ޔާމީން: އެމަނިކުފާނުގެ އިންތިހާބީ ހައްގުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
23 ޖުލައި 2023 - 14:38
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ރޭ ބުނިގޮތުގައި، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާތީ އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު މި ވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނު މިނިވަންވެއްޖެ ނަމަ އެވެ.
ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ އެއް ފަނޑިޔާރަކު މި ވަގުތު ޗުއްޓީގައި ހުންނެވުމުން މައްސަލާގެ އަޑުއެހުންތައް ވަނީ މެދުކެނޑިފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގައި ބަންދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަ ޑިމޮކްރެޓްސް
24 July 2023
ދޮންމަނިކު އަމިއްލައަތުން ކޮށާ މަށާ ފައްކާކުރި ކުރި މަޅިއަށް އަމިއްލަ ކަރު މަހާލަން މިޖެހުނީ. އެމަޅިއަކީ އަންނިގެ ކަރަށް ފެއްތި މަޅި. އެކަމުގެ ސަބަބުން ޤައުމު މިވަނީ މުޞީބާތުގެ މައްޗަށް މުޞީބާތާ ކުރިމަތިލާން ޖެހިފައި. އެކަމުގެ އެންމެ ފޮނި އަދި އެންމެ ހިތި ތަޖްރިބާވެސް ކުރަމުންދާ ބޭފުޅަކީ ރައީސް ޔާމީން. ޤަބޫލުކުރިއަސް ނުކުރިއަސް މީ ޙަޤީޤަތް. ކަންކަމަށް ޤާބިލުނޫން މީހުން މަޤާމްތަކުގައިތިބެ ޤައުމު މިދަނީ ފުނޑަމުން
ބްލޮކް
24 July 2023
ދުސްތޫރީ މައްސަލަ ޢާންމުންނަށް އޮޅުން ނުފިލާނެކަމަށް ޖަމީލުމެން ޖައްސާ ސްޓަންޓް. ތިއޮތީ އަތަށް ގޮވާފަ.
ބޮލްލޭ
24 July 2023
ޔާމީނު މިވަންކުރޭ އިބޫ ވަގުވަގުތަށް އިސްތިއުފާދީފަ ބާކީ މިއޮތް ދުވަސްކޮޅު ސަރުކާރު އޮޕަރޭޓްކުރަން އަންނިޔާއި ހަވާލުކުރާށޭ
ގުލުމީ
24 July 2023
އަމަލުން ތަރައްގީ ދެއްކި ރައީސް .. ތަރައްގިގެ ބާނީ
ހިދާޔާ މިސް
24 July 2023
ނިކަމެތިންނައް ފުލެޓުދިން ހަމައެކަނި ރައީސް
ލީލީ.
24 July 2023
ކުރީގެ ރައީސްއަކައް އެންމެ އަނިޔާވެރިވި ދައުރަކައް މިދައުރު ވެއްޖެ
ލާލާ
24 July 2023
މައުމޫނު ޖަލުގައި ބޭއްވީ އެއްބަފާ ލޯބިވާ ކޮއްކޯފުޅު ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ އޯޑަރަށް
އިސްމާލު2.0
23 July 2023
ޓިނެއްނުގާ އަދި ކުއްލި ހާލަތު ވެސް އިއުލާން ނުކޮށް މިއޮތީ މުޅިން ބަލިވެފައި. ދެރަވެސްވޭ.
ޚިދުމަތުގެ އެ ލާސާނީ
23 July 2023
ސިނަމާލެ ބުރިޖަކީ ހަމަހުރެލާފަ އެދިމާލުން އަޑިން އެރި ބްރިޖެއްނޫނެވެ. މިއީ އިދިކޮޅު ފަރާތްތަކުގެ ފުރައްސާރަ އާއި މަލާމާތުގެ އިތުރުން ރާއްޖެއަށް ލިބޭ ބޭރުގެ އެހީ ތަކަށް ހުރަސް އަޅަމުން ދަނިކޮށް މާތްﷲގެ ވާގިފުޅާ އެކު އޭރުގެ ރައީސް ޔާމީންގެ ހިތްވަރާ، ކެރުމާ، ވިސްނުންތެރި ކަމާއެކު ކުރެއްވި ބުރަ މިންނަތް މަސައްކަތުން ވުޖޫދުވި ބްރިޖެކެވެ.
ޢަރުތަ
23 July 2023
އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދުނީ ކީއްކުރަން، އިންތިޚާބު ކާމިޔާބު ކޮށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ކަށަވަރުކުރަން ހުށަހެޅިނަމަ މާތާހިރުވީސް ތޯއްޗެ، ކުރީ ފަހަރުހެން.
މުޑަހަންޖާ
23 July 2023
މަބުނީ، ކޮބާތަ އެއްކަލަ އަބްދުލްކަލާމު އެވޯޑު މިހާރު، އެކަހަލަ ސަނަދުތައް ނިކަން ހިނގާނެ ބޮޑެތި ވަޒީފާތަކަށް ފޯމުލާއިރު.