އާރްޓީއެލް ފެރީ. -- ފޮޓޯ: އެމްޓީސީސީ
13 ޖުލައި 2023 - 15:00
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި އާރްޓީއެލް ލޯންޗު ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މި ހިދުމަތް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހިލޭ ލިބޭނެ އެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް މި ހިދުމަތް ހިލޭ ދޭން ނިންމީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށްކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ އެ ކުންފުނިން އުއްމީދު ކުރަނީ ގިނަ ބަޔަކަށް މި ހިދުމަތް ތަޖުރިބާކުރަން ލިބި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ބައެއްގެ ހިޔާލު ލިބޭނެ ކަމަށެވެ.
ހުވަދު އަތޮޅުގައި އާރުޓީއެލް ފެށުމުގެ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާ އެކު އެ ކުންފުނީގެ ޓީމު އެ އަތޮޅުގައި-- ފޮޓޯ: އެމްޓީސީސީ
ހިލޭ ދަތުރުތައް ކުރާ މުއްދަތުގައި ޖާގަ ހޯދަން ގުޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަށެވެ. ހިދުމަތަށް އަގު ނަގަން ފެށުމުން ފެރީން ޖާގަ ލިބޭނީ ޓިކެޓު ގަތުމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބޭނެ އެވެ.
We have commenced RTL Ferry Services in Ga and Gdh Atoll on 13th July 2023. We will conduct free of cost travel for 1 week duration. The purpose of the trial period is to facilitate customer awareness and familiarity. With the cessation of the trial period, from 20th July 2023… pic.twitter.com/y51PbMacZt
— MTCC Plc (@MTCCPlc) July 13, 2023
އެމްޓީސީސީން ބުނި ގޮތުގައި މި އަތޮޅުތަކުގައި ދަތުރު ކުރާ އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންގެ ޖާގައިގެ އެއާކޮންޑިޝަން ކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަމަށް ފުރިހަމަ އަށް ތަމްރީނުކޮށްފައިވާ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައުފަރު.
15 July 2023
ތަންކޮޅެއް އަވަހަށް ތިނަދޫއިން އައްޑޫއަށް ވެރީގައި ދެވޭގޮތް ހަދާބަލަ.
ރަދީފްއޮފިޝަލް
13 July 2023
ވަރަށް ސަޅިކަމެއް.މި ސަރުކާރުން ރައްޔަތުންނަށް ޑެލިވަރކުރި ވަރަށް ރަނގަޅު ހިދްމަތެއް.ވ.ވެދުން
މިއުޝާދު
13 July 2023
ތާއީދުކުރާތީ ބުނާ ބަހެއް ނޫން މީކީ. އެކަމް އަހަންނަށް ފެނުނުތަނުގައި އާޒިމް އަދި އޭނަގެ ބޭބެ ނާޒިމް ގެ ހިންގުންތެރިކަން ސަތޭކަ، ނާޒިމްވެސް ޑިފެންސް މިނިސްޓްރީ ، ހެލްތްމިނިސްޓްރީ އެކު އެކީގަ ހިންގި އިރުވެސް ހަމަ އެވަރެއް ނެތް. މި މީހުންގެ ކައިރިން ހިންގުމުގެ ހުނަރު ދަސްކުރަންޖެހޭ. ސިޔާސީ ވިސްނުން އެއަދި އެހެންކަމެއް
ކަރާސީނު
13 July 2023
މިއަކީ އާރުޓީއެލް ނުވަތަ (އެމްޓީސީސީ) ކާގޯވެސް ތައާރަފް ކުރަންވީ ވަގުތު! ވަކި މިންގަނޑުތަކަކާއި، އުސޫލުތަކެއް ކަނޑައަޅައި، އެއް ރަށުން އަނެއްރަށަށް މުދާ ފޮނުވޭނެ ނިޒާމެއް އާރުޓީއެލް މެދުވެރިކޮށް ފެށުން އެދެން!
އަފްރާސިޔާބު
15 July 2023
ތީ ވަރަށް ރަނގަޅު ޚިޔާލެއް. ގާގޯ ފެރީ އެއްވެސް ބާއްވަންވީ. މާލޭގެ ބަސްދަތުރުތައްވެސް ހަމަ ހަބޭސް. ބަސްތައް ހުސްކޮށް ދަތުރުކުރާ ވަގުތުވެސް އަންނާނެ. މިފަދަ ކަންކަން މެނޭޖް ކުރުމަށްޓަކައި އެވަގުތާ ދިމާކޮށް މީހުންގެ ޚިޔާލު ހޯދުމެއް ބާއްވާއި ގަޑި އެޖަސްޓް ކުރެވިދާނެ. އާޒިމުގެ ހިންގުން ތެރިކަމަކަށް އަހަރެން ޝައްކެއް ނުކުރަން. ދެން އެގޭނީ މީގެ ފައިދާ އަކީ ކޮބައިކަން އެގުނީމާ. ޚިދުނަތް ބަރާބަރު.
ދިހަމީހުން
13 July 2023
10 ޜަށް އޮންނައިރު އެވްރެޖް ކޮށް މަޑުކުރާ ރަށަކުން 10 މީހުން އެރޭނީ މިހާރުއޮތް ގޮތުން ދަތުރުކުރާނަމަ. ޑިމާންޑް ބޮޑުވާނެ ފެށުނީމަ ޝަކުވާ ބޮޑުވާނެ. ހުވަދު އަތޮޅަކީ ނިސްބަތުން ދަތުރުކުރާ މީހުން ގިނަ ރަށެއް
އޮނަރަބްލް އަފީފު ދީދީ
13 July 2023
ކަނޑު ދަތުރުފަތުރުގެ ނިޒާމު ނެތިދިއުމުން ސަލާމަތް ކުރުމަށާއި ދައުލަތުގެ ކުންފުނިތައް ބަޤުރޫޓް ވުމުން ރައްކާތެރިކުރުމަށްޓަކާ އެމްޓީސީސީގެ ދަށަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ނެޝަނަލް އެމްބިއުލާންސް ސާވިސް (އެއްގަމާއި ކަނޑު އަދި ވައިގެ އެމްބިއުލާންސް) އެއްކޮށް މާޖް ކުރުން ވަރަށް މުހިންމު. # މީގެ ސަބަބުން މާލެތެރެއާއި ރާއްޖޭގެ ޕޯސްޓްގެ ހިދުމަތް މިހާރަށްވުރެން ބަރާބަރަށް އަވަހަށް ލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
13 July 2023
ހުވަދުއަތޮޅާއި (ފަރޮސްމާތޮޑާ އަދި ތިނަދޫއިން) ފުވައްމުލައް އަދި އައްޑޫސިޓީ ކަނޑުދަތުރުފަތުރުން ގުޅާލުމަށްޓަކާ މިހާރު ބޭނުންކުރާ (50 މީހުންގެ ލާންޗް) ކުދި ލޯންޗްގެ ބަދަލުގައި ސަތޭކަ ނުވަތަ 150 ޕެސެންޖަރުންގެ އިތުރަށް ކޮންމެވެސް ވަރަކަށް ކާގޯ އުފުލޭގޮތަށް (ޕެރިޝަބަލް ތަކެތިވެސް އުފުލަން ކޫލް ރޯމް ހަދާފައި) ބަދެގައިވާ ފެރީ ބޯޓް ހެދުން ވަރަށް މުހިންމު. # ބޭނުމަކީ ދަތުރުވެރިންގެ އަތުން ނަގާ އަގު ކުޑަކުރުމާއި ސަރަޙައްދީ އިޤްތިސޯދަށް އެހީތެރިވުން.
އަފްރާސިޔާބު
15 July 2023
150 މީހުން މާގިނަ. އެހެންނަމަވެސް 50 މީހުންގެ ޖާގައިގެ ފެރީ ރަނގަޅުވާނެ. ތަންކޮޅެއް ގިނައިން ކާގޯ އުފުލޭގޮތަށް ހަދާފައި.
ޢެދުރު
13 July 2023
ކަމަކު ނުދެއޭ. ރަށްރަށަށް ލިބޭ ޖާގަ މާ މަދު. ރަށަކަށް މަދުވެގެން 20 ސީޓު ބޭނުންވޭ. މިހާރު ލިބެނީ ހައެއްކަ ސީޓު.
ޕޮލިސީ
13 July 2023
ސަރުކާރު ޕޮލޮސީގެ ތެރޭގައި ނުހިމެނޭ ނޫންތޯ ހުވަދުއަތޮޅެއް. ޔަގީނުންވެސް ހެލްތު މިނިސްޓްތީގެ ޕޮލިސީގައި ނުހިމެނޭ
އަފްރާސިޔާބު
15 July 2023
ކަލެއާތަ ހެލްތު މިނިސްޓްރީ ހިންގުން ޙަވާލުކުރީ. ޕޮލިސީ ތެރޭގައި ނުހިމެނޭ ކަމަށް ތިބުނީ.
ޢަލީހާދީ
13 July 2023
މިއީ ވަރަށްވެސް ރަގަޅު ވީ ފަސޭހައެއް. މިކަހަލަ ރަގަޅު ކަމެއްގެ ޚަބަރެއް ވަޔަކު ނުހިފާނެ. ކޮންމެ ބަޔަކު ކުރިޔަސް މިއީ ވަރަށް އުއްމީދުކުރިކަމެއް. ދެން 1500 ރުފިޔާ ދީފަ ރަށަށްކޮންމެ ފަހަރަކު ނުގޮސްވާނެ