ރިޕޯޓް

ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟

ފުއްގިރި މައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ވަކާލާތު ކުރައްވަނީ --

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވި ކަމުގެ ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާގެ ޝަރީއަތުގެ ބޮޑު ބައި ނިމުނު ފަހުން މިހާރު ވަނީ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އެކަމަކު މިހެން މިކަން ކުރެވޭނެތޯ އެއްބަޔަކު ސުވާލު އުފައްދަ އެވެ.

ކްރިކްގެ ދައުވާ އަނބުރާ ގެންދިޔައީ ޕްރޮސިކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި ދެ ހާލަތެއް އޮތުމުންނެވެ. ފުރަތަމަ ހާލަތަކީ ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރަން ފުލުހުން އިތުރަށް ތަހުލީލުތަކެއް ކުރަމުންދާތީ އެވެ. ދެވަނަ ހާލަތަކީ، ކްރިކް ރިޒާ އަށް އެއް މަސް ދުވަހަށް ޝަރީއަތަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ ހުށަހެޅި މެޑިކަލް ރިޕޯޓެވެ؛ އެ ރިޕޯޓާ ހެދި ޝަރީއަތުގެ ޔާމީންގެ ބައި ވެސް ހުއްޓުނީ އެވެ.

އަވަހަށް ނިންމަން ކްރިމިނަލް ކޯޓުން އަމާޒު ހިފާފައި އޮތް މި މައްސަލައިގެ ޝަރީއަތް، ކްރިކް ރިޒާއާ ހެދި ލަސްވަމުންދާތީ، އެއީ އާންމު މަސްލަހަލަތު އޮތް ގޮތް ކަމަކަށް ޕީޖީން ގަބޫލެއް ނުކުރެ އެވެ. އެހެންވެ، އެ އޮފީހުން ނިންމީ ޝަރީއަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންގޮސް، އެ ބަޔާ ނުލައި ޔާމީންގެ ޝަރީއަތް ގެންދާށެވެ.

ޕީޖީ އޮފީހުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި މައްސަލަ އަނބުރާ ގެންދަނީ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި، ހާލަތު ބަދަލުވުމުން އަދި ސާފުކުރަން ޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާ ގޮތަށެވެ.

އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް ޝަރީއަތެއްގެ މެދު ތެރޭން ކުއްލިއަކަށް އަލުން ހުށަހަޅާ ގޮތަށް ދައުވާ އަނބުރާ ގެންދިޔުން މިހާރު ވެފައިވަނީ ގާނޫނީ ބަހުސަކަށެވެ.

އަލުން ދައުވާ ހުށަހަޅައިގެން ކުރިއަށް ގެންދިއުން ގާނޫނާ ހިލާފު؟

ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންވާ ވަކީލް އަބްދުﷲ ޝިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، މިހާ ހިސާބުން ކްރިކް ރިޒާގެ ދައުވާ މި ނިމުނީ އެވެ. ދެން އެ ދައުވާ އަނބުރާ ހުށަހެޅޭނެ ފުރުސަތެއް ޕީޖީއަކަށް ނެތެވެ.

"ހެކީންގެ ހެކިބަސް ނަގަން ފެށުމަށް ފަހު ދައުވާ އަނބުރާ ގެނެސް އިސްތިސްނާއީ ހާލަތެއްގައި މެނުވީ އަލުން ހުށަހަޅަން ގާނޫނު ފުރުސަތެއް ނުދޭ،" ސިޔާޒު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ އިސްތިސްނާއީ ހާލަތެއް ކަމަށް ބެލެވޭނީ، ދައުވާ އަނބުރާ ގެންދިޔައީ ތުހުމަތުވާ މީހާގެ މަސްލަހަތެއް އޮވެގެން ކަމުގައިވާނަމަ އެވެ. ނަމަވެސް، މި މައްސަލާގައި ދައުވާ އަނބުރާ ގެންގޮސްފައިވަނީ ކްރިކް ރިޒާ އެކަމަށް އެދިގެން ނުވަތަ އޭނާގެ މަސްލަހަތުގަައި ނޫން ކަމަށާއި އިސްކުރީ ދައުލަތުގެ މަސްލަތު ކަމަށް ވިދާޅުވި އެވެ.

"ކްރިކް ރިޒާ އެދިގެނެއް ނޫން ދައުވާ އަނބުރާ މި ގެންދިޔައީ، ކްރިކްގެ ފަރާތުން ނެތް އޭނާ ހުށަހެޅި ހެކި އިތުރަށް ތަހުލީލުކުރަން އެދިފައެއް ވެސް، އެހެންވީއިރު މި ތަނުގައި ކްރިކްގެ މަސްލަހަތެއް ނޫން އޮތީ،" ސިޔާޒް ވިދާޅުވި އެވެ.

ވަކީލް ސިޔާޒު: އޭނާ ވިދާޅުވާ ގޮތުގައި ކްރިކްގެ ދައުވާ ދެން ހުށަނޭޅޭނެ

ކްރިކް ރިޒާއާ ދެކޮޅަށް ވެސް ދައުލަތުގެ ބައެއް ހެކިން ހެކިބަސް ދީފައިވަނިކޮށް އަނބުރާ ގެންދިޔަ ދައުވާ އަލުން ހުށަނޭޅޭނެ ސަބަބެއްގެ ގޮތުގައި ސިޔާޒު ދައްކަވަނީ ގާނޫނުލްއުގޫބާތުގެ 64 ވަނަ މާއްދާގެ (ރ) އެވެ. އެ މާއްދާގެ ދެވަނަ ނަންބަރުގެ ރޯމަން 2 ގައި ފާހަގަކޮށްފައިވަނީ ދައުވާއެއް ކޯޓަށް ހުއްޓާލެވިދާނެ ތިން ހާލަތެކެވެ.

1- ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން.

2- ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ގޮތުން އުނިކަމެއްކަމަށް ބެލެވޭ ކަމެއް ކުރިމަތިވުމާއި ނިޔާއެއް އިއްވިކަމުގައި ވިޔަސް، ގާނޫނުގެ މައްޗަށް ބުރަވެ އެ ނިޔާ ބަދަލުކުރެވޭނެ ފުރުސަތު އޮތުން.

3- ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައި ހިނގާ މަސްލަހަތާ ދެކޮޅު އަމަލުތަކެއްގެ ސަބަބުން، ދައުލަތަށް ނުވަތަ ދައުވާ ރައްދުވާ ފަރާތަށް އިންސާފުގެ ކުރިމަތީގައިއޮތް ހަމަހަމަ ހައްގަށް އުނިކަމެއް އަންނާނެ ގޮތުގައި މެނުވީ، އެ ދައުވާ ކުރިއަށް ގެންދިއުމަކީ ކުރެވެން ނެތް ކަމެއް ކަމުގައިވުން.

ސިޔާޒު ވިދާޅުވި ގޮތުގައި، މި ތިން ހާލަތު މިހެން އޮތުމުން، ކްރިކް ރިޒާގެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ އެވެ. އޭރަށް އެއީ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭ ދައުވާއަކަށް ނުވާނެ ކަމާއި ހަމަހަމަ ކަމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށެވެ.

ދައުވާ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު އޮތީ ކިހާ މިންވަރަކަށް؟

ކޯޓެއްގައި ދައުވާކުރުމަށް ފަހު، އެ ދައުވާ އަނބުރާ ގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީޖީއަށް އޮތް އިހްތިޔާރެކެވެ. އެގޮތުން، އެ ގާނޫނުގެ 92 ވަނަ މާއްދާގައި ބުނަނީ ދައުވާއެއްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އެ ދައުވާއެއް އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ޕީޖީއަށް ލިބިގެންވާ ކަމަށެވެ.

"އެފަދައިން ދައުވާ އަނބުރާ ގެންދާއިރު، ފަހުން އެ ދައުވާކުރުމުގެ ހައްގު ޕީޖީއަށް ލިބޭ ގޮތަށް ވެސް ނުވަތަ ނުލިބޭ ގޮތަށް ވެސް ދައުވާ އަނބުރާ ގެންދެވިދާނެ" ކަމަށް ގާނޫނުގައިވެ އެވެ.

ދައުވާ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ޕީޖީއަށް އޮތްއިރު، ޝަރީއަތް ފަށާފައި އޮތް ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދިއުމުން އެކަމާ ސުވާލު އުފައްދާ މީހުންނަށް ޕީޖީން ދައްކަނީ އެ އޮފީހުން ހަދާފައިވާ ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދެވެ.

އެ ގަވައިދުގައި ވެސް އޮތީ ޕްރޮސިކިއުޓާ ޖެނަރަލަށް ދައުވާ އަނބުރާ ގެންދެވިދާނެ ކަމަށެވެ. އެކަން ކުރެވޭނެ ފަސް ހާލަތެއް ވެސް ގަވައިދުގައި ތަފްސީލްކޮށްފައިވެ އެވެ. އެކަމަކު، މި ފަސް ހާލަތުގައި ވެސް ދައުވާ އަނބުރާ ގެންދެވޭނީ، ގަވައިދުގައިވާ ގޮތުން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިންނެވެ.

އެހެން ބަޔާންކުރުމާ އެކު ގަވައިދުގެ 29 ވަނަ މާއްދާގައި ހިމަނާފައިވަނީ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ފަހު ދައުވާ އަނބުރާ ގެންދެވޭނެ ހާލަތެވެ. އެގޮތުން، މީހެއްގެ މައްޗަށް ދައުވާކުރެވޭ ކުށްތަކުގެ ތެރެއިން ދައުވާއެއް ސާބިތުވުމުން، ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ ނުވަތަ ހުރިހާ ކުށެއްގެ ދައުވާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ޕީޖީއަށް ފެންނަ ހާލަތުގައި ކޯޓުގެ ހުއްދައާ އެކު، ދައުވާ ގެންދެވިދާނެ އެވެ.

ބައެއް ވަކީލުން ފާހަގަކުރައްވާ ގޮތުގައި ކްރިކް ރިޒާގެ ދައުވާ އޮތީ މި ހާލަތަކު ނޫނެވެ. އޭނާގެ ދައުވާ އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް އެހެން ދައުވާއެއް ސާބިތުވުމުން، ދެން އޮތް ދައުވާ އަނބުރާ ގެންދާ އުސޫލަކުން ނޫނެވެ. އެހެންކަމުން، ޝަރީއަތް ފެށުމުގެ ފަހުން ދައުވާ އަނބުރާ ގެންދެވޭނެ އެންމެ ހާލަތެއް ގަވައިދުގައި ބަޔާންކުރުމަށް ފަހު، އެ ނޫން ހާލަތްތަކެއް މަތިކޮށް އަލުން ހުށަހަޅާ ގޮތަށް ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށް ވަކީލުން ފާހަގަކުރައްވަ އެވެ.

"ކްރިކްގެ ދައުވާ މި ގެންދިޔައީ މި މާއްދާއަށް ފެތޭ ގޮތަކަށް ނޫން، އެ ދައުވާއެއް ދެން އަލަކުން ކޯޓަށް ހުށަހެޅޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ވަކީލަކު ވިދާޅުވި އެވެ.

ޕީޖީ ޝަމީމް: ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދިޔުމާ މެދު ބައެއް ވަކީލުން ސުވާލު އުފައްދަވާ

ޕީޖީން ހަދާފައިވާ ގަވައިދުގައި ދައުވާ އަނބުރާ ނުގެނެވޭނެ ހާލަތު ވެސް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތެވެ. އެ ގަވައިދުގެ 31 ވަނަ މާއްދާގައި ބުނަނީ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާ މައްސަލައެއް ނަމަ، އެފަދަ މައްސަލައެއް އަނބުރާ ގެންދިއުމުގެ އިހްތިޔާރު ޕީޖީއަަކަށް ނޯވެ އެވެ. ނަމަވެސް، ކްރިކްގެ މައްސަލައަކީ ނިމިފައި އޮތް ޝަރީއަތެއް ނޫނެވެ.

"އެހެންވީއިރު ދައުވާ އަނބުރާ ނުގެންދެވޭނެ ހާލަތަކީ މިއީ އެކަނިކަން އެބަ އެނގޭ، ކްރިކްގެ މައްސަލަ އޮތީ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށް ބަޔާންކުރާ ހާލަތަކު ނޫން، އަޑުއެހުންތަކެއް ނުނިމޭ، އަދި ހެކިބަސް އެ ނަގަނީ. އެހެންވެ ސާފު ނުވާ ކަމަކީ ފުރަތަމަ އަޑުއެހުމާއި ފަހު އަޑުއެހުމާ ދެމެދުގައި އޮތް ދައުވާއެއް އަނބުރާ ގެންދެވިދާނެތޯ ނުވަތަ ނޫންތޯ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ރިޝްވަތު ދިނުމުގެ ދައުވާ މި ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލީ، އެ ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވާ ގޮތުގައި، އެގޮތަށް ޕީޖީން އެދުމުންނެވެ. ނަމަވެސް، ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ޕީޖީން އެދުނަސް މިއީ ދައުވާ އަނބުރާ ގެންދިއުމުގެ ހުއްދަ ކޯޓަށް ދެވޭނެ ހާލަތުގައި އޮތް މައްސަލައެއް ނޫނެވެ.

އެހެން ވިދާޅުވާ ވަކީލުން ދައްކަވަނީ ކްރިމިނަލް ކޯޓުގެ ގަވައިދެވެ. އެ ގަވައިދުގައި ވެސް ވަނީ ކޯޓަށް ހުށަހެޅޭ ދައުވާއެއް އަނބުރާ ފޮނުވާލަން ޖެހޭނީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން އެކަމަށް ޕީޖީން އެދިއްޖެ ހާލަތެއްގައި ކަމަށެވެ. އެ ނޫން ހާލަތެއްގައި ފޮނުވާލަން ޖެހޭނެ ކަމަކަށް ގަވައިދުގައި ނެތްކަން ވަކީލުން ފާހަގަކުރައްވަ އެވެ.

މި ގަވައިދުގައި ނެތް ހާލަތަކަށް ކޯޓުން އަމަލުކުރާ ނަމަ، އެކަމެއް ކުރާނީ ގާޒީންގެ މަޖިލީހުން ނިންމާ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް، ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް ދައުވާއެއް އަނބުރާ ފޮނުވާލެވޭ ނުވަތަ ގެންދެވޭ ގާޒީންގެ އުސޫލެއް ކޯޓުން އާންމުކޮށްފައެއް ނެތެވެ.

"ގާނޫނީ ގޮތުން ކްރިކްގެ މި ދައުވާ އެހެންވީމާ މި ނިމުނީ،" ޔާމީންގެ ވަކީލް ސިޔާޒު ވިދާޅުވި އެވެ.

ގާނޫނީ މާނަކުރަން ޖެހޭނީ ޕީޖީގެ ބާރު އުނިނުވާ ގޮތަށް

ޕީޖީގެ ވަކީލަކު ފާހަގަކުރައްވާ ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު, ޕީޖީއަށް ފެނިގެން ދައުވާއެއް އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެނައުން މަނާކުރާ މާއްދާއެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 92 ވަނަ މާއްދާއަކީ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރީގެ މައްސަލަތަކަށް ހާއްސަ މާއްދާއެއް ކަމާއި ޝަރީއަތް ކުރިއަށްދާ މައްސަލައަކަށް އެ މާއްދާ ނުފެތެ އެވެ.

ދެން އޭނާ ބަޔާންކުރެއްވީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 180 ވަނަ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން އަލުން ހުށަހެޅުމަށްޓަކައި ދައުވާއެއް އަނބުރާ ފޮނުވާލެވިދާނެ އެވެ. އެ މާއްދާ އޮތީ ޖުމްލަކޮށް ޝަރީއަތުގެ ހުރިހާ މަރުހަލާއަކަށް ވެސް ފެތޭގޮތަށް ކަމަށް ވަކީލް ވިދާޅުވެ އެވެ. އަދި ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ޝަރީއަތުގެ މަރުހަލާގައި އަލުން ހުށަހެޅުމަށް މައްސަލައެއް އަނބުރާ ގެނައުން ސީދާ ބަހުން މަނާ ކޮށްފައެއް ނެތެވެ.

ވަކީލް ވިދާޅުވި ގޮތުގައި ދައުވާ އަނބުރާ ގެނައުމާއި މުރާޖައާކުރުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ކ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ ދަށުން އޮތް ބާރެކެވެ.

"އެ ބާރު ސާފު ބަހުން ހަނިކޮށްފައިނުވާ ކަންކަމުގައި ގާނޫނާއި ގަވާއިދު މާނަކުރަންވާނީ ގާނޫނުއަސާސީން ޕީޖީއަށް ލިބިދޭ ބާރުތަކަށް އުނިކަން ނާންނާނެ ގޮތަށް." ވަކީލް ވިދާޅުވި އެވެ.

ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 30 ވަނަ މާއްދާއާ ހަވާލާދީ ޝަރީއަތުގެ މަރުހަލާގައި މައްސަލަ އަނބުރާ ގެންދިއުން ހަމައެކަނި އެ މާއްދާގައިވާ ހާލަތްތަކަށް ގައިދުކޮށްފިނަމަ, ޕީޖީގެ ވަކީލް ވިދާޅުވާ ގޮތުން ޝަރީއަތުގެ މަރުހަލާގައި އޮތް މައްސަލައެއް, އެ މާއްދާގައި އޮތް ހާލަތްތަކުގައި މެނުވީ މުރާޖައާ ވެސް ނުކުރެވޭނެ އެވެ. އެހެންވެ ޝަރީއަތް ފަށާފައި އޮތް މައްސަލައެއްގެ ދައުވާ ވެސް އަނބުރާ ގެންނަން ހުރަހެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެ ދައުވާއެއް އަލުން ހުށަހަޅަން ވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

"ގާނޫނާއި ގަވާއިދުގައި އޮތް ގޮތުން ދެ މަރުހަލާގައި އޮތް މައްސަލައެއް އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެނައުމާމެދު އޮތް ފަރަގަކީ އިބްތިދާއީ މަރުހަލާގައި އޮތް މައްސަލައެއް ކޯޓުގެއް ހުއްދައާ ނުލައިވެސް އަނބުރާ ގެނެވުން. އަދި ޝަރީއަތުގެ މަރުޙަލާގައި އޮތް މައްސަލައެއް އަނބުރާ ގެނައުމަށް ކޯޓުގެ ހުއްދަ ހޯދަން ޖެހުން." ވަކީލް ވިދާޅުވި އެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަވަތަ

19 July 2023

އިބޫ އެންމެފަހުންމިވީ ކޮރަޕްޝަންގެ އައްޕައަށް!

The name is already taken The name is available. Register?

އިންސާފް ޗުއްޓީގައި

18 July 2023

އިންސާފަކީ ކޯއްޗެއްކަން އެނގޭނީ ވެސް ތަންދޮރުވެސް އެނގިގެން. އަމަލީ ގޮތުން ކަންކަން ކުރާ މީހުންނަށް ދައުވާ ނުކުރެވި އެކަމަށް މީހަކު އަމުރުކުރިއޭ ކިޔައިގެން ހަމަ އެކަނި އެ މީހަކަށް ދައުވާކޮށްގެން އިންސާފް ގާއިމެއް ނުކުރެވޭނެ!

The name is already taken The name is available. Register?

އަފްރާސިޔާބު

18 July 2023

ބަލަ! އަދި ހެކިބަސް ނަގަނީ އޭ ނުންތަ އެއީ. ޝަރީއަތެއް ހިނގާނީ އެ ޝަރީޢަތުގައި ހިމެނޭ ހުރިހާ ހެކިންގެ ހެކިބަސް ލިބުމުން. ދެން ކޮން ވަކީލެއްތަ ހެއްކާއި ނުލައި ޝަރީއަތެއް ކުރާނީ. ޝިޔާޒު ގާނޫނުގެ ބޭނުން ތިހިފަނީ ނުބައި ކޮށް.

The name is already taken The name is available. Register?

ވޯލް

18 July 2023

މުޅި ޝަރީޔަތްކުރުމުގެ އުސޫލުތަކާ އަދުލް އިންސާފުގެ ހަމަތަކާއިވެސް ހިލީފަށް މި ސަރުކާރުންނާއި މިސަރުކާރުގެ ރައީސްގެ ރުހުމާއެކު ހޮވާފައިވާ "މިނިވަން" މަޤާމުގައި ހުރި ޕީޖީ އަމަލު ކުރަމުން މިދަނީ. ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކޮށް އިންސާފު ހަމަހަމަކާމާއެކު ގާއިމު ކުރަން މަސައްކަތް ކުރާ ކަމަށް ދައުވާކުރާ ޕީޖީ/އޭޖީގެ އަމަލުތަށް ހުރީ ވަރަށް ލަދުވެތިކޮށް. އޭޖީވެސް ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއްގައި މަޖިލީހަށް ޖަވާބުދާރީނުވާންވެސް އުޅުން.

The name is already taken The name is available. Register?

ރައްޔިތުސޮރު

18 July 2023

އިބޫގެ ވެރިކަމަކު އެއްވެސް އިންސާފެއް ހަމައެއްލަމެއްނެތް. ކޮރަޕްޝަނާ ފަސާދަ އިންތިޚާގަ!

The name is already taken The name is available. Register?

ސުންދުސް

18 July 2023

ކޮރަޕްޝަނުގެ މޭސްތިރި ޑޮން އޮންނާނީ ޖަލުގަ. ދިވެހި ދައުލަތް އުފެދުނީއްސުރެ އެންމެ ގިނަ ފައިސާ ދައުލަތުން ވަގަށް ނެގީ ޔާމީން. މައުމޫނުގެ 30 އަހަރާ އަންނި/ވަހީދު ގެ 5 އަހަރާ އިބޫގެ 5 އަހަރު އެއްކޮށްލިޔަސް އެފަދަ ވައްކަމެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ޞަސަ

18 July 2023

ދިވެހިރާއްޖޭ ޕީޖީ އަކި ކިހާވަރެއްގެ އިތުބާރެއް އޮތް ބޭފުޅެއްތޯ؟ ގައިމުވެސް ދިވެހިރައްޔިތުން މިހާރު މި ވެރިޔާއަށް އިތުބޭރެއް ނުކުރާނެ. މިހިސާބަށް ކަންކަން ދާއިރުވެސް ޤައުމުގެ ރައީސް އެވިދާޅުވަނީ ތިމަން މަނިކުފާނު އެތަނަކަށް އަތެއް ނުބާނަމޭ. ދިވެހިރައްޔިތުންގެ ވެރިޔާއަކީ މަނާ ފުކަކީތޯ. އެއީ ކޮޢްޕާލީމާ ގޮޅިއެއް ކުރިޔަށް ދާއެއްޗެއްވިއްޔަ. އަތް ނުބާނަނީ ވިއްޔާ އުނދުޅިއެއް ބާލައިގެން ހަލުވައިގެންވިޔަސް މަނިކުފާނު މިތަން ބަލަން ވެއްޖެ.

The name is already taken The name is available. Register?

އަފްރާސިޔާބު

18 July 2023

ބަލަ އެއީ ގާނޫނު އަސާސީން ރައީސަށް ދީފައި އޮތް ބާރެއްނޫނޭ އަދުލު އިންސާފު ގެކަންތަކާ ބެހުމަކީ.

The name is already taken The name is available. Register?

އިހްސާސް

18 July 2023

އެއް ފައިސާއެއް އެއީ ދިން ރިޝްވަތުގެ ފައިސާއެއްކަން ސާބިތުނުވެ އެއީ ހިފި ރިޝްވަތުގެ ފައިސާކަމުގައިވަނީ ކިހިނެތްތަ؟

The name is already taken The name is available. Register?

ދީދިބެ

18 July 2023

ދިންމީހާގެ ބައި ނިމުނީމަ ހިފިމީހާގެ ބައިވެސް ނިމުނީކަމަށް މިބަލަނީ. ދިންކަން ސާބިތު ނުވަންޏާ ހިފިކަމަށް ބުނެވޭނެ ޖާގައެއްނެތް.

The name is already taken The name is available. Register?

އުދުހޭ

18 July 2023

އެތަށް ބަޔަކު ހިމޭނޭކަމަށް ބުނާ މައްސަލާގައި ޔާމީނަށް އެކަނި ދައުވާކުރުމަކީ ބޭއިންސާފު. މީކީ ޔާމީނަށް ތާއީދުކުރަނީކީނޫން. އިންސާފު ލިބެންވާން އެންމެންނަށްވެސް. މިގޮތަށް ދައުވާކުރުމަކީ ފަސާދަކުރުން. ފަސާދަ އިބޫއާވެސް އަރާ ހަމަކުރާނެ.

The name is already taken The name is available. Register?

ހިޔަލަ،

18 July 2023

އިބުރަާހިމުގެ ޓީމުން ތަރައްގީގެ ބާނީ ކުރިމަތި ލިޔަނުދޭން ހާދަވަރެކޭ މިކުރަނީ

The name is already taken The name is available. Register?

ރޯޒަސް

18 July 2023

ތަރައްޤީގެ ބާނީވެސް ވައްކަން ކުރީމައި އަދަބު ދެވެންޖެހޭނެ. އަދަބު ލިބިގެން ކުރިމަތި ނުލެވޭނަމަ ކުރިމަތި ލެވިގެން ނުވާނެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

18 July 2023

ފަސްހަރު ވެރިކަންކޮއްފަ ދަރަނީގަ ބުރިޖެއް އެޅުނީމަ ތަރައްގީގެބާނީ ކިއާދާނެކަން އެނގޭ އިއްޖެ ބުރިޖުގަ ޓުރެފިކުލައިޓެއް ހަރުކުރީމަ ކޮއްފަހުރި ކޮމެއްތަކައް ބަލާފަ!90%މީޙުނައް ނޭގެޔޯ ބުޖުމަތީގަ ދުއްވާނެގޮތެއް!ޓުރެފިކުލައްޓައް ހޭލުންތެރި ކޮއްދޭށޯ ކިއައި އާދޭސް ކޮއްފަހުރި!ލޭންބަލު ކުރަންނޭގެއޯ!އެކަމަކު ލައިސަންދެނީ ދައުލަތުގެ ނިސާންޖަހާފަ ހުރިހާކަމަކުން މިވަރުގަ މުޖުތަމައެއްއޮއްވަ ތިހެން ނުކީއޭނެ!އެކަމެއްގެ ބާނީއައް ވާނީ އެކަމެއްކޮއް ނިމުނީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454