ރައީސްގެ މޮޓޯކޭޑް ރޭ ހުއްޓުވާފައި: އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި
03 ޖޫން 2023 - 14:50
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ބަޔަކު ހުރަސް އަޅައި ހުއްޓުވީ، މާޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުންނެވެ.
އެކަމާ ގުޅިގެން މޮޓޯކޭޑަށް ޖެހުނީ އަނެއް ކޮޅަށް އަނބުރާލައިގެން ދާށެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހަކަށް ޕީޖީ އޮފީހުން ކުރަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާކުރީ ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ.
އެ މައްސަލާގައި ރައީސްގެ ސެކިއުރިޓީ ފެއިލްވި ކަމަށް ބުނެ، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރަކަށް އޭރު ހުންނެވި އަބްދުﷲ އިބްރާހިމް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި އެވެ. އެހެން ނަމަވެސް ފަހުން އޭނާގެ އިހުމާލެއް ނެތް ނިންމައި އޭނާގެ ސަސްޕެންޝަން އުވާލައި މަގާމް ވެސް މަތި ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލު
03 June 2023
މޮޓޯކޭޑަށް ހުރަސްއެޅޭ ފަދައިން މަރުގެ ހަމަލާއެއްވެސް އެފަދަ ވަގުތެއްގަ ދެވިދާނެ. ވީމާ ތިޔައީ ވަރަށް ބޮޑު ކުށެއް! ނަމަވެސް ގާނޫނީމާހިރުން ހަދާފަވާ ގާނޫނުން އެނގެން އޮތީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީމާ އަންނާނީ 3 މަހުގެ ޖަލުހުކުމެއް. އެއީ ވާޖިބަށް ހުރަސް އެޅުން.
ހަސަންޑީ
03 June 2023
ވަރަށް ރަގަޅު ނިންމުމެއް، މިވެސް ގައުމެއް މާދަމާ އަނެއް ވެރިމީހާގެ މޮޓޯކޭޑް ހުއްޓުވައި ބޭނުން ގޮތެއް ހަދަން ފުރުސަތުދީގެން ނުވާނެ، މިގައުމަކީ ވަކިބައެއްގެ ގައުމެއްނޫން ގައުމު ހަލާކުކޮށް އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދި ކުރުމުގެ އެއްވެސް ބާރެއް ހަމަ އެއްވެސް ފަރުދަކައް ލިބިގެނެއްނުވޭ، ތިކަން ކުރިބަޔަކަށް ގާނޫނުގައިވާގޮތުގެ މަތިން ދޭންޖެހޭ އަދަބެއްދިނުމަކީ އަންނާންއޮތް ޖީލްތަކަށްވެސް ޢިބުރަތެއް ...
ހަސްނ ކުރުސް
03 June 2023
އިންޑިއާގެ ބަޔަކާއި އެކު ރާއްޖޭގެ މިނިވަންކަން ނަގާލަން ޝާހިދު މަޝްވަރާ ކުރި މައްސަލަ ބަލާކަށް ނުވޭތަ؟
ހަމަގ
03 June 2023
ރައީސްގެ ކާރުކޮޅަށް ހުރަސްއަޅާ ދަރަޖައަށް ރައްޔިތުމީހާގެ ކަންކަން ދިއުމަކީ ދެރަކަމެއް އެއީ ޓެރްރްޒަމްގެ ޢަމަލެއްް
ބީރު
03 June 2023
އަސްލު ދަޢުވާ ކުރަންޖެހޭ ލިސްޓް 1- އިބޫ 2- ނާޒިމް 3-ޝާހިދު 4-ރިއްފަތު 5-މާރިޔާ ރައީސް ޔާމީން އެއީ ގައުމު ދުށް ތަރައްޤީ ގެ ބާނީ އެމަނިކުފާނުގެ ހެޔޮ ވެރިކަމެއް އަލުން ދެކިލަން ހިތް އެދޭ
ޢަރުތަ
04 June 2023
ހެޔޮ ވެރިކަމެއް ކޮށްދިނީމަބާ 2018 ގަ ރައްޔިތުން ނޫނެކޭ ބުނީ! ކިހިނެއްތަ ދިވެހިން މި ޖަޖު ކުރަނީ، ޖަލުގަ އެއޮންނަނީ ވެސް އެހެން ވެގެން ކަންނޭގެ، ހެޔޮވެރިކަމޭ ބުނެވޭ ބަހުގެ މާނަ މިއޮތީ މުޅިން އޮޅިފަ ނޫންބާ!
އިބުރާހިމް އަނަސް
03 June 2023
ކޮބާތޯ ފުލުހުންގެވާޖިބު އަހަރެމެންނައްފެނޭ މާދުރުންމަގުބަންކޮއް މަގުސާފުކުރާތަން އެހެނެންނުވީ ކީއްވެބާ
ޚުލްޖް
03 June 2023
ދިޒްއިޒް ޓޫ މަޗް! ކާރު މުޒާހަރާ ތެރެޔަށް ވަނީމަ އޭގެ ކުރިމައްޗަށް އަރާ ދިދައެއް ހޫރުވާލީމަ ދައުވާ!
ޢަރުތަ
04 June 2023
މުޒާހަރާ ކުރަން ވަކި ސަރަހައްދެއް ކަނޑައެޅީ ރައީސް ޔާމީނުގެ ވެރިކަމުގަ އެއީ ވަރަށް ރަނގަޅަށް ކުރި ކަމެއް، ދެން އެފަދަ ތަނެއްގަ މުޒާހަރާ ކުރިއަސް ދުއްވާ އެއްޗިހި ގޮސް އެތާކަށް ނުވަންނާނެ، މަގުގަ ދުއްވާ އެއްޗިއްސާ ހިނގާމީހުނަށް ދުއްތުރާކުރަން މަގުތަކުގަ މުޒާހަރާ އޮތީ މަނާކޮސްފަ، އެވަރު ނޭގެންޏާ ދެން އަޅާނުލާ.
އަންދަލޫސިޔާ
03 June 2023
މޯޓޮކޭޑް އަށް ހުރަސްއެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ސީދާ ނުރައްކާކުރުން. އެއީ ސީރިއަސް މައްސަލައެއް. އަދަބު ދޭންޖެހޭނެ!
ސުބުނަމި
04 June 2023
ރައީސުން ނުވަތަ ރިޔާސީ ކެންޑިޑޭޓުންގެ މޯޓޯކޭޑަށް ހުރަސް އަޅާނީ ބޮލުގަ ތެތްކަން ނެތީމަ! ޤައުމެއްގެ ވެރިއެއްގެ ނުވަތަ ވެރިކަމަށް ކުރުމަތިލާފައިވާ ފަރާތެއްގެ ފުރާނައަށް ސީދާ ނުރައްކަލެއް ކުރުމަކީ ނުވަތަ ކުރާނެކަމަށް ބުނުމަކީ ތަހުޒީބު މުޖުތަމަޢުތަކުގައި ބޮޑެތި އަދަބު ލިބޭނެ ކަމެއް. އޮބާމާއަށް ހަމަލާދީ މަރާލާނެކަމަށް ފޭސްބުކްގަ ލިޔުނު މީހާ އަދި ވެސް އޮތީ ޖަލުގަ. މިހާރު 15 އަހަރުވަނީ!
ދިއްދޫމީހާ
03 June 2023
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެއްނޫން އެއްމެ ފުރަތަމަ މިކަމެއް ކުރީ ރައީސް މައުމޫން ކަސްޓަމްގައި ބޭއްވި ޖަލްސާއެ ނިންމާފަ ނުކުތް ވަގުތު މިހާރުގެ ރައީސް އިބްރާހިމްއާ ކުރީގެ ރައީސް ނަޝީދު އިސްކޮއް ހުރެ ބޭއްވި އެއްވުމެއްގައި އެދުވަހު ވަރަށް ހާލުން މައުމޫންގެ މޮޓޯކޭޑަށް ދެވުނީ، މިކޮމެންޓް ޖަހާލަން ކެރޭނެބާ؟؟
ށައުރު
03 June 2023
ދޮގުވާހަކަ ނުދައްކާ
ޢަރުތަ
04 June 2023
ކަނޑައެޅިގެން ބޮޑު ދޮގެއް، ޒިންމާވާން ޖެހޭނެ.
ދޮގެއްނޫން
04 June 2023
ދޮގެކޭ؟ އަހަރެމެން ދެލޮލުން ދުށިން މައުމޫނުގެ ކާރުގައި ތަޅަމުން ފަހަތުން ދުވިތަން. މައުމޫނު ކާރު ވަންވޭއެއްގައި އިދިކޮޅަށް ދުއްވައި އަތުނުޖެހުނީމާ ގާއުކިތަންވެސް ދުށިން. ތިއިއްޒަތްތެރި އެމްޑީޕިޔަނުން.
ޙާޖީމާ
04 June 2023
އޭރު ވަންވޭ ނުހުރެ.
އބބ ބބ
03 June 2023
މިދަނީ ދެން މާމައްޗައް، އަބަދު އާދައިގެ ނިކަމެތި ރަތްޔިތުމީހާ ކުއްވެރި ކުރަންމިހިފަނީ، މިސަރުކާރުން ބޭނުންކަމެއްކުރަމުން މިދަނީ، ރަތްޔިތުމީހާ ނިކަމެތި ވާގޮތައް، ޓެކްސް ބޮޑުކޮއްފި، ދިވެހިން އެތައްކަމަކައް ބޭނުންކުރަމުން އައި ބާޒާރު ކޮތަޅުން ވެސް ލާރިނަގަން ފަށައިފި، މިމަހު ކަރަންޓް ބިލު އަދި ނުފޮނުވާ، ހީވަނީ ކޮންމެބިލެއްގަ ޖަހަންވާ އަދަދު އަދި ފައިނަލް ނުވަނީހެން، ރަތޔިތުންނައް ނުފޮރުއްޕާން ކުރުން ނުންކަމެއްނެތް، މީނަ މުޒާހަރާ މގން ދިޔއީ ކީއްވެ
ޢަރުތަ
04 June 2023
މަގުތަކުގަ އާއްމު ރައްޔިތުންނަށް ދުއްތުރާކުރަން މުޒާހަރާ ކުރުން ހުއްދަ ނޫންކަން ބުރާންތިވެފަ ތިބީމަ ނޭގުނު، މޮޓޯކޭޑަށް ހުރަސް އެޅިބަޔަކާ ދޭތެރޭ ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނީމަ ފިލާވަޅެއް ހުންނާނީ ލިބިފަ، ޔާމީނު އިރުގަ ކުރި ކަމެއް ނަމަހީ، އެކަން ކުރި ބަޔަކު ވުޖޫދުންވެސް ފޮހެލީސް.