"އެމްޑީޕީ އުފެއްދީ ނަޝީދަކަށް ނޫން. ލީޑަޝިޕް ބަދަލުވުމުން ޒާތީވެ، ޑިމޮކްރެޓްސް އުފެއްދައި ހަމައެކަނި ސިޔާސަތަކީ ނަޝީދާއި ނަފްރަތު ކުރިއެރުވުން،"
އެމްޑީޕީގެ އެންމެ ފަހުުގެ ކޮންގްރެސްގައި ހިނގި މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވަނީ: އެމްޑީޕީ ރޫޅާލަން ނަޝީދު ބިރުދެއްކުމަކީ ހިތާމަކުރާ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޖުލައި 2023 - 18:43
ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ހަމައެކަނި ސިޔާސަތަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަން ނަފްރަތު އުފެއްދުން ކަމަށް ވިޔަސް އެ މަގްސަދު ހާސިލްކުރަން އެމްޑީޕީ ރޫޅާޅައި ފުނޑުފުނޑުކޮށްލިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ރޭ ވަނީ އެމްޑީޕީގައި ހުންނަވައި އެމަނިކުފާނު އިސްވެ އުފެއްދެވި، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފަ އެވެ. އަދި "އެމްޑީޕީ ރޫޅާލާނެ" ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"އެ ބޭފުޅުން އުފެއްދެވި ޕާޓީއާ ބައިވެރިވާ ކަމަށް ފާހަގަވަނީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ތިބޭނެ ބަޔަކާއި ސަރުކާރު ދެކެ ޒާތީ ކަންކަމުގައި ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބޭފުޅުން. އެއީ މައްސަލައެއް ނޫން." ފައްޔާޒް
މި ޕާޓީ ނަޝީދު އުފެއްދެވީ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގެވުމަށް ފަހު އެވެ. ރޭގެ ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމުގެ ކުރިން ވެސް މަގްސަދަކީ ޑިމޮކްރެޓްސްގެ ތެރެއިން އެމްޑީޕީ އަލުން އަނބުރާ ހޯދުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ރޭ ސޮއި ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
"އޭރު ލީޑަޝިޕަށް އައްޔަން ކުރެވުނީ ރައީސް ނަޝީދު. އެ ބަދަލުވާ ކަމެއް. އެކަން ގަބޫލު ނުކުރެވިގެން މިއުޅެނީ."
ރާއްޖޭގައި މިވަގުތު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރޫޅާލައި ފުނޑުފުނޑުކޮށްލުން އެއީ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ކަމަށް ވަނީ ނަމަ އެއީ ހުވަފެނެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އެކަން އެހެން ވިޔަ ނުވެސް ދޭނަން, ނުވެސް ވާނެ," ނަޝީދަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އެމްޑީޕީގެ ގްރޫޕެއްގައި ވިދާޅުވީ އެ ޕާޓީގެ ކުރީގެ ރައީސް އެހާ ޒާތީކޮށް އެމްޑީޕީ އާއި ޕާޓީގެ އާއްމު މެމްބަރުންނާ މެދު ބަސް ވިދާޅުވުމަކީ ހިތަށް ތަދުވި ކަމެއް ކަމަށެވެ. އޭގެއިން ސާފުވެގެން ދިޔައީ މައްސަލައަކީ ޒާތީ މައްސަލައެއް ކަން ކަމަށް ވިދާޅުވި އެވެ.
އަދި ޕާޓީ އާއި ސަރުކާރުގެ ބާރުވެރިކަން އަބަދުވެސް އޮންނަން ޖެހެނީ ވަކި ބައެއްގެ ނުވަތަ ވަކި އާއިލާއެއްގައި ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާ ކަމެވެ.
"މިއީ މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ އެތައް ބައެއްގެ ވިސްނުމެއް ނޫން. އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދު އާއި އާއިލާއަށް އުފައްދައި ދޭ ޕާޓީއެއް ކަމަށް," ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
"އޭރު ލީޑަޝިޕަށް އައްޔަން ކުރެވުނީ ރައީސް ނަޝީދު. އެ ބަދަލުވާ ކަމެއް. އެކަން ގަބޫލު ނުކުރެވިގެން މިއުޅެނީ."
ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ބިރުދެއްކެވުމަކީ ވަރަށް ނާތަހުޒީބު އަމަލެކެވެ.
"އެ ބޭފުޅުން އުފެއްދެވި ޕާޓީއާ ބައިވެރިވާ ކަމަށް ފާހަގަވަނީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ތިބޭނެ ބަޔަކާއި ސަރުކާރު ދެކެ ޒާތީ ކަންކަމުގައި ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބޭފުޅުން. އެއީ މައްސަލައެއް ނޫން." ފައްޔާޒް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ނަމުގައި ޕާޓީ އުފައްދައި ކުރިއަރުވަން ބޭނުންވާ ހަމައެކަނި ސިޔާސަތަކީ ނަޝީދާއި ނަފްރަތު ކަމަށް ވަނީ ނަމަ އެކަން ކުރިއަރުވަން ޕާޓީ ހެދިދާނެ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ރޫޅާލައި ފުނޑުފުނޑުކޮށްލުން އެއީ ހުވަފެނެއް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއަށް ދެ ވަނަ ދައުރެއް ހޯދަން ކެމްޕޭން ފަށާފައިވާ އިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން ބޭފުޅެއް ކަން އަދި އިއުލާނެއް ނުކުރެ އެވެ. ޑިމޮކްރެޓްސް އިން އަންނަނީ ސިޔާސީ ކަންކަމުގައި އިދިކޮޅު ޕާޓީތަކަށް އެއްބާރުލުން ދެމުންނެވެ.
ޕާޓީ ނުއުފައްދަނީސް "ފިކުރުގެ ދިރުން" ނަމުގައި ތިބެ ޖުމްހޫރީ ޕާޓީއާ އެކު ރިޔާސީ އިންތިހާބަށް ވާހަކަ ދެއްކުމަށް ފަހު ބަރުލަމާނީ ނިޒާމު ގެންނަން ހުށަހެޅުމާ ހަމައިން އެ ވާހަކަތައް ހުއްޓުމުން މިހާރު ވާހަކަ ދައްކަމުން އަންނަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއާ އެވެ. އެ ޕާޓީއާ އެކު ދައްކާ ވާހަކައިގެ މިސްރާބަކީ އެއް ކެންޑިޑޭޓަކު ނެރުން ކަމަށް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައިވިޔަސް ޕީޕީއެމުން ބުނަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.
އެމަނިކުފާނުގެ ޓިކެޓް، އެހެން ބޭފުޅަކަށް ދީގެން އިންތިހާބުގައި މަސައްކަތްކުރުމުގެ ޕްލޭނެއް މަޝްވަރާއެއް ވެސް ނުހިނގާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެތްއެނގެނީ
15 July 2023
އެއް ބުރުން އިބޫއަށް ނުވީމަ އެއްކަލަ އަންނިއާ ދިމާލަށް ހަމަ އެނބުރެންޖެހިދާނެ. އަންނި ބޭނުންވާ ކަންކަމަށް އެންމެ ފަހުން އެއްބަސްވެ ދެވަނަ ބުރުން ކާމިޔާބު ހޯދަން އުޅޭނީ އެންމެ ފަހުން ހަމަ އޭނަ ގޮވައިގެންކަމަށްވެސް ވެދާނެ.
ދެންދޯ މޮޔަވެއްޖެ
15 July 2023
މީ ސިޔާސީ ވެރިއެއްތަ؟ ނޫނީ ފިތުނަ ވެރިއެއްތަ؟ ނޫނީ ޙަސަދަ ވެރިއަކީތަ؟ ސިޔާސީ ވެރިންނަކީ ބުއްދިވެރި ޙިކްމަތްތެރި މަޑުމައިތިރި ބައެއް. އެމީހުން ބޭނުންވާނީ ތިމާއަކީ މާތް މީހެއްކަން ދައްކަން. ޜައްޔިތުން ކުރިމަތީ އަބުރުވެރި އެއްކަން ދެއްކެން. މީނަގެމިހުރީ ، މަނޫނީ ބުއްދިއެއްހުރިމީހަކުނެތް. މަގޭމައްޗަށް ބަސްކިޔައިގެން ނުވާނެ. މަށަށް ތާއީދުކުރާމީހުކު ނޫނީ އުޅެގެންނުވާނެ. މަގޭ ބާރނޫނީ ހިނގައިގެން ނުވާނެ. އެކަމަކު މީހަކު މިއަދު ބަލައެއްނުގަނޭ. މޮޔަވެއްޖެ
ައޖީޖީ
15 July 2023
އެކަމު ވިސްނާތި ! އެގޭގަ އުޅޭ ރޫޅަން ވަަރަށް ފަރިތަ ސޮރެއް!
ކުނި އެމްޑިޕި
15 July 2023
އެކަމު ހާދަ ވަރަކަށް ތިތިބަ ރޫރޫ އަޅަނީ އަންނި އެހެން ބުނެގެން؟ ފުރިފަ ހުރިއެއްޗެއް ނަމަ ގުޑުގުޑެއް ނާޅާނެ. ތިޔާ ހަމަ އެތެރެ ނުބައި ވެފަ އޮތް ކާއްޓެއް ކަހަލަ ޕާޓީއެއް އެ ކާށި ތެރޭ ދުވަނީ ޕެޓީ ކޭޝާ ކޮރަޕްޝަންގެ ފުޅަ އޭ ކަލޯ މެނޭ
ހިބިރިންބެއްޔާގެ ކުޑަސޮރު
15 July 2023
ނަޝީދަކީ ބައިކުޅަބައެއް. ނަޝީދަކަށް އެމްޑީޕީއެއް ވަކިއިތުރަކަށް ބައިބައެއްނުކުރެވޭނެ. ނުރުހުންތެރިވެގެން ނުކުންނަ އެހެން ފެކްޝަނަކުން އިތުރަށް ދެން އެމްޑީޕީ ބައިބައިވަންޏާ ބައިބައިވާނީ.
އަހޭ
15 July 2023
ނަޝީދު އެ ވިދާޅުވާ އެއްޗެއް ފަހުމެއްވެސް ނުވި. އެމްޑީޕީ ރޫޅާލަކަށް ދެން ކުރާނެ އިތުރު ކަމެއް ނެތް، އެ އޮތީ ރޫޅިފަ. ދެނެއް ހަމަ ހިލާ އެ ޕާޓީ އެއް ނުހިފެހެއްޓޭނެ. މެމްބަރުން ވަކިވާނެ. އަދި ޑިމޮކްރަޓުންނާއި ގުޅޭނެ.
އެކްސްް
15 July 2023
ދިވެހިރާއްޖެ ތިކިޔާ ޑިމޮކްރަސީއަކަށް ފައްކާވާނީ، ރޫހާނީ ލީޑަރު ސްޓައިލްދޫކޮށް، އާލީޑަރޝިޕަކަށް ފުރުސަތުދެވެން ފެށިދުވަހަކުން. މިކަމެއް އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ޑީއާރުޕީ ތެރެއިން ޕީޕީއެމް އުފަންވެގެން. އޭގެ ފަހުން، ކުރީގެ ރައީސް މައުމޫން އެމްއާރުއެމް، އަދި ކުރީގެ ރައީސް، ނަޝީދު، ދަ ޑިމޮކްރެޓްސް ހަދައިގެން. އަދި ޕީއެންސީވެސް. މިއީ މިކަން ހިނގަންވާ އުސޫކުކަމަށްވަންޏާ، ކޮންމެ 5 އަހަރަކުން ޕާޓީއެއް އުފައްދާނެ.
ކައުސަރު
15 July 2023
އަޅުގަނޑުމެން އެމްޑީޕީ އެއްމެ ހާލުގައި އޮތް ދުވަހު މުޒާހަރާތަކުން ފެނުނު އެކަކުވެސް ތިޔަ އެމްޑީޕީއަކު ނެތް! އެއިރު އަޅުގަނޑުމެންު މުޒާހަރާ ކުރަން ނިކުތީމާއި ފައްޔާޒު އިންނަވާނީ މުލިއާގެ ފުރަގަހުގައި ހުންނަ ޑައެޓް ނޯމޯ ކިޔާ ކެފޭއެެއްގައި ކޮފީ ބައްލަވަން! ބުރަ މަސައްކަތާއި ލެއާއި ކަށްޓާއި މަހާއި ވަކީވާ ވަރަށް އަނިޔާ ހޯދައިގެން އެމްޑީޕީ ވެރިކަމަށް ގެނައީ ކަރަޕްޝަނުން މިޤައުމުން މިންޖުކުރާށެވެ. ނަމަވެސް ކަންވީ ހީކުރިގޮތާއި ޚިލާފަށެވެ.
ަސޭޑް
15 July 2023
މިޙާރުވެސް ރޫޅިފައޮތީ
ޓިންކޫ
15 July 2023
ފައްޔަމެއް ހާދަބިރުންނޭ ތިއުޅެނީ. ހަމަޖެހޭ ދިރިއުޅޭ.