ރިޕޯޓް

އެކްސިޑެންޓެއްގައި މީހަކު މަރުވިއްޔާ ނޫނީ ފިޔަވަޅެއް ނޭޅެނީތަ؟!

ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަމެއް ނެތް. މީހަކަށް ބޮޑު އަނިޔާއެއް ނުލިބެނީސް، އެފަދަ މީހުންނާ މެދު ފިޔަވަޅު ފުލުހުން ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑު.

ޓްރެފިކް ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: ނުރައްކާތެރިކޮށް ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅޭކަމުގެ ޝަކުވާ އަބަދުވެސް ބޮޑު --- ފޮޓޯ/މިހާރު

ރާއްޖޭގައި ހިނގި މަގުމަތީގެ އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި އަދި އެތައް ބަޔަކަށް ދާއިމީ ނުކުޅެދުންތެރި ކަމަކާ ކުރިމަތިވެއްޖެ އެވެ. އަނެއް ބަޔަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވަނީ ހަމަ ކިރިޔާ އެވެ. ދުއްވާ މީހުންގެ އިތުރުން ހިނގާ މީހުންނަކަށް ވެސް މިހާރު މަގުމަތީގައި ރައްކާތެރިކަމެއް ނެތެވެ.

މާލޭގެ އެންމެ ބާރު ބޮޑު މަޖީދީ މަގުގައި ވެހިކަލްތައް އެ ދުއްވަނީ މަތިންދާބޯޓު ދުއްވާ ހެންނެވެ. އެ އިން ވެހިކަލެއް ދުއްވާފައި ދާ ވަގުތު ދެން ތިބި އެންމެން އެ މީހެއްގެ ސަލާމަތް ހޯދަންވީ އެވެ. ވެހިކަލްތަކުގެ އަޑުގަދަކޮށްގެން އެ ދުއްވާ ދުއްވުންތަކާ ހެދި އެތައް ބަޔަކު ރޭގަނޑުގެ ނިދިން މަހްރޫމްވެއްޖެ އެވެ.

ޕާކިން ޖޫރިމަނާ ކުރެވޭ، ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ފިޔަވަޅެއް ނޭޅޭ!

އެކަމަކު ޕާކިން ސްޓިކާ ޖެހުމާއި އަހަރީ ފީ އާއި ރޯޑް ވާދިނަސްގެ ހަމަތޯ ބަލަން މަގުތަކަށް ފުލުހުން ނުކުމެ އެ ކުރާ ބުރަ މަސައްކަތާ ގާތަށް ވެސް މިފަދަ ކަންކަމުގެ ފިޔަވަޅު އެޅޭ ތަނެއް ނުފެނެ އެވެ. ބޮޑު އެކްސިޑެންޓެއްގައި މީހަކު މަރުވެ ނުވަތަ ބޮޑު އަނިޔާއެއް ނުލިބެނީސް މީހަކު ހައްޔަރެއް ކުރެވޭ ކަމަކަށް ނުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބޮޑު އަނިޔާއެއް ނުވާ ނަމަ ކިތަންމެ ނުރައްކާތެރިކޮށް ދުއްވުން ވެސް ހުއްދައޭ ހީވާ ކަހަލަ އެވެ.

"ނުރައްކާތެރިކޮށް ދުއްވާފައި ގޮސް އެހެން ތަންތަނުގައި ސައިކަލު ޕާކްކޮށްފައި ހުއްޓާ ވެސް އަޅުގަނޑުމެން ހުންނާނެ ޓޯ ކޮށްފައި"

ދާދި ފަހުން މާލޭގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ލިބުމުން ވެސް، ސައިކަލު ދުއްވި މީހާ ހައްޔަރު ކުރެވުނީ އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. މި ނޫނަސް އެތައް މައްސަލައެއް މިގޮތަށް އެބަހުއްޓެވެ.

އަނެއްކޮޅުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަކީ މިހާރު ބޮޑު ވިޔަފާރިއެކެވެ. ބައިސިކަލެއް ދުއްވަން ނޭނގޭ މީހާ ވެސް ސައިކަލާއި ކާރުގެ އިތުރުން ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އެބަ ގެންގުޅެ އެވެ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ލައިސަންސަކީ ސްޓިކާއެއްހެން ރަށު ތެރޭގައި ބަހާ އެއްޗެކެވެ. ލައިސަންސް ދިނުމާ ބެހޭ ހަރުކަށި ގަވާއިދުތަކެއް ލިޔެފައި އޮތަސް، އެ މިންގަނޑުތައް ފުރިހަމަވޭތޯ ބަލާނެ ނިޒާމެއް ނެތެވެ.

އެޅޭނެ ފިޔަވަޅުތައް ބައިވަރު، އެކަމަކު ނަތީޖާއެއް ނެތް!

އެއްގަމު ދަތުރުފަތުރުގެ ގާނޫނު އޮންނަ ގޮތުން ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ޖިނާއީ ދައުވާ ކުރުމުގެ އިތުރުން އެ މީހަކު ދުއްވި އުޅަނދެއް ގިނަވެގެން 30 ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް އެބައޮތެވެ. ލައިސަންސް ނެތް މީހެއްގެ އަތަށް އުޅަނދެއް ދީފި ނަމަ އުޅަނދުގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވެ އެވެ.

"ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށް ފާހަގަވާ ނަމަ ދައުވާކުރުމަށްޓަކައި ފޮނުވަން"

ނުރައްކާތެރިކޮށް ދުއްވުމާއި އެކްސިޑެންޓްތަކުގައި މީހުންނަށް ލިބޭ އަނިޔާތަކަކީ ގާނޫނުލްއުގޫބާތުގެ ދަށުން ވެސް އަދަބު ކަނޑައެޅޭ ޖިނާއީ ކުށެކެވެ. އެކަމަކު، އެކްސިޑެންޓެއްގައި މީހަކު މަރުވެގެން ނުވަތަ ބޮޑު އަނިޔާއެއް ލިބިގެން ނޫން ގޮތަކަށް ޖިނާއީ ދަައުވާއެއް ފަހުގެ ތާރީހެއްގައި ކޮށްފައެއް ނެތެވެ. ދައުވާކުރާ މައްސަލަތައް ނިންމަން އެތައް އަހަރެއް ނަގަ އެވެ. މާލޭގައި 2012 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލަ ނިމުނީ އޭގެ 10 އަހަރު ފަހުން މިދިޔަ އަހަރު އެވެ.

އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެފައި --- ފޮޓޯ/މިހާރު

ނަމަވެސް ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މީހެއްގެ ފުރާނަ އަށް ނުވަތަ މުދަލެއް ގެއްލުމެއް ނުލިބުނަސް، ނުރައްކާތެރިކޮށް ދުއްވާ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަ އެވެ. އެފަދަ ބައެއް މީހުންގެ ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުރައްކާތެރިކޮށް ދުއްވާފައި ގޮސް އެހެން ތަންތަނުގައި ސައިކަލު ޕާކް ކޮށްފައި ހުއްޓާ ވެސް އަޅުގަނޑުމެން ހުންނާނެ ޓޯ ކޮށްފައި. މިސާލަކަށް ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވާފައި އައިސް މާލޭގެ ތަންތަނުގައި ޕާކް ކޮށްފައި ހުއްޓާ ވެސް ޓޯކޮށްފައި ހުންނާނެ ބައެއް އުޅަނދުތައް،" އޭނާ ވިދާޅުވި އެވެ.

"އެކްސިޑެންޓްވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަކީ ރާއްޖޭގެ ކޯޓުތަކުން ވެސް ބަލައިގެންފައި އޮތް ކަމެއް."

ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި ގޮތުގައި ކުދިކުދި އެކްސިޑެންޓްތަކުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ދިނަސް، ބޮޑެތި އެކްސިޑެންޓްތަކުގައި ޖިނާއީ ދައުވާކުރަން މިހާރު ވެސް ފޮނުވަމުން ދެ އެވެ.

"ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށް ފާހަގަވާ ނަމަ ދައުވާކުރުމަށްޓަކައި ފޮނުވަން،" އޭނާ ވިދާޅުވި އެވެ.

އުޅަނދުތައް ނުހިފަހައްޓަނީ ކީއްވެ؟

އޭނާ ވެސް ވިދާޅުވި ގޮތުގައި ނުރައްކާތެރިކޮށް ދުއްވަނީ އާންމުކޮށް އެއް ބައެކެވެ. އެކަމަކު ވިދާޅުވި ގޮތުގައި ވެހިކަލްތައް އެފަދަ މީހުންގެ ވެހިކަލްތައް ހިފެހެއްޓުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ދިގު މުއްދަތަށް ބެހެއްޓުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުއްޓެވެ.

"ނުރައްކާތެރިކޮށް ދުއްވާ ގިނަ މީހުންނަކީ އެކަން ތަކުރާރުކޮށް ކުރާ މީހުން. އެފަދަ މީހުންގެ ވެހިކަލްތައް މިހާރު އެބަ ދޫކޮށްލަން ޖެހޭ ދެ ދުވަސް ނުވަތަ ބައެއް ފަހަރު 72 ގަޑިއިރުވީމާ. އެއީ ގާނޫނުގައި ބުނާ މުއްދަތު ހަމަވީމަ ދޫކޮށްލަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އެ އޮފީހުގެ ސިޔާސަތު އޮތީ އެކްސިޑެންޓް މައްސަލަތަކުގައި ދައުވާ ކުރުމަށެވެ. އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުތަކުގައި ހިނގަމުން ދާއިރު، އަނެއް ބައި މައްސަލަތައް ސާބިތުވާ ކަމަށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސިޑެންޓްވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަކީ ރާއްޖޭގެ ކޯޓުތަކުން ވެސް ބަލައިގެންފައި އޮތް ކަމެއް،" ޝަމީމް އޭނާގެ ބްލޮގްގައި ކުރިން ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ލައިސަންސް ނެތުމަކީ އެކްސިޑެންޓް މައްސަލަތަކުގައި ކުށް ސާބިތު ކުރަން ބޭނުން ކުރެވޭނެ ކަމެކެވެ.

މަގުމައްޗަށް ނުނިކުމެ އަދި ތަންތަނަށް ނުގޮސް، އާންމުން ގޭ ބަންދުވެގެން ތިބެންޖެހޭ ހިސާބަށް މަގުމަތީގެ ރައްކާތެރިކަން ގެއްލިއްޖެ އެވެ. ކޮންމެ އަހަރަކު އެތައް އެކްސިޑެންޓެއް ހިނގަމުންދާއިރު ވެސް، ފިޔަވަޅަކަށް ވާ ފިޔަވަޅެއް އެޅެނީ މަދު ފަހަރެއްގަ އެވެ. މިއީ އަވަހަށް ހައްލު ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.

28 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީބެ

27 July 2023

ޢެކްސިޑެންޓް ތަކުގަ ލައިސަންސް އޮތިއްޔާ ކުށްވެރިވާނެ ގޮތެއްނެތީތޯ ޝަމީމޫ. ކެމެރާޔާ އެއްޗެހި ބަހައއޓައިގެން ހަޔާތްކުޑަކޮށް ދުއްވާ މީހާނުވަރަ އޭގެވެރިފަރާތުގެ ކައުސަންސް ބާތިލް ކުރުމާ ކިތައްމެ ކަމެއް ވަގުތުން ކުރާނަމަ ހުއްޓޭނެ.

The name is already taken The name is available. Register?

ޖާދޫ

27 July 2023

އައްޑޫ އަތޮޅު މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަމަގަކީ ހެލްމެޓް އަޅައިގެން ނޫނީ ނުދުއްވޭ މަގެއް އެކަމަކު އިންޑިޔާމީހުން ނަށް ހެލްމެޓް ނާޅާވެސް އެމަގުން ދުއްވުން ހުއްދަ

The name is already taken The name is available. Register?

ޢަރުތަ

26 July 2023

ސްޕީޑް ލިމިޓެއް ކަނޑައެޅިފަ އޮންނަ އިރު، އެއަށްވުރެ ބާރަށް ވެހިކަލް ދުއްވާމީހާ ހުއްޓުވާ ވަގުތުން ލައިސަންސް އަތުލާ ގޮތަށް ހަދާބަލަ، އޭރުން ހޭބަލިވަންދެން ދުއްވުން މަޑުޖެހިދާނެ، ހައިވޭއަށް އަރާފިއްޔާ ބައެއް ކަނބަލުންވެސް ހީވަނީ ތަނެއްގަ އަލިފާން ރޯވެގެން ދާހެން، މުއްގަނޑު ފެލާލަނީ ތިޔަބުނާހެނެއް ނޫން، ނަސީބު ރަނގަޅުކަމުން ދިމާވާ ހަދިސާތައް މަދީ، ސައިކަލުގަ ހައިވޭއަށް އެރުން ވަރަށް ރިސްކީ، އޯވަރޓޭކް ކުރަން ވަކިފަޅިއެއް ނުބަލަ، މިނިވަންކަމޯ ކިއާފަ.

The name is already taken The name is available. Register?

ދުއްވުން

26 July 2023

އެންމެ ބާރަށް ދުއްވާ މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިން ހިމެނޭ. މިއީ އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ ކަމެއް. ޢަދި ފަލަ މީހުންނާއި އަންހެނުން ވެސް ޢާއްމުކޮށް ބާރަށް ދުއްވާ ތަން ފެނޭ، އަދި ކޮންމެހެން ބޯދިގޭމެން ވަރަށް ނުދުއްވިޔަސް.

The name is already taken The name is available. Register?

ހަސަނު

26 July 2023

މާލޭ މަގުތައް މިހާ ނުރައްކާވެފާ މިއޮތީ ދައުލަތުގެ މުއައްސަސާތަކުގެ ދޯދިޔާ ކަމުން..

The name is already taken The name is available. Register?

ފަރީދާ އަ

27 July 2023

މުއައްސަސާތައް ނުހިނގީމަ ސުވާލުކުރަނއތިބީ މަޖިލީހު މެމްބަރުން. ޢެމީހުން އުޅެނީ ވަޒީފާ ދޭށާ ޕްރިޖެޖްޓް ހޯދަދޭންމ

The name is already taken The name is available. Register?

ޙިމާދު

26 July 2023

ހައިވޭ އިން ވެސް ކާރުތައް ބާރު ސްޕީޑް ގައި ގޮތް ސައިކަލް ލޭނަށް އަރަނީ. ޓުރެފިކް ލައިޓް ކައިރިން ވެސް ބާރު ސްޕީޑް ގައި ދަނީ.

The name is already taken The name is available. Register?

އަޑު

26 July 2023

ރައްޔިތުންގެ ފައިސާއިން 1.3 ބިލިއަން ރުފިޔާ ހަރަދުކުރާ ބަޔަކަށް އެއްކަމެއްވެސް ކުރެވޭ ތަނެއް ނުފެނޭ. ސްޓިކާ ޖެހުންފިޔަވައި. މިމީހުން ރައްޔިތުންގެ ހައްގަންވެސް މިހާރު އަރައިގަންނަމުން ދުވަނީ. މަސާޖް ޕާލާތަކާއި ބިދޭސީންގެ ވިޔަފާރިވެސް މިމީހުން އަޑީގައި ތިބެގެން ހިންގަމުންގެންދަނީ. ގޮތެއް ފޮތެއްނެތް

The name is already taken The name is available. Register?

ޢަރުތަ

26 July 2023

އަބަދުވެސް އެމީހުންގެ ބަޔަކު އަޑީގަ ތިބެގެން ތިހުރިހާ ކަމެއްވެސް ކުރަނީ، އެއްޔެއަކު އަދަކު ނޫން، އަބަދުވެސް ތިކަން ހިނގާގޮތް.

The name is already taken The name is available. Register?

ސައިޚް

26 July 2023

ކިތައްމެ ބާރަށް ސްކޫލްތައް ނިމޭގަޑީގަ ދުއްވާފަ ދިއަސް ފުލުހުން އަޅާނުލާ، ބޭރުމަގުންވެސް ޓްރެފިކް ލައިޓް ކައިރިންވެސް އެދަނީ ޒިގް ޒިގް ހަދަމުން ދުންް ޖަހާފަ، ފުލުހުން އަޅައެއްނުލާ، އެކަނި ނިކަމެތި މީހަކު ކިރިއާގޮތަކަށް ދިއަސް ހުއްޓުވަފާނެ، އެކަމަކު ގްރޫޕަކަށް ނިސްބަިތްވާ މީހަކު ހުއްޓުވާކަސް ފުލުހުންނަކަށް ނުކެރޭ، ހީވަނީ ބިރުގަންނަނީހެން ފުލުހުން،

The name is already taken The name is available. Register?

ޞަލާހު

26 July 2023

ޕޮލިސް ނަމުގައި ކޮމެންޓްކުރި ފަރާތަށް، "ފުލުހުން ރެޔާ ދުވާލު ނިންޖެއް އަރާމެއް ނެތި ކުއްވެރިންނާ ކުރިމަތިލަނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން" ފުލުހުންނަކީ ކޮންކަހަލަ މަސައްކަތެެއް ކުރާ ބައެއްކަމަށްތަ ހީކުރީ؟ ހުރިހާ އެންމެން އެކައްޗެއް ނުކިޔާނެދޯ އޭގައި ތެދެއް ނުވާނަމަ! ޕޮލިހުން ގޭންގުދެކެ ބިރުގަނޭ! ގޭންގުތަކުގެ މީހުންވެސް ޕޮލިހުންގެެ ތެރޭ އުޅެދާނެކަމީ ވަރަށް ގައިމުކަމެއް!!

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

26 July 2023

ކަންކަން ރާވާ، ޤާނޫނު ހަދާ ފާސްކޮށް ތަންފީޒު ކުރަން ވެސް ތިބީ ޤާނޫނު މުގުރާ މީހުން ކަމަށްވާތީ ގައުމުގެ ހާލަތު މިއޮތީ ޖަންގައްޔެއްގެ ހާލަތަށް ވުރެ ވެސް ދަށުގައެވެ. ( ވީއަރނޮޓްްއެލޯން ގެ ކޮމެންޓް ސަމަރީ) 100 ޕަސެންޓް ތެދު ވާކައެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454