ޚަބަރު / ރައްޔިތުންގެ މަޖިލިސް

އިވާގެ މައްސަލަ އެޖެންޑާނުކުރާތީ "މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ، އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، ތަޅުމުގައި އަޑުގަދަކޮށް މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ.

އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިސްވެ ހުށަހަޅާފައިވާއިރު، އެ މައްސަލަ އޮތުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވެސް އަންގަވާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ، ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުކުރައްވައިގެންނެވެ.

ޖަލްސާ ފެށުމާ އެކު، އެމްޑީޕީ މެމްބަރުން ފުރަތަމަ ޝަކުވާ ކުރެއްވީ ރިޔާސަތުގައި އަފީފު އިންނެވުމުންނެވެ. މަޖިލީހުގެ ގަވާއިދާ ހަވާލާދީ، ނިޒާމީ ނުކުތާ ނަންގަވައިގެން އެކަން ސާފުކޮށް ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދެމުން ގެންދެވި އެވެ.

މީގެ ކުރިން ވެސް އަޅުގަނޑު މިތާ [ރިޔާސަތުގައި] އިނދެފިން. ތި މައްސަލައެއް އެއިރު ނުނަންގަވާ-- ހަސަން އަފީފް

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމާ ގުޅޭގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެ ވަގުތު ޖަލްސާ ކުރާ މާލަމުގައި އިންނެވި އެވެ. ސުވާލުކުރަން ރިޔާސަތު ފުރުސަތު ދިނުމުން، ސުވާލު ނުކުރައްވާ މުޣުނީ ގެންދެވީ އަފީފް ރިޔާސަތުގައި އިންނެވި ސަބަބު ސާފުކޮށްދެއްވަން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

"..މި މަޖިލީހުގައި ވާނުވާ ރެކޯޑަށްޓަކައި އެބަޖެހޭ ސާފުކޮށްދެއްވަން،" މުޣުނީ އެދިވަޑައިގަތެވެ.

އެއާއެކު އަފީފު ވަނީ، ސުވާލު ކުރަން ދެކޮޅު ހައްދަވާތީ އެ އައިޓަމް ކުރިއަށް ނުގެންދަވައި، ނަހުލާ ވަޑައިގަތުމުގެ އިޒުނަ ދެއްވައިފަ އެވެ.

އެއާ ވިދިގެން، އެމްޑީޕީ މެމްބަރުން ދެން ފާހަގަކުރައްވަން ފެއްޓެވީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވާއިރު، އެ މައްސަލަ މިއަދަށް އެޖެންޑާ ނުކުރި މައްސަލަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން، ރިޔާސަތުން އަފީފް ވިދާޅުވީ އެކަން ވަރަށް ތަފްސީލުކޮށް އަމީންއާންމުގެ ސިޓީއަކުން މެމްބަރުންނަށް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ. އަފީފު އިޝާރާތް ކުރެއްވި ސިޓީގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވަނީ، އީވާގެ މައްސަލައިގެ ވަގުތު ކަނޑައަޅަންޖެހޭއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައިވާތީ، މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމިޓީން އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުން ކަމަށެވެ.

އެކަމަކު އެއިގެ ފަހުން ވެސް އެމްޑީޕީ މެމްބަރުން ގެންދެވީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވައި އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށް އަމީން އާއްމު ވިދާޅުވި ވާހަކަ އަށް ރިޔާސަތުން އަފީފު އިޝާރާތް ކުރައްވާތީ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާއިން "ގެއްލުނު" ކަން ފާހަގަކުރައްވައި، އެ ސުވާލު އަމާޒުކުރައްވައިފަ އެވެ.

"ރިފްއަތުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފައި ވަނީ ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާއަތްކޮށްތޯ؟،" މޯޑު ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ދެކުނު އިން ވަކިކުރުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން އިސްވެ ބަންޑާރަ ނައިބު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާ ކުރެވި ބަހުސް ވެސް ފެއްޓި އެވެ. އެކަމަކު އެ މައްސަލައިގެ ތެރެއިން އުފެދުނު ގާނޫނީ ސުވާލުތަކާއެކު އެ މައްސަލަ ރިޔާސަތުން ވަނީ ޕާކުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަފީފު ވިދާޅުވީ އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށެވެ.

އެއާއެކު މެމްބަރުން ވަނީ ރިޔާސަތަށް ނިސްބަތްކޮށް "މުގާބޭ" އަށް ގޮވައި އަޑުގަދަކުރައްވައިފަ އެވެ. މެމްބަރުން އަޑުގަދަކުރައްވާތީ، އަފީފު ވަނީ 15 މިނެޓެއްހާ އިރަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.

އެއިގެ ފަހުން ޖަލްސާ ފެށުމަށް ފަހު، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު ރިޔާސަތުން ދެއްވި އެވެ. އެކަމަކު އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދެވިއިރު ވެސް، އެމްޑީޕީ ގިނަ މެމްބަރުން ގެންދެވީ ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވައި، އެކަމަށް ހުރަސްއަޅުއްވަމުންނެވެ. އަދި އާދަމް ޝަރީފްގެ ވާހަކަ ހުއްޓުވަން އޭނާގެ މައިކު ވެސް އަތުލި އެވެ.

އެއާއެކު މަޖިލީހުގެ ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

21 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

12 June 2023

65 މެމްބަރުންގެ ފުލް މެޖޯރިޓީއެއް އޮވެ ރައްޔިތުންގެ ހައްގުގައި ފާސްކުރެވުނު އެންމެ ބިލެއްވެސް ނެތް. ނުވިތާކަށް ޓެކްސް ބޮޑުކޮށް ކޮތަޅުން 2ރ ނަގައި، މީކުރެވުނުކަމްކީ.

The name is already taken The name is available. Register?

ދަ ޑިމޮކްރެޓްސް

12 June 2023

މިވެސް ދުވަހެއް. ތިޔަ ޢިއްޒަތްތެރިންނަށް ޢިއްޒަތްތެރިކަމުގެ ލަޤަބު ހޯދައިދޭންވެގެން މީހަކު ރެޔާދުވާލު ކުރި ބުރަމަސައްކަތް ހަނދާންހުރި މީހަކު ނެތް. ތިޔަ ޢިއްޒަތްތެރިކަމުގައި ކިހާ ދުވަހަކު ތިބެވޭނެބާ؟

The name is already taken The name is available. Register?

މުހައްމަދު އަހްމަދު އަލީ

12 June 2023

ތިބުނާ މީހަކު އެކަން ކުރީ ވެސް ކުރީގެ 12 މީހުންނަށް ލަނޑު ދީފައި. އެހެންވީމާ އެމީހަކު ކުރިކަމެއް އެމީހަކާ ބައްދަލު ކުރާނެ

The name is already taken The name is available. Register?

ހިމާރުލްގައުމު

12 June 2023

ރިނދޫ ކޮހުންގެ މައި ބޮސް ހިންނަވަރޭ އަޑީގަ ހުރިގެން ގުޅިގެން އަނބުރާ ގޭސް. ހުރިހާ ބާރެއް ފުރިހަމައަށް ލިބި އެއްވެސް ކަމެއް ނުވެ ގައުމުގެ ޙަޒާނާ ދަވާލާ ގައުމުވެސް ވިއްކާލީ ހިންނަވަރޭ. އިންތިހާބަށް ތި އެއްވާނެ ކޮހުންތައް މިހާރު ދެބައިވެފަ އޮތަސް.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު އަލީ

12 June 2023

ތިތާކު ނެތް ރަނގަޅު އެކައްޗެއް ވެސް. މުޅިން ވެސް ޤައުމަށް ޣައްދާރުވާ މީހުން

The name is already taken The name is available. Register?

‫އިންސޭ

12 June 2023

‫ކާފު އުބުފިލި އަލިފު ސުކުން ތާ ގެ އަބަފިލި ދެފިލިން ތައް ޖައްސާ ވައްތަރުތައް ބޮޑު މުސާރަ އަޅައިގެން ތިބެ

The name is already taken The name is available. Register?

މުހައްމަދު އަހްމަދު އަލީ

12 June 2023

ތިޔާއީ ތެދެއް. ތިޔަ މީހުންނަށް ވުރެ ނުބައި ނުލަފާ ޖަންގަލީ ބަޔަކު ނުތިބޭނެ.

The name is already taken The name is available. Register?

556545

12 June 2023

އެޖެންޑާ19 މުގާބޭ19 އަށް ވީ!

The name is already taken The name is available. Register?

48343

12 June 2023

މުގާބޭ އުޅޭނީ މުރައިދޫގަނޑުވަރުގާ.

The name is already taken The name is available. Register?

ބޯހަލާކު

12 June 2023

މިއީ މިރާއްޖޭގެ ޑިމޮކްރެޓްސްގެ މުގާބޭގެ ދަރި ބޮޑުވަޒީރު މަންޑޭލާ.

The name is already taken The name is available. Register?

މޫސާބޭއްޔާ

12 June 2023

ސަޅި

The name is already taken The name is available. Register?

މައިނޯރިޓީ ހިއްސާދާރު

12 June 2023

ރާއްޖެ މިހާރު މިއޮތް ހާލަތައް ޕޮލިޓިކަލް ސައިންސްއިން ކިޔަނީ "ބަނާނާ ރިޕަބްލިކް". މާނައީ ހަމައެއް ލަމައެއް މިސްރާބެއްނެތް، އަމިއްލަ ވާގިނެތް" ސަރުކާރު.

The name is already taken The name is available. Register?

ކަރަން- އަރުޖުން

12 June 2023

ބިޔަ ބޮޑެތި މުސާރަ . އަޅާއިގެން ތިބެ، އެ ތަން ބޭނުން ކުރަނީ އަނގަ މަޖާ ކުރާ އަށްޑާ އެއްގެ ގޮތުގައި@

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454