ފ. ބިލެއްދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
28 މެއި 2023 - 12:28
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް އޮޅުން ފިލުވުމަށް ގައުމުތަކުގެ ވެރިން ގުޅުއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ބިލެއްދޫގައި ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑްގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް ކައިރި ގައުމުތަކަށް ރަނގަޅު މިސާލަކަށް ވި ކަމަށެވެ. އެ ހާލަތުގައި ދިވެހި ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މާލީ ހާލަތު ދަށްވެ، މުޅި ދައުލަތް އިނދަޖެހިފައިވާ ސްރީ ލަންކާ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެ ގައުމުގައި ހިންގި ބޮޑެތި މަޝްރޫއުތައް ކޮވިޑްގެ ތެރޭގައި ހުއްޓާލުން ކަމަށް އެ ގައުމުގެ މިނިސްޓަރަކު އެ މަނިކުފާނު ބައްދަލުވި ދުވަހެއްގައި ވިދާޅުވި އެވެ. އެ ގައުމުގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމަށް ހުޅުވާ ނުލައި މާ ގިނަ ދުވަހު މަޑުކުރުމުން ގެއްލުން ބޮޑުވީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ފ. ބިލެއްދޫ ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
އެކަމަކު، އޭގެ ބަދަލުގައި ރާއްޖެ އިން ބޯޑަރު ހުޅުވާލައި، ޓޫރިޒަމަށް ފުރުސަތު ދިނުމުން ހާލަތު މާ ގޯސް ނުވެ، އިގުތިސާދު ސަލާމަތްކުރެވުނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ސީޝެލްސްގެ ރައީސް ގުޅުއްވި، ވިދާޅުވީ ކިހިނެއްހޭ ތި ހަދަނީ، ރާއްޖޭގައި މީހުން މަރުނުވަނީ ކީއްވެހެއްޔޭ. އަޅުގަނޑު އޭރު އަޅާފައި ހުރި ފިޔަވަޅުތައް ހިއްސާކުރިން. ރާއްޖެއިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ: ރައީސް
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ކޮވިޑް މެނޭޖުކުރާ ގޮތް ރަނގަޅުވެގެން އެކަން ކުރާ ގޮތް އޮޅުން ފިލުއްވުމަށް ސީޝެލްސްގެ ރައީސް ވަވެލް ރަމަކަލަވަން ގުޅުއްވި ކަމަށެވެ. އެއީ ރާއްޖެ އަށް ވުރެ އާބާދީ މާ ކުޑަ ސީޝެލްސްގައި، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ރާއްޖެ އަށް ވުރެ މާ ގިނަވުމުން ކަމަށް ވިދާޅުވި އެވެ.
"ސީޝެލްސްގެ ރައީސް ގުޅުއްވި، ވިދާޅުވީ ކިހިނެއްހޭ ތި ހަދަނީ، ރާއްޖޭގައި މީހުން މަރުނުވަނީ ކީއްވެ ހެއްޔޭ. އަޅުގަނޑު އޭރު އަޅާފައި ހުރި ފިޔަވަޅުތައް ހިއްސާކުރިން. ރާއްޖެ އިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ބިލެއްދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއް ތެރޭގައި އުޅޭ ފަންނީ އެންމެންގެ ހިޔާލާއި މަޝްވަރާއެއް ހޯދައިގެން ކަމަށެވެ. ރާއްޖެ އަށް ކޮވިޑްގެ ހާލަތު ރަނގަޅަށް މެނޭޖު ކުރެވުނީ އެހެންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑަށް ފަހު، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިދިޔަ އަހަރު އައްޑޫގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެޑްއަޕް
29 May 2023
ކަލޭމެން ކޮވވިޑޭ ކިޔާފަ ބަޔަކު މީހުން ބުނިހާގޮތަކަށް ހަދާ މިސްކިތްތައް ބަންދުކޮން ލޮކްޑައުންކޮށް މަޖުބޫރުން ގަޔަށް އެއްޗެއް ޖަހުވާ ވެންޓިލޭޓަރުން ވައްކަންކޮށް ކުދި ވިޔަފާރިތއް ބަނގުރޫޓުކޮށް ލާރިކޮޅުޖީބަށް ކަހާލީ
5789
29 May 2023
ޢިބޫ ޕެންޑަމިކް މެނޭޖުކުތިގޮތަކީ މިހާރު ޕޭޓަންޓްކޮށް ގައުމުތަކުގެ ތައުލީމީ ނިޒާމުގަ ހިމަނަންޖެހޭނެ ކަމެއް. އަވަހަށް ހަނދާން ހުއްޓަ މިރާއްޖޭހެ ހައިސްކޫލްގެ ބިޒްނަސް ސްޓަޑީޒް ފޮތުގަ ތި ލިޔޭ. ތިހާ މޮޅު ބުއްދިވެރި ހިކްމަތްތެރި ވެެރިއެއްގެ މަސައްކަތްވާ ތިއޮތީ ވެންޓިލޭޓަރ ވައްކަމާ ކޮވިގައި މަރުވި މީހުނާ ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތް ވާހަކައާ އައިޖީއެމްއެޗްއިންކެމިކަލް ދީގެން ލެބޯޓްރީއެއް މިހާރު ބޮޑު ހޮސްޕިޓަލްޗެއިންއަކަށް ހެދިކަންވެސްބުނޭ.
މުނާސިރު
28 May 2023
ތިޔަ ކޯލުގެ ރިކޯޑިން އާއްމުންނަށް ލިބޭނެ ގޮތެއް ނެތްތޯ.
ބަރުބާދު
28 May 2023
ފުރަތަމަވެސް ކިޔާދެއްވީ ވެންޓިލޭޓަރ ހޯއްދެވިތަނާ އަގުތަކާ އަދި ވެންޓިލޭޓަރތަކައް ވީގޮތެއްގެވާހަކަތޯ؟.
ބެއްދި
28 May 2023
ތިޔަހާ ފަސޭހައިން ދެވެން އޮތް މައުލޫމާތެއްވެސް ނުދޭންވެގެން ހާދަ ވަރެކޭ އިހަކަށް ދުވަހު އަރުވާލީ. ދެފުއް ފެންނަ ގޮތަށް ކުރަން އުޅޭ ކަންކަމުގަ އެއްވެސް އެއްޗެއް ނުފެނިގެން އުޅެންޖެހެނީ.
ފަހުދު.
28 May 2023
ގުޅީމަ ޖަވާބުގަ ބުނީ ކީރިތި ކުރެއްވީއޭ
އަސޭލ
28 May 2023
ކޮވިޑުގަ ވަޒީފާއިން ކަންޑާލަ އެއްލާލީ ކިތައް ދިވެހިން ތޯ އެންގިލައްވާތޯ. ވަޒީފާނެތް ޒުވާނުން ރޮއެއާދެސް ކުރަނީ. ލަދެއްވެސް ނުގަނެދޯ، ލަދުގެ ކަން ފުޅެއް ވެސްހުރިއްޔާ ރައީށް އޮފީހާ، ވެލާނާގެއާ، މީރާކުރިމަތީގަ ސިމްކާޑު ވިއްކާ ގޮތައް މޭޒުތައް ޖަހައި ވަޒީފާނެތް ދިވެހިންގެ މައުލޫމާތު އެއްކޮއްބަލަ، އަދި އެމީހުނައް ވަޒީފާދީބަ. މުޅި ދުނި ޓެކްނޯލަޖީ އަދި ތައުލީމައް އަހުލުވެރި ވީއިރު، ދިވެހި ކުޑަކުރިންނާ ޒުވާނުން އަހުލުވެރި ކުރުވީ ޑުރަގައް.
ގެދާނޯމޮސް
28 May 2023
ތިޔަބުނާ ކޮވިޑެއް ފަތުރަން ވަރަށް ފަހުންވެސް އަންހެނަކު ކުރި މަސަތްކަތް މީޑިޔާގެ މަލާމާތާހެދި ނުވިކަން އެނގޭތޯޢެވެ.
ފާލަން
28 May 2023
އެހެންވީމަ ދެން މަނިކުފާނު ދާންވީ ނޫންތޯ ސީޝެލްސްގައި ވެރިކަންކުރައްވަން... ދިވެހިންނަށް ފުދިއްޖެ
ޑޮމޮކޮރޮޓޮއޮ
28 May 2023
އެހާފަސޭހައިން ވެނޓިލޭޓަރު ތައް ރާއްޖެ ގެނައިގޮތް ކިޔައިދިނިންތަ؟