އެމްސީބީ: ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ދޫކުރަން ޗެކް ދޫކުރީ އެމްސީބީގެ އެކައުންޓަކުން.---މިހާރު ފައިލް ފޮޓޯ
25 ޖެނުއަރީ 2017 - 15:40
ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ޝަރޫ ލޯންޗް ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ބުނެ 150 މިލިއަން ރުފިޔާ ހޯދުމަށް އެ ބޭންކާ ދެކޮޅަށް ޝަރޫ ލޯންޗް އިން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އިން އެއްބަސްވެ ފައިސާ ނެގުމަށް ފަހު، ޑޮލަރު ދޫކޮށްފައި ނުވާތީ ފެނަކަ އާއި ސްޓެލްކޯ އިން ޝަރޫ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައި ވަނިކޮށް، އެ ކުންފުނިން އެމްސީބީއާ ދެކޮޅަށް ދައުވާކުރީ ޑޮލަރު ދޫކުރަން އެމްސީބީން ދެކޮޅު ހެދި ކަމަށް ބުނެ އެވެ.
ޝަރޫ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު މުޝްތާގު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނިން އެމްސީބީގައި ހުޅުވާފައިވާ އެކައުންޓުން ޑޮލަރު ނެގުމަށް ފެނަކަ އާއި ސްޓެލްކޯ އަށް ދިން ޗެކަށް ޑޮލަރު ނުދިނީ އެ ބޭންކުން އަމިއްލަ އަށް ކަމަށާއި އެ ޗެކްތައް ވެސް ބައުންސްވީ ނޫން ކަމަށެވެ.
"އެމްސީބީން ގެރެންޓީ ދިން ޑޮލަރު ދޫކުރާނެ ކަމަށް. އަދި ފެނަކަ އިން އަމިއްލަ އަށް ބޭންކަށް ގުޅާފައި ވެސް ޔަގީންކުރި އެމްސީބީން ގެރެންޓީ ދިންތޯ؟ ޗެކް ބައުންސްވީއެއް ނޫން. އެމްސީބީން ގެރެންޓީއާ ޚިލާފަށް ޑޮލަރު ނުދިނީ،" މުސްތާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ޝަރޫ ލޯންޗް ސާވިސަސް އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެމްސީބީން ކަމަށް މުޝްތާގް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން ދިޔައީ އެމްސީބީއާ. އެކަމަކު އެމްސީބީން މިއަދު މިވަނީ އަޅުގަނޑުމެން ބޮޑު ވަޅުގަނޑަށް ވައްޓާލާފައި. ލިބުނު ގެއްލުމާއި އަޅުގަނޑުމެންގެ ކުންފުނީގެ ރެޕިއުޓޭޝަނާ މި ހުރިހާ ކަމެއްގެ ބަދަލަށް މި ދައުވާކުރަނީ،" މުޝްތާގް ވިދާޅުވި އެވެ.
މި މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްސީބީން މިހާތަނަށް މީޑީއާގައި ވާހަކައެއް ނުދައްކަ އެވެ.
ފެނަކަ އަށް އެއް މިލިއަން ޑޮލަރު އަދި ސްޓެލްކޯއަށް ދެ ލައްކަ ޑޮލަރު ހޯދައިދޭން އެއްބަސްވެ، ފައިސާ ނެގުމަށް ފަހު ޑޮލަރު ނުދިން މައްސަލާގައި އެ ދެ ކުންފުނިން ޝަރޫ ކުންފުންޏާ ދެކޮޅަށް އަންނަނީ ދައުވާ ކުރަމުންނެވެ. އަދި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން ޝަރޫ ލޯންޗް ސާވިސަސް އަކީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައި ނެތް ކުންފުންޏަކަށް ވާތީ، އެ ކުންފުންޏާ މެދު ފިޔަވަޅު އަޅައިދިނުމަށް އެމްއެމްއޭ އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އެ ދެ ކުންފުނިން ޝަރޫ ލޯންޗް ސާވިސަސް އަށް ދިން ފައިސާ ވެސް އަނބުރާ ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަސް
26 January 2017
އަތްފޯރާ ފަށުޑޮލަރ 15.42 ޖަހާ މަގުތަކުގަ ބޯޑުބަހައްޓާފަ މިވަނީކިހިނެއް
ޓްވިސްޓެޑް
26 January 2017
އެމްސީބީ ގެ އަތުން ބޮޑު ބަދަލެއް ހޯދަން ޝަރޫ ލޯންޗް ކުންފުނިން އުޅޭއިރު ސްޓެލްކޯ އާއި ފެނަކަ އިން ގެންދިޔަ ރުފިޔާ ތަކަށް ޑޮލަރު ނުދޭނަމަ އެރުފިޔާ ތައް އަނބުރާ ކީއްވެގެންތޭ ނުދީގެން އުޅެނީ އެ ދެކުންފުންނަށް. ތީގައި ވަރަށް ބޮޑު ނުބަޔެއް އެބައުޅެވެ. ތީގައި ބޭންކް ގޮވައިގެން ކޯޓަށްދާން އުޅޭ ކަމަށް ތިޔާ ދައްކާ ވާހަކަ އަކީ އެއީ ޕްރޮޕެގެންޑާ މިކަން އެހެން ގޮތަކުން ޓްވިސްޓް ކޮށްލަން ދޯ.
ހެހެހެހެ
26 January 2017
ތިއީ ބޮޑު އޮޅުވާލުން ގަނޑެއް! ގުޅިގެން ހިންގާ ބޮޑެތި ޖަރީމާތައްމީ!
އުދުހޭ
26 January 2017
ދެން މިމައްސަލަ އެކިގޮތްތަކަށް ދެމިދެމި އޮންނާނެ. ގެއްލުން ފައިސާ އަނބުރާ އައުމުގެ ފުރުސަތު ކުޑަ. ބޭންކަކަށް ޑޮލަރުން ގަންނަން ދެއްކި ފައިސާއެއްވިއްޔާ ޑޮލަރު ނުވަތަ އެ ދެއްކި ފައިސާ އަނބުރާ ލިބޭނެކަމަށް ވިސްނޭ. ދެއްކި ފައިސާ އަނބުރާ ނުލިބިއްޖެއްޔާ އޭގެފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާނެ. މިސާލަކަށް އެ ބޭންކުން ލޯނެއް ނަގާފައި ލޯނަށް ފައިސާ ނުދެއްކުން. ކޮންމެއަކަށް މިއީ ގުޅިގެން ހިންގާ ޖަރީމާއެކޭ ހިތްބުނަނީ!!
ޝަރޫތު
26 January 2017
ކޮރަޕްޝަންގެ އާފޯމިއުލާއެއް. ކުންފުންޏަކައް އެއްޗެއް ވިއްކަން ކުރި މުއާމަލާތު ދެފަރާތުން ބައިވެގެން ގޯސްކޮށްފައި އެފައިސާ ހޯދަން ދައުވާ ކުރުން. ދެން މިފައިސާ ހޯދާދޭ ފަރާތްތަކާއި މާވަގުންނާއި އެންމެންނައް ފައިސާ ކޮޅު ބަހާލަނީ. މޮރިޝަސް އައްވެސް ވާން އުޅެނީ މިހެން.
އެނޮން
25 January 2017
ސަރުކާރުން ޑޮލަރު ގަންނަން މިނޫންގޮތެއް ނުފެނުނީތ؟ ކަންމަތީ ކަޑާއަށް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ގޮސް މިލިޔަނުން ޑޮލަރު ދޭކަށް ނުޖެހޭ. ހުސް ކަނޑައެޅިގެން ކޮރަޕްޝަނާއި ވައްކަން. ހުރިހާ ދިމާލަކުންވެސް.
ނަހީ
25 January 2017
މޮޔަވާހަކަނުދައްކާ.ބޭންކުން ގެރެންޓީ ދޭނީ އަގަބަހަކުންނޫން. ބޭންކް ގެރެންޓީ ދޭނީ ބޭންކުގެ ޗެކަކުން ނުވަތަ ބޭންކުގެ ލިއުމަކުން
އަލީ
25 January 2017
ތޔަ ޝަރޫ ލޯންޗު ސާވިސްއަށް ޑޮލަރު ލިބޭ ގޮތެއްވެސް ބަލަން ވެއްޖެ ހެން ހީވަނީ. އޭގެ އިތުރުން އެކަކުވެސް ނުދައްކާ ސަރުކާރު ކުންފުނިތަކުން މަރުކަޒީ ބޭންކު ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް 17ރ އަށް ޑޮލަރު ގަންނަން ސްޓެލްކޯ އާއި ފެނަކައިން މަސައްކަތް ކުރި ވާހަކަ. ބުލެކް މާކެޓުން ސަރުކާރު ކުންފުނިތަކުން ޑޮލަރު ގަންނަން ޖެހުމަކީ އިޤުތިޞާދު ހެއްވާލުންތޯ؟ މިއޮތީވާ ވެރިކަމެއް.
މާވަހަރު
25 January 2017
އެމް ސީ ބީ އައީ ވަރަށް ކޮރަޕްޓު ތަނެއްކަަމަށް ބުނެވިދާނެ. އިންސާފު ލިބޭނެކަމަށް އުންމީދުވެސް ނުކުރަން. އިންސާފަކީ ވެސް މަހުޖަނުން ގެމިލްކެއް ހެން މިހާރު މި ރާއްޖެއިން ހީވަނީ
ރަޝީދު
25 January 2017
މަނީ އެކްސްޗޭންޖް ލައިސަންސްގެ ދަށުން ރިސޯޓުތަކުން ވެސް ޖެހޭ ހުރިހާ ބޭރުފައިސާއެއް އެމް.އެމް. އޭ ގައި ޑިޕޮސިޓުކުރުމަށް ... އެކަން އެގޮތަށް ނުކުރުވޭ...ނަމަވެސް އެފައިސާ ބްލެކް މާރކެޓް ހަދައިގެން ވިއްކަނީ ޗަންޕާ/ޔުނިވަރސަލް/ސަންޓްރެވަލް... ބޮޑެތި ފައިސާވެރިން ބޭނުން ގޮތަކަށް ޤާނޫނުތަކަށް ގޮންޖަހާ... އެކަމަކު ބެލެނީ ކުދިވިޔަފާރިވެންގެ މައްސަލަ ބޮޑެތި މީހުން ބޭނުން ގޮތެއް... މިކޮމެންޓް ނުވެސް ޖަހާނެކަން ނޭގެ...