ސްވިޑްންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން އިރާގުގައި މުޒާހަރާ ކުރަނީ: ގުރުއާން އެންދުމާ ދެކޮޅަށް މުސްލިމުން ތެދުވާން ޖެހޭ ކަމަށް ސައުދީން ބުނޭ -- ފޮޓޯ: އޭއެފްޕީ
03 ޖުލައި 2023 - 12:33
މުސްލިމުންނާ މެދު ނަފްރަތު އުފައްދައި މުސްލިމުން ރުޅިއެރުވުމުގެ ގޮތުން، ކީރިތި ޤުރްއާން އެންދުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ ހަރަކާތްތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސައޫދީ އަރަބިއްޔާގެ ދާއިމީ މަންދޫބު ޑރ. ސާލިހް އައްސުހައިބާނީ ވިދާޅުވީ ކީރިތި ގުރްއާން އެންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ސައޫދީން ގޮވައިލީ، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިދިޔަ ބުދަ (އަޟްޙާ އީދު) ދުވަހު، މީހަކު ކީރިތި ގުރްއާން އަންދައި މުސްލިމުން ރުޅިއެރުވުމާ ގުޅިގެންނެވެ.
ސްޓޮކްހޯމްގެ މިސްކިތުގެ ކުރިމަތީގައި ކީރިތި ގުރްއާން އެންދީ، އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކެވެ. ކަލަކު ވޮޑިގެންވާ ކަމަށް އިންކާރުކުރާ ސަލްވާން އެކަން ކުރީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ. ކޯޓުން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން، ފުލުހުން ވަނީ، އޭނާ ގުރުއާން އެންދި އިރު އޭނާ އަށް ހިމާޔަތް ދީފަ އެވެ.
ސްވިޑްންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން އިރާގުގައި މުޒާހަރާ ކުރަނީ: ގުރުއާން އެންދުމާ ދެކޮޅަށް މުސްލިމުން ތެދުވާން ޖެހޭ ކަމަށް ސައުދީން ބުނޭ -- ފޮޓޯ: އޭއެފްޕީ
ބަރަކާތްތެރި އަޟްޙާ އީދު ދުވަހު، ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ކީރިތި ގުރްއާން އެންދުމުގެ އެއް ދުވަސް ކުރިން، އޭނާ ވަނީ، އެކަން ކުރާނެކަން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭނާ އާންމު ކުރި ވީޑިއޯ މެސެޖްގައި ބުނެފައިވާ ގޮތުން، އޭނާ ގުރްއާން އަންދަން ބޭނުންވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.
"މިއީ ޑިމޮކްރެސީ. މިކަން އަހަރެމެންނަށް ނުކުރެވޭނެ ކަމަށް އެމީހުން (ސްވިޑްން ސަރުކާރުން) ބުނެފިއްޔާ، ޑިމޮކްރެސީ އެ އޮތީ ނުރައްކަލަށް ހުށަހެޅިފައި. އަހަރެން ގުރުއާނާ ދެކޮޅު ހަދަން ބޭނުންވަނީ ސްޓޮކްހޯމްގެ ބޮޑު މިސްކިތް ކުރިމަތީގައި. އަހަރެންގެ ބޭނުމަކީ ގުރުއާނާ މެދު އަހަރެން ދެކޭ ގޮތް ހާމަކުރުން. އަހަރެން ގުރުއާން ވީދައި އަންދާނަން،" ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.
ޑރ. ސުހައިބާނީ ވިދާޅުވި ގޮތުގައި ކީރިތި ގުރްއާން އަންދައި އެ ފޮތަށް އިހާނެތިކޮށް ހިތުމަކީ، ކޮންމެ ހުއްޖަތެއް އަދި ކިތަންމެ ބަހަނާއެއް ދެއްކިޔަސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ނަފްރަތު އުފެއްދުމާއި، އެކަހެރިކުރުމާއި ތަފާތުކުރުން އުފެއްދުމަށް ބާރުއަޅާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މުސްލިމުންގެ މުގައްދަސް ފޮތާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތަކަކީ، އިލާހީ ވަހީއާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، މީސްތަކުންގެ މެދުގައި ހަމަޖެހުމާއި ސުލްހަޔާއި އެކުވެރިކަމާއި ގާތްކަން އުފެއްދުމަށް ބާރުއަޅާ ބައިނަލްއަގުވާމީ ޗާޓަރުތަކާ ވެސް ޚިލާފު ކަންތައް ކަމަށް ޑރ. ސުހައިބާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކީރިތި ގުރުއާން އެންދުމުގެ އަމަލުތައް ހިންގަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނުބައި މަފްހޫމެއްގައި މާނަކޮށްގެންނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގުރްއާން އެންދުމަކީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް)ގެ 19، 20 ވަނަ މާއްދާގެ ރޫހާވެސް ޚިލާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމުރޫދު
05 July 2023
އަހުރެމެނެއްވެސްއެހެެެެެެެެެެެެެެެެެންދީންތަކުގެ ފޮތްތަކެއްނާދަން ވީމާއެފެދައަމަލުކުރާ މީހުންއިސްލާމީވެރިކަމެއްއޮތްނަ ގައުމުތަކަަށް ނޭރޭނެގޮތްހަދަންޖެހޭ އަދިއެފެފަދައަމަލު ހިންގަން ފުރުސަތު ދޭގައުމުތަކުގެވެރީން ދެކޮޅަށް ހަރުކަށިފިޔަވަޅުއަޅަންޖެހޭނެ ނޫނީ ދީނީހަނގުރާމައެއްކުރަންޖެިދާނެ
ޖުހާ.
04 July 2023
މީހަކު ނުބައިކަމެއް ކުރާއިރަށް އޭނާޔަށް ލަޢުނަތްލެއްވުމަށް ދުޢާކޮށް ނަރަކައިގެ ޢަޒާބު ދެއްވުމަށާއި ހަލާކުކުރެއްވުމަށް ދުޢާކުރީމަ މިކަމުން އެނގެނީވެސް ދިވެހިންގެ ތެރެއިން ގިނަބަޔަކު ރިލިޖަން ފޯބިއާ ޖެހިފައިވާކަ މިންވަރު. މިއީ މާތް ނަބިއްޔާގެ ސުންނަތަށް ރިވެތިގޮތުގައި ތަބާވާ ބަޔަކު ކިޔާކަހަލަ އެއްޗެއްސެއް ނޫން. އޭނާއަށް ހެއުވިސްނުން ދެއްވުންއެދި ދުޢާކުރަންވީ. އަދި އެފަދަ ކަންތައް ހުއްޓުވަން މަސައްކަތްކޮށްދެއްވުމަށް ވެރިންނަށް ބާރުއަޅަންވީ.
ވިކިލީކްސް
04 July 2023
އިންސާނާ ދުނިޔެއަށް އައީ ފިތުރަތުގެ ސާފުކަންމަތީގަ. މުސްލިމެއްގެ ގޮތުގަ. އެއަށްފަހު ގުރުއާން އެންދީމާ ދެން އޮތީ މަރުގެ ހުކުމް.
ދުމްމ
03 July 2023
އަހަރެންގެ އެދުމަކީ އޭނާ ތައުބާވެ އަލުން އިސްލާމްދީނުގަ ފައިތިލަ ސާބިތުކޮށް އޭނާގެ ސަބަބުން އިސްލާމްދީނަށް ނަސްރު ލިބުން..
ދެރަކަމެކޭ
03 July 2023
މިނުބައި ކަލޭގެއާއި އޭނާއަށް ވާގިވެރިވާ އެންމެންނަކީ އަމިއްލަޔަށް ހަލާކު ލިބިގަނެގެން ތިބި ބައެއް..މިމީހުންނާމެދު ކަން ހިނގުން އޮތީ ދެގޮތަކަށް..އެއްގޮތަކީ ހިދާޔަތުގެ އަލިކަން ލިބުން..އަނެއް ގޮތަކީ ﷲގެ ކޯފާގަ ހަލާކުވެ ދިއުން..ދުޢާއަކީ ހިދާޔަތުގެ އަލިކަން މާތްﷲ ދެއްވުން..ކީރިތި ރަސޫލާ ސ.އ.ވ.އަށް ކާޓޫނު ކުރަހައިގެން ވ މަޝްހޫރުވި ފަރާތަކަށްވެސް މާތްﷲގެ ހެޔޮރަހުމަތުން ވަނީ ހިދާޔަތުގެ އަލިކަން ދެއްވާފަ..
މިސްޓަރ ޓިނޭ
03 July 2023
ﷲސުބަހާނަހޫވަތައާލާ، މި މިނުބައި މައްލޫނު މުރުތައްދު ކަލޭގެ ނިކަމެތި ކުރައްވާ ، ބޭޒާރު ކުރައްވާ ނެތިކުރައްވާދޭނވެ