ޚަބަރު / ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ޝައްކުވާ ފައިސާ 2019 އިން ފެށިގެން ވަންނަމުން ދިޔައީ އާރްޑީސީގެ ސީއެފްއޯގެ އެކައުންޓަށް

އާރުޑީސީގެ ސީއެފްއޯ ޔާސިރު-- ފޮޓޯ: އާރުޑީސީ

އާރްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް ކުންފުނީގެ އެކައުންޓުން 2019 ވަނަ އަހަރުން ފެށިގެން ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ބުނާ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅުމުން މިހާރު އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އާރްޑީސީގެ އެކައުންޓަކުން ޔާސިރުގެ އެކައުންޓަށް ފައިސާ ޖަމާކުރަމުން ގޮސްފައިވެ އެވެ. އަދި ޔާސިރުގެ އެކައުންޓުން އެ ކުންފުނީގެ އެހެން ބައެއް މުވައްޒަފުންގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ދައުރުކޮށްފައިވާކަން އެނގިފައިވެ އެވެ.

މިކަމުގައި ޝާމިލުވާ މުވައްޒަފުންގެ އަދަދެއް އަދި ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ފުލުހުންގެ އިސް އޮފިސަރަކު ކަށަވަރުކޮށްދިން ގޮތުގައި ފައިސާ ދައުރުކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެއް ނުހިމެނެ އެވެ. އެހެންވެ އޭނާގެ މައްސަލައެއް ބަލަމުންނެއް ނުދެ އެވެ.

މަގު ހެދުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫކޭ އާއި ޔާސިރަކީ އެއް ރަށަކަށް އުފަން، ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ. މި ކަންކަމާ ގުޅުވައި މި ހިޔާނާތުގައި މޫކޭ ބައިވެރިވާ ކަމަށް ތުހުމަތުކޮށް ފެތުރޭ ވާހަކަތަކާއި ޔާސިރަށް ކުރާ ތުހުމަތު ވެސް މޫކޭ ވަނީ ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އެއްވެސް އެކައުންޓެއް މެދުވެރިކޮށް ގޯސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެއްވެސް އަމިއްލަ އެކައުންޓަކާ ގުޅިގެން ވެސް ނޯންނާނެ މައްސަލައެއް. މިއީ ހަމަ ބުހުތާނެ ވާހަކައެއް. ބަލާ ފަރާތަކުން މި މައްސަލަ ބަލަންވީ. އާރްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އަމިއްލަ އެކައުންޓަކަށް ވިޔަސް އެހެން ގޮތަކުން ވިޔަސް ވައްކަން ކޮށްގެން ފައިސާތަކެއް އާރްޑީސީއަކަށް ޖަމައެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ، އެފަދަ މައްސަލައަކާ ގުޅިގެން ފުލުހުން މިހާތަނަށް އާރްޑީސީން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވާފައި ނުވާ ކަމަށެވެ.

މޫކޭއަކީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސެވެ. އެޗްޑީސީގެ ޕްރޮކިއުމެންޓް މެނޭޖަރަކަށް ވެސް މީގެ ކުރިން އުޅުއްވި ޔާސިރަކީ އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ރައީސެވެ.

70 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 16%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިް

14 July 2023

ޒީރޯ ޓޮލްރަންސް ކިޔި ޒަމާނެއްވެސް ދިޔަ ދޯ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 July 2023

ދައުލަތުގެކުންފުންޏެއް ލޫޓުވާލައި ފައިސާވަގަށްނެގި ނެޓްވޯކްގެ ލީޑަރރު (ކުންފުނީގެ ސީއެފްއޯ) އޭނާގެޅިޔަނު (ކުންފުނީގެ އެމްޑީ) އެކައުންޓަށް ފައިސާގެމުއާމަލާތް ނުހިންގުމަކީ އެމްޑީ ޒިންމާއިން ބަރީޢަވެފައިވާކަމުގެ ހުއްޖަތެއްނޫން. # މިފަދަކުންފުނިތަކުގެ އެމްޑީއާއި ފައިނޭންޝަލްދާއިރާގެ އިސްމީހުންނަކީ އާއިލީގުޅުންއޮތް ބައެއްކަމުގައިވުނީ އެކައުންޓިންގއުސޫލާއި ޙިލާފްކަމެއް. މައްސަލަ ތަޙްޤީގުކުރާންވާނީ ވަޑިމޫކޭ ސަސްޕެންޑްކޮށް ނުވަތަ މަޤާމުން ދުރުކޮށްފަ.

The name is already taken The name is available. Register?

ޖައުޝަން ރޑސ

06 July 2023

އަފީފުގެ ވާހަކަ ވަރަށް ރަނގަޅު. އެމްޑީ މަޤާމުގައި އާރާއި ބާރުވެރިކަމުގައި ހުރެގެން ޅިޔަނުގެ ވައްކަމެއް ނުބެލޭނެ.

The name is already taken The name is available. Register?

8755ދދފ

06 July 2023

އަތުޖެހޭވަރުން ކެއުންހަމަކަމަކީ، ހަރާމް ފައިސާ ބޭނުންކުރުން

The name is already taken The name is available. Register?

ބިތުފަނގިޔޭ

06 July 2023

އަދި މިމީހުން ގަންނަ ގަނޑަކާ ދޭތެރޭ އެއްޗެއް ބުނެފިއްޔާ އެ މީހަކާ ދިމަކުރާން އެކްޓިވިސްޓު ޕާޓ،،،ން ފޮނުވަން އެމީހުންނަށް މުސާރަދީގެން ނުގެންގުޅެޔޭ ވެސް ބުނެބަލަ. މޫކޭ އިސްތިއުފާ!

The name is already taken The name is available. Register?

ދެރަ

06 July 2023

ރައީސް އިބޫއަށް، ކޮންމެ އެމްޕީއަކަށް 10 ފްލެޓް ދޭނެ މީހަކަށް ދޭން ދީފަ އޮތްކަމަށް އަޑުއިވޭ، އެ ލިސްޓް އެމްޕީސް ލިސްޓްގެ ގޮތުގައި ވަކިން އިޢުލާނުކޮށްލަ ދެއްވުން އެދެން.

The name is already taken The name is available. Register?

ޗޯރުމޫކައި

06 July 2023

މައިކެއް ނުވަތަ ޕޯޑިއަމް އެއް ލިބޭއިަރަށް ޔާމީނަށް ވަގަށްގޮވާ ކަލޭގެ އެންމެ ފަހުން މިވީ ބޮޑު ޗޯރަކަށްތާ؟؟؟!!!! އޭރުވެސް ހީވިޔޭ.

The name is already taken The name is available. Register?

ވަގު އެއީ ވަގު

06 July 2023

އަހަރަކަށް ގާތްގަނޑަކަށް 3.4 މިލިއަން. ގޯހެއްނުން. ރައީސުލް ޖުމްހޫރިއްޔާ ނިކުންނަވާނެ މިމީހުންގެ ދިފާޢުގައި. ވަގުން ހިމާޔަތްކުރާ މީހެއްވިއްޔަ!

The name is already taken The name is available. Register?

ސީގަލް އޮން އެއަރ

06 July 2023

ކުރީގެ ކޮމެންޓް އާއިގުޅޭ: އަދި މީގެއިތުރުން އެތަންތަނުގެ ޕްރޮޖެކްޓްތައް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރުން. މި އެންމެހާފަރާތްތަކުގެ ބޭންކް އެކައުޓް ޓްރާންސްއެކްޝަންތައް ބަލައިފިނަމަ ހިތައްވެސް ނުގެނެވޭވަރުގެ ވައްކަން ފެންނާނެކަން ކަށަވަރު. އެކަމަކު ރައްޔިތުންގެ ހައްޤުގައި "އިހްލާސްތެރި" ތަހުޤީގެއް ކުރެވިއްޖެއްޔާ ކޮށްފައިވާ ވައްކަންތައް ފެންނާނީ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ބިގް ބޮސް

06 July 2023

އެބަ ރަނގަލުވޭ. ކޮނުނުވަރަކައް އެއްޗެތި ފެންނާނެ. ސަލާމް ސަލާމް ސަލާމް

The name is already taken The name is available. Register?

ސީގަލް އޮން އެއަރ

06 July 2023

ސަރުކާރުގެ ކުންފުނިތަކާ ހުރިހާ އޮފީސްތަކުގައިވެސް ރަނގަޅަށް އޮޑިޓްކޮށް ބަލަންވީ. ރައްޔިތުންގެ ފައިސާއިން ވައްކަން ނުކުރާ އެއްވެސް ތަނެއް ހުންނާނެހެނެއް ހިޔެއްނުވޭ. ތަންތަނުގެ މެނޭޖިންޑައިރެކްޓަރުން، ސީއީއޯއިން، ސީއެފްއޯއިން، ޕްރޮކިއުމެންޓް މެނޭޖަރުންނާއި ސްޓާފުން، ޕްރޮޖެކްޓްތައް ހިންގުމާއި ހަވާލުވެފައިވާ ވެރިން އަދި މެއިންޓަނަސް ޑިފާޓްމެންޓް ތަކުގެ މުއައްޒިފުންގެ ހުރިހާ ފަތްފުށެއް ބަލަންއެބަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454