ޚަބަރު / އެކްސިޑެންޓް

އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި

އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް ފުރުވާލަން ހޮސްޕިޓަލުން ނެރެގެން ގެންދަނީ

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް މިއަދު ފުރުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީ ލެކްޗަރާއެއް ކަމަށްވާ ހަފީޒް އެކްސިޑެންޓް ވީ މިދިޔަ ބުދަ ދުވަހު ފަތިސް ނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް ސައިކަލުން ޖެހި އެވެ.

ހަފީޒުގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހުނީ އިއްޔެ އެވެ. ހަފީޒަށް ފަރުވާދޭނީ ކޮޗިންގެ ހޮސްޕިޓަލެއްގަ އެވެ. މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.

ތައުލީމީ ދާއިރާއަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ހަފީޒްގެ ގާތް ބައެއް މީހުން ބުނި ގޮތުގައި، ހަފީޒްގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާ އިންޑިއާއަށް ފުރުވާލުމާ ހަމައަށް ވެސް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި، ސައިކަލް ދުއްވި 22 އަހަރުގެ މީހާ އަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

10 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2222

05 July 2023

ހަފީޒްގެ ބޭސްފަރުވާއަށް އެހީ ހޯދުމަށް އެންމެން މަސައްކަތްކުރި ގޮތައް މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް އެންމެން މަސައްކަތްކުރުން މާ ބުއްދިވެރި. އޭރުން ޤައިމުވެސް ތިފަދަ ބޮޑެތި ޚަރަދުތައް ކުރުމަށް ފައިސާ އެއްކުރުމަށް ސަލާން ޖަހާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

އާދަނު3

04 July 2023

ގިނަ މީހުން ލައިސަންސު ނެތި ސައިކަލް ދުއްވަނީ ފުލުހުން އަޅާނުލާތީ، އެގޭ މިތާ އޮންނަނީ ވަރަށް ފަރުވާ ކުޑަ ފުލުހުންގެ މުއައްސަސާއެއްކަން.

The name is already taken The name is available. Register?

ދޮންކަބިލި

04 July 2023

ފުލުހުން ލައިސަންސުނެތްމީހަކު ހައްޔަރުކުރަނީވެސް އެކްސިޑެންޓެއްވެ މީހަކު މަރުގެ ތުންފަތްމައްޗައްއެޅުނީމަ.

The name is already taken The name is available. Register?

އަހުމަދު 7

04 July 2023

ގަވައިދާ ހިލާފަށް ދުއްވި މީހާގެ ޕޮޓޯއާއްމު ނުކުރަނީ ކީއްވެ. އަނިޔާ ލިބުނުމީހާގެ ފޮޓޯ އެކަނިޖެހުމަކުން ކަމަކުނުދޭ. ނޫސްވެރިންވެސް ޖެހޭނެ ފުލުހުންނާ ސުވާލުކުރަން ގަވައިދާ ހިލާފަށް ދުއްވިމީހާގެ މައުލޫމާތު ހޯދަން.

The name is already taken The name is available. Register?

އިސްބަގުލު ރަޝީދު

04 July 2023

ސައިކަލު ދުއްވި މީހާ ހުރީ ޖަލުގަ! އޭނާގެ އަދަބު ލުއި ކޮއްދޭން ފަޑިޔާރުން މިހާރު ތެޅިފޮޅޭނެ! އިންޝާﷲ އެކަން އެމީހުންނައް ވާނެބާ؟ ނުވާނެބާ؟

The name is already taken The name is available. Register?

ާއަލިމޯޑު

04 July 2023

ފަރުވާ ކުޑަކަމާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން މިގޮތަށް ލިބޭ ގެއްލުންތަކަށް މާލީ ބަދަލު ނަގައިދެވެންޖެހޭނެ.ޒަހަމްވި މީހާއަކީ ލެކްޗަރާއެއް ކަަމަށް ވާހިނދު މިކަމުގެ ސަބަބުން އޭނަގެ ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ.މާލީ އެތައް ގެއްލުމެއް ލިބޭ.ހަށިގަނޑުގަ އަޅާވޭނަށް ބަދަލު ލިބެންޖެހޭ.ހިލޭ ބޭސްފަރުވާ ކުރެވޭތީ އޭ ކިޔައިފަ ދޫކޮށްލެވިގެންނުވާނެ.ބާރަށް ދުއްވުން ކުށެއް.ލައިސަންސް ނެތި ދުއްވުން ކުށެއް.

The name is already taken The name is available. Register?

މަރުމޯލުރާޖާ

04 July 2023

އެކުވެރި ހަފީޒްއަށް އަވަސްޝިފާއަކަށް އެދެން

The name is already taken The name is available. Register?

ޒުލްފާގެ

04 July 2023

މިހާރު ތި ހައްޔަރު ކުރިމީހާގެ ޚަބަރަކީ ކޮބާ، މެމްބަރަށް ގުޅައިގެން އޭނާ ދޫކޮށް ނުލާތަ އަދި،

The name is already taken The name is available. Register?

އަބުސީ 123

04 July 2023

ފުލުހުން އޭނާ ހަމަ ހައްޔަރު ކުރި ހެއްޔެވެ؟ ނޫނީ އަހަރެމެން ހިތްހަމަ ޖައްސަން ވެގެން ދޮގުހަދަނީ ހެއްޔެވެ؟

The name is already taken The name is available. Register?

އައިއެލްއެމް

04 July 2023

ހަފީޒަށް އަވަސް ސިފާއަކަށް އެދެން، ޔާﷲ ހަފީޒަށް ރަހުމަތް ލައްވާ އަވަސް ސިފާއެއް ދެއްވާން ދޭވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454