށްނުގޮސް ރަށުގަތިބެ މުޒާހަރާކުރުމާއި އެކަކުއަނެކަކާ ޒުވާބުކޮށް ޖަގަޑާހެދުމާއި ދުރުހެލިވެތިބުން ބުއްދިވެރީ.
އަތިރީން
17 May 2023
ވަަރަށް ހެޔޮ ލަފާ ނަސޭހަތެއް.
ސުރޫ
17 May 2023
އަވަހަށް އީވާ ވަކިކޮށްފައި ރޮޒޭނާ އައްޔަންކުރޭ އޭރުން ރިޔާސަތުގައި އިންނެވި ބޭފުޅާ ވަރަށް އަވަހަށް އިސްތިޣުފާ ދީފާނެ. އެބޭފުޅާއަށް އެއްވެސް މަގާމެއްގައި ދައުރު ފުރިހަމައެއް ނުކުރެވޭނެ.
މާލަސް
17 May 2023
އަވަހަށް ބޭރުކުރޭ. މާލަސް.
ބޮޑުމީހާ
17 May 2023
އަދިވެސް މަޝްވަރާކުރަނީ. މީހާދަ ފިޑި ބަޔަކޭ.