ޓޫރިސްޓުންތަކެއް މާފުށީ މަގަކުން ހިނގާފައި ދަނީ. މިއަހަރު މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ވަނީ ބަދަލު އައިސްފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު
05 ޖޫން 2023 - 13:12
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އަނެއްކާވެސް އިންޑިއާ ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، އިންޑިއާއިން ވަނީ ރާއްޖެއަށް 95،800 ޓޫރިސްޓުން އައިސްފަ އެވެ. ވޭތުވެދިޔަ ފަސް މަހު ވެސް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ، ރަޝިއާ އެވެ. އެ ގައުމު މިހާރު އޮތީ ލިސްޓުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.
ރަޝިއާއިން ވަނީ 95،700 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 73،900 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަކީ 820،000 އެވެ. އޭގެ ތެރެއިން 22 ޕަސެންޓު ޓޫރިސްޓުން އައީ އިންޑިއާ އާއި ރަޝިއާއިންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 15 ޕަސެންޓުގެ ކުރި އަރައިފަ އެވެ. ވޭތުވެދިޔަ ހަތަރު މަހު ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު އިތުރު ވިޔަސް، މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ މިދިޔަ އަހަރަށް ވުރެ 3.6 ޕަސެންޓު ދަށްވެފަ އެވެ.
ރާއްޖެއަށް ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިޓަލީ އާއި ޖަރުމަނާއި ފްރާންސާއި އެމެރިކާ އާއި ޗައިނާ އާއި ސްވިޓްޒަލެންޑާއި ސައުތު ކޮރެއާ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 65 ޕަސެންޓު ހިއްސާވަނީ 10 ގައުމުންނެވެ.
ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،500 ޓޫރިސްޓުން އާދެ އެވެ.
ރާއްޖޭގައި 60،000 އެނދު ތަރައްގީކޮށްފައި ވާއިރު މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވހޫސ
05 June 2023
އައިސް ތިބެނީ ބަންގާޅު ގާތު ކުލީ ކޮޓަރީގައި...ކަނީ ކަޕްނޫޑްލްސް..
ސިމް
05 June 2023
ތިއަންނަނީ ވަޒީފާ ތަކަށް އަދި ތި މީހުން ގިނަ ވެއްޖެތަނަކަށް ޔޫރަޕްގެ ފަތުވެރިން އައުންމަދުވާނެ އަހުލާގު ގެ ކުޑަމިންވަރެއްވެސް ތިބި ބައެއްނޫން އެއީ
ހސހސ
05 June 2023
ޖައްވު ވިއްކާލާދެން
ހަސަބު
05 June 2023
ކޮންސްޓްރެކްޝަން ސައިޓް ތަކަަށްވެސް އަންން މީންހުން ލާގެންތަ؟ މިހާރު މިސްކިތުގަ ކާޕެޓް އަޅަންވެސް އިންޑިޔާ މީހުން ގެނޭ.....ހުޅުމާލެ ފޭސް 2 ގަ އެބައުޅޭ ބޯކޮށް
ޖޭމްސް ބޮންޑް
05 June 2023
ޖާސޫސުންވެސް އާންމުކޮށް ދަތުރުކުރާނީ ޓުއަރިސްޓުންގެ ގޮތުގަ… :)
އިބުރޭހީމް
05 June 2023
ވަރަށް ބޭނުން ރަނގަޅު ރީސާޗްއެއްގެ ރިޕޯޓްއެއް ކިޔާލަން. މިބުނީ ބޯޑަރ ކޮންޓޮރޯލްއިން ޓޫރިސްޓުން ގޮތުގައި ވަތް މީހުންގެ އިތުރުން ރިސޯޓުތަކުގައި އާއި ހޮޓެލްސް އަދި ރެޖިސްޓަރޑް މޮޓެލްސް، ގެސްޓް ހައުސް ތަކުގައި ތިބޭ ޓޫރިސްޓުންގެ ގައުމާއި އިންސައްތައިގެ އަދަދުގެ ރިޕޯޓެއް.
ރޫމް ބޯއި އިބުރާ
05 June 2023
މި ފުރުޞަތުގައި އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ބޭނުންވަނީ ބޮލިވުޑަށް! ބޮލިވުޑުގެ ރަސްގެފާނާއި ކަޕީލް އަށް ޝުކުރު ދަންނަވަން
ކަސަމަ
05 June 2023
އަދަދު ގިނަޔަސް، ލިބޭ އާމްދަނީ ދަށް.. ރޫމް ވިއްކަނީ މަދު އެތިކޮޅަކަށް
ވަން
05 June 2023
ޝުކުރިއްޔާ މޯދީ.
ފޫހި
05 June 2023
ލުބޯ ކޮތަލުތައް ހިފައިގެން ވެސް އަންނަނީ ޓުއަރިސްޓުން