މަޖިލީހުގެ ޖަލްސާއެއްގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
19 ޖޫން 2023 - 19:54
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، ޚިޔާލުތައް އެއްގޮތް ކޮށްގެން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ހުށަހެޅުމާ އެކު، މަޖިލީހުގައި މަރުތަޅު އެޅުވި، މަސައްކަތްތައް ކުރިއަށް ނުދާތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
އެ މައްސަލަ ހައްލުކުރަން، އެކި ފަހަރު މަތިން ކުރި މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައިނުވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެކަމުގެ ޒިންމާ މަޖިލީހުގެ ހުރިހާ މެމްބަރުން ނަގަންޖެހޭ ކަމަށެވެ.
"ވަކި ޕާޓީއެއް ކިޔާނެ ކަމެއް ނެތް. ރިޔާސަތެއް ކިޔާނެ ކަމެއް ނެތް. ވަކި މެމްބަރެއް ކިޔާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން ވެސް މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަންކަން ކުރުމުގެ ނަތީޖާ މިއަދު ފެނިގެން މިދަނީ،" އުޝާމް ވިދާޅުވި އެވެ.
އިތުބާރުނެތް ކަމުގެ މައްސަލަ އޮތުމުން، ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވާތީ، މިއަދުގެ ޖަލްސާއަށް އެމަނިކުފާނު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ.
އެ ކަމަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވި ގޮތުގައި އިމްތިޔާޒްގެ އެ މައްސަލަ ވެސް ހުށަހެޅުނީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށެވެ.
މިގޮތުން، މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންނެވި ކަމަށް ބެލޭނެ އެއްވެސް މާއްދާއެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދައުރުގެ މެދު ތެރެއިން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކޮށްފިނަމަ، ދެން ކަންތައް ކުރާނެ ސާފު އިޖުރާއަތެއް ވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިނެތް ކަމަށް އުޝާމް ވިދާޅުވި އެވެ.
"...މި ގަވާއިދުގަ އެބަހުއްޓޭ ވަރަށް އުނިކަންކަން. އަޅުގަނޑުމެންގެ ހިޔާލު އެއްގޮތް ކޮށްގެން މި ގަވާއިދު އިސްލާހުކޮށްގެން މެނުވީ މަޖިލީހުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ހުރިހާ މެމްބަރުން ވެސް ގޮތްދޫކޮށްގެން، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އުޝާމް މިއަދު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރެޓްސް
20 June 2023
ޑިމޮކްރެޓްސްގެ މެންބަރުން ކޮމިޓީތަކުން ވަކިކޮށް އައުލާދާއި އައުވާނުން އެކަނި އެޔަށް ލައިގެން ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް ނަގަން ކުރާ މަސައްކަތް. ޗެކް އެންޑް ބެލެންސް އުވައިލުން. މީ މިހާރު ތަހްޒީބް ޑިމޮކްރެޓިކް ގައުމެއް ނަމަ ރައްޔިތުން ނިކުމެ މަޖިލިސެއް ނޫން، ގައުމު ވެސް ހުއްޓުވާލާނެ. އިޒްރޭލްގެ ރައްޔިތުން ނިކުމެ މުޒާހަރާކޮށް އެއަރޕޯޓާއި ފްލައިޓްތައް ހުއްޓުވި ގޮތް ފެނުނު ތަ. ނަޝީދަށް ސާބަސް. 100%
ރައްޒާގު
20 June 2023
މީވެސް ހަމަޖެހޭ މީހެއްނޫން.
އުނބުށޭމު
20 June 2023
އެބުނީ ތެދެކެވެ. ދޮޅަހަކަށް މީހުން އެދޭގޮތަށް އަޣުލަބިއްޔަތު ގޮތްދޫކުރީމާ ނިމުނީއެވެ. އެކަމަކުއެއީ ދުނިޔޭގައި ކަންކަން ހިނގާގޮތް ބާވައެވެ. މިހެން މިބުނަނީވެސް މަދުބައިގެ ތެރޭގައި ހިމެނޭ މީހެކެވެ. އެކަމަކުވެސް މީ މާމޮޅު ވާހަކައަކަށްވެގެން ފަލަޝުރުޚީއަށް އަރަންޏާ ހެޔޮތާއެވެ.
ކަނބާ
20 June 2023
އެމްޑީފީގެ މަޖިލިސް މެންބްރުން ގޮތްދޫކުރެއްވުމުން މިކަން ހައްލުވީ، އެމްޑީފީގެ މެމްބަރުން އެމްޑީޕީގެ ރައީސްގެ ވޯޓުގެ މައްސަލަ ވެއްދެވީ އީވާގެ މައްސަލަ އޮއްވާ މިމަންޒަރު ރައްޔިތުންގެ ލޯމައްޗަށް ދައްކުވާފަ ރައީސް ނަސީދު ސައިޒޮކުރަން.
ޑޮކްޓާރ. ބަނާނާ
20 June 2023
ތިޔާ ބޭފުޅުން އިއްޒަތުގައި ތިއްބަވާ ތިޔާބޭފުޅުންނާއި އަދި ގައުމުގެ ވެރިޔާ އަށް ވަގަށް ގޮވާ އެއް އިއްޒަތް ތެރިއަކު އަނެއް އިތްޒަތްތެރި އަކަށް އައަުގުރާނަ ވިދާޅު ވުމާއި އެކު ތިޔަ ދައްކުވާ ހަޑި ހުތުރު މަންޒަރުން ސިޓިން ރޫމް ދަރިން ކުރިމަތީ ތިޔަ މަޖިލިސް ބައެއް ފަހަރު ބަލާ އަޑު އަހަން ނުކެރޭ ވާހަކަ މަނިކުފާނަށް ހިތާމަ އާއި އެކު ދަންނަވާލަން! ޝޫކުރިއްޔާ!
ކަނޑުވިއްކާލި މަރުތަޅު
20 June 2023
ރައްޔިތުންގެ މަޖިސް ހިމެނޭގެ ގޮތަށް މުޅި ނިޒާމް ހިސާރުކޮށް މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ އެމްޑީޕީގެ އިސްލީޑަރު ސޯލިހު . ގައުމުގެ މަސްކަނޑާއި ފޯޅަވަހި ވިއްކާލި ޖަރީމާ ފޮރުވާން
ޢިހްސާސް
20 June 2023
ޢަންނި ބޭނުންވަނީ ކަންނޭގެ ސިފައިންނާ ފުލުހުން ލައްވާ މިތާ ބަގާވާތްކޮށް ވެރިކަން ވައްޓާލަން. އަންނިއަށް ހަޖަމު ނުވަނީ އޭނާއަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ނުކުރެވި އޮށްވާ، އިބޫ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރާތީވެ.
ރިޔާސަތު
20 June 2023
މަޖިލީހުގެ މި ނުތަނަވަސް ދުވަސްތަކުގައި ހަރުދަނާ ވާހަކަފުޅުތަކެއް ދައްކަވައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ނަމޫނާ ދެއްކީ އެމް.އެން.ޕީ އިން. ޝުކުރިއްޔާ އުޝާމް. ޝުކުރިއްޔާ އެމް.އެން.ޕީ ދެން ތިބި އެހެން އެންމެން މި އުޅެނީ ކަރުމަރު ހިފައި އެބައެއްގެ އަމިއްލަ އެދުން ކުރިއަށް ނެރެވޭތޯ. އަދި އެބައެއްގެ އެޖެންޑާ ހިންގައި ހަންފެތުރޭތޯ މިހިސާބުން ސާފުވާ ހަގީގަތަކީ މިފަހަރު އިޚްތިޔާރުކުރަންވީ ކެންޑިޑޭޓަކީ ކޮބައިކަން ނާޒިމް ރަނގަޅުވާނެ ކަމުގެ ނިޝާން
ބނލދނ
20 June 2023
ތެދުވާހަކައެއް. މަޖިލީހަކީ ދިވެހިރައްޔިތުންގެ މަޖިލީސް. އެތަންހުއްޓުވޭނެ އެއްވެސް ޤާނޫނެއްވެސް ޤަވާޢިދެއްވެސް ނުއޮންނާނެ. ޤާނޫނާއި ޤަވާޢިދު ހަދަނީވެސް، ރައްޔިތުންތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުން. މަޖިލީހުގެރައީސް މަޖިލީހުގެބަޙުސުގައި ބައިވެރިވެވޭގޮތް ޤަވާޢިދަކު ނުއޮވޭ. އެކަމަކު ބައިވެރިވޭ. މިކަމުގައި ޤަވާޢިދު އެއްފަރާތްކޮށްފައި ޙައްލެއްނުހޯދެންވި ސަބަބެއް ނުފެނޭ. ރައްޔިތުންގެ މަންދޫބުން ނުރުހޭނަމަ އެނުރުހެނީ ރައްޔިތުން. ގޮތްދޫކުރަންއެބަޖެހޭ.
ނާޑުވާ
20 June 2023
ކާކު ތަމްސީލު ކުރާ ކާކޭ???
ފޮނިހުސޭނު
20 June 2023
މީދެން މާމޮޅު ގާނޫނީ ވަކީލެކޯ.