އެމްޑީޕީން މިދިޔަ އޮގަސްޓް މަހު ބޭއްވި ކޮންގްރެސްގެ މަޝްވަރާތަކަށް ފަހު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު، ނަޝީދާ ސަލާމްކުރައްވާއިރު، އަރިހުގައި ރައީސް މަޑުކޮށްލައްވައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 ޖޫން 2023 - 14:52
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމައެއް ކަމަކަށް ވިޔަސް އެކަމުގެ ސަބަބުން އެ ބަޔަކު އިހުތިޔާރުކުރާ މަގުން ކުރިއަށް ދާން މަގުފަހިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ސިޔާސީ ހަޔާތް ފެއްޓެވި ޕާޓީން މިއަދު ވަކިވެވަޑައިގެންނެވި ސިޓީއާ އެކު ކުރެއްވި ޓްވީޓަށް ހެޔޮ އެދުމާއި ކާމިޔާބީ އަށް އެދިވަޑައިގެން ފައްޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް އެމްޑީޕީން ވަކިވެވަޑައިގަތުމުން މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ.
ނަމަވެސް، އެ ޕާޓީއަކުން އިހުތިޔާރުކުރާ މަގަކުން ކުރިއަށް ދިއުމުގެ މަގު ފަހިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
On behalf of MDP and myself I wish President @MohamedNasheed well and success. Whilst this is a sad day, this also paves the way for all parties to move forward in their chosen paths. Thank you for your dedication to MDP and the success achieved under your leadership. https://t.co/1aorSg4yyg
— Fayyaz Ismail (@faya_i) June 21, 2023
"އެމްޑީޕީގައި ތި ކުރެއްވި މަސައްކަތްޕުޅުތަކާއި ލީޑަޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވަން،" އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒުގެ ޓްވީޓުގައިވެ އެވެ.
އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވީ ގައުމުގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މި ވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެ ޕާޓީން ވަކިވާން ނަޝީދު ނިންމެވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން އެދިވަޑައިނުގަންނަވާ އިރު ވެސް އެމްޑީޕީގައި ހުންނަވަނީ އެ ޕާޓީ އަތުލަން ކަމަށެވެ.
ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އެ ދުވަހުގެ މީޑިއާ ބްރީފިންގައި ވެސް ނަޝީދު ވިދާޅުވީ އަރިސް މެމްބަރުން ޑިމޮކްރެޓިކް ޕާޓީ އުފެއްދެވިޔަސް އޭގެ ފަހަތުގައި ވެސް އޮތީ އެމްޑީޕީ އަތުލުން ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ އެމްޑީޕީ އަލުން އަނބުރާ އަތުލަން. އަޅުގަނޑު ދަންނަވައިފިން އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަމޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީ މި ދޫކުރެއްވީ އެހެން ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.
ޑިމޮކްރެޓްސް އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފަ އެވެ. އެ ޕާޓީއާ ގުޅިވަޑައިގެން އިންތިހާބުގައި ވާދަކުރައްވާނެތޯ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިސް
21 June 2023
ޖެހިޖެހިގެން ބޭއްވި 3 އިންތިޚާބުގައި މުޅި ދައުލަތުގެ މުދާ ބޭނުން ކޮށްގެން ރިޝްވަތު ބެހުމުގެ ނަތީޖާ ހިތިވާނެކަން އެނގުނުތަ؟
ދުމްމ
21 June 2023
ގައުމީ ހިތާމައިގެ މި ދަނޑިވަޅުގަ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނުވޭތޯ؟!
ކުދުބެއްޔާ
21 June 2023
ދިވެހިންނަށް އަބަދުވެސް ރަގަޅާއި ނުބައި ވަކިކުރަށް އެގެއެވެ. ތެލާ ފެނާ އެއްވާ ހިސާބު އަމުދަކުން ބެއްޔާއަށް އޮޅިގެނެއް ނޫޅެމެވެ. ބަލަން ޔިބޭށެވެ. ތެލާ ފެނާ އެކުވާ ރާހި މިއޮތް ލައިގަތީއެވެ.
ބޮޑުރިޔާ
21 June 2023
މިއަދަކީ ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް މުގާބެއެއްފަދަ މީހެއްގެ އަނިޔާވެރި ވަކިތަކުން ޕާޓީ މިނިވަންވެ ހަމަ އިސްކޮޅަށް ދެމިލިދުވަސް އަންނިގެ އާއިލާ މީހަކށް ނުވިޔަސް ނިކަމެއްޗަކަސް ޕާޓީގެ ކޮންމެމެމްބަރަކީ އެމީހެއްގެ ކުރިމަގަށް ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލައި ކާމިޔާބު ހޯދަން ކުރިޔަށް އެޅުނު ފިޔަވަޅެއް
ސުއްމަ
21 June 2023
މިފަހަރު މި ބަގާވްތަކުރީކޮންބައެއް
ސޓބ
21 June 2023
ވަރަށް ޢަޖައިބުވާކަހަލަ ކަމެއް. އެސިޓީ ދެތިންފަހަރު ކިޔައިފިން. އެކަމަކު އެސީއަކުން "ވަކިވި" ވާހަކައެއް ނެތް. "ވަކިވި" ބަދަލުގައިއޮތީ "ވިކިވި". ކޮންމެތަނެއްގައިވެސް، އަދި ކޮންމެފަދަވަގުގެއްގައިވިޔަސް ރައީސް ނަޝީދަށް ހުވާކޮށްފައި ވިދާޅުވެވޭނެ ތިމަންނަ ވަކިވިކަމަށް ސިޓީގައި ލިޔެފައެއް ނުއޮންނާނެޔޭ. ފައްޔާޒަކީ ޤާނޫނީ ވަކީލަކަށްވާއިރު ބަސްފުރޮޅުމުންނާއި، ފިލިޖެހުމުން މައުނަ ކުރެވިދާނެގޮތް ރަނގަޅަށް ދެނެވަޑައިގަންނާނެކަމުގައި ބެލެވޭ.
ވަރިހަ
22 June 2023
ފައްޔާޒުއަކީ ވަކީލަކަށްވާއިރު ރާއްޖޭގެ އިގްތިޞާދުއަށް ވާނުވާއެއްނޭގި ގެބިގެންދަނީ އެހެންވެގެންތާއެވެ. އަސްލު ހީކުރީ އިކޮނޮމިސްޓުއެކަމަށެވެ. އެންމެ ފަހުން ޕާޓީވެސް އޮޔާފަނީއެވެ. މީހުން ބުނުއުޅޭ މޮޔައަކު އަތަށް ކަނޑިދީފިއްޔާ އޭގެ ބޭނުންކުރަށްނޭގި އަމިއްލައަށް ވެސް ހަލާކުވެދާނެއެވެ. މިހާރު ހަދާންވަނީ ޑީއާރުޕީ މަތީންނެވެ. އެހެންނުވާންވީ ސަބަބެތްނެތީ ނުންވިއްޔާއެވެ. ބާރު އެއޮތީ އެމީހުން އަތުގައެވެ.
ގުޅާ
21 June 2023
ދެންކުރާނެކަމަކީ މީހުންގޮވައިގެން މަގުމައްޗައް ނުކުތުން.
ކުދުބެއްޔާ
21 June 2023
އަޅުގަޑު ތިޔަޕާޓީއިން "ވިކިވިވާހަކަ" ސިޓީގައި ލިޔުމުން ޕާޓީއިން ވަކި ނުވާނެކަމަށްބުނެ މާދަމާ މަގުމައްޗަށް ނިކުތުމުގެކުރިން ތިޔަ ސިޓީގެ އިބާރާތްތަކާއި އަކުރުތަކަށް ރަގަޅަށް ބަލާ ވިސްނާފަ ގޮތެއް ނިންމާށެވެ.
ފައްޔާ
21 June 2023
އިހަށް ގައުމުން ބަންގާޅީން މަދުކޮއްދީބަލް
ރަދީފު ބިން ރަފައިދާ
21 June 2023
ތިހާބޮޑު ހިތާމައެއްވިއްޔާ ގައުމީ ބޮޑުދިދަ 3 ދުވަހަށް ބައިދަނޑިއަށް ތިރިކުރާންވީއެއްނު.