ޖަޕާނު ސަރުކާރުން ރާއްޖެ ހަދިޔާކުރި އެމްބިއުލާންސްތައް، ޖަޕާނު ސަފީރު ތަކެއުވި މިދޯރީ، ހެލްތު މިނިސްޓަރު ނަސީމަށް ހަވާލުކުރައްވަނީ.--ފޮޓޯ: ހެލްތު މިނިސްޓްރީ
13 ޖުލައި 2023 - 11:47
ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަށް އެމްބިއުލާންސް، ހަ ހޮސްޕިޓަލަކަށް މިއަދު ދީފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އިމަޖެންސީ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހއ. ހޯރަފުށީ ހެލްތު ސެންޓަރު، ހއ. ކެލާ ހެލްތު ސެންޓަރު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެމްބިއުލާންސް ހަވާލުކޮށްފައިވާ އެވެ.
ބާކީ ދެ އެމްބިއުލާންސް ދިނީ، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމްބިއުލާންސް ސާވިސްއަށެވެ.
ޖަޕާނު ސަރުކާރުން ރާއްޖެ ހަދިޔާކުރި އެމްބިއުލާންސް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވުމަށް އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސޯލިހަށް، ޖަޕާނު ސަފީރާއި މިނިސްޓަރު ނަސީމް މިއަދު ހަވާލުކުރައްވަނީ.--ފޮޓޯ: ހެލްތު މިނިސްޓްރީ
އެ އެމްބިއުލާންސްތަކުގައި އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑަރު، ބޭގް ވޯލްވް މާސްކް، ސްޕައިނަލް ބޯޑް ފަދަ ތަކެތި ހިމެނެ އެވެ.
މިނިސްޓްރީން ބުނީ ރަށްތަކަށް އެމްބިއުލާންސް ހަވާލުކުރުމުން ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ނުވަތަ އެކްސިޑެންޓްތަކުގައި ބަލި މީހުންނަށް ކުއްލި ފަރުވާ ދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނބިރިހިންފުތާ
13 July 2023
އައްޑޫ އަށް ދިން އެމްބިއުލާންސް ބޭނުންކުރާނީ ބަލިމީހުން އުފުލާކަށް ނޫން، ހޮސްޕިޓަލުގައި އެއުޅޭ އެޑްމިން ސްޓާފްކުދިން އެކުދިންގެ ފުރެންޑުންނާ އެކީ ސުވާދިވް ކެފޭ ތަންތަނަށް ދާން ޕުރައިވެޓް ވޭންއެއްގޮތުގައި، މިއީ އއެތައްދުވަހަކު ވަރަށް ގާތުން މިމަންޒަރުފެނިގެން ބުނާވާހަކައެއް، އިޓްސް ރިއަލިޓީ
ސުޒިމޯޓޯ
13 July 2023
ޖަޕާނުމީހުންނަށް އެބަިސްނޭ މިތާ ކޮރަޕްޝަން އޮތްވަރު އެހެންވެ މިހާރު ފައިސާގެ އެހީނުދީ ހަރުމުދާދެނީ ، އެމްބިއުލާންސާއި އަލިފާންނިއްވާ ލޮރީފަދަ
ސސދފ
13 July 2023
އެންބިއުލާންސުަގައި މީހުންބަލައިދާއިރު އެހީތެރިވާނޭ ، އަވސްފަރުވާ ދެވޭނޭފަދަ ބަޔަކު ތިބުން މުހިއްމު
އެންބިއުލާންސް
13 July 2023
ތިކަމަށް ހުންނާނެ އިންޑިޔާ މީހުން. ސައި ހޮޓާ ތަކުގައި ތައްޓަށް ހެދިކާ އަޅާލާހެން އެންބިއުލާންސަށް މީހުން އާޅާލާނެ. އެ ހެޔޮ ބިނދިފައި އޮތް މީހަކު އިތުރަށް ހާލު ދެރަވިޔަސް.
ހުޅުމާލެހޮސްޕިޓަލް
13 July 2023
ހުޅުމާލެ ހޮސްޕިޓަލަށް ނިކަން އެންބިއުލާންސް ކޮޅެއް ދީބަލަ. ނިކަން އުނދަގޫ.
ކައްކަ ކާއްކޯ
13 July 2023
ހުޅުމާލެ ހޮސްޕިޓަލަށް ތިޔަ އެމްބިއުލާންސްތައް ހަވާލު ނުކޮށް އައިޖީ އެމް އެޗް އާއިތިޔަ އެމްބިއުލާން ހަވާލުކޮށް ބަލިމީހުން އައިޖީއެމް އެޗް އަށްއުފުލޭނެ ނިޒާމެއް ގާއިމު ކުރުމުން އަވަހަށް ފަރުވާދެވި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ. ހުޅުމާލެ ހޮސްޕިޓަލަކީ އައިސީޔޫ ފެސިލިޓީސް ނެތި ހޮސްޕިޓަލެއްގެ ބޯޑް އަޅުވައިގެން ހިންގާ ކުލިނިކެއް.
ގާމާރީއާ
13 July 2023
ބިސްކޭހަކަށް ގައުމު ދޫކޮށްލީ އިންޑިއާއަށް. އެހެން ވީމަ މީގެން ޖަޕާނަށް ދޭންޖެހޭތަ އެއްޗެއް. ސަރުކާރުގެ ލޮޖިކުން މި ވިސްނަނީ.
ކުޑާދަނު
13 July 2023
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ފޯނު ނަންބަރު އެގޭތަ!!!!!! ޕްލީޒް.....
ގުޅޭނެ
13 July 2023
100