ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު: އޭނާ ވަނީ 13 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއާ އަށް ވަޑައިގެންފަ
19 މެއި 2023 - 11:35
ޖިއްދާ (މެއި 17) - ސީރިއާގެ ދާހިލީ ހަނގުރާމަ އަށް 12 އަހަރު ފަހުން، އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ފުރަތަމަ ފަހަރަށް ސައުދީ އަރަބިޔްއާ އަށް ވަޑައިގެންފި އެވެ.
މީގެ ކުރިން ބައްޝާރު ސައުދީ އަށް ވަޑައިގަތީ މީގެ 13 އަހަރު ކުރިން ޖެނުއަރީ 2010 އިގަ އެވެ.
ސީރިއާގެ ސަރުކާރާ ދެކޮޅަށް 2011 ގައި އެ ގައުމުގެ ސުންނީ ގުރޫޕްތަކުން ނުކުތުމުން، އެ ގުރޫޕްތަކަށް ސައުދީން އެންމެ ފުރަތަމަ ތާއީދު ކުރި އެވެ. ސަރުކާރާ ދެކޮޅަށް ނުކުތް މީހުންގެ މައްޗަށް ބައްޝާރުގެ ސަރުކާރުން ބާރު ބޭނުން ކުރުމުން ސައުދީން ސީރިއާ ގުޅުން ކަނޑައިލި އެވެ.
އެކަމަކު މިދިޔަ ތިން މަސް ތެރޭގައި އެ ސަރަހައްދުގެ ޑިޕްލޮމެސީ އަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ސައުދީއާ ގުޅުން ގޯސްވެފައިވާ ގައުމުތަކާ އެކު ސުލްހަ ކުރުމަށް ޗައިނާ އިސްވެ މަސައްކަތް ފެށި އެވެ. މިދިޔަ މާޗް މަހު ސައުދީން ވަނީ ބައްޝާރަށް އެންމެ ބޮޑަށް ވާގިވެރިވާ އިރާނާ އަލުން ގުޅުން ގާއިމުކޮށްފަ އެވެ. މިދިޔަ މަހު ސީރިއާއާ އެކު ސުލްހައިގެ ވާހަކަތައް ފަށައި ގުޅުން އަލުން ގާއިމު ކުރި އެވެ. މިހާރު އޮތީ ޔަމަނުގެ މަސްލައިގައި މަޝްވަރާ އަށް ތައްޔާރުވެފަ އެވެ.
ބައްޝާރު ސައުދީ އަށް ވަޑައިގަތީ އެ ގައުމުގެ ޖިއްދާގައި މިއަދު ބާއްވާ އަރަބް ލީގްގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ސީރިއާގެ ދާހިލީ ހަމަނުޖެހުމުގައި ސީރިއާގެ ސިފައިން އާންމުންނާ ދެކޮޅަށް ހިންގަން ފެށި ހަމަނުޖެހުންތަކާ ހެދި އަރަބް ލީގުން ވެސް ސީރިއާ ސަސްޕެންޑް ކުރި އެވެ.
ސީރިއާ އަށް އެ ލީގުގެ މެންބަރުކަން މި މަހު އަލުން ދިނުމަށް ފަހު، އެ ލީގުގެ ބައްދަލުވުމަށް ބައްޝާރު ވަޑައިގަތުމަށް ދައުވަތު ދެއްވީ ސީދާ ސައުދީ ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރުބަ މުއްލާ
19 May 2023
ބައްޝާރަކީ ވަރުގަދަ ލީޑަރެއް. ދިވެހި ބައެއް މުއްލާއިން ބައްޝާރަކީ ދައްޖާލޭ ކިޔައިގެން މީހުން ބޮލަށް އެރިގެން ސީރިޔާއަށް ހަނގުރާމައަށް ފޮނުވި!
މުުލާސް
20 May 2023
ތިއީ ވަރަށް ބޮޑު ތެދެއް. މަ ދަންނަ ހުރިހާ ތުނބުޅިލީ މީހުންވެސް ތިޔަ ރާގަށް ލަވަ ކިޔާ އުޅުނީ. މިހާރު އެތަނަށް ހަނގުރާމައަށް ދާން ވާޖިބު ވެއްޖެއޭ ވެސް ބުނި. މިމީހުންނަކަށް ނުވިސްނޭ މިމީހުންގެ އަބްދުލް ވައްހާބް އަކީ ޒަޔަނިސްޓުންގެ ޕަޕެޓެއް ކަމެއް. ޒަޔަނިސްޓުންނަކީ ޔައުޖޫޖް މައުޖޫޖު ބާގައިގެ މީހުންކަމެއް ނޭނގެ. އެމީހުންނަށް ވާގިވެރިވެގެން އެމީހުންނާއި އެކު އެ އުޅެނީ. ދެން ބަލަން ހުރޭ އިޒްރޭލަށް ބިރުބޮޑު ވެއްޖެޔޭ ކިޔާފަ 3 ވަނަ ބޮޑު ހަނގުރާމަ ފަށާނެ.