ފިންލެންޑް ސްކޫލް ސަރަހައްދަށް ކުނިއަޅާފައި: އެ ސަރަހައްދަށް ކުނި އަޅާ މައްސަލަ ވަނީ ބޮޑުވެފަ
24 މެއި 2023 - 18:10
ފިންލެންޑް ސްކޫލާއި ކެންގަރޫ ކިޑްސް ކައިރިއަށް އެ ސަރަހައްދުގައި އުޅޭ ގެތަކުގެ މީހުން ކުނި އަޅާތީ، އެ ދެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދެ ސްކޫލް ހިމެނޭ ލޮނު ޒިޔާރަތް މަގާއި ޝަހީދު އަލީ މިސްކިތާ ގުޅޭ ކަންމައްޗަށް ކުނިއަޅާ މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ވެސް ހައްލު ކުރެވޭތޯ މަސައްކަތްކުރި ކަމަށެވެ.
އެ ތަންތަނަށް އަޅާ ކުނިތައް ސިޓީ ކައުންސިލުން ނެގިއަސް އެ ތަނާ ކައިރީގައި އުޅޭ މީހުން ނުކުމެ އަނެއްކާ ވެސް ކުނި އަޅަން ފަށާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ސަރަހައްދަށް ކުނިތައް ޖަމާކުރުން، ފިންލެންޑް ސްކޫލާއި ކެންގަރޫ ކިޑްސްގެ ކުދިންނާއި ބެލެނިވެރިންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވަނީ ވެފަ އެވެ.
އެ ސްކޫލް ހުންނަ ސަރަހައްދުގައި، ކެންގަރޫ އާއި ފިންލެންޑުގެ އިތުރުން އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ކަލާފާން ސްކޫލް ވެސް ހިންގަ އެވެ.
"މި ހަތަރު ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް ވެސް މީގެ އުނދަގޫވާނެ. އަދި ކައިރީގައި މި ހުރި މިސްކިތަށް ދާ މީހުން ވެސް އެ މަގު ބޭނުން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ފިންލެންޑު ސްކޫލު ސަރަހައްދަށް ކުނި އަޅާފައި.
އެ ކަމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ މިީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކައުންސިލްގެ "މަގުފާރަވެރިން" މިއަދު ހެނދުނު ވެސް ފިންލެންޑް ސްކޫލް ސަރަހައްދު ބެލި ކަމަށެވެ. އެކަމަކު، އޭރު ކުނި އަޅާފައި ނެތް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"މިއަދު ހެނދުނު ވެސް އަޅުގަނޑުމެން ޓީމުން އެ ސަރަހައްދުގައި ރައުންޑް ޖެހި. އޭރު ވެސް ކުންޏެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ މަގުމަތީގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ގަވާއިދުން ނަގަމުންދާ ކަމަށެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، މަގުމަތީގައި ހުންނަ ކުނިވާޒާތުގެ ކުނިތައް އެ ކުންފުނީގެ މުވައްޒަފުން ނަގާ ކަމަށެވެ.
"އަޅުގަނޑުމްންގެ ވެހިކަލްތައް ކުނި ކަލެކްޓް ކުރަން ނުކުންނަ ވަގުތު މަގުމަތީގައި ކުނިވާ ޒާތުގެ ކުނި ހުރިއްޔާ އެ ކަލެކްޓްކޮށްފައި ދަނީ. އެކަމަކު ބަލްކް ކުނި ހުރެއްޖެއްޔާ އަޅުގަނޑުމެން ގޭގެއިން ކުނި ކަލެކްޓްކުރަން ބޭނުންކުރާ ވެހިކަލްތަކުގައި ބަލްކު ކުނި ކަލެކްޓެއް ނުކުރެވޭނެ،" ސިރާޖު ވިދާޅުވި އެވެ.
މާލޭގެ އާންމު ތަންތަނަށް ކުނި އެޅުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.
އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ ސިޓީ ކައުންސިލުން މަގުތަކުގައި ކުނި ނަގާކަން އެނގޭތީ ގޭގޭގައި އުކާލަން ހުންނަ ކުނި މަގުމައްޗަށް ނެރެ ޖަމާ ކުރާ ކަމަށެވެ.
"ރަނގަޅަށް ކަމެއް ކޮށްދޭ ތަން ފެންނާތީ އޭގެ ނާޖާއިޒު ފައިދާ ނަގާތަން މި ފެންނަނީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކުބެ.
25 May 2023
މާލެއަކީ ކުނިގޮނޑެއް. އެހެންވިމާ ކުނިގޮޑެއްގެ ތެރޭގައި ސުކޫލް އެޅީމަ ސުކޫލްތައް ހުންނާނީ ކުނިގޮނޑުތެރޭގައި.
ފިންލޭންޑް
25 May 2023
އެހިސާބުގައި ކެމެރާ ހުރިއްޔާ ބަލާފަ، އެމީހެއްގެ ގޭ ދޮރުމައްޗަށް އަޅާލީމާ އިޙްސާސް ކުރެވޭނެ އެއްޗެއް
މަގޭ ހިޔާލު
25 May 2023
ފުލުހެއް، ކައުންސިލް އޮފިސަރެއް، ވެމްކޯ ވޭސްޓް ވޯކަރެއް ކުރިމަތީގައި ހުރެ މަގުމައްޗައް ކުނި އުކިޔަސް އެމީހަކާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭ. އެހެންވީމާ ކޮންވާހަކައެއް މިދައްކަނީ. ކުރިއަރާފައިވާ ގައުމުތަކުގައި އިންސާނުންގެ ސިކުނޑި ތަހުޒީބުވުމާއި އެއްހަމައިން ކުއްކުރާމީހުންނަށް އެޅޭނެ ފިޔަވަޅުތައް ސާފުކޮށް އެންގެން އޮންނަފަދައިން ޖޫރިމަނާ ކުރުމާއި އެޖޫރިމަނާ ނުދައްކައިގެން ޕެޓީ ކްރައިމް ކޯޓްތަކުގެ ތެރެއިން މިފަދަ މައްސަލަތައް އަވަހަށް ބެލޭ.
ޙިނި
25 May 2023
ކޮބާތަ ފުލުހުންގެ ބޮޑުމީހާ؟ މާލެތެރޭ ހިންގާ ކަންކަން އެންގޭބާ.
ގޮތެއްފޮތެއްނެތް ބައެއް
25 May 2023
ތިތަނަށް ކުނިއަޅާ ބަޔަކީ ގޮތެއްފޮތެއްނެތް ބައެއްކަން ޔަޤީނެވެ. އެހެންނޫންނަމަ ސްކޫލް ތަކަށް ހުރުމަތްތެރިކޮށް ހިތީހެވެ.
ާއަލިމޯޑު
25 May 2023
ވެމްކޯ އުފެއްދީ ކުނި ނެގުމުގެ މަސައްކަތް ކުރަން ރައީސް ޔާމީން.އެކަމަކު މިވެރިކަމުގަ މިފެންނަނީ ވެމްކޯ ވެސް ނެރެވުނު އެންމެ ބޮޑު ޕްރޮފިޓެއް ހޯދަން ހިފާފަ އޮތްތަން.
މަސޮރު
25 May 2023
ގިނަ ދިވެހިންގެ ތަރައްގީވީ، 21 ވަނަ ގަރުނަށް ފެތުނީ ހަމައެކަނީ މީހުންގެ ބޭރު ތޮށިގަނޑު... ސިކުނޑިއާއި ވިސްނުމަށް އަންނަންވާ އެެއްވެސް ތަރައްގީއެއް ނާދޭ...
އަލީ!
25 May 2023
ދިވެހީންގެ ނާތަހުޒީބުކަމާއި ނުލަފާކަން.. މަސައްކަތު ގެންގުޅޭ ބިދޭސީންވެސް ދިވެހިން ކޮޕީކޮށްގެން ތަންތަނަށް ކުނިއަޅާ.
ދޮންކަބިލި
25 May 2023
ކުނިއަޅާމީހުންނަށް ފިޔަވަޅު ނާޅާހާ ހިނދަކު ކުނިއަޅާނެ. އެމީހުނަށް އެގޭ ކޮންމެތާކަށް ކުނިއެޅިޔަސް ސިޓީކައުންސިލުން ނަގާނެކަން.
މަގުފާރަވެރިން
24 May 2023
ސިޓީކައަުންސިލުން ތިކަހަލަ ތަންތަނަށް ކުނިއަޅާތޯބަލާތިކަން ހުއްޓުވަން 78މީހުން އެހައްދުވަހު މަގުތަކަށް ނެރެފި ކޮބާ އެމީހުން ކައުންސިލުން ފުލުހުންވެސް ގެންގުޅުނު މުސާރަ ނުދީ 8 މަސްވަންދެން ގެންގުޅުނީމަ ހުއްޓާލާފަ ދިޔައޯ ފަހުން ނެރުނު މީހުން ކިހާވަރަކުން ދާނެބާ ހުސް ދެއްކުން ތެރިކަން ނަންވާނީ ފެނަކަ ހަހަހަ