މި އަހަރު ރާއްޖެއިން ހައްޖަށް ދާ އުމުރުން ދުވަސްވީ މީހަކު ފުރުވަން އޭނާގެ އާއިލާއެކު ވެލާނާ އެއާޕޯޓުގައި: ހައްޖަށް ދާ މީހުން ފުރަން ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ޖޫން 2023 - 15:32
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި އެވެ.
މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާއިރު، ސައުދީ އެއާލައިންސް އިން މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުންނެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ބަޔަކު ފުރަން ވެލާނާ އެއާޕޯޓުގައި: ހައްޖަށް ދާ މީހުން ފުރަން ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހައްޖަށް ދާ މީހުންނަށް އަލްވަދާއު ކިޔުމަށް އެ މީހުންގެ އާއިލާތަކާއި ރައްޓެހިންގެ ގިނަ ބަޔަކު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން މިއަދު ފުރާ މީހުންނާ ސަލާމް ކުރައްވައި ހާލު ބެއްލެވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ހައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމަށެވެ. އެ ފްލައިޓްތައް އޮންނާނީ މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހަކު ފުރަން ވެލާނާ އެއާޕޯޓުގައި: ހައްޖަށް ދާ މީހުން ފުރަން ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާދަމާ ފުރާނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ދާ 90 މީހުންނެވެ.
ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެން ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހަކު ފުރަން ވެލާނާ އެއާޕޯޓުގައި: ހައްޖަށް ދާ މީހުން ފުރަން ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހައްޖަށް ދާ މީހުން ފުރުމުގެ ކަންކަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެކި އިންތިޒާމުތައް ހަމަޖައްސައި ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުރާލެއް
12 June 2023
1000 ހައްޖުވެރިންގެ އާއިލާއެންމެނާއި ރައްޓެހިންނާއި އޮފީސްއެންމެ ފުރުވަން ހުޅުލޭ އެއަރޕޯޓަށް ގޮސް އެތަން ތޮއްޖައްސައި ފުރާމީހުންނަށާއި ތަނުގެ މުއައްޒަފުންނަށް ލިބޭ ދައްޗާއި ތުރާ ފިލުވަން އެބަޖެހޭ މިހާރުން މިހާރަށް.، އެހެންމީހުންނަށް އުނދަގޫވާގޮތަށް ކަންތައްކުރުމަކީ އިސްލާމްްދީނާ ފުށުއަރާކަމެއް - ބައްލަވާ އަލްއަޙްޒާބު ސޫރަތުގެ 58 ވަނަ އާޔަތް 33:58
ހާނިމް ދީދީ
13 June 2023
ތިބާ ކިތައް ނަމާދު ކުރިންތޯ މިއަދު، ދީނީ ކާޑު ތިޔަ ކުޅެނީ ،ހަޖަމުނުވެގެން ތިޔަ އުޅެނީ ކީއްވެގެން .... ދާނަން އަދި ވެސް ދާނަން ، ފުރުވަން ދާނަން ، އެއާރޕޯޓަށް ވެސް ދާނަން މީހުންވެސް ގެންދާނަން.
އަޅާ
12 June 2023
މިއަހަރުގެ ފުރުޞަތު ލިބުނު އެއްމެހާ ބޭފުޅުންނަށް މަބްރޫރުޙައްޖެއް މިންވަރުކޮށްދެއްވާށި. އަދި އަޅަމެންނަށް ޙައްޖަށްދިއުމުގެ ތައުފީގުމިންވަރުކުރައްވާށި! އާމީން.