2019ވަނަ އަހަރު ލިޔެކިޔުންތައް ހަމަކުރުމަށް ގަލޮޅު ދަނޑަށް އެއްވި ބިދޭސީން: ލިޔެކިޔުން ނެތް ހުރިހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: މިހާރު
07 ޖޫން 2023 - 22:19
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު އަލުން ހުޅުވައި، އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ނަގަން މިއަދު ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއްވެސް ލިޔެކިޔުމެއް ނެތް ނުވަތަ "އަން ޑޮކިއުމެންޓެޑް" ބިދޭސީންތަކެއް މާލޭގެ ޒިކުރާ މިސްކިތް ކައިރިން ވަނީ ނަގައިގެން ޑިޓެންޝަންސް ސެންޓަރަށް ގެންގޮސްފަ އެވެ.
އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ ކަންކަން މިހާރު ވަނީ ފަށާފައި ކަމަށް ވެ އެވެ. އެ ގޮތަށް ނަގާ އެންމެން ލަސްކުރުމެއް ނެތި އަވަހަށް ފޮނުވާލަން އިމިގްރޭޝަނުން ވަނީ ރާފައިފަ އެވެ.
ބިދޭސީންގެ ޑިޓެންޝަން ސެންޓަރު އަލުން ހުޅުވީ ހުޅުމާލެ 2 ގަ އެވެ.
ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވަނީ 2019 ވަނަ އަހަރު ފަށައިފަ އެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ 24,000 ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އަލުން މި ފެށީ އަހަރެއްހާ ދުވަސް ފަހުންނެވެ.
ލިޔެކިޔުންތައް ހެދުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ބިދޭސީންތަކެއް ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު
މިދިޔަ އަހަރު އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނު ބިދޭސީންގެ އަދަދަށް ވުރެ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހިސާބަށް އުޅޭ އަދަދު 33،000 އަށް ވުރެ އިތުރެވެ.
އޭރު ރާއްޖޭގައި އުޅުނީ 63،637 ބިދޭސީން ކަމަށް ވިޔަސް، މިދިޔަ އަހަރުގެ ބޯހިމެނުމުގައި އޮކްޓޫބަރާ ހަމައަށް 97،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށް ދައްކަ އެވެ.
އެއީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އަދަދުގެ 65 ޕަސެންޓް ކަމަށް ވާތީ އެ އަދަދު އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންދުމީހާ
08 June 2023
ތީނ ޤައުމީ މައްސަލައެއް. ސިފައިން ނާ ތިކަންކަން ހަވާލުކުރޭ. ޢެހެންނޫނީ ތިކަންކަންވެސް ދާނީ އަމާބުނީތީ ފަރަށް...
ކުރުކޮށް
08 June 2023
މިކޯ ވޯޓަށް ވެގެން ދީ
ޕޫރުބެ
08 June 2023
ތީ ވޯޓާއި ގުޅިގެން އަރުވާ ފޮނު! ކޮބާ ބިދޭސީ ކިތައް ވިޔަފާރި އާއި މާރުކޭޓް ގޮޅި ބެލާ ފާސްކޮށް ބަންދު ކުރެވިއްޖެ؟
ނައިފަރު ބަޗަން
08 June 2023
އަހަރެންގެ މުޅިރަށް ބަންގާޅީން ހިޞާރު ކޮށްފި. ރަށުކައުން ސިލުން ކުއްޔަށްދިން ހޮޓަލެއް އެމީހާ އަތުން ބަންގާޅިއަކު ކުއްޔަށް ނަގައިގެން އަމިއްލަ ވިޔަފާރި ހިންގަނީ. މިކަން ކައުންސިލަށް އެނގޭ. އެކަމަކު ނުފެނޭ. އަޑެއްނީވޭ. ކައުންސިލް ރައީސަކީ ޖާނުން ބޮޑު ހައިބަތު ހުންނެވި ބޭކަލެއް. ތިން ރެސްޓޯރެންޓާ އެއް ފިހާރަ ބަންގޅީންގެ ބާރުގެ ދަށުގައި. ފޯއްކޮޅު ކޮށައިގެން ވިއްކި އަންހެންވެރިން ހުއްޓުވައިފި އެވެސް ބަންގާޅީން. ފަހާތަން 5 ތަން ހުރީ އެމީހުންއަތުލާފައ.
ދަންތުރ
08 June 2023
ދަޅަ ދައްކާ މަތި އޮމާންކޮށް ފުއްޖަހައިގެން މާލެތެރޭފައި ދިދަ ޖހި ކާރު ދުއްވައި. ނުދަންނަ ރަޖެސްޓަރީ ނަމްބަރ ޖަހައިގެން ބޮޑެތި ތަންތަނަށް ވަދެ ނުކުމެ ހަދާ ބޭރު މީހުންވެސް އެބައުޅޭ. އެމޯހުންނަކީ ކީއްކުރަން އައިއުޅޭ ކޮން ޤައުމެއްގެ ބަޔަކުކަން ދިވެހިންނަށް ނޭނގެ އެއުޅެނީ. ކޮންކަހަލަ ލިޔެކިއުމެއް ކޮންތާކުން ހޯދައިގެންތޯ ބަލާނީ ކާކު.
ވައިސަރިވާ
08 June 2023
މިސްޓަރ ހިންގާލަން ބުނި އިސްތިފާދޭނަމޭ މިކަން ހައްލު ނުކުރެވެއްޖިއްޔާ.
ޑްރާމާ ބޭބެ
08 June 2023
ހައް ހައް ހާ؟ އަނެއް ޑްރާމާ!!!!!
ގުއިއްޒު
08 June 2023
ކަމެއްކުރާ ކަމުގެ އަނދުން އަޅުވާލަން ރަނގަޅު ކަމެއް. ފޮނުވާލެވިފައިވަނީވެސް ޑޮކިއުމަންޓް ހުރި މީހުން. ޑޮކިއުމަންޓް ނެތް އެކަކުވެސް އަދި ނުފޮނުވޭ. ބައިސާ ކެނޑިދާނެ. ބަންގާޅު އެމްބަސީން ބުނަނީ ޑޮކިޔުމަންޓް ނެތް މީހާއަކީ ބަންގާޅީއެއްކަން އެނގެނީ ކިހިނެއްހޭ. ބަންގާޅު ބަހުން ވާހަކަދައްކާ ބައިވަރު މީހުން އުޅެއޭ ބަންގާޅީން ނޫނަސް. ފޮނުވަންޏާ ފޮނުވޭނީ އެމްބަސީ މީހުންނަށް ރިޝްވަތުދީގެން. އެހެންވެސް ތިކަން ކުރަންވެއްޖެ. ވިއްޔާ ކިތައްމެހާވެސް ރަނގަޅު.
އަސޭލ
08 June 2023
ޢިމިގުރޭޝަން މުވައްޒަފުންގެ ވިޔަފާރިތަކާ ބޭންކު އެކަުންޓުތައް ރެއިޑުކުރަނީ ކޮން އިރަކުން.
ހުތްއާދަނު
08 June 2023
އަހަރުމެންނަށް ފެންނަނީ އިމިގްރޭޝަން ފެއިލްވެގެން ވާކަމެއް ގޮތަށް.