މަންޑޭ: އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފައި
16 ޖުލައި 2023 - 14:24
ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުންޏަށް ނޭނގި ފްލެޓްތައް ވިއްކި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައި، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރަން މިދިޔަ ހަފުތާގައި ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލިޔަސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށް، އޭނާ މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށީ ހަންބޯ ކުންފުންޏަށް ނޭނގި ފްލެޓް ވިއްކި ކަމަށް ބުނެ އެ ކުންފުނީގެ މައި ހިއްސާދާރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުސްރާ
16 July 2023
މަމެން ލޮލުގަ އަނދުން އަޅުވަން އިސްތިއުނާފު ކުރަނީ މިހާރު.
ކޮރަލް
16 July 2023
އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށެވެ. ޕާސްޕޯޓް ދޫކޮށްލީމަ ވެސް މިލިއަނުން ލިބެ އެވެ. ޕާސްޕޯޓް ހިފެހެއްޓީމަ ވެސް މިލިއަނުން އެބަ ލިބެ އެވެ. މީދެން ބަޔަކު މުއްސަނދި ވާން ކުރާ ކަމެކެވެ. ބައެއް ގާޒީންގެ މައްސަލަ ބަލަން ވީ އެވެ.
ކޮދަކޯ20
16 July 2023
އެހެންވީމާ މިފެންނަނީ އަދިވެސް ކޯޓުތައް ހަމައަކަށް ނޭޅޭކަން އެތާނއެތެރޭ އަދިވެސް ދީން ނުދަންނަ ދީނީ ހުކުންތައް ނުދަންނަ ފަނޑިޔާރުން އުޅޭކަން