ގދ. ތިނަދޫ: އެރަށު ގެއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި
03 ޖޫން 2023 - 15:08
ގދ. ތިނަދޫގައި ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ތިނަދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތީ 48 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 1:30 ހާއިރު ކަމަށާއި ފުލުހުން މިވަގުތު ވެސް ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy