ހއ. އިހަވަންދޫގެ ހިއްކި ސަރަހައްދު. އެ ރަށަށް ވަނީ 25 ހެކްޓަރުގެ ބިން އިތުރުކޮށްފައި. -- ފޮޓޯ: އެމްޓީސީސީ
28 ޖުލައި 2023 - 12:05
ހއ. އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި އެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ބޭނުންވާ ބޮޑު ހިލަތައް މިހާރު ވަނީ ސައިޓަށް ގެންގޮސްފަ އެވެ.
ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އިހަވަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 124 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރެވެ.
އެމްޓީސީސީން ބުނީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމާލައި ށ. ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީއިން ޗާޓާކޮށްފައިވާ ޑްރެޖަރު "ފިލިނޯ ބްރެނެލެޝީ" ގެ އެހީގަ އެވެ.
އެ މަޝްރޫއުގެ ދަށުން 25ހެކްޓަރުގެ ބިން ހިއްކައި 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ ހަމަޖެހިފައިވެ އެވެ. އެ މަޝްރޫއުއަށް 117 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް އޮފިޝަލް
30 July 2023
އަޅުގަނޑުމެން އައްޑޫ ރައްޔިތުން ވެސް މިތިބީ ރައީސްއާއެކު!
ރަދީފްއޮފިޝަލް
28 July 2023
ކޮބާ ފެނޭތަ؟؟ މުޅި ރާއްޖެ އެކީ ހިއްކާލިޔަސް ވޯޓުން ބަލިކޮށްލާނަން.އިންޝާﷲ. .ވ.ވެދުން (ސ.ހިތަދޫ ކޯއްޓޭ ބޭރުން)