ޚަބަރު / އައްޑޫ

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ މަރަދޫފޭދޫގައި މިއަދު ހިނގި އެކްސިޑެންޓްގައި ސައިކްލަ ވިއްސައިގެން ގޮސްފައި

އައްޑޫ މަރަދޫފޭދޫގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން އަންނަނިކޮށް އޭނާ މަރުވެއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ މަރަދޫފޭދޫ މާކަރީ ލައިޓް އަހުމަދު ސައިފް، 34، އެވެ.

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓްގައި މަރުވި މީހާ

އަމިއްލަ ގަރާޖެއް ވެސް ހިންގަމުން އަންނަ ސައިފް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް، ކޮންޓްރޯލް ނުވެ މަރަދޫފޭދޫ ބޯޅަދަނޑާ ދިމާލުގައި ހުރި ޓްރެފިކް ސައިން ބޯޑެއްގައި ޖެހިގެން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އެކްސިޑެންޓްވި އިރު ސައިކަލްގައި އިނީ އޭނާ އެކަންޏެވެ.

މި ހާދިސާގައި ސައިފްގެ މޭމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

މަގުމަތީގައި މަރުގެ އެކްސިޑެންޓްތައް ގިނަ އަދަދަކަށް ހިނގާ އައްޑޫގައި މިއަދު މި ހިނގީ މި އަހަރުގެ މިފަދަ ފުރަތަމަ އެކްސިޑެންޓެވެ. މަގުމަތީ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު އެކަކު މަރުވި އިރު އޭގެ ކުރީ އަހަރު ހަ މީހަކު މަރުވި އެވެ.

31 ކޮމެންޓް, 199 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 90%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިވީގޮތަކީ

30 January 2017

މަރު އައިސް ބައްދަލުކުރާނެ އެކަން ޔަގީން. މައްސަލައަކީ އެކްސިޑެންޓްވި މީހާގެ ފުރާނަ ސަލާމަތްކުރެވޭހާ ގާބިލްކަން ނެތުން. ފުއްޕާމެޔަށް ލޭ އެޅިގެން (ޓެންޝަން ހެމޮތޮރެކްސް) ގެ ސަބަބުން މީހާ މަރުވަނީ ފުއްޕާމެޔަށް އެޅޭ ލޭ ހުސްނުކުރެވިގެން ފުއްޕާމޭ ފުރިގެން. މިކަމަކީ އެމެޖެންސީ މެޑިސިންގގައި ވަރަށް އާދައިގެ ޕްރޮސީޖަރ އަކުން ހައްލުކުރެވޭ ކަމެއް.

The name is already taken The name is available. Register?

ކުރަންވީ

29 January 2017

ރާއްޖެތެރޭގައި އެކްސިޑެންޓް ހިނގާ މީހުންގެ ފުރާނަ ދަނީ އެއީ ރާއްޖެތެރޭގައި މީހުން ދިރިއުޅެމުން ދާއިރު އެމެން ފަގީރު ކަމުން ކަމަށް ވުމަކީ ވެސް ކައިރި ކަމެކެވެ. ކަން މިހެން ހުރުމުން ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ އެކްސިޑެންޓް ގިނަ އަތޮޅު ކަމުގައިވާ އައްޑު އަތޮޅުން މީހުން ހުޅުމާލެ އަށް ބަދަލު ކުރުމުގެ ޕްރޮގްރާމް ގެ ދަށުން އަހަރަކު 10 ހާސް ފްލެޓްސް އަޅާ އެމެންނަށް ދޭންވީ ފްލެޓްސް ތައް ކުޑަ އަގުގައި. އެއްގޮތަކަށް ވެސް މިއަހަރު ބަޖެޓް ގައި ހިމަނާފައި ހުރި ފްލެޓްސް ތައް ރާއްޖެތެރޭގައި އަޅައިގެން ނުވާނެއެވެ. އެއީ މުޅިން މޮޔަ ޚިޔާލެކެވެ.

The name is already taken The name is available. Register?

ހުއްމު

29 January 2017

إنّا للهِ وإنّا إليهِ راجِعون. ދަ ސިޓީ އޮފް ޑެތް. މޯލްޑިވިއަން ވާޝަން.

The name is already taken The name is available. Register?

އަލީ

29 January 2017

މީހުން ބަސްއަހައިގެން މަޑުން ދުވާނެނަމަ ގާނޫނަކާ ފުލުހުވެސް ބޭނުމެއް ނުވާނެ! މައްސަކަޔާކީ ބާރައްދުއްވާ ފަރާތަކާ މެދު ފިޔަވަޅު ނޭޅެތި، ޔޫރަފުގަވެސް އޮންނަމިނައް ވުރެ ވަކި ވަރައް ބާރައް ދުއްވީމަ އެމިހެއގެ ލައިސަން ހިފެއްޓޭ، ލައިސަންސު ނެތި އެއްތި ދުއްވުމަކީ ޖަލުހުކުން އަންނަ ކުށެއް! މިތާ އެހެންތޯ ލައިސަނެންތި އެއްޗެތި ދުވައިގެން މީހަކު ގައިގަ ޖައްސާ މަރާލިއައް އެމިހަކައް އަދަބެއް ނުލިބޭ

The name is already taken The name is available. Register?

އ މ

28 January 2017

إنّا للهِ وإنّا إليهِ راجِعون. اللهمّ اغفِر له وارحمه

The name is already taken The name is available. Register?

މެންޓަލިސްޓް

28 January 2017

މީޙުންގިނަވެ ދުއްވާއެއްޗެހި ގިނެވޭ ދުއްވާނެ ޖާގައޮތީއާޢި އެކްސިޑެންޓްތަށް ގިނާވާނެ ، އެހެން އެކަންހިނގާނޭ ވަރަށް ގިނަގައުމުތަކުގައި ،، މިސާލަކަށް އިންޑިޔާގައި ގަޑިއަކު ރޯޑްއެކްސިޑަންޓްތަކުން ކިތަށްމީޙުން މަރުވޭތޯ އަޅެބަލާލަބަލަ ،، މާލޭގައި ނުރައްކާތެރި އެކްސިޑެންޓް މިހާރު ކުޑާކޮށް މަދުވެގެން އުޅެނީ ސައިކަލާޢި ކާރާއި ގިނަކަމުން އެއްވެސް މަގަކުން ނޯވެ މާބާރަށް ދުއްވޭކަން ،، ، ހުރިހާ މަގެއްވެސް ވަރަށް ތާށި ،،، ޓްރެފިކްވެސް ސިންގަރޕޯރ ފެންވަރަށް ބެލެއްހެއްޓުނީމައި ރަގަޅުވާނެ ،، އޭރުން ކޮންމެ ޖަންކްޝަންއަކުން ދުއްވާއެއްޗެހި ފޮޓޯނެގެމުންދާނެ ،،، ބާރަށް ދުއްވީމައި ޖޫރިމަނާގެ ޗިޓް ޕްރިންޓްވެގެން ނުކުންނާނީ ކާރުގައި އިންނަސިސްޓަމްއިން ،،، މިފެންވަރަށް ކަންކަން ބެލެހެއްޓެން ފެށީމައި ރަގަޅުވާނެ ... ވަރަށްވެދުން

The name is already taken The name is available. Register?

މަރަދޫ ފޭދޫ

28 January 2017

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ‎‎

The name is already taken The name is available. Register?

ޕޮގުބާ

28 January 2017

ކޮންމެކަމެއް ޖެހޭތަ ސަރުކާރުން ޒިންމާނަގަން ސަރުކާރު ހިންގަންތިބި ބޭފުޅުންދޯ ސައިކަލުގެ ސްޕީޑު ބާރުކުރަނީ ސައިކަލުބާރަށް ދުއްވައިގެން އަދަބެއްލިބުނަސް ސަރުކާރުނުބައިވަނި ކޮންމެމީހަކުވެސް ތިމާގެއަމިއްލަ ނަފުސަށް ވިސްނަންވީ މީހަކުދައްކާވާހަކައެއް ގަބޫލުކުރާމީހަކު މިހާރަކު ނޫޅެ މަގުމަތީގަ ދުވެލި މަތައެއް ލިޔަސް އިރުއަރަން ވާއިރަށް އެހަލާކު ކޮއްލައެ ސަރުކާރަކަށްވެސް އަބަދަކު ރަށްޔެތުންނަކަށް އަދަބެއް ނުދެވޭނެ ތިމާ އަމިއްލަޔަށް އިސްލާހުވާންވީ ސަރުކާރުން ގަވައިދުތަކެއް ހަދާފަނެތީމައެއްނޫނެ ތިފަދަހިތާމަވެރި ކަންކަން ތިދިމާވަނީ ގަވައިދަށް އަމަލު ނުކުރާތީއެ ތިހެންތިވަނީ

The name is already taken The name is available. Register?

މފ

28 January 2017

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ލުގުމާން

28 January 2017

މަރުހޫމާގެ މަށްޗަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އެއްމެ ބާރުގަދައީ ﷲ. ތިޔައީ ކަނޑައެޅިގެން ގަވާއިދާއިޚިލާފްވުމުގެ އިތުރުން ފަރުވާކުޑަވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއް. ތިޔަފަދަ އެކްސިޑެންޑަކީ އެއްވެސް ބަޔަކަށް ހުއްޓުވޭނެ ކަމެއްނޫނެވެ. ތިޔައީ މީހަކު އަމިއްލައަށް ކަނޑަށް ފުންމާލުންފަދަ އެކްސިޑެންޓެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454