ކ. ގުރައީދޫގައި ރައީސް މިއަދު ވާހަކަ ދުޅު ދައްކަވަނީޅ އެ ރަށުގައި ސަރުކާރުން ހިއްކައި ދިން ބިމުން ގޯތި ނުދީ އޮތުމުން އެމަނިކުފާނު ވަނީ ރަށު ކައުންސިލަށް ފާޑުވިދާޅުވެފަ --- ފޮޓޯ: އެމްޑީޕީ
13 ޖުލައި 2023 - 20:45
މި ސަރުކާރުން ކ. ގުރައިދޫގައި ހިއްކި ބިމުން ގޯތި ނުދޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ރަށު ކައުންސިލަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، މާލެ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ، ގުރައިދޫ އަށް ވެސް ވަޑައިގެންފަ އެވެ.
އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން، ރައީސް ވިދާޅުވީ ގުރައީދޫ އަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ހުރިހާ ވައުދެއްހެން ގާތްގަނޑަކަށް ފުއްދައި ދެވި ފުރިހަމަ ވަމުންދާ ކަމަށެވެ.
މިއަދު ގުރައީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފޫލު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ކައުންސިލުން ގޯތި ނުދޭނަމަ ގާނޫނަށް އިސްލާހް ގެނެސްގެން ނަމަވެސް ގޯތި ދެއްވާނެ ކަމަށް --- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވީ އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ރަށުގެ ބިން ހިއްކައި ދިނުމަށް ވެވަޑައިގެންވި ވައުދު ކަމަށެވެ. އެ ވައުދު ސަރުކާރުން ފުރިހަމަ ކޮށްދީފައި ވިޔަސް އެ ބިމުން ރައްޔިތުންނަށް ގޯތި ނުދީ އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބިން ހިއްކީ ރަށުގައި އުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް. އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި ރައްޔިތުންނަށް ދިނުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއް. މިހާތަނަށް އައިއިރު ވެސް އެކަން ނުކޮށް ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައި ދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިހާރު މި ރަށަކު ނެތް."
ގުރައީދޫ އަށް ރައީސް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ވިދާޅުވި؛ ގުރައީދޫއިން ފްލެޓް ނުވަތަ ރޯ ހައުސް ދިނުމަށް މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ރައްޔިތުންނަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ދޭކަށް އަޅުގަނޑުމެން ދެން ނެތިން. އަޅުގަނޑަށް ޔަގީން މި ރަށުގެ ރައްޔިތުން ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދަންނާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވިޔަސް. ރިޔާސީ އިންތިހާބު ކަމަށް ވިޔަސް. ކައުންސިލް އިންތިހާބު ކަމަށް ވިޔަސް. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔާ ރައްޔިތުންނެއް ދެން މި ރަށަކަށް ނުހޮވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގުރައީދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން، އެ ރަށުން ފްލެޓް ނުވަތަ ރޯ ހައުސް ދިނުމަށް، އެމަނިކުފާނުގެ ކުރިއަށް އޮތް ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިދާދު
14 July 2023
ގުރާދޫ މާފުށި އެއީ މާލޭސަރަހައްދު މާލޭން ބިން ހައްގު އެމީހުންނައްވެސް
ކަނބިލި
14 July 2023
ރޯނުޖަހާ ކަޑަ ޖަހާ ގޯތި ދިނީ ވޭތުވެ ދިޔަ ގަރުނުގައި. އެއީ ބިމުގެ އަގާއި ޑިމާންޑު އެހާވަރަށް ނޯންނަ އިރު. ވެރިންގެ ވިސްނުން މިހުރީ މިދިޔަ ގަރުނުގެ އަށްޑިހައިގެ ތެރޭގައި މީހުންގެ ވިސްނުން ހުރިގޮތަށް. ރާއްޖޭގެ މުސްތަގުބަލާމެދު ކަންބޮޑުވަން.
ގޯތި
14 July 2023
މީނާ މި ވިދާޅުވަނީ މީނާގެ ވެރިކަމެއްގައި ގުރައިދޫ ހިއްކި ބިމުން ގޯތިދޭނަމޯތަ؟
ތާސްކުޅޭ ޔާމީނު
14 July 2023
ކޮންއިރަކުންތޯ މާލޭގެ ފުލެޓް ލިސްޓް އިއުލާން ކުރަނީ.
ކާފު ގުޅި
13 July 2023
ގުރައިދޫ މީހުންނަށް ވެސް ކަނޑުއަޑިން ގޯތި ދީބަލަ. އެމީހުންނަށް ކީއްވެތަ ހުޅުމާލެން ގޯތި ހައްގު ނުވަނީ؟ އެވެސް ކާފު އަތޮޅު. މިވެސް ކާފު އަތޮޅު. ހުޅުމާލެއިން ކ.މާލެ މީހުންނަށް ގޯތި ދޭ ގޮތަށް އަހަރުންނަށް ވެސް ދޭން ޖެހޭނެ އެހެންވީމަ
ދޯޕައްޓާ
13 July 2023
މާލެއަކީ ސިޓީއެއް އައްޑޫއަކީ ސިޓީއެއް، ހިނގަނީ އެއްގާނޫނެކޭ ކިޔަނީ، އައްޑޫގަ ބިންހިއްކާފަ ކައުންސިލުން ހަދާއެއްޗެއް ހަދަހަދާ 6 އަހަރުވަނީ އަދި ގޯއްޗެއްނުދެވޭ. މިއިރު ކަނޑުއަޑީގަ ތަން އޮއްވާ ޑިޒައިންނިންމާފަ ސީދާ ސަރުކާރުން މާލޭމީހުނަށް ބިންބަހަން އެއުޅެނީ.
ޕެޓީކޭސް
13 July 2023
ކުރީ ސަރުކާރުތަކުން ހިއްކި ބިންތަކުން ގޯތި ނުދީ ކަލޭ ފެކުސަންގެ ކައުންސިލުތައް ތިބޭ ވާހަކަ ފުރަތަމަ ކައެ ދައްކަބަލަ. އަސްލަންޓެ ގެ ނޮހޮރޮއްޕާން ވެސް ވަކި ކުޑައެއް ނޫން އެކަމުގައި.
ާއުނިމާ
13 July 2023
ސިޓީ ކައުންސިލް ބައިވެރިނުކޮށް މާލެއިން ގޯތި ދިންގޮތައް ހައުސިން މިނިސްޓްރީން ދޭނެވީނޫންތޯ..ލޮލް
ޕިކްސް
13 July 2023
ގޯތި ދިންނަމަ އެވާނީ ރައީސް ދިން އެއްޗަކަށް. ގޯތި ނުދެވި އޮތީމަ ކައުންސިލް ބޮލަށް އެކަނޑާލީ.
ޢަލީ އަހުމަދު
13 July 2023
ގޯތި ލަސްވަނީ ހައުސިންމިނިސްޓްރީގެ ސަބަބުން