ދުނިޔެ / ފަލަސްތީން

އަހަރެމެންގެ ރޫހު ނައްތައެއް ނުލެވޭނެ: ޖެނީންގެ ޒުވާނުން

ޖެނީން އަށް މިދިޔަ ދެތިން ދުވަހު ދިން ހަމަލާތަކާ ދެކޮޅަށް ފަލަސްތީނުގެ ކުޑަކުދިން އަޑު އުފުލަނީ: ޖެނީންގައި ހިންގީ ލާއިންސާނީ އަމަލުތަކެއް، އެތައް ބަޔަކު ޝަހީދުވި -- ފޮޓޯ: އޭއެފްޕީ

06 ޖުލައި 2023 - 12:42

2 comments

ކިތަންމެ އަނިޔާއެއް ދީ ކިތަންމެ ގެދޮރެއް ސުންނާފަތިކޮށް، އެތައް ބަޔަކު ޝަހީދުކުރި ނަމަވެސް، ޔަހޫދީ އިސްތިއުމާރާ ދެކޮޅަށް ފަށާފައިވާ މިނިވަން ހަރަކާތުގެ ރޫހު ނައްތައިނުލެވޭނެ ކަމަށް ޖެނީންގެ ޒުވާނުން ބުނެފި އެވެ.

މިދިޔަ ހޯމަ ވިލޭރޭ ދަންވަރު ޖެނީން ފޭލިގެ އަވަށަށް އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ ސިފައިން ވަދެގަނެ އިއްޔެގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުކޮށްލައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލި އެވެ. އިޒްރޭލު ސިފައިން ދިން މިސައިލް ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާ ހަމަކޮށްލައި، ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެތައް ފިހާރައަކާއި އެތައް އިމާރާތަކަށް ގެއްލުން ދިނެވެ.

ސާޅީސް އަށް ގަޑިއިރު ފަހުން އިޒްރޭލު ސިފައިން ޖެނީން ފޭލިގެ އަވަށުން ފައިބައިގެން ދިޔަ އިރު، އެ ސަރަހައްދުގެ ފެނާއި ކަރަންޓުގެ ނިޒާމު އޮތީ ހަލާކުކޮށްލައިފަ އެވެ. އޭގެ އިތުރުން ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން، އިޒްރޭލު ސިފައިން ވަނީ އެތައް އަނިޔާއެއްދީ އެތައް ގޯނާއެއް ކޮށްފަ އެވެ.

"އެމީހުން އަހަރެމެންގެ ގޭ ދޮރުގައި ތަޅައިގަތީ ދަންވަރު. ދޮރު ހުޅުވަން ނެދެވެނީސް އެމީހުން ދޮރު ވައްޓާލައިގެން ވަދެގެންފި. ގެއަށް ވަނުމާ އެކު އެމީހުން ގެންގުޅުނު ކުއްތާ އަހަރެންނާ ދިމާލަށް ދޫކޮށްލި. އޭތި ދުވެފައި އައިސް ފުންމައިގެން އަރައި ފުރަތަމަ ވެސް ދަތް އެޅީ އަހަރެންގެ މޭމަތީގައި. ދެން ހަށިގަނޑުގެ އެކި ތަންތަނުގައި ދައިގަނެ ވަކި އެޅި،" އަލް ޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި، ވާއިލް ރާޝިދު މަންސޫރު، 65، ބުންޏެވެ.

އެ 48 ގަޑިއިރުގެ ތެރޭގައި، އިޒްރޭލު ސިފައިންގެ ފަރާތުން އެފަދަ ލާ އިންސާނީ އަނިޔާތައް ކުރިމަތިވި އެތައް އާއިލާއެއް ޖެނީން ރެފިއުޖީ ފޭލިގެ އަވަށުގައި އެބަތިއްބެވެ. މީހުން ނިދާފައި ތިއްބާ ގޭގެއަށް ވަދެގަނެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންގެ ބޮލުގައި ބަޑި ޖައްސާފައި ބައިތިއްބައިގެން، ގޭ ތެރެ އެފުށްމިފުށަށް ޖަހައި ބަލައި ފާސްކުރި އެވެ.

ހާހަކަށް ވުރެ ގިނަ ސިފައިންނާއި ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ބޭނުންކޮށްގެން ހިންގި އަސްކަރީ ހަރަކާތްތައް ހުއްޓައިލަން މަޖުބޫރުވީ، އިޒްރޭލު ސިފައިން ބޭނުންވި މަގްސަދު ހާސިލު ނުވެ އެވެ. އިޒްރޭލު ސިފައިން ބުނި ގޮތުގައި އަސްކަރީ ހަރަކާތްތައް ހިންގީ، އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރެވޭ ފަލަސްތީނުގެ ޒުވާނުން ހައްޔަރުކޮށް، ފަލަސްތީނުގެ ހަނގުރާމަވެރިން އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަން ހަލާކުކޮށް ނައްތައިލުމެވެ.

"މިފަހަރު މުޅި ދުނިޔެ އަށާއި އިސްތިއުމާރީންނަށް އަހަރެމެން މި ދިން މެސެޖަކީ، މި ރެފިއުޖީ ފޭލިގެ އަވަށް ހަމަ މި ގޮތުގައި ކުރިއަށް ދާނެ ކަން. މީގެ ކުރިން ވެސް މި ފޭލިގެ ނައްތައިލަން އެމީހުން މަސައްކަތް ކުރި. އެކަމަކު މިހާރު މިއޮތީ އެއިރަށް ވުރެ ވެސް ވަރުގަދަ ކޮށް. އެކަން އިސްތިއުމާރީ ސިފައިންނަށް އެނގޭނެ،" އަހްމަދު އަބޫ ހުވައިލާ، 56، ބުންޏެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން އަތުލައިގަތުމަށް ނުވަތަ މަރައިލުމަށް ޖެނީނަށް ވަދެގަތް އިޒްރޭލުގެ ސިފައިން، ފަލަސްތީނުގެ ހަނގުރާމަވެރިންނާ ކުރިމަތިލާން ޖެހިލުންވެފައި ތިބި ވަރުން، އެކަން ކުރީ ވެސް، ފަލަސްތީނުގެ އާންމުން ނިވައިފަތްގަނޑަކަށް ހަދައިގެންނެވެ.

ރާއިދު ޖަމީލް މުހައްމަދު، 39، ބުނި ގޮތުގައި އިޒްރޭލު ސިފައިން އޭނާގެ ގެއަށް ވަދެގަނެ، އޭނާގެ ކޮޓަރީގައި ތިބި ކުޑަކުދިންތަކާއި އަންހެނުން އެ ކޮޓަރިން ނެރެ، އެހެން ކޮޓަރިއެއްގެ ތެރޭގައި ބަންދުކުރި އެވެ. އެއަށް ފަހު އިޒްރޭލުގެ ސްނައިޕަރުން އޭނާގެ ކޮޓަރީގައި ފިލައި ތިބެގެން، މަގުމަތީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާ ދޭން މަސައްކަތް ކުރި އެވެ.

އޭގެ އިތުރުން ވެސް، ފަލަސްތީނު ރައްޔިތުންގެ ކިތަންމެ ގެއަކަށް ވަދެ، އެ ގެތަކުގައި ފިލައި ތިބެގެން، އެ ގެތަކުގެ ފާރުން ބާގަނޑުތައް ހަދައިގެން ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާ ދޭ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ޖެނީންގެ އާންމު ރައްޔިތުން ބުނި ގޮތުގައި ޖެނީނަށް ވަދެގަތް އިޒްރޭލު ސިފައިންނަށް ޖެނީންގެ މަގުތަކުން ކުރިމަތިލާން ޖެހުނު، ހަތިޔާރު އެޅި ޒުވާނުންނަކީ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ބައެއް ނޫނެވެ. ޖެހިލުމެއް ނެތި އިޒްރޭލު ސިފައިންގެ ކުރިމައްޗަށް ނުކުމެ ރައްދު ހަމަލާ ދިނީ، ޖެނީންގެ ޒުވާން ހަނގުރާމަވެރިންނެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުބަރީ ރަސްގެފާނު

08 July 2023

ދިވެހިރާއްޖޭން އިޒްރޭލުގެ ޕާސްޕޯރޓް ބަލާގަތުން ހުއްޓާލުމަށް ގޮވާލަން. މިކަން ކުރަން ނުކެރޭނަމަ ސަރުކާރުން ފަލަސްތީނޭ ކިޔާގެން ނުވާނެ މީގެފަހުން.

The name is already taken The name is available. Register?

ނަސްރުސް

07 July 2023

ގަދަ. ސާބަސް. އިންޝާﷲ ވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454