ހިތަދޫ-ކުނަހަންދޫ މައްސަލައިގައި ރޭ ބޭއްވި ބައްދަލުވުމުގައި ހިތަދޫ ރައްޔިތުންނާ އެކު ކުރިއަށް ދަނީ: ހިތަދު އާއި ކުނަހަންދޫ ގުޅުވައިލާ ކޯޒްވޭގެ މަސައްކަތަކީ ރައީސްގެ ވައުދެއް.--
23 ޖުލައި 2023 - 14:22
ލ. ހިތަދު އާއި އެ އަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލަން ރައްޔިތުންގެ މަޝްވަރާ ހޯދަން ސަރުކާރުން ހިތަދު އަށް ފޮނުވި ޓީމުގެ މީހުން ރޭ އެ ރަށުން ބާލައިފި އެވެ.
އެ ކޯޒްވޭ ހެދުމަކީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ކުރިމަތިލެއްވުމަށް 2018 ގައި ވެވަޑައިގެންފައިވާ ވައުދެކެވެ.
އެ މަސައްކަތް ފެށުމުގެ ކުރިން ސާވޭގެ ކަންކަން 2019 އިގައި ހަވާލުކުރީ ފޯސައިޓް ސާވޭޔާސް ކިޔާ ބަޔަކާ އެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ.
ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވީ، ފޯސައިޓް ސާވޭޔާސްގެ ޓީމުން އިއްޔެ އެ ރަށަށް ދިޔައީ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ދީ، މަޝްވަރާކޮށް، ހިޔާލު ހޯދުމަށް ކަމަށެވެ.
"އެ ކުންފުނީގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވައިދޭން އެދުނީ. އެހެންވެ، އެ ބައްދަލުވުން ބާއްވަން އަޅުގަނޑުމެން އެރޭންޖް ކޮށްދިނީ،" އޭނާ ވިދާޅޫވި އެވެ.
"އެއީ 2019 ވަނަ އަހަރު ފެށި މަސައްކަތެއް. ހަތަރު އަހަރު ވެގެން ދިޔައިރު ވެސް އަޅުގަނޑުމެންނަށް ވެސް ނޭނގޭ މިހާރު އެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށް ކަމެއް. އެއްވެސް މައުލޫމާތެއް ނޭނގޭ،"
ޝައްމޫން ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ މައުލޫމާތުދީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް މީގެ ކުރިން ވެސް ހަތަރު ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، ކޯޒްވޭ އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް ލަސްވީމާ ހިތްހަމަ ނުޖެހުން އޮންނާނެ. އެކަމަކު އެ ބޭފުޅުން ރަށުން ބޭލުވުން ގޯސް. އަޅުގަނޑަށް ވެސް އެކަން ރަނގަޅެއް ނޫން. ވާހަކަ ދައްކައިގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ، ރަށުން ބޭލުވުން ގޯސް،"
ފޯސައިޓް ސާވޭޔާސް އިން ކުނަހަންދޫގެ މީހުންނާ އެކު ބާއްވަން އުޅުނު ބައްދަލުވުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބައްދަލުވުމުގައި ތިބި މީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު ބަހުން މުހާތަބުކޮށް އަދި އަޑުގަދަކޮށް ބައްދަލުވުން ކުރިއަށް ގެންދަން ހުރަސް އަޅައިފަ އެވެ. އަދި އެ ކުންފުނީގެ މީހުން ލޯންޗާ ހަމައަށް ދިޔައިރު ވެސް ފަހަތުން އަޑުގަދަ ކުރަމުން ދިޔަ ތަން ވީޑިއޯ އިން ފެނެ އެވެ.
ހިތަދޫ-ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލާނީ ދެ ރަށް މެދުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މެންދޫ ހިމަނައިގެންނެވެ. އެ މަޝްރޫއުގެ އަގަކީ 75.20 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
24 July 2023
ލ. އަތޮޅު މީ ވަރައް ނާތަހުޒީބު ތައުލީމީ ފެންވަރު ދައް މީހުން އުޅޭ އަތޮޅެއް
ޖަރުމާ
23 July 2023
ނުކިޔަވާތިބި ގަމާރުމީހުންގެ އަމަލެއް. އެބަޔަކުގެ އަސްލު ފެންނާނީ މިކަހަލަގޮތްހޮތުން. ދެން ތިބައިގަނޑު މާލެއައިސް މާލޭން ގޯތިނުލިބިގެން ވެސް އުޅޭތަން އަންނާނެ.
ސިކުނޑި
24 July 2023
ގަމާރީ އެ މަސައްކަތް ހަވާލުވި މީހުންނާއި އެބަޔަކާއި އެމަސައްކަތް ހަވާލު ކުރިބައެއް! ރައްޔިތުން 4 އަހަރު އަހަރުވަންދެން ކުރި އުންމީދު އިތުރަށް ހަނދާންކޮށްދޭން ހަމަޖެހޭ މީހެއް ނުދާނެ! އެ މީހުންނަށް އެރަށް ދާން ކެރުނުކަން އަހަންނަށް ދެރައީ!
ހިބިރިންބެއްޔާގެ ކުޑަސޮރު
23 July 2023
2019 ގާ ކަޑަޖެހިގޮތަށް އަދިކިރިޔާ އެދައްކާލީ. ރައްޔިތުން ރުޅިމަޑު.
ރާކަނ
23 July 2023
ގަމު ފުލެޓު އަޅާފަ ލާމުގެ ނުގުޅިހުރި ރަށުގެ އެންމެން އެރަށް ބަދަލުކުރުން އެއީ އެންމެ ރަނގަޅު ގޮތް.
ހުސްނުހީނާ
23 July 2023
ތިހާގޮތްކުޑަ، ނާތަހުޒީބު ބަޔަކު އުޅޭތަނެއް ތަރައްގީ ކުރަންއުޅޭނީ މޮޔައިން! ތަރައްގީނުވެއޮތީ ކީއްވެގެންކަން މިހާރުމިއެނގުނީ!u
ތަހުޒީބު
23 July 2023
މިހާރު އެކަން ނާތަހުޒީބުވީ. ވަކިބަޔަކު ކުރީމަ ތަހުޒީބުވަނީ. ކަމަކީ ހަމަ އެއްކަމެއް. މަެްސަލައަކީ ހަމަ ލަހީ، ނޭނގެނީ. ނޭނގޭކަންވެސް ނޭނގެނީ.
ބިކޯޒް-ވޭ
23 July 2023
ތިވަރު ބަޔަކު އުޅޭތާކު ޕްރޮޖެކްޓް ހިންގަން އުޅޭކަށްނުވާނެ. މާ ރިސްކް ބޮޑު.
ހިމާރުލްގައުމު
23 July 2023
އިބްރާހިމާ ވަރަށް ލާއިގު ލަަގަބަކުން ގޮވީ. ހަޖްމ ޕްލީޒް
ހަފަތާއަކުން
23 July 2023
ހަފަތާއަކުން އެއަޕޯޓެއް ކުރަހާ އެމްޓީސީން އެހާލަސްވީމަ މިސަރުކާރުގެ ޕްރިއަރިޓީ ވަރަށް ސާފު
ދެރަ
23 July 2023
ރަށުން ބޭލީމަ ކޮޒުވޭ މަސައްކަތް ކުރިޔައް ދާނެ ބާ؟ އިސްލާމް ދީނުގެ ރިވެތިއުސޫލުން މަސްވަރާކޮއްގެން ހައްލު ހޯދަން ނެންގުނުބަޔެއް!
ހުސެން....
23 July 2023
މީ އަސްލަންޓޭ އިބޫ އަށް ދޭ ލަޑު.... އަސްލަމް ވަރަށްމޮޅުވާނެ ފޮނި އަގަތަޅަން.... ފަރެސް މާތޮޑާ އެއަރޕޯޓް އަކީ އަމިއްލަ މަސްލަހަތު އިންތިހާއަށް އޮތް ޕްރޮޖެކްޓް އަކަށް ވާތީ ވަރަށް އަވަހެއްނު....