ރައީސް ޅައިމަގުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަނީ: އެރަށުގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި --- ފޮޓޯ/ރައީސް އޮފީސް
16 އޮކްޓޯބަރ 2025 - 12:57
ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ރައީސް މުއިއްޒު މިހާރު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅައިމަގަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، އެރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ލޯޑު ދަށްވެ، ކަރަންޓް ކެނޑޭ މައްސަލާގައި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެކަމުގެ ސަބަބުން އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އަދި އެހެންވެ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭން ރައްޔިތުން އެދުނެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމަށް ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އެ ރަށަށް 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެރަށުގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެރަށުގައި މިއަދު އަމަލީ މަސައްކަތް ފެށުމަށް ތާވަލްކޮށްފައިވާ ތިން މަޝްރޫއުގެ ބިންގާ އެޅުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
- ފިޓްނެސް އެޑް ރެކްރިއޭޝަން ސެންޓަރު
- ސިއްހީ މަރުކަޒު އިމާރަތް
- ކައުންސިލް އިމާރާތް
- ކުނިކޮށީގެ މަސައްކަތް
- ސްކޫލުގެ އޮފީސް އިމާރާތް
- ފުޓްސަލް ދަނޑު މަރާމާތުކުރުން
- ސްވިމިން ޓްރެކެއް އެޅުން
- ފުލުހުންގެ އިމާރާތެއް
ރައީސް ވިދާޅުވީ ސިއްހީ މަރުޒަކުގެ އާ އިމާރާތަށްފަހު، އެތަނުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުވާނެ ކަމަށެވެ.
މީގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ހުޅުވައިދިނުމަށް ރައްޔިތުން އެދިފައިވާތީ، ރައީސް ވިދާޅުވީ ރަށްރަށުގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމުގެ މަސައްކަތް ކުރިއަށް ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، އެ މަޝްރޫއުގެ ދަށުން އެރަށުގައި ވެސް ގޮތްޕެއް ހުޅުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަޓޯފަޓޯ
17 October 2025
ސަރުކާރުގެ ހަރަދުގައި މިކުރާކަމަނީ ކެމްޕޭން. ކިހިނެތް މިކަން ހުއްދަވާނީ. ރައްޔިތުންގެ ލާރި އަމިއްލަ ފައިދާއަށް އިސްރާފުކުރާކަށް ޖެހިލުމެއްވެސް ނުވޭ
ސާއިމާ
16 October 2025
ބަލަ އައްޑޫ ފަދަ ފެނަކައަށް އެއްމެ ބޮޑު ފައިދާ ލިބޭ ތަންތަނަށް ހައްލު ނުގެނެވި ބޮއްސުންލައިގެން އުޅޭއިރު، ދެން ކޮންކަމެއް ކުރެވޭނީ؟؟ މިދިޔަ ރަމަޟާން މަހުން ފެށިގެން ކަރަންޓް ނުކެނޑޭ ދުވަހެއް ނުދެއެވެ. އެމްޑީގެ ރަށްޓެހިން ކަރަނޓް ކެނޑޭ ކޮންމެ ފަހަރަކު އިންޖިނިއަރުންނޭ ކިޔާއިގެން އައްޑޫއަކީ މިހާރު ފެނަކައިގެ ވެރިން ޕިކްނިކަށްދާ ތަނަކަށް ވެއްޖެއެވެ. ދެން ޅައިމަގުގެ ކޮން ހާލެއްގައި ދާނެތޯއެވެ؟ މިދިޔަވެރިކަމުގައި ރައްޔިތުން ކަނު އަނދިރީގައި ނެތެވެ.
މަތި މައްޗަށް
16 October 2025
ވަޢުދު މައްޗަށް ވަޢުދު، ވަޢުދު ފުއަދާނެކަމުގެ ވަޢުދު، ވަޢުދަށް ބަދަލު ގެންނަ ވަޢުދު،
ދިއްދޫމީހާ
16 October 2025
އަޅުގަނޑަށް ފެންނަ ފެނަމުގާ ފުރަތަމަ ކުރަންވީ ކަމަކީ ތިޔަ ރަށުގެ ނަން ބަދަލްކުރަންވީ އެއީ އެރަށުގެ ނަން ކިޔާކޮންމެ ފަހަރަކު ވިޔާނުދާ ބަހެއް އެބަކިޔޭ..
ސައީދުއް ސޯލިހު
16 October 2025
ސާބަހޭ ރައީސް. ޅައިމަގު ރައްޔިތުން މިތިބާ ތިޔަ ރައީސާއި އެކު. ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ސައްކެއް ނުކުރަން! އިރާދަ ކުރެއްވިޔާ ރައީސައް ދެވަނަ ދައުރެއް ދޭން ޅައިމަގު ފުރިހަމަ އަގުލަބިއްޔަތު ހޯދައިދޭނަން. މައުމޫނަށް ފަހު އިންތިހާބެއްގެ ކެމްޕޭނެއް ނޫން ގޮތަކަށް ރައީސަކު ލައިމަގަށް ވަޑަެިގެން ފުރަތަމަ ފަހަރު! މިހެން ބުންޏަސް އަންނި އައި!
ސަމީހާ
16 October 2025
އަދިވެސް ތަނެއްގައި ބޮލެއް ހުރީއްޔާ ފެނަކައަށް ލާށެވެ. ކުރީން މިއިން ރަށަކުން ކަރަންޓް ނުކެނޑެއެވެ. މިސަރުކާރު އައިފަހުން ކަރަންޓް ނުކެނޑޭ ރަށެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ހަމަދު ސަލީމް
16 October 2025
ޝުކުރިއްޔާ ވަަރަށް ބޮޑަށް ރައީސް. ތި ލިބިގެން ދަނީ އަހަރުމެން ރަށުގެ އެއްމެ ދުވަސްވީ މައްސަލައަށް ހައްލު