ފިނޭންސް މިނިސްޓަރާއި އާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ސޮއި ކުރަނީ-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
02 ޖޫން 2023 - 10:39
ރާއްޖެއަށް އެތެރެ ކުރާ ބޭސް ހެޔޮ އަގުގައި ގެނައުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރަނގަޅު ފެންވަރުގެ ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެއަށް ބޭސް އެތެރެކުރާނެ ކަމަށެވެ. އެއާ އެކު ޔޫއެންޑީޕީގެ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުން ބޭހުގެ ކޮލިޓީ ދެނެގަނެ، އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ އެވެ. އެޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ބެލެހެއްޓުމަށް ހާއްސަ ސްޓިއަރިން ކޮމިޓީއެއް ވަނީ ހަދާފަ އެވެ. އެ ކޮމިޓީގައި ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހިމެނެ އެވެ.
ފިނޭންސް އިން ބުނީ، އަލަށް ހެދި އެއްބަސްވުމާ އެކު ރާއްޖެއަށް ފަސޭހައިން ބޭސް އެތެެރެކޮށް ބޭސް ހޯދަން ކުރިން ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.
ބަލްކް ޕްރޮކިއުމަންޓްގެ އުސޫލުން ސަރުކާރުން ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވި އިރު، ސަރުކާރުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އޭގެ ތެރޭގައި މާސްކާއި އަންގި އާއި ސިރިންޖާއި ބެންޑޭޖު އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެކި އާލާތްތައް ހިމެނެ އެވެ.
ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެ ތަކެތި ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކަށް ސިއްހީ ސާމާނު ފޯރުކޮށްދެ އެވެ.
އޭގެ އިތުރުން ކޮންމެ އަހަރު އާސަންދައަށް ކުރާ ހޭދަވެސް އަންނަނީ ބޮޑުވަމުންނެވެ. މިދިޔަ އަހަރު އާސަންދައަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު މިއަހަރުގެ މިހާތަނަށް 900 މިލިއަން ވަނީ އާސަންދަ ބަޖެޓުން ހޭދަކޮށްފަ އެވެ. މިއީ މުޅި އަހަރަށް ކަނޑައެޅި ބަޖެޓުގެ 90 ޕަސެންޓެވެ.
މެޑިކަލް ކޮންސިއުމަބަލް އާއި ބޭސް، ވީ އެންމެ ހެޔޮ އަގެއްގައި ހޯދުމަށް، ވޭތުވެދިޔަ ދެ އަހަރު ފިނޭންސް މިނިސްޓްރީން ދިޔައީ އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. އޭގެ ދަށުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް ވެސް ނިންމާފައިވެ އެވެ. އެހެން ނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އެއަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓަރ
04 June 2023
މިހާތަނަށް ޤަޢުމުދުށް އެންމެ ނާޤާބިލް ފިނޭންސް މިނިސްޓަރު. ރުފިޔާ ޗާޕްކުރާ މިނިސްޓަރު . ހުސްވި ހުސްވިހެން ޗާޕްކުރާ މިނިސްޓަރު
ބަސްކޮޕަން އަދި ފައިޒާ ވެކްސިން!
04 June 2023
ދުނިޔޭގެ އެންމެ ބޮޑެތި 20 ބޭސް އުފައްދާ ކުންފުނި ތަކަކީ ހުޅަގުގެ ގައުމުތަކުގެ ކުންފުނިތައް. ޕެނެޑޯލް އިން ފެށިގެން، ޕޯލިއޯ ވެކްސިން، އެންޓިބިއޯޓިކްސް، ކެންސަރައް ބޭސް ތައް ހިމެނޭ! އަދިވެސް އަރަބި ޓީމު ތައް މި ބުނަނީ ކަޅުދިރި ވަރެއް ނެތޭ. ޕެރަސިޓަމޯލް ގުޅައެއްވެސް އެއިން ގައުމަކުން ދުނިޔެއަކައް ނުއުފެއްދޭ! ކުރިއެރުން ފެނޭ ދެއްތޯ؟
ޙިނި
02 June 2023
ޥެންޓިލޭޓަރުވެސް އޯޑަރުކުރީ ޑޢޗއ ގެ ނަން ބޭނުބް ކޮއްފެން
އޮމީރު
02 June 2023
ވެންޓިލޭޓަރު އަދިވެސް ނުލިބޭ. ދެން ތިޔަ ބޭސް އަހަރެމެން ދުނިޔޭގަ ތިއްބާ ލިބިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު..
ވެންޓިލޭތަރ
02 June 2023
އަނެއްކާވެސް ވެންޓިލޭޓަރ އެއްބަސްވުމެއް އެކުލަވާލީ. މިވެސް ވާނީ އެހެން ބަޔަކަށް ނުދައްކާ ސިއްރު އެއްބަސް ވުމަކަށް. ކުރީ ސިއްރަށްވުރެ ބޮޑު ސިއްރަކަށް.
އޮނަރަބްލް އަފީފު ދީދީ
02 June 2023
ނިޔަތް ރަނގަޅުނަމަ ތިއީ ވަރަށް މުހިންމު އަދި ކުރާންޖެހޭ ކަމެއް. އެކަމަކު ސުވާލަކީ ޔޫއެންއޭޖަންސީ ޔޫއެންޑީޕީގެ އެހީތެރިކަން ހޯދިފަދައިން މިކަމުގައި World Health Organization އަށް ބައިވެރިވުމެއް ނުވަތަ ލަފާ ދިނުމަށް ފުރުސަތެއް ނުދެއްވީ ކީއްވެތޯ. # ތިޔަ ނިންމުމުގެދަށުން 2024 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން އެތެރެކުރާ ބޭހުގެ %60 އަކީ އެމަރިކާ، ސްވިޓްޒަލެންޑް، ފްލާންސާއި ޖަރުމަން އަދި އިޤިރޭސިވިލާތުގެ ޕާމަސޫޓިކަލް އުފެއްދުމަށް ހަދަންވީ ނޫންތޯ؟
މަނަ އަދި
02 June 2023
ޑަވްލިއު އެޗް އޯ އަކީ ޔޫއެން އޭޖެންސީ އެއް.
ފިންޓްސް
02 June 2023
"އެޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ބެލެހެއްޓުމަށް ހާއްސަ ސްޓިއަރިން ކޮމިޓީއެއް ވަނީ ހަދާފަ އެވެ." ދުވަސް ދިޔައީ. މިހާރުވެސް ތި ކޮމިޓީގަ ތިބޭނެ އެ ބުނާ މެޑިކަލް މާފިޔާއެއްގެ މީހުން ވަދެ.