ގެއްލިގެން ހޯދަން އިއުލާން ކުރި އިހުސާނާ.--
31 މެއި 2023 - 17:01
ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ފެނިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާއިލާ އަށް ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓު ކުރުމުން ހޯދަމުން ދިޔައީ ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ، 32، އާއި އޭނާގެ ތުއްތު ދަރިފުޅެވެ.
ފުލުހުން ބުނީ އައިޝަތު އިހްސާނާ އޭނާގެ އާއިލާ އަށް މިހާރު ގުޅާފައިވާ ކަމަށާއި އޭނާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އިހްސާނާ ގެއްލިގެން ހޯދަން ފެށީ ވެސް މިއަދު އެވެ.
މި ފަހުން ރަށްރަށުންނާއި މާލެއިން މީހުން ގެއްލިގެން ރިޕޯޓު ކުރާ އަދަދު ވަނީ އިތުރުވެފައި އެވެ. ގެއްލިގެން ރިޕޯޓު ކުރާ މީހުން ހޯދަން އިއުލާން ކުރުމުން ގިނަ މީހުން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތިރައްޔިތުމީހާ
02 June 2023
މީހަކު ގެއްލިއްޖެ! މީހާ ފެނިއްޖެ! ހެޔޮ ނުވާނެ ފުލުހުންނޭ! އެމީހާ ބަޔަކު ވަގަށް ނެގީތޯ؟ ކިޑުނެޕް ކުރީތޯ؟ ނޫނީ އަމިއްލައަށް ފިލީތޯ؟ ނުވަތަ ދެވޭ ނުދެވޭ ތަނެއް ނޭގިގެން ހުޅުމާލެ ތެރެއަށް ގެއްލުނީތޯ؟
ޑޮނާޑު
01 June 2023
ގެއްލޭމީހުން ފެނުނީމަ ރަގަޅައް ތަޙުޤީގުކުރުމައްފަހު އެކަށީގެންވާއަދަބު އެމީހަކައްދޭންޖެހޭސަބަބަކީގެއްލިއްޖެކަމައްއިޢުލާނުކުރުމައްފަހުފުލުހުންނާ,ޢާއްމުން ވަރައްބުރަމަސައްކަތެއްކޮށް ސަރުކާރުން އެތައްޚަރަދެއް ކުރާފަހުންފެންނައިރު ވަރިކުރިމީހާގޭ ކޮޓަރިއެއްތެރޭނޫންނަމަ މަންމަދެކެރުޅިއައިސްގެންއާސް,ބައްޕަގޭގަ މީގިނަފަހަރައްމިކަންހިނގާފަހުންނަގޮތެވެ.ސައިކަލްއެއް ނުބައިތަނެއްގަޕާރކުކޮއްގެންއިސްޓިކާޖެހުމައްވުރެ މިކަމުގެނުރައްކާމާބޮޑެވެބައެއްފަހަރު މަރުވެފައޮއްވަވެސްފެނޭ ވީމާމިކަހަލަކޭސްތައްމިހާރުއަންނަނީދުހުންދުވަހައްގިނަވަމުން ވީމާޖަހަންޖެހޭއިސްޓިކާބޮޑުވެފަ ކުރަންޖެހޭޖުރިމަނާވެސް.....
ރަދީފްއޮފިޝަލް
01 June 2023
ބްރޯ ސްޕޭސްބާ.
ސަންތިކުމާރު
01 June 2023
ރަދީފް ކަލެޔާ ކޮން ބެހޭކަމެއް.
އަބްޑޫޅް
01 June 2023
ބީރަށްޓެހިން ގެއްލޭ ކަންތައް ހައްލު ވެދާނެ، އަނެއްކާވެސް ކުޑަސިޓީ ގެންނަސް ޖެހޭ ގަވައިދު އަނބުރާ ގެނެއްސިއްޔާ.
އައްޔަ
01 June 2023
ހުސްދޮގު! ގެއްލުނީ އެއް ވެސްނޫން . ހިތްހަމަޖައްސާލަން ހިތުގަ އުފެދިފަ ހުންނަ ޚިޔާލުތައް ރައްޓެހިންނާ ހިއްސާކޮށްލަން އަރިއެއް މަށްޗައްޖެހިލަނީ!
އަލީހަމީދު
31 May 2023
ގެއްލުނީތަ، ނޫނީ ދަރިފުޅު ގޮވައިގެން ގޮސް ތަނެއްގަ އޮތީތަ. ވީގޮތެއް ނޭގުނު.
އަހައްމަދޫ
31 May 2023
ހުޅުލެމާލެ ބޮޑުކަމުން މިހާރު ހާދަ މީހުނެއް ގެއްލެޔޭ. ދެންކީއްކުނީ
ޓަމާ
31 May 2023
ގެވެށި އަނިޔާގެ ކޭސް އަކަށް ވެދާނެ.
ފޮނިފޮނިޓައްޕު ކުމާރު
31 May 2023
ގެއްލުނީތީ ނޫނީ ގެއްލިގަތީތޯ؟ މި އުފެދޭ ސުވާލަކީ.
ގެދާނޯމޮސް
31 May 2023
މިގޮތަށް އާއިލާތަށް މީޑިޔާގަ ފަޟީހަވުމަށް މަގުފަހި ވުމަކީ ދިވެހިންގެ މިކުޑަ ގައުމުގަ ވަރަށް ނާތަހުޒީބު ކަމެކެވެ.
އަބުޗޯ
31 May 2023
ފެނުނީ ކޮންތާކުން. ފެނުނު ތަނެއް އޮންނަންވާނެއްނުން. ފެނިއްޖެ އޭ ބުނުމަކުން އަދި ނިމުނީ ކީއެއްނޫން. މިއަދާ ހަމައަށް އުޅުނު ތަނެއް އިނގެން ޖެހޭނެ ރައްޔިތުން ނަށް. އެހެން ނޫނީ ރައްޔިތުން ހިތުތެރޭ ބިރުވެރި ކަމެއްދޯ އުފެދޭނީ..އާނ. އެހެންޏާ، މިހާރު، ވީނުވީއެއް ނޭގި ގެއްލޭ މީހުންގެ ކަންތައް ތީ މިހާރު ވަރަށް ބޮޑުވެއްޖެ ކަމެއް.
ބަބޫ
01 June 2023
އިނގެން ޖެހޭ ކަންތަކާ އިނގެން ނުޖެހޭ ކަންތައްތައް ހުންނާނެ. ތިމާމީހާއާ ނުބެހޭ ކަންތައް ތަކުގެ ތެރެޔަށް ނުވަދެ ހުރުން ބުއްދިވެރި