ޚިޔާލު

ކުޅިވަރާއި މުނިފޫހިފިލުވުމުގައި އިސްލާމީ މިންގަނޑުތަކަށް ތަބާވުން

މާލޭގައި ބޭއްވި ޝޯއެއް: މިއުޒިކާއި ނެށުން ފަދަ ކުޅިވަރުގެ އެކި ހަރަކާތްތައް ބާއްވަން އިސްލާމްދީން ހުއްދަ ކުރަނީ އެ ދީނުގެ މިންގަނޑުގެ ތެރޭގައި.---ފައިލް ފޮޓޯ: މިހާރު

އިންސާނުންނަކީ ތަފާތު ޣަރީޒާތަކާއި އެދުންތަކަށް ތަބާވާ މަހުލޫގުން ތަކެކެވެ. މީގެ ތެރޭގައި އުފަލާއި މަޖާކުރުމާއި ކުޅިވަރުކުޅެ މުނިފޫހިފިލުވުން ހިމެނެ އެވެ. (އަލްހަދީދު 20). މާތްވެގެންވާ އިސްލާމް ދީނުގެ އެންމެހައި ހުކުމްތަކަކީ އިންސާނުން އެންމެ ފުރިހަމަ ބަޔަކަށް ހެދުމަށް އައިސްފައިވާ ހުކުމްތަކެކެވެ.

އެހެންކަމުން އިންސާނާގެ އެދުންތަކާއި ޣަރީޒާތައް ތަހުޒީބުކޮށް، އެންމެ ފުރިހަމަ އިންސާނެއްގެ ގޮތުގައި ވުމަށް އިސްލާމްދީން ބާރު އަޅަ އެވެ. އުހުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިސްލާމްދީން ގޮވާލަ އެވެ. އިންސާނީ ތަބީއަތަށް ބަލާއިރު ދުނިޔަވީ ހަޔާތުން އުފާވެރިކަން ހޯދުމަކީ ވެސް އިންސާނާ ބޭނުންވާނެ ކަމަކަށް ވާތީ ދުނިޔެ އިން އެ މީހަކަށް ލިބެންވާ ނަސީބުގެ މަތިން ހަނދާން ނައްތާ ނުލުމަށް އިސްލާމް ދީން ހަނދާން ކޮށްދެ އެވެ. (އަލްޤަޞަޞް 77).

ދުނިޔެ އާއި އާހިރަތް ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އުފުލަންޖެހޭ ބުރަތަކުން ލިބޭ ވަރުބަލިކަން ފިލުވާލުމާއި ނަފުސަށް ލިބޭ ފޫހިކަން ނައްތާލުމަށް ކުޅިވަރުތައް ކުޅުމާއި މުނިފޫހިފިލުވަން ވެސް ވަކި ހަމަތަކެއްގެ މަތިން އިސްލާމްދީނުގައި ޖާގަ ދެ އެވެ. ވަކިން ހާއްސަކޮށް އީދުތަކަކީ އެ ކަމަށް އިސްލާމްދީން ހިތްވަރުދޭ މުނާސަބަތެކެވެ. ހިތްހަމަ ޖައްސާލުމާއި އުފާކުރުމާއި މަޖާކުރުމުގެ އިތުރުން ބައެއް ހުނަރުތަކާއި ފަންނުތައް ދަސްވާ ފަދަ ބައެއް ކުޅިވަރަށް ވެސް އަހަންމިއްޔަތުކަން ދީފައި ވެ އެވެ. ފެތުމާއި އަސް ދުއްވުމާއި އަމާޒަށް ދުނިޖެހުން ޒުވާނުންނަށް ދަސްކޮށްދިނުމަށް އުމަރުގެފާނު އިރުޝާދު ދެއްވި އެވެ. ނަބަވީ މިސްކިތުގެ ހަރިންމަ ތެރޭގައި ހަބަޝީންގެ ބަޔަކު ހަތިޔާރާ އެކު ނަށާ ނެށުމެއް ކުރިއަށް ގެންދިޔައިރު އެ މީހުންނަށް ކީރިތި ރަސޫލާ ﷺ ހިތްވަރު ދެއްވެވި އެވެ. އެ ކުޅިވަރު ބެއްލެވުމަށް އާއިޝަތުގެފާނަށް ފުރުސަތު ދެއްވެވި އެވެ.

ނަމަވެސް އެ ބާވަތުގެ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރެވޭ ކަންކަން ހުއްދަވާނީ އިސްލާމްދީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެކަންކަން ފެތޭ ނަމަ އެވެ. މި ދެންނެވި މިންގަނޑުތައް ބިނާވެފައިވަނީ މައިގަނޑު ދެ ޝަރުތެއް ފުރިހަމަ ކުރުމުގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ އެފަދަ ކުޅިވަރުތަކާއި މުނިފޫހިފިލުވުންތަކުގައި ވަގުތުތައް ހޭދަކުރަމުންދާއިރު ތިމާ އަދާކުރަން ޖެހިފައިވާ އެކިއެކި ވާޖިބުތަކަށް ރައްކާތެރިވުމެވެ. ﷲ އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި ތިމާގެ އަމިއްލަ ނަފްސަށް އަދި ތިމާގެ އާއިލާގެ މީހުންނާއި އަވަށްޓެރިންނާއި އަދި މުސްލިމް އެންމެހައި އަހުންނަށް އަދާ ކުރަން ޖެހޭ ހައްގުތަކަށް ރައްކާތެރިވުމެވެ. ނަމާދާއި އެ ނޫން ވާޖިބު އަޅުކަމެއް ދޫކޮށްލެވިގެން ނުވާނެ އެވެ. އަނބީންނާއި ފިރިންނާއި ދަރީންނަށް އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އެ ނޫން ވެސް އެހެން ހުރިހާ މުސްލިމުންނަށް އަދާކުރަން ޖެހޭ ހައްގެއް އަދާނުކޮށް ދޫކޮށްލެވިގެން ނުވާނެ އެވެ.

މިސާލަކަށް އަރަބީންގެ ތެރޭގައި އޮންނަ ބެލީ ޑާންސް ހަރާމް ވާނެ އެވެ. އަންހެނަކު ނިވާކަން ކުޑަ ހެދުމެއް އަޅައިގެން، ހަށިގަނޑު ހަރުފައެއްހެން ތަޅުވަމުން، ބަލާ މީހުންގެ ހިތްތަކުގައި އެދުންވެރިކަން ހިލޭ ފަދަ ގޮތަށް ނަށާ މި ނެށުން ހަރާމް ވާނެކަން އެންމެ އާދައިގެ މުސްލިމް މީހާ އަށް ވެސް އެނގޭނެ އެވެ.

ދެ ވަނަ ޝަރުތަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ އެއްވެސް ކަމެއްގައި މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ މަނާ ކުރައްވާފައިވާ ކަމެއް އެއްގޮތަކަށް ވެސް ނުކުރުމެވެ. މަކްރޫހަ ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުހެލިވުމެވެ. އިސްލާމީ މިންގަޑާ ހިލާފު ހެދުން އަޅައިގެން ނުވާނެ އެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ހަރާމް ކަމެއް ނުވަތަ ހަރާމް ބަހެއް އެކުލެވިގެން ނުވާނެ އެވެ. ކެއުންބުއިމުގައި އިސްރާފު ކޮށްގެން ނުވާނެ އެވެ. ދެ ޖިންސުގެ މީހުން އެއްތަންވެ އުޅޭ އުޅުމުގައި ދީނާ ހިލާފު ކަންކަން ކޮށްގެން ނުވާނެ އެވެ. އެއްވެސް މީހަކަށް އުނދަގޫ ކުރުމެއް އަދި މީހެއްގެ ހައްގަކަށް އަރައިގަތުމެއް ފަދަ ކަމެއް ކޮށްގެން ނުވާނެ އެވެ. ހަމަ އެފަދައިން މަކްރޫހަ އެންމެހައި ކަންކަމުން ވެސް ދުރުހެލިވާން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި ކަންކަމަށް ސަމާލުކަން ނުދީ ފަރުވާކުޑަ ކުރުމެވެ. އިސްލާމްދީން ހުއްދަ ނުކުރާ ފަދަ ހެދުން ލައިގެން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެވެ. ކެއުންބުއިމުގައި އިސްރާފު ކުރެ އެވެ. ދެ ޖިންސުގެ މީހުން ގައިގޯޅިވެ އުޅުމުގައި ބައެއް ކުޅިވަރުތަކުގައި އެކަކު އަނެކަކު އަތުގައި ހިފައި ދަމާ ހަދަ އެވެ. ގައިގޯޅިވެގެން ނަށައި ހަދަ އެވެ. ނެށުމުގައި ޝަހުވަތްތެރިކަން ހިލޭ ފަދަ ހަރަކާތްތައް ކުރެ އެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ނެށުމާ މެދު ފަލްސަފާ ކުރާ ނަމަ އެއީ މީހަކަށް ނުވަތަ ބަޔަކަށް ލިބޭ އުފާވެރިކަމެއް ނުވަތަ ކާމިޔާބެއް އަމަލީ ގޮތުން ފަންނެއްގެ ތެރެއިން ދައްކައި ދިނުމެކޭ ބުނެވިދާނެ އެވެ. ނުވަތަ އެއީ ތަސައްވުރުކޮށްދޭން ބޭނުންވާ ވަކި ކަމެއް ހަރަކާތުން ތަމްސީލު ކޮށްދިނުމެކޭ ބުނެވިދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި މިކަން ކުރަނީ މުނިފޫހިފިލުވުމުގެ ގޮތުންނެވެ. ނެށުމާ އެކު ލަވަ އާއި މިޔުޒިކް ވެސް އޭގައި ހިމަނައިގެންނެވެ. އެހެންކަމުން ގިނަ މީހުން ނެށުމަށް ޝައުގުވެރިވަނީ އެކަމުން އުފާ ހޯދައި މަޖާ ކުރުމަށެވެ. އޭގެ ފަލްސަފާ އަށް ވިސްނައިގެނެއް ނޫނެވެ.

ކޮންމެއަކަސް ނެށުމަކީ ދުނިޔޭގެ ހުރިހާ މުޖުތަމައުތަކެއްގައި ވެސް އޮންނަ ސަގާފަތުގެ ބައެކެވެ. އެކަމަކު ކޮންމެ ބައެއްގެ ވެސް ސަގާފަތު ބިނާވަނީ އެ ބައެއްގެ ދިރިއުޅުމުގެ ފަލްސަފާ އާއި އަގީދާގެ ނިޒާމާއި އަގު ކުރާ ކަންކަމުގެ މައްޗަށް ކަމަށް ވާއިރު އަޅުގަނޑުމެން މުސްލިމުންގެ ސަގާފަތުގައި ވެސް ނެށުން ހިމެނޭ ކަމަށްވާ ނަމަ އެ ނެށުމެއް އިސްލާމީ މިންގަނޑުތަކާ ފުށުއަރައިގެން ނުވާނެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ބައެއް އިލްމުވެރިން ނެށުން ހަރާމް ކަމަށް ވިދާޅުވިއަސް، އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާކުރުން ހުއްދަ އެކިއެކި މުނާސަބަތު ތަކުގައި ވާޖިބެއް ނާޅައި، އިސްލާމީ ހަމަތަކާއި އުސޫލުތަކާއި ރިވެތި އަހުލާގުން އެއްކިބާ ނުވާ ގޮތަށް ނެށުމަކީ ހުއްދަ ކަމެކެވެ. މިކަމުގެ ދަލީލަކީ ކުރިން ވެސް ފާހަގަކުރި ފަދައިން މަސްޖިދުއް ނަބަވީގެ ގޯތިތެރޭގައި ހަބަޝީން ނެށި ނެށުމެވެ. ކީރިތި ރަސޫލާ ﷺ އެކަން މަނާ ނުކުރެއްވުމުގެ އިތުރުން އެކަމަށް ހިތްވަރު ވެސް ދެއްވި އެވެ. އާއިޝަތުގެފާނުގެ ކިބައިން ރިވާވެފައިވާ މުއްތަފަގް ހަދީސަކުން މިކަން އެނގެ އެވެ.

އަނެއް ދަލީލަކީ އަލީގެފާނުގެ ކިބައިން އިމާމް އަހުމަދު ރިވާ ކުރައްވާ ގޮތުގައި އަލީގެފާނާއި ޖައުފަރުގެފާނާއި ޒައިދުގެފާނާ އެ ތިންބޭފުޅުންނަށް ކީރިތި ރަސޫލާ ﷺ ތައުރީފު ކުރެއްވި ހިނދެއްގައި އެ ތިން ބޭފުޅުން އުފަލުން ހަޖަލް ކުރެއްވުމެވެ.

ހަޖަލް ކުރުމަކީ އެއްފައި އުފުލާފައި އަނެއް ފައިން ފުންމަފުންމާ ހުރުމެވެ. މިއީ ނެށުމުގެ ވައްތަރެކެވެ. އެހެންކަމުން އީދުތަކުގަ އާއި ގައުމީ މުނާސަބަތުތަކުގައާއި އުފާވެރި އެހެން ވެސް މުނާސަބަތު ތަކުގައި އެކަން ކުރާއިރު ހެދުން އަޅާ ގޮތާއި ޖައްސާ ވައްތަރުތަކާއި ބައިވެރިވާ މީހުންނާއި އެކަމުގައި ވަގުތު ހޭދަކުރާ ގޮތާއި މިފަދަ ކަންކަމުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކާ ތައާރުޒު ނުވާ ގޮތަށް ނެށުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް އެ މިންގަނޑުތަކަށް ނުފެތޭ ހުރިހާ ނެށުންތަކެއް ވާނީ ހަރާމް ނެށުން ތަކެއް ކަމުގަ އެވެ. މިސާލަކަށް އަރަބީންގެ ތެރޭގައި އޮންނަ ބެލީ ޑާންސް ހަރާމް ވާނެ އެވެ. އަންހެނަކު ނިވާކަން ކުޑަ ހެދުމެއް އަޅައިގެން، ހަށިގަނޑު ހަރުފައެއްހެން ތަޅުވަމުން، ބަލާ މީހުންގެ ހިތްތަކުގައި އެދުންވެރިކަން ހިލޭ ފަދަ ގޮތަށް ނަށާ މި ނެށުން ހަރާމް ވާނެކަން އެންމެ އާދައިގެ މުސްލިމް މީހާ އަށް ވެސް އެނގޭނެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ބައެއް އިލްމުވެރިން ނެށުން ހަރާމް ކަމަށް ވިދާޅުވިއަސް، އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާކުރުން ހުއްދަ އެކިއެކި މުނާސަބަތު ތަކުގައި ވާޖިބެއް ނާޅައި، އިސްލާމީ ހަމަތަކާއި އުސޫލުތަކާއި ރިވެތި އަހުލާގުން އެއްކިބާ ނުވާ ގޮތަށް ނެށުމަކީ ހުއްދަ ކަމެކެވެ.

މާތްﷲ ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި އަންގަވަނީ ބެލުންތައް ތިރި ކުރުމަށާއި ޒީނަތްތައް ފާޅުނުކުރުމަށެވެ. ވީމާ ފިރިހެނުންނަށް ފެންނަ ގޮތަށް އަންހެނުން ނަށާ ނެށުންތަކުގައި އަންހެނުންގެ އައުރައިން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ފާޅުކޮށްގެން ނުވަތަ ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ތިބެގެން، ފަރާތް ފަރާތްތައް ލެނބޭ ލެނބުމުގައި އަންނަ ހަރަކާތުން ޝަހުވަތްތެރިކަމަށް ކިތަންމެ ކުޑަ ހިލުމެއް އަޔަސް އެ ނެށުން ވާނީ ހަރާމް ނެށުމަކަށެވެ. މިއަދު އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުން މިފަދަ ނެށުންތައް ފެނެ އެވެ. އަދި ޑިސްކޯ ލަވައަށް އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެގެން ނަށާ ޑީޖޭގެ ނަމުން މަޝްހޫރު ވެފައިވާ ފާހިޝްކަން ބޮޑު ނެށުމެއް ވެސް މަޑުމަޑުން ސަގާފަތުގައި ފައިވިއްދަމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ.

އެކަމަކު، އަޅުގަނޑުމެން މުސްލިމުން ހަނދާން ކުރަން ޖެހޭ ހަގީގަތަކީ މިއީ ހަލާލާއި ހަރާމަށް ބެލުމެއް ނެތި، ލަދުވެތިކަމާއި އިއްފަތްތެރިކަމަށް ގަދަރެއް ނުދޭ ބައެއް މީހުން އުޅޭ މުޖުތަމައުތަކުން އަޅުގަނޑުމެންނާ ހަމައަށް އަންނަ ބީރައްޓެހި އާދަތަކެއް ކަމެވެ. މިފަދަ ކަންކަމުން ލިބޭ ވަގުތީ ހިތްހަމަ ޖެހުމެއް ފިޔަވައި މިފަދަ އާދަތައް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

އެހެންކަމުން އީދުގަ އާއި އެ ނޫން ވެސް މުނާސަބަތުތަކުގައި ކުޅިވަރު ކުޅެ މުނިފޫހިފިލުވާއިރު އެ ކަމުގައި ބަލަން ޖެހޭ އިސްލާމީ މިންގަނޑުތަކަށް މުސްލިމުން ރިއާޔަތް ކުރުން ލާޒިމެވެ. ނުރަނގަޅު ސަގާފަތްތައް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި އާލާވިޔަ ނުދިނުމަށް އެންމެން މަސައްކަތް ކުރަން ޖެހެ އެވެ. މި ދުނިޔޭގެ ވަގުތީ އުފާތަކުގެ ސަބަބުން އާހިރަތް ގެއްލިއްޖެ ނަމަ އެ ގެއްލެނީ ވަރަށް ބޮޑު ނިއުމަތެކެވެ.

8 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަފު އިލްހާމް

11 August 2023

މުނިފޫހި ފިލުވުމުގައި އިސްލާމީ މިންގަނޑުތަކަށް ތަބާވާންޖެހޭ ސުބުޙަ އުފެދޭ ކަންކަމުން ދުރުހެލިވާން ޖެހޭ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތިކީ އިސްލާމްދީނުގެ ނިޢުމަތް މިނިޢުމަތުގެ އަގުވަޒަން ކުރެވޭނީ ދީނީ އިލްމުހާސިލްކޮށް ހައްޤާއި ބާތިލް ދެނެ ގަނެވިގެން ފުރި ހަމައަށް ﷲ މަޢުރިފާކޮށް ދެނެގަނެ ތަޢުޙިދުގެ އިލްމު ޙާސިލްކުރުމާއި އެކު

The name is already taken The name is available. Register?

ދަ ޑިމޮކްރެޓްސް

30 July 2023

އިސްލާމކުމިނިސްޓްރީއަކާ އިސްލާމިކްމިނިސްޓަރެއް މިޤައުމުގައި މިހުންނަނީ ކޮންބޭނުމަކުބާއޭ މަގޭ ހިތަށް އަރާ. އިސްލާމްދީނާ ޚިލާފް އެތައްކަމެއް ޤައުމުގައި ފާޅުކަންބޮޑު ގޮތެއްގައި ހިނގަމުންދާއިރު މިސްޓްރީގެ ފަރާތުން އެކަމަށް ބަހެއް ނުބުނެވެނީ ބަޔަކު ނުވަތަ މީހަކު ރިޕޯޓްނުކުރާތީ. މީތޯ ދީނުގައި މިކަން އޮންނަގޮތަކީ؟؟ ވަކިބަޔަކަށް ލާދީނޭ ގޮވާއިރު މުޅިޤައުމު ލާދީނީތެރޭ ގެނބި ޣަރަޤްވެގެންދާތަން ފެންނަ ޝެއިޚަކުވެސް ހުންނަކަމަކަށްނުވޭ. އަލީރަމީޒް ވަރުވެސްނުވޭ.

The name is already taken The name is available. Register?

ކުރިއަރާ ގައުމުތަކައް ބެލީމަ ދަސްވާނީ!

30 July 2023

މީގަ ބަލަން ޖެހޭނީ ދިގު ފަލަ ކުރު މެދު މިންގަޑެއް ނޫން. ބަލަން ޖެހޭނީ މުޖުތަމައުގެ މަސްލަހަތު. ޑިމޮކްރެޓިކް ކޮން ގިނަ މީހުން ބޭނުންވާ، އަދި ބޮޑު އަރާރުންގަޑަކައް ނުދާނެ ކަހަލަ ވަރަކައް ކަންކަން ކުރުން. މީގެ 50 އަހަރު، 100 އަހަރު 2000 އަހަރު ގާނޫނުތަކުގަ ލިޔެގެން ކަންކަން ކޮއްފި ވަރައް ގޮއްމުށުބާރުން. މިހާރު މުޅިން މަނާ ކަންކަން. ސިޔާސީ ވެރިން އެލިގަންނާނެ ކޮންމެ ކަމެއްގަ، އެކަމަކުން އެމީހުންނައް ފަސޭހަ އަދި ފައިދާވާ.

The name is already taken The name is available. Register?

ސަފިއްޔާ މޫސާ

29 July 2023

ދީނާއި މުނިފޫހި ފިލުވުމާ މީ ދެ އެއްޗެއް. ދީނާއި ޕޮލިޓިކްސް މިވެސް ދެއެއްޗެއް. ކޮންމެ އިންސާނަކުވެސް އެމީހެއްގެ ހަޔާތުގަ ދީން އެކުލަވާލާނެ މިންގަނޑު އެނގޭނީ ހަމަ އެ އިންސާނަކަށް. އެހެން އިންސާނެއްގެ ދިރިއުޅުމުގެ ތެރެއަށް ތިމާ ބާރު ފޯރުވަން އުޅޭ ހިސާބުން ހުރިހާ ކަމެއް ގޯސްވާނީ.

The name is already taken The name is available. Register?

ސީތާ

30 July 2023

ﷲތަޢާލާ އިންސާނާއަށް އިޚްތިޔާރު ދެއްވާފައިވޭ. އަދި ސީދާ މަގާއި ނުސީދާމަގުވެސް އެއޮތީ އަންގަވާދެއްވާފައި. ސީދާ މަގުން ހިނގުމަށް އަމުރުކުރައްވާފައިވަނީ ހަމަ މިއިންސާނާގެ ހެވާއި ލާބަޔައްޓަކައި. ތިމާ ހިތު ހުރި މިންގަނޑަކަށް އުޅުމަށް އެއްވެސް އިންސާނަކަށް އަމުރުވެވިގެން ނުވޭ. އަދި މަގުކަސިޔާރުވެގެންދާ އިންސާނާ ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރުމަކީ ހަމަ މަގުގައި ހުންނަ އިންސާނާ ކުރަންޖެހޭ ކަމެއް. އަނެކާ ޤަބޫލުކުރުމާއި ނުކުރުން އެއީ ވަކިކަމެއް.

The name is already taken The name is available. Register?

ކިރު ސައި

29 July 2023

އިސްލާމް ދީނުގެ ނަމުގަ އަމިއްލަޔަށް ކަންކަން އުފައްދީމަ އެ ނުވާނޭ އިސްލާމް ދީނުގެ ކަމަކަށް. ކަމެއް ހަރާމް އަދި ހުއްދަ ކުރާ ހަމައެކަނި ފަރާތަކީ ﷲ އެވެ.

The name is already taken The name is available. Register?

1206

28 July 2023

ފަލަކީ ހިސާބު ބަލާ މީހާ ފަލަކީ ހިސާބު ބަލައިފައި ބުނެފާނެ، ނޫނޭ ތިޔަ ހަރާމް ކަމުގައި ބުނިހާ ކަންކަމަކީ އިސްލާމްދީނުގައި ހުއްދަ ކަންކަމޭ. މެދު މިނުގެ ދީނޭ. ގުރުއާނަށް އާޔަތް އިތުރުކޮށް، މައާފު ކުރުމުގެ ދީނޭ ވެސް ބުނި.

The name is already taken The name is available. Register?

މިރާތު

28 July 2023

ފުލުހުން ކީއްވެތޯ ނުހުއްޓުވަނީ... ދިވެހިން ދީން ބޭނުމެއްނުވޭ..ގިނަ މީހުންނަކީ ނަމެއްގަ އިސްލާމުން... އެންމެން ކުރާކަމެއްވެއްޖެޔާ ނިކަން ހުއްޖަތް ދައްކާނެ..ނޭގުނަސް އަނގަގަނށު ތަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454