ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
18 މެއި 2023 - 11:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
މިގޮތަށް ނިންމީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރެވޭ އަދަދަށް އެމްޑީޕީގައި މެމްބަރުން އެބަތިއްބެވި އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.
އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.
މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ޕާޓީ އުފައްދަވަން ނިންމެވިޔަސް އެމަނިކުފާނު އަދި ޕާޓީން ވަކިވެވަޑަައެއް ނުގަންނަވަ އެވެ.
ޕާޓީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އިއްޔެ ވަނީ، އެއީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާނެ ކަން އިއުލާންކުރައްވައިފަ އެވެ. އެއީ މެމްބަރުންގެ އަދަދަށް ބަލާ ނަމަ، ޕީޕީއެމާއި ޕީއެންސީއަށް ވުރެން ވެސް އެ ބޭފުޅުންގެ މެމްބަރުން ގިނަވުމުންނެވެ.
އެމްޑީޕީ 55
ފިކުރެއްގެ ދިރުން 13
ޕީޕީއެމް : 6 ޕީއެންސީ: 2 ޖުމްހޫރީ ޕާޓީ: 2 އެމްއެންޕީ: 3
އީވާ އިއްޔެ ވިދާޅުވީ އެމްޑީޕީން ވަކިވިޔަސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަމިއްލައަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މަގާމެއް މުހިންމުވެގެން އެމްޑީޕީގައި ދެމިހުންނަވަން ބޭނުން ނުވާ ކަމަށާއި ގަބޫލުކުރި އަސާސްތަކާއި އުސޫލްތައް އެމްޑީޕީން ފުނޑާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ކުންފުނިތަކުން ހިންގާ ވައްކަމާއި ހިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެއްކުމާއި ބަހުސްކުރުމުގެ ފުރުސަތު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނުދެ އެވެ. އެހެންކަމުން، އެމްޑީޕީން ވަކިވެވަޑައިގަތުން އޭނާ ސިފަކުރެއްވީ "ސިޔާސީ ކަސްތޮޅުން މިނިވަންވުމުގެ" ގޮތުގަ އެވެ.
މަގާމުތަކުންނާއި ޕާޓީން ވަކިކުރާނެ ކަމުގެ ބިރުދެއްކުމާއި އިންޒާރުތައް ލިބުނު ކަމަށާއި އެ ތާށިކަމުގައި ތިބެން ބޭނުން ނުވީ ކަމަށް އީވާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރ7
19 May 2023
މިއީ ނަސީދާ އިބްރާހިމާ ގުޅިގެން ރާވައިގެން ކުޅޭ މަކަރުވެރި ޑްރާމާއެއް ގައުމު އިންޑިޔާއަށް ވިއްކާ ތަކެތީގެ އަގު ބޮޑުކޮށް ޕާޓީ ކުދިންނަށް މަގާމުތައް ބަހާފަ އެވާހަކަ ދައްކާނެތީ އެކަމަށް ހުރަސް އެޅުމަށް ޖައްސާ ގޭމް.
ބޮޑުމީހާ
18 May 2023
އެމްޑީޕީ ތެރެއިންވެސް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހެއްވިއްޔާ ބޭރު މިކުރަނީ. ވައްކަންކުރަނީ ކާކު ކިހިނެއްކަން އެންމެންނަށް އިގޭ. މިވަރުންވެސް އެތައް ރައްޔިތުންނެއް ވައްކަންކުރާ ކޮރަޕްޝަން ހިންގާ ސިޔާސީ މީހުން ދިފާއުކުރަން މިތިބެނީ.
އަންދަލޫސިޔާ
18 May 2023
އިބޫ 55 އަންނި 13 ޔާމީން 6 ނާޒިމް 6 އަދުރޭ 2 ޤާސިމް 2 މައުމޫން 0 އިމްރާން 0 ޢުމަރު 0 މުނައްވަރު 0
އ
18 May 2023
ކެނެރީގެ ކިޔަސް މިހާރު މޭނުބައި ކޮށް ހޮޑުލަވާ... ވަރައްފޫހި... ދެން ނުދޭނަން ވޯޓްގަޑެއް....
ރަސްދޫ ސައީދު
18 May 2023
މީ ދެން ކިހާބޮޑުކަމެއް، ނަޝީދު ވެރިކަމުގެ ބޭނުމުގަ ކޮންމެ ފަހަރަކު ރާއްޖޭގެ ސިޔާސީ މަޝްރަހު ގަޑުބަޑުކޮށްލަން ޖެހޭތަ. ރައްޔިތުން ބައިބައިކޮށް ގައުމު ބޮޑު ހަމަނުޖެހުމެއްގެ ތެރެޔަށް ވައްޓާލުންމީ ނަޝީދުގެ ހިތަހަމަޖައްސަން ކުރާކަމެއްތަ؟
ޢެނަލިސްޓް
18 May 2023
މިއީ ނަޝީދު ކުރެއްވި ވަރަށް ވިޔާނުދާކަމެއް. ގާބިލް އަންހެނެއްގެ ކުރިމަގަށް ހުރަސްއެޅުއްވީ. ގިނަބަޔަކު ޤަބޫލު ކުރާހޮތުގައި ނަޝީދަށް ވުރެ އީވާ މާރަނގަޅަށް މަޖްލިސްގެ ރިޔާސަތު ބަލަހައްޓަވާ. ސިޔާސަވާންވެސް ހައްދެއް އޮންނަންވާނެ. ތިމާނޫން މީހަކަށް އެއްވެސް މޮޅެއްލިބެން ނޭދޭތީ ވާގޮތް
ސަސ
18 May 2023
މަޖިލިސް ރައީސް ކަމުން ނަޝީދު ވަކި ކުރަން ނުކެރިގެން މި އުޅެނީ ކޮންކަމަކާ ބިރުން.
ކޮރޮކަލި
18 May 2023
މީނައެކޭ ރީކޯ މޫސައެކޭ ޢަލީ ވަޙީދެކޭ ކޮބާ ހުރި ތަފާތަކީ. މެމްބަރުން ބޮަލަށް ސަވާރުވެގެން އެމްޑީޕީގެ ތެރެއިން ބޮޑެތި މަންފާ ހޯދައިގެން މިހާރު ރިޓަޔަރ ކުރަން. ރިޔަން ކިޔާ ކުންފުންޏަކާ މީނައަކާ ގުޅެމެއް ނެތްތޯ. އަދި އެކުންފުންޏަށް ކިހާ ޕްރޮޖެޓްތަކެއް ސަރުކާރުން ދިންތޯ.
ނުކުތާ
18 May 2023
އަޒުލުކުރަންވީ... މީނައާއި އަންނި އަކީ މި ގައުމުގެ ހަލާކު...
ގެދާނޯމޮސް
18 May 2023
ހާލަތު ބަދަލު ކުރައްވަނީ ﷲ އެމީހަކަށް ރަނގަޅު ނަސޭބަކަށެވެ. އެއީ އުމުރުގެ ނަސީބެވެ. އެމީހެއްގެ އުމުރު ހޭދަކުރި ގޮތާއި ބެހޭގޮތުން ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެތެވެ.
ކިރު ސައި
18 May 2023
ނޭނގޭ ވާހަކަ ނުދެއްކުން ބުއްދިވެރި.