ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސަލާހުއްދީން ސްކޫލު މިހާރު އިމާރާތް ކުރެވިފައި ހުރިވަރު: އޮގަސްޓް ގައި ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު އެ ތަނުގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ޖޫން 2023 - 14:39
އަލަށް ހަދާ ތިން ސްކޫލްގައި ކިޔަވައިދޭން ފެށޭނީ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އޮގަސްޓް ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެއީ ދަރުމަވަންތަ ސްކޫލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސަލާހުއްދީން ސްކޫލުގެ އިތުރުން ހުޅުމާލޭގައި އަޅާ ސީއެޗްއެސްއީގެ އާ އިމާރާތުގަ އެވެ.
ދަރުމަވަންތަ ސްކޫލް ކުދިން މިހާރު ބޭނުންކުރަމުން އަންނަ އިމާރާތަށް އަރަބިއްޔާ ސްކޫލް ކުދިންގެ ވަގުތީ ގޮތުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ތިން ސްކޫލުގެ ކިޔެވުން އޮގަސްޓުގައި ފެށޭ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކިޔަވައިދޭން، ދަރިވަރުން ބޭނުންކުރަން ފަށާނެ. އަރަބިއްޔާ ސްކޫލް މިހާރު ހުރި އިމާރާތުން ދަރުމަވަންތަ އިމާރާތަށް ވަގުތީ ގޮތުން ބަދަލުވާނެ،" އަހުމަދު އަލީ ވިދާޅުވި އެވެ.
އަހުމަދު އަލީ ވިދާޅުވީ ދަރުމަވަންތަ އާއި ސަލާހުއްދީން ސްކޫލަށް ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުން ފިޔަވައި ހުރިހާ ގްރޭޑްތަކަކަށް މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ. ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުންގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން މިހާރު ބޭނުންކުރަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތެވެ.
އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ. އެ ސްކޫލުގެ ދާއިމީ އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް މިހާރު ވަނީ ތަޅާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 June 2023
އަންނަ އަހަރު ފުރަތަމަ ޓާމުގައި މިވެރިކަމެއް ނޯންނާނެ. 5 އަހަރު މިިދިޔަްއީ ކޮންމެ އަހަރެއްގެ ފުރަތަމަ ޓާމުގައި ތި ސްކޫލްތައް ހުޅުވާތާ. ސްޓޭޓް މިނިސްޓަރުންނާއި ކޯޑިނޭޓަރުން ތަންކޮޅެއް މަދީކަންނޭގެ ތިހާ ސްލޯކޮށް.ތިދަނީ.
ސަސި
22 June 2023
ފުރަތަމަ ޓާމް ފެށޭއިރު ތިކަން ނުކުރެވޭނަމަ ބޮޑުތަނުން ސްލޯކޮށް އުޅެނީ
ޢަނީ
22 June 2023
5 އަހަރުވެއްޖެ ތި ސްކޫލު ހަދާތާ! ޙިންގުންތެރި ސަރުކާރެއް މިޢޮތީ!