ދުނިޔެ / ޔަހޫދީ ވަޒަންވެރިން

ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް: ސައޫދީ

އދ ގެ އުސޫލާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހަދަމުންދާ ގެތަކެއް: ފަލަސްތީމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބެނީސް އިސްރާއީލާ އެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ސައުދީން ވަނީ ބުނެފަ

14 ޖޫން 2023 - 13:00

2 comments

ރިޔާދް (ޖޫން 14) - އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބޭހާ ހިނދަކު، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ގާއިމުނުކުރެވޭނެ ކަމަށް ބުނެ، ސައޫދީ އަރަބިއްޔާ އިން އިން ރައްދު ދީފި އެވެ.

އެމެރިކާގައި ހުންނަ ސައޫދީ އެމްބަސީގެ ތަރުޖަމާނު ފަހްދު ނާޒިރު ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކާއި އިޒްރޭލާ ދެމެދު ވަރަށް ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އެވެ. އަދި އެކަމުން މުޅި ސަރަހައްދަށް ކިތަންމެ ފައިދާތަކެއް ވެސް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

"ނަމަވެސް އެކަންކަން ކުރުމަށްޓަކައި ސައޫދީ އަރަބިއްޔާ އިން ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން، ފަލަސްތީނު ރައްޔިތުންނާ މެދު އުފެދިފައިވާ މައި މައްސަލަ އަށް ހައްލެއް ލިބެންޖެހޭނެ،" އެރަބް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ފަހްދު ނާޒިރު ވިދާޅުވި އެވެ.

"އިޒްރޭލު-ފަލަސްތީނު މައްސަލައިގައި ސައޫދީ އަރަބިއްޔާ އިން ގެންގުޅެމުން މިއަންނަނީ ވަރަށް ސާފު އަދި އެތައް އަހަރަކަށް ދަމަހައްޓަމުން އަންނަ ސިޔާސަތެއް. ހަގީގަތުގައި، 2002 ވަނަ އަހަރު ބެއިރޫތުގައި ބޭއްވި އަރަބި ލީގްގެ މަހާސިންތާގައި، އަރަބި ސުލްހައިގެ އިސްނެގުން ތައާރަފްކުރެއްވީ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް."

ފަހްދު ނާޒިރު ވިދާޅުވި ގޮތުގައި އެ ހުށަހެޅުއްވުމުގައި ވެސް ސައޫދީން ހުށަހެޅި މައިގަނޑު ކަމަކީ، ފަލަސްތީނު މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމެވެ.

"ދެ ދައުލަތުގެ މައްޗަށް ބިނާވެފައިވާ، ދާއިމީ އަދި އިންސާފުވެރި ސުލްހައެއް ފަލަސްތީނު މައްސަލައަށް ލިބުމުން އޭގެ ބަދަލުގައި ހުރިހާ އަރަބި ގައުމުތަކުން އިޒްރޭލާ އެކުގައި ބަދަހި ގުޅުމެއް ގާއިމުކުރުމަށް، އެ އިސްނެގުމުގައި ސައޫދީން ހުށަހަޅާފައި އޮންނާނެ،" ފަހްދު ނާޒިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ 20 އަހަރު ކުރިން ސައޫދީން ހުށަހެޅި އިސްނެގުން އަދިވެސް މަޝްވަރާގެ މޭޒުމަތީގައި އެބަ އޮތެވެ. އެހެން ނަމަވެސް އިޒްރޭލާ އެކުގައި ގުޅުން ގާއިމުކުރުމުގެ ކުރިން، ފަލަސްތީނުގެ މައްސަލައަށް ހަގީގީ ހައްލެއް ލިބުން ލާޒިމު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހްދު ނާޒިރު ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާ އާއި ސައޫދީން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގުޅިގެންނެވެ. އެ ގޮތުން ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް، ދެ ގައުމު ގުޅިގެން، ސޫދާންގައި ހަނގުރާމަކުރާ ދެ ލަޝްކަރާ އެކުގައި ސުލްހައިގެ މަޝްވަރާތަކެއް ފަށާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގައި ހުންނަ ސައޫދީ އެމްބަސީން މި މޭރުމުން އެމެރިކާ އަށް މި ޖަވާބު ދިނީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ދާދި ފަހުން ސައޫދީ އަށް ކުރެއްވި ޒިޔާރަތުގައި، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވަނިކޮށެވެ.

ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް އަރަބި އިސްލާމީ ގައުމުތަކުން އެމެރިކާ އާއި އިޒްރޭލަށް ގޮވައިލަމުން ދިޔަ ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އެކަމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން މިހާރު ވެސް ގެންދަނީ، ފަލަސްތީނުގެ އަވަށްތަކަށް ސިފައިން ފޮނުވައިގެން ފަލަސްތީނު މީހުން ޝަހީދުކުރަމުންނެވެ.

އަދި އިޒްރޭލުގެ އެ އަމަލުތައް ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާއިރަށް، އެމެރިކާ އާއި އިނގިރޭސި ވިލާތުން ވީޓޯކޮށް އެ ގަރާރެއް ބޭކާރުކޮށްލަ އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން، 2020 ވަނަ އަހަރާ ހަމައަށް އިޒްރޭލާ އެކުގައި ގުޅުން ގާއިމުކޮށްފައިވަނީ މިސްރާއި ޖޯޑްން އެކަންޏެވެ. މިސްރުން 1979 ވަނަ އަހަރު އިޒްރޭލާ އެކުގައި ސުލްހައިގެ މުއާހަދާއެއް ގާއިމުކުރި އިރު، ޖޯޑްން އިން އިޒްރޭލާ އެކުގައި ސުލްހަ ގާއިމުކުރީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭގެ ފަހުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާ ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުން، ސެޕްޓެމްބަރު 15، 2020 ގައި އެމިރޭޓްސް އާއި ބަހްރައިނުން ވަނީ، އެބްރަހަމް އެކޯޑްގެ ނަމުގައި ގާއިމުކުރި މުއާހަދާއަކުން އިޒްރޭލާ އެކުގައި ގުޅުން އުފައްދައިފަ އެވެ.

އޭގެ ފަހުން އޮކްޓޫބަރު 23، 2020 ގައި ސޫދާނުން ވެސް އިޒްރޭލާ އެކުގައި ސިޔާސީ ގުޅުން ގާއިމުކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުން، އެމެރިކާ އިން ވަނީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާންގެ ނަން އުނިކޮށްފަ އެވެ.

އަދި ޑިސެމްބަރު 22، 2020 ގައި މޮރޮކޯ ސަރުކާރުން ވެސް ވަނީ އިޒްރޭލާ އެކުގައި ގުޅުން ގާއިމުކޮށްފަ އެވެ. އެ ކަމުގެ ބަދަލެއްގެ ގޮތުން، ހުޅަނގު ސަހަރާ (ވެސްޓަން ސަހާރާ)ގެ މިލްކުވެރިކަމުގެ މައްޗަށް މޮރޮކޯ އިން ކުރަމުން އަންނަ ދައުވާ އަށް އެމެރިކާ ވަނީ އިއުތިރާފްވެފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަ އެނަލިސްޓް

14 June 2023

މުހައްމަދުގެ ކުޅަދާނަކަމެއް ހުރިއްޔާ އިޒްރޭލު ލައްވައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގަ އިއުތިރާފް ކުރުވަބަލަ. އެކަމަކު އެކަން ވުމަށްވުރެ ނުވުން ކައިރީ. ސަބަބަކީ ފަލަސްތީނު ބިމުގަ އިޒްރޭލުގެ ނަމުގަ ދައުލަތެއް އުފެދުނީ މުހައްމަދުގެ އާއިލާގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަމަށްވާތީ. މިހާތަނަށްވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ވުޖޫދުވެފަ ނުވަނީވެސް މުހައްމަދުގެ އާއިލާގެ ސަބަބުން..

The name is already taken The name is available. Register?

ސަލީމު އިދުރީސް

14 June 2023

ޒަމާނީ ވިސްނުމުގެ ވެރިން އައިމަ އުދުހޭ އަސްދުއްވި ބައްރައް އަންނަ ޒަމާނީ ބަދަލު ނިކަން ދެކިބަލަ! ސައުދީގަ އަންހެނުން ފައިގަ ޖަހާފަ އޮތް ކަސްތޮޅު ކަނޑާލަދީ އުދުހެވޭގޮތް ހަދައި ދީފި! މިވިސްނުމުގެ ތެތެއިން ފަލަސްތީނުވެސް މިނިވަންކޮއް މައްކާމަމަދީނާއަކީ ހަންބޯގު ބެންކޮކު ލަސްވޭގަސް ފަދަ ތަހުޒީބު ސިޓީތަކައް ހަދާނެ ސައުދީ މޯޑު ވެރިކަމުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454