ދަރަނބޫދޫ ސްކޫލްގެ ކްލާސް ރޫމެއްގައި، ޓީޗަރަކު ކިޔަވައިދެނީ.-- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
26 ޖުލައި 2023 - 12:41
ކިޔަވައިދިނުމަށް ޓީޗަރުންނަށް ދެން ހުއްދަ ލިބޭނީ ހަތަރު އަހަރުގެ ޑިގްރީ ނިންމުމުން ކަމަށް ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ބުނެފި އެވެ.
ތައުލީމީ ގާނޫނުގެ ދަށުން އިއްޔެ އާއްމުކުރި ގަވައިދުގައި ބުނީ، 2029 ވަނަ އަހަރުން ފެށިގެން ޓީޗާސް ލައިސަންސް ދޭނީ، ޓީޗިންގެ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކުރުމުން ކަމަށެވެ.
ނަމަވެސް، ގިނަ ކޮލެޖު/ޔުނިވާސިޓީތަކުގައި ޓީޗިން މިހާރު ގެންދަނީ ތިން އަހަރަށެވެ. އަދި ބައެއް ތަންތަނުގައި އޮންލައިން އަދި ބްލެންޑު މޯޑަށް ވެސް ޓީޗިން ގެންދެ އެވެ.
އެ ލައިސަންސްގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ކިޔަވައިދިނުމުގެ ކޯސްތަކަށް ގެނައި ބަދަލުތައް ކޮލެޖު އަދި ޔުނިވާސިޓީތަކާ ހިއްސާކުރާނެ ކަމަށެވެ.
"މިއީ، ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ކޯސްތައް ގެނައުމަށް ގެނައި ބަދަލެއް. އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑުމެން ތައްޔާރުކޮށް، ކޮލެޖު އަދި ޔުނިވާސިޓީތަކާ ހިއްސާ ކުރާނަން ޕްރީސާވިސް ކޯހެއްގައި ހުންނަން ޖެހޭ ސްޓެންޑާޑް. އެ ސްޓެންޑާޑް ހުންނަ ގޮތަށް ހަތަރު އަހަރު ދުވަހުން ތަމްރީނުވާ ކުއްޖާއޭ ކުރިއަށް އޮތް ތަނުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ،" ތާޖުއްދީން ސްކޫލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އާތިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔަވައިދިނުމުގެ ފެންވަރު، މިނިސްޓްރީން ކަނޑައަޅާ ވަރަށް ބަދަލުކުރަން އަންނަ އަހަރު ފުރުސަތު ދޭނެ ކަމަށެވެ. އެ އަށް ފަހު، ޖެނުއަރީ 2025 އިން ފެށިގެން ކުދިންނަށް ކިޔަވައި ދޭނީ ފޭސް-ޓު-ފޭސް މޮޑެލް އަށް ހަތަރު އަހަރަށް ކަމަށް ވާތީ، އެ ފެންވަރުގައި ޓީޗިން ފަށާ ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔެވުން ނިންމައި، ޖެނުއަރީ 2029 ގައި ހިދުމަތަށް ނުކުންނާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ފަހުން ޓީޗަރުންނަށް ލައިސެންސް ދޭނީ ފޭސް-ޓު-ފޭސްކޮށް ހަތަރު އަހަރުގެ ޑިގްރީ ފުރިހަމަކުރުމުން ކަމަށް އެޑިއުކޭޝަނުން ބުންޏަސް، ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދުގައި އެކަމެއް ބުނެފައެއް ނުވެ އެވެ. އެ ގަވައިދުގައި ބުނަނީ ހަމައެކަނި ހަތަރު އަހަރުގެ ޑިގްރީގެ ވާހަކަ އެކަންޏެވެ.
"މީގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ޓީޗަރުން ތަމްރީނުކޮށް، ދާއިރާއާ ގުޅެން. މިހާރު މި ކިޔަވާ ކުދިންނަށް އެއްވެސް ބަދަލެއް ނާންނާނެ. އެ ކުދިން ގްރެޖުއޭޓްވެގެން އައީމަ ލައިސެންސް ލިބޭނެ. މި ގަވައިދު އެފެކްޓިވް ވާން ފަށާނީ 2028 ގެ ފަހުން،" އާތިޔާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިދާޔާ މިސް
27 July 2023
ރަށުގަ ތިބެގެން ޓީޗިން އޮންލައިްނކޮއްވެސް ހެދޭނެ ވެރިޔަކު ހޯދަންޖެހޭ .. އެހެްންނޫނީ ބޮޑުކުލީގަ އަނެއްކާ ހަނާވާންޖެހޭނީ ނިކަމެތިން.. މީ ޓެކުނޮލޮޖީގެ ޒަމާން..މާފަހަތުގަ އުޅޭ ސުލޯބައެއްލައިގެން ނުވާނެ..
އަނީސް
27 July 2023
ބޯހިމެނުން މަތީޖާ ދައްކަނީ މިގައުމުގައި އަލަށް އުފަންވާ ރޭޓް ހުރީ މައިނަހުގަ ކަމަށް އެހެންވީމާ ކިޔަވާކަށް ނުތިބޭނެ މުސްތަގުބަލުގައި މާ ގިނަ ކުދިންނެތް. އެހެންވެ އެހާ ގިނަ ޓީޗަރުންނެއްވެސް ބޭނުމެއް ނުވާނެ. އުފަންވާ ރޭޓް ދައްވާ ވަރަކަށް މި ހުރިހާ މައްސަލަތަކެއްވެސް އަންނާނެ
ސޮހޮލޭ
27 July 2023
މިބުނީ ނޫންހޭ މިއުޅޭ ސޮހޮލޭ ލައިގެން މިކަމެއް ނުވާނޭ
ާއުނިމާ
27 July 2023
މ މިއުޅެނީ މަގޭ ދަރި ޓީޗަރަކަށް ހަދަން، ނަމަވެސް މިހާރު ދެން ދެވަނަވިސްނުމަލށް ދާން މިޖެހުނީ...
ދަނޑެހެލް
27 July 2023
މިފެންނަނީ ބޭރުގެ މީހުންނައް ފުރުސަތު ތަނަވަސް ކޮށް ދިނުމަައް ދުރާ ރާވައިގެން ހިނަގާޖަރީމާ ދިވެހިން މިގއުމުގަ ވާނީ ދެވަނަ ދަރަޖައިގް މިހަގީގަތް
ބަކުންބޭ
27 July 2023
އިންސާނާގެ އުމުރު ވަރަށްކުރު، 3 އަހަރުގެން ގިނަ ޔުނިވަރސިޓީތަކުން ޑގްރީ ހެދޭއިރު 4 އަހަރުގެ ޑިގްރީ އެއް ހަދަންޖެހޭ ސަބަބެއް ނުވިސްނޭ. ދެން ކިހާ ދެރަކަމެއ؟ އަލުގަނޑުމެންގެ ތަޢުލީމީ ނިޒާމް ބިނާވެފައިވަނީ އިނގިރޭސިވިލާތުގެ ކޮލިފިކޭޝަންސް، އގިރޭސީވިލާުތުން 3 އަހަރުން ޑިގްރީ ނިންމޭ. މީހުނަށް ތަކްލީފާ އުނދަގުލާ ޚަރަދު ބޮޑުކުރެވޭގޮތަށް ނޫނީ ކަމެއް ކުރަން ނޭގެނެީތަ؟ ހމމމ ކައިރިވެއްޖެ ދޯ ވޯޓް އަޅަންވެސް، ވިސްނާލާނަން.
މުކޭ ޕެޓީކޭށސް
27 July 2023
ޓީޗަރުން މޫނުބުރުގާ އެޅޫނޮ މަނާވީ ސިޔާސީ ވާހަކަ ދެއްަކުނަ މަނާވީ ދެނެ ދެވަނަ ދައުރަކައަ ހޮވިއަޖެއަޔާ ކިހިނެތް ވާނެބާ؟
އުޖާލާ
27 July 2023
ޓީޗަރުން ހަވަރައް ދެނީތަ؟
ޥޯޓުން
27 July 2023
މިވަރުންތަ މިގައުމުގަ އުޅެވެންވީ؟
މާލެގެ ބިންވެރިން މުއްސަދިކުރާ ޕުލޭން
27 July 2023
މަތީ ތައުލީމާ އެހެނިހެންވެސް ހުރިހާ ހިދުމަތެއް މާލެއަށް ތޮއްޖާސަފައި ރާއްޖެތެރެ މީހުން އެހިދުމަތްތައް ހޯދަން މާލޭގައި ކުލީގެ އަޅުންގެ ގޮތުގައި ގަނަ ތަޅުވާނެ ހުރިހާ ގޮތެއް މިވެރިން ހަދާނެ. ދެން ޓީޗިން ހަދަން ޖެހޭނީ މާލޭގައި ކުލީ އަޅުންގެ ގޮތުގައި އުޅެގެން ވަޓް ނޮންސެންސް އިޒް ދިސް؟؟؟؟