މާލޭގައި ވެމްކޯގެ މުވައްޒަފުން ކުނި ކޮތަޅު ނަގާ އުކާލަނީ: ންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި --- ފޮޓޯ: މިހާރު
29 މެއި 2023 - 12:19
ކަރަންޓު ބިލާއި ކުނި ބިލް އެއްކޮށްލުމަށް ފަހު، ކުނީގެ ބިލް ނުދައްކާ ތިން މަސް ވެއްޖެ ނަމަ ގޭގެ އިން ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
ސަރުކާރުން ނިންމާފައި ވަނީ މިހާރު ވަކިން ގޭގެ އަށް ފޮނުވާ ކުނީގެ ބިލްގެ ބަދަލުގައި އެ ފީ، ސްޓެލްކޯގެ ބިލްގެ ތެރޭގައި ހިމަނާށެވެ.
މާލެ ސަރަހައްދުގައި ކަރަންޓު މީޓަރު ބަހައްޓާފައިވާ ކޮންމެ ގޭބިސީއެއްގެ ކުނި ބިލް، ކަރަންޓު ބިލްގައި ހިމަނަން މަޖުބޫރުވާ ގޮތަށް އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ވަނީ ބިލް ނުދައްކައިފި ނަމަ ދެން އަޅާނެ ފިޔަވަޅުތައް ހިމަނައިފަ އެވެ.
ކުނި ނެގުމުގެ ހިދުމަތް ހޯދުމަށް ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށް ބިލް ލިބޭތާ ހަތް ދުވަހުގެ މުއްދަތުގައި ބިލް ދައްކަން ޖެހެ އެވެ. ނުދައްކައިފި ނަމަ ފުރަތަމަ ފޮނުވާނީ ގަވާއިދުގައިވާ ގޮތުން ނޯޓިސް އެވެ.
ވެމްކޯއިން ކުނި ނަގަނީ: އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ހިމަނާނީ ގެތަކުގައި ކަރަންޓް ބިލުގައި --- ފޮޓޯ: މިހާރު
އެ ނޯޓިހަށް ފަހު ވެސް ބިލް ނުދައްކައިފި ނަމަ މަހަކު ފަސް ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ވެމްކޯ އަށް ލިބެ އެވެ. ބިލް ނުދައްކާތާ ތިން މަސް ވެއްޖެ ނަމަ އެ ގޭބިސީއަކުން ކުނި ނެގުން ހުއްޓާލުމުގެ އިހުތިޔާރު ވެމްކޯ އަށް ދީފައި ވެ އެވެ.
އަލުން ކުނި ނެގުމުގެ ހިދުމަތް ބޭނުން ނަމަ ކުރީގެ ބިލްތައް ދެއްކުމުގެ އިތުރުން 50ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އެ ގެއަކުން ކުނި ނެގުމުގެ މަަސައްކަތް ވެމްކޯ އިން ފަށާނީ ގަވާއިދުގައި ބުނާ ގޮތުން އެ 50ރ. ދެއްކުމުންނެވެ.
ވެމްކޯ އިން ބުނީ އަންނަ މަހުން ފެށިގެން ލިބޭ ބިލްގައި އެ ކުންފުންޏަށް ކުރިން ނުދައްކައި ހުރި ބިލްތަކާއި ޖޫރިމަނާ ފައިސާ ނުހިމެނޭނެ ކަމަށެވެ. ނުދައްކާ ބިލެއް އޮތް ނަމަވެސް އަލަށް ކަރަންޓު ބިލްގައި ހިމެނުމުން ހިދުމަތް ލިބެމުން ދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އަށް އެޑްވާންސް ފައިސާ ދައްކާފައިވާ ނަމަ އެ ފައިސާ ކަރަންޓް ބިލްގައި ހިމެނޭ ގޮތަށް ކުނީގެ ފީ ތެރެއިން އުނިކުރެވޭނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެއީ މަހަކަށް 150ރ. އެވެ. ވެމްކޯ އިން ބިލް ކަނޑައެޅި މިންގަނޑު ކަނޑައެޅިއިރު، ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާ ނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންރޯލް
31 May 2023
ހައްލަކީ ވެމްކޯއިން ކުނި މެނޭޖް ކޮށްފައި އާންމު ފަރާތްތަކުން ނޫނީ ކުރިން އޮތްހެން މަހު ކުލި ދައްކައިގެން މީހުން ލައްވާ ކުނި ނަގައި ވޭސްޓް ޕޮއިންޓަށް ގެންދިޔުން. މުޅި މާލެ ތަޣައްޔަރުވެއްޖެ ވެމްކޯއިން ދެދުވަހުން އެއްދުވަހު މިނެރޭ އާ އުސޫލުތަކަކާހުރެ. ދުވަހަކު ފީ ނުދައްކާ އެކަމު ކުނި އުކާލެވޭ ގޭގެ އެބަހުރި. އަނެއްކޮޅުން ބަރާބަރަށް ފީ ދައްކާ އެކަމު ވެމްކޯއަށް ގުޅައިގެން ނޫނީ ކުނި ނުގެންދާ ގޭގެވެސް އެބަހުރި. ވެމްކޯގެ ހިންގުންތެރިންނަށް މަގޭ ސާބަސް!
އާދަނު
30 May 2023
އަހުރެން ގޭގެ ކުނި ނުނަގާތާ 6 ދުވަސް ވެއްޖެ. ކުނި އަޅާފަ ހުރި ފުޅިމަދު ފޮއްޓާ ހަންބުރިތައް ފުރިގެން ބޭރަށް ފައިބާފަ ހުރީ ނެޕީ އާއި ކުނި ކާއެއްޗެހި ފުޅަ އަޅާވަރުވެފަ ހުރީ. ކަރަންޓް ބިލުގަ ހިމަނަންޏާ ބިލު ފޮނުވާ ފަރާތަކުން ކުނި އުކާ ދޭންވާނެ. އެކަމަށް ގޭގެ ވެރިފަތުގެ ހުއްދަ ހޯދަންވާނެ. ނޫނީ އެއްބަސް ނުވެވޭނެ ގޭ ގެ ފަރާތުން.
މަރީއަމް
29 May 2023
ތިން ދުވަހު ކުނި ނުނަގައިފިއްޔާ ބިލްނުދެއްނިޔަސް އެންމެ ރަނގަޅުތޯ.
ތާކުން ތާކު ނުޖެހޭ ކަމެއް.
29 May 2023
ކީކޭ މި ކިޔަނީ ؟ ކުނި ބިލް ނުދެއްކިޔަސް ކަރަންޓު ކަނޑައެއް ނުލާނެޔޯ، ކުނި ނެގުން ހުއްޓާލާނިއްޔޯ. ދެން ކޮބާ ސްޓެލްކޯ ބިލް ތެރެއަށް ކުނި ބިލް ލުމުގެ ބޭނުމަކީ ؟ ކަރަންޓު ކަނޑާނުލާހާ ހިނދަކު ލާހިކެއް ނޫން ކުނި ބިލުގެ ލާރި ނުދައްކާ މީހުން އަތުން އެފައިސާ ހޯދާކަށެއް. ހަމަ މަގުމައްޗަށް އެމީހުން ކުނި އުކާނީ. އިންތިޚާބު ކައިރިވީމަ މީހުން ވޯޓު ނުދީފާނެތީ ސަރުކާރަށް މިކަން ކުރަން ނުކެރުނީދޯ.
ތުނޑުހަސަނު
29 May 2023
އެގޭބިސީ ކުންޏެއް މިގޭބިސީ ކުންޏެއް އެނގޭގޮތަކަށް ނޫން އިންތިޒާމްތައް ހުުރީ. އެންމެންވެސް ކުނި ބާލަނީ އިމާރާތުގެ ތިރިއަށް ނުވަތަ ނެރެނީ މަގުމައްޗަށް. އެޕާޓްމަންޓު ދޮރުމަތިން ކުނިނެގުން ހުއްޓާލައިފި އިތުރަށް ފައިސާ ނުދޭތީ. ހުޅުދޫ މީހުންނާއި ކާށިދޫ ކާށި ވަކިކުރަން އެނގުނަސް އެގަހުކޭލެއް މިގަހުުކޭލެއް ވަކިކުރެވޭނެ ގޮތެއް ނެތް.
ތުނޑޫ
29 May 2023
ވަރަށް ރަގަޅު ވާހަކައެއް. ގެއެއްގެ އެކި ފްލޯރތަކުން ކުނި ނެރޭއިރު ކިހިނެތްބާ ވެމްކޯއަށް އެނގޭނީ އެ ފްލޯރގެ ކުނި މި ފްލޯރގެ ކުނި؟ އަދި އެތަނަށް ގުޅާއިރަށް އެބަ ބުނޭ ކުނި ތިރީގަ ބަހައްޓާށޭ.
ގެދާނޯމޮސް
29 May 2023
އުޅެނީ ރަށުން ބޭރަގައެވެ. އެހެން ނުހަދާ ދެބިލާ ހަމައިން ގޭގައި ނޯޓިސް އެއް ހިތްޕާލުން އެދެމެވެ.
ކުރުކުރު
29 May 2023
ޚިދުމަތް ނުލިބި އެތައްމަހެއް ވަންދެން ބިލް ދެއްކިމީހުން ދެން ބިލް ދައްކަންޖެހޭނީ އެ މުދަތައް ޚިދުމަތް ދިނުމުން ކަމަށް ފެނޭ. އެކަމަކު މިފެން ނަނީ ޚިދުމަތް ދިނުމާ ދެކޮޅަށް އަބަދުވެސް ވެމްކޯއިން ވަކާލާތު ކުރާތަން. އެއްއަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ނުދީ ފައިސާ ހޯދުމަށް މެސެޖު ފޮނުވާ އަދި ގުޅާފަވަނީ ކތައް ފަރާތައްތޯ؟ ކުނި ބަލާ ގޭބީސީގެ ދޮރުމައްޗަށް އެރުމަށްފަހު ކުނި ކޮތަޅު ދިއްކޮއްލެވެން ވާއިރަށް އަވަހަށް ސިޑިން ފައިބައިގެން ދަނީ ކިތައް ފަހަރުތޯ؟
ސީތާ
29 May 2023
ބަރާބަރަށް ފައިސާ ދައްކަމުންސާއިރުވެސް ކުނި ނުނަގާ ދުވަސްތަކުގެ ޒިންމާ ނަގާނީ އިބުރާހީމް މުޙައްމަދު ޞޯލިޙުތޯ؟ ކުނި ނުނަގައިގެން ވެމްކޯއަށް ގުޅާ ރޮއި އާދޭސް ކުރަނީ ކިތައް ގޭބިސީންތޯ ވެމްކޯއަށް ބެލިފައިވޭތޯ؟ ކާކުތޯ މީގެ ޒިންމާ ނަގާނީ؟ ރައްޔިތުން އަބަދުވެސް ތިބެން މިޖެހެނީ ނިގޫ ފިތިގެން. އަމިއްލައަށް ކުނި އުކާލެވޭކަށްނޯވޭ. ކުނިއުކާނުލެވޭ ކޮންމެ ދުވަހަކީ އޭގެ އުނދަގޫ އިންތިހާއަށް ކުރާ ދުވަހެއް.
ޣަނިއަ
29 May 2023
އެޖެންވީމަ ފުރަތަމަވެސް ތިކޮޅުން ބަރާބަރައްބިލްދައްކާ ތަންތަނުން ދުވަހުން ދުވަހަށް ކުނިނެގުމައް ހަދުމަކޮއްދެއް
ވެމްކޯބޮސް
29 May 2023
ވެމްކޯއިންވެސް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ ދައްކަންވެއްޖެދޯ. ނިއުސް ހެޑްލައިންއެއް ހަދާލަން މޮޅު އެއްޗެކޭ ކިޔަކަސް ކަމަކު ނުދާނެ، ފުރަތަމަ ކަމަކަށް ކަރަންޓުބިލާއިއެކު ކުނިފީ ހިމަނަން ޖެހުނީވެސް ފައިސާ ނުދައްކާތީ އަދި އެގޭގޭގެ ކުނި ނަގަންޖެހޭތީ، އެހެންކަމުން މިހާރުވެސް 3 މަސް ކީއްކުރަން އަހަރު ދުވަހު ނުދެއްކިޔަސް ވެމްކޯއަށް ކުރެވޭނެކަމެއް ނެތް، އެެހެންނޫން، ސްޓެލްކޯއިން ކަރަންޓް ކަނޑާލެވިދާނެ، ކަރަންޓް ކެނޑުމުން ބިލް ދައްކަން މަޖުބޫރުވާނެ،