ޚަބަރު / އާބަންކޯ

ފާރު ތަޅާލައިގެން އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން

އެއްކޮށްލި ދެ އެޕާޓްމެންޓް: އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެނުދޭން ކޯޓުން ވަނީ ނިންމާފައި

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ހިޔާ ފްލެޓެއްގެ ފާރު ތަޅާލުމަށް ފަހު ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެތަނުގެ ވެރިފަރާތް 200،000ރ. އިން ޖޫރިމަނާކޮށް އަދި ފާރު އަލުން ރާނަން އެންގުމުން އެއަށް އަމަލު ނުކުރި މައްސަލާގައި އެ ދެ އެޕާޓްމެންޓް އަތުލަން އާބަންކޯ އިން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި އެ ދެތަނުގެ ވެރިފަރާތްތަކުން ސިވިލް ކޯޓުގައި އެދުނީ އެއްބަސްވުން ބާތިލްކޮށް، އެޕާޓްމެންޓްތައް އަތުލަން އާބަންކޯއިން ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ހުށަހަޅަން ގަސްދު ކުރާތީ އެ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެކަމަކު، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ނިންމި ނިންމުމުގައި ވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެންވެ، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ މައްސަލާގައި އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައިވަނީ އާބަންކޯގެ އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

38 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސޭލ

03 June 2023

ތި ފުލެޓު އަތުލެވިގެންނުވާނެ، ތިތާ ވިލާ ސުޕަމާކެޓު ހަދަން ތެޅިހާ ފާރެއް އެނުވިދޯ ފާރުރެޅުމަކައް އައްސަލަޔަކްއް. ބަންގާޅައިން ރެޅި ހަނަތައް ނުވި މަސްސަލަޔަކައް. ފުލެޓުއަތުލައިފިއްޔާ ދައުވާ ކުރޭ ބަދަލު ހޮދަން. ތަންހުސް ކުރޭ ހަދަން ދިޔަ ހަރަދާ އެޕާޓުމެންޓު އަތުލީމަ ލިބުނު ގެއްލުގެ ބަދަލު ދިނީމަ. ކައުންޓާ ކޭސް އެއް ކޯޓައް ވައްދާ.

The name is already taken The name is available. Register?

GanevihkaaDOTcom

02 June 2023

އާބަނުކޯގެ ފުލެޓު ގަވައިދުގައި އޮންނަނީ ކީކޭކަމެއްނޭންގެ، ހީވާގޮތުން ފުލެޓުލިބޭ ފަރާތުން ތިޔަފަދަ އަމަލުތައްކުރީމާ ވަގުތުން ތަން އަތުލެވޭނެކަމަށް ގަވައިދުގަ ޖަހާފަ އޮތީމާ ތިޔަހާ އަވަސްއަރުވާލައިގެން ތަން އަތުލަން ތިޔައުޅެނީ!! ނަމަވެސް ބުއްދީގެހަމަތަކުން ބަލާއިރު ޖޫރިމަނާ ދެއްކުމަށާއި ތަން އިހުހުރިގޮތައް ބަދަލުކުރުމަށް އެކަށީގެންވާ ވަގުތުދޭންޖެހޭނެ، ވަގުތުނުދީ ތަން އަތުލެވިގެންނުވާނެ، ރައީސާހަމަޔަށް މައްސަލަގެންދޭ،

The name is already taken The name is available. Register?

ޞަހާނީ

02 June 2023

ރައީސްމީހާ ހުރިހާތަނަކަށް އަތް ބާނަންޏާ ކޯޓުތަކާއި ގާނޫނާއި ގަވާޢިދު މީ ކީކުރާ އެއްޗެއް.

The name is already taken The name is available. Register?

ފްލެޓް

02 June 2023

ބަލަގަ މޮޔަފުޅު ހީވެގެންނޭ ތިއުޅުއްވަނީ. ބޮޑު އިމާރާތެއްގެ ފާރެއް ތަޅާލީމަ ނުޖެހޭ ބައި ގަރުނު އެތަން ރާނާ ކުލަ ލާން ދޭކަށް. މީ ޗައިނާ ބޮޑު ފާރެއް ނޫނޭ.

The name is already taken The name is available. Register?

ޒިމް

02 June 2023

ހުޅުމާލެ ސޯޝަލް ހައުސިންގް ފްލެޓް ތަކުގަ ބަންގާޅު ގެސްޓް ހައުސް ހަދައިގެން ބަރާބަރައް އެބަ ކުރިޔައް ގެންދޭ. އަދި މީގެ ކުރިން ހުއްޓުވި ކުރީގެ ފްލެޓް ތަކުގެ ބޭރު ރާނާ ކޮޓަރިހަދައި އަމިއްލަކޮއް ތަޅުލައިގެން އުޅުނު ތަންތަން ވެސް އިހުނައްވުރެ ބާރައް ކުރިޔައް ޖައްސާލައިފި. މިކަންކަންވެސް ބަލާ ފިޔަވަޅު އެޅުން އެދެން. ދޫކޮއްލާފަ ބާއްވައިފިނަމަ ގޯހުން ގޯހައް ކަންކަން ދާނެ.

The name is already taken The name is available. Register?

GanevihkaaDOTcom

02 June 2023

ތިޔަފަދަކަންކަން ދިމާވާ އެއްސަބަބަކީ ޝަރުތު ހަމަނުވާމީހުނަށް ފުލެޓު ދޭތީ!! ފުލެޓު ލިބުނުފަރާތުން ތިޔަވަނީ ކޮންމެޔަކަސް އެބުނާ ގަވައިދަކާ ހިލާފަށް ޢަމަލުކޮށްފައި، ނަމަވެސް ތިޔައީ ފުރަތަމަ ފަހަރުކަމަށްވާތީ ތަން އަތުލުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ސަޕޯޓުކުރާކަމެއްނޫން، ތަންހުރިގޮތަށް ބަދަލުކުރުމަށް އެކަށީގެންވާ ވަގުތުދީ ޖޫރިމަނާ ދެއްކުމަށްވެސް އެކަށީގެންވާ ވަގުތުދީ މައްސަލަ ހައްލުކުރުމަށް އިތުރަށް މަސައްކަތް ކުރުން ރަނގަޅުވާނެކަމަށްފެނޭ

The name is already taken The name is available. Register?

ރެޓޭ

02 June 2023

ގަނެވިއްކާ ވެސް ތިޔައީ އަނެއްކާ އެގޮތަށް ކަންތައް ކުރާމީހެއްތަ؟

The name is already taken The name is available. Register?

ރަށުމީހާ

02 June 2023

10 5ދުވަސް ކިޔާކަށް ނުޖެހުނީސް ގަވައިދުން ކަންކަން ކުރެއްވެވި ނަމަ, ވަރަށް ވެދުން,

The name is already taken The name is available. Register?

ޒަންޖަބީލު

02 June 2023

ޖޫރިމަނާ ދައްކަން 05 ދުވަސް، ފާރުރާނަން 10 ދުވަސް... އެއީ އެކަށީގެންވާ މުއްދަތެއްނޫން. އެފަރާތުން އެދުނުކަމަށްވަނީ ލުއިގޮތަކަށް ޖޫރިމަނާ ދައްކަން ހަމަޖައްސައިދުނުމަށާއި އިހުގޮތަށް ފާރުރާނާ ފުރިހަމަކުރުމަށް އިތުރު މުއްދަތު ދޭން. އެކަން ނުކުރާނަމޭ ނުބުނަނިސް ތަން އަތުލުމަކީ ނާތަހުޒީބު ޢަމަލެއް. އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތަކަމަށް އާބަނަކޯ އިން ހެދުނު ސިޓީ އައި ދުވަހުގެ މެންދުރުފަހުން ވަކިކުރި ސިޓީ ފޮނުވައިފި.

The name is already taken The name is available. Register?

ޒަންޖަބީލުގެ އަމާ

02 June 2023

ތިޔަބުނާ ތަނެއްގެ ފާރު ރާނަން ނުނަގާނެ 1ދުވަސް...ކޮން 5ދުވަހެއް......ވަގުތުން ބޭރުކޮއްލާ!

The name is already taken The name is available. Register?

ޖަމާރު

02 June 2023

ގަވާއިދާ ކަނޑައެޅިގެން ހިލާފު ކަންކަންކުރަން ލައްކައިން މިލިއަނުން ހަރަދުކުރެވޭ. އަދަބު ލިބި ޖޫރިމަނާ ދައްކަންވީމަ ލުއި ބޭނުންވަނީ. ގަވާއިދުން ކުލި ދައްކަންވީމަ ލުއި ބޭނުންވަނީ. ޖޯކުދޯ؟

The name is already taken The name is available. Register?

ފްލެޓް

02 June 2023

ފްލެޓް ގެއްލޭތީ ހާދަ ވަރެއް. ފާރު ތަޅާ ހަފުސް ކުރި އިރު ދެންތިބި މީހުންގެ ރައްކަލަށް ނުބެލިބަޔަކަށް ފްލެޓް ދޭކަށް ނުޖެހޭ. ބޭރު ކުރޭ....

The name is already taken The name is available. Register?

ވާވާ

02 June 2023

ވަރަށް ރަނގަޅު ނިންމުމެއް! މިފަދަ ފުރުސަތު އެއްވެސް މީހަކަށް ދީގެން ނުވާނެ!

The name is already taken The name is available. Register?

ކަހެރުވައް

01 June 2023

ދެން މަ ކީކޭ ބުނަންވީ؟

The name is already taken The name is available. Register?

ހިރުވާ

02 June 2023

ނުޖެހޭ އެއްޗެއް ބުނާކަށް.

The name is already taken The name is available. Register?

ކާޑު

01 June 2023

މަ އެންމެ ހައިރާންވަނީ މި މީހުން ހުއްދަވެސް ނުނަގާ ދުވަހަކުވެސް ފަޅާ ނާރާނޭ ކަމަށް ހީކޮށް މިވަރުގެ ބޮޑުކަމެއް މިވަރުގެ ބޮޑު ހޭދައެއް ކޮށްގެން އުޅޭތީވެ. އަދި ފަޅާއެރީމަ އަތުލުން ހުއްޓުވަންވެސް ކޯޓަށް ހިނގައްޖެ، ދާން ކެރުނުކަންވެސް މި ވަރުގެ ބޮޑު ހުއްދަ ނޫން ކަމެއްކޮށްފަ. ހައިރާން ހައިރާން

The name is already taken The name is available. Register?

ބޮޑުމީހާ

01 June 2023

ސޯޝަލް ހައުސިންގ ކުއްޔަށް ދީގެން އުޅޭ މީހުން ހޯދާބަލާ ފިޔަވަޅު އަޅަނިކޮށް އިސާހިތަކު ކުލި ކޮންޓްރޯލްކުރެވިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454