ކްލަބް ވެލެންސިއާގެ ކުޅުންތެރިން ލީގުގައި ކުރިން ކުޅުނު މެޗަކަށް ނުކުންނަނީ: މިހާރު ފެތުރެމުންދާ ހުމުގެ ރޯގާގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިން މިއަދުގެ މެޗަށް ހަމައެއްނުވި --- ފައިލް ފޮޓޯ: އެފްއޭއެމް
29 ޖުލައި 2023 - 17:10
މާލޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާގެ އަސަރުކޮށް، ވެލެންސިއާގެ ޓީމު ހަމަނުވުމުން، އެ ޓީމު މެޗަށް ހާޒިރު ނުވިކަމަށް ބަލައި މާޒިޔާ އަށް މެޗުގެ ތިން ÷ޕޮއިންޓް ދީފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު މާޒިޔާ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެލެންސިއާގެ ކޯޗުންނާއި އޮފިޝަލުން އަދި ބައެއް ކުޅުންތެރިން ވެސް ގައުމީ ފުޓްބޯޅަ ދަނޑަށް ހާޒިރުވި އެވެ. ނަމަވެސް މެޗު ކުޅެވޭ ވަރަށް އެ ޓީމުގެ ކުޅުންތެރިން ހަމައެއް ނުވި އެވެ.
އޭގެ ފަހުން އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ އެހެން ދިމާވީ މާލޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހި އެ ކްލަބްގެ ގިނަ ކުޅުންތެރިން ހުން އައިސް ހޮޑުލައި ބޭރަށްހިންގާތީ ކަމަށެވެ.
"ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅެން އޮތް މެޗަށް މި ކްލަބްގެ އޮފިޝަލުންނާއި ހާޒިރުވެވެން ތިބި ކުޅުންތެރިން ވަނީ ދަނޑަށް ހާޒިރުވާން އޮންނަ ގަޑިއަށް ދަނޑަށް ދިއުމަށްފަހު އެކަން މުބާރާތް ހިންގާ ފަރާތްތަކަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މެޗެއް ފުރިހަމަކުރުމަށް ބޭނުންވާ އެންމެ އަސާސީ މިންވަރުކަމަށްވާ 11 ކުޅުންތެރިން މިއަދުގެ މެޗަށް ހަމަކުރެވޭ ގިތް ނުވީ އެވެ." ހުމުގެ ރޯގާގެ އަސަރުކޮށްގެން ކުޅުންތެރިން ބަލިވެ އުޅޭކަން ހާމަކުރުމުގެ ގޮތުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެއެވެ.
ގިނަ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު އެހެން ތާރީހަކަށް ފަސްކޮށް ދިނުމަށް އެ ކްލަބުން އެދުނު ކަމަށް ވެސް ވެލެންސިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.
މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމިކަން ހާމަކޮށް އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު ފަސްކޮށް ދިނުމަށް މެޗަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ވެލެންސިއާއިން އެދުނު ކަމަށެވެ. ނަމަވެސް އެހާ ވަގުތުކުޑަތަން ވެފައިވަނިކޮށް އެހެން އެންގި ނަމަވެސް މުބާރާތުގެ ގަވާއިދަށް ރިއާޔަތްކޮށް ވެލެންސިއާ މެޗުން ބަލިވީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.
ލީގުގައި މިރޭ، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ޓީމަށް ވެސް ހުމުގެ ރޯގާގެ އަސަރުކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެހެ
30 July 2023
ސްކޫލް ޗުއްޓީވީމާ، ސްކޫލް ކުދީން ޗުއްޓީގައި ދާނީ ރަށަށް! އެހެންވެ އަސްލު ޓީމް ހަމަ ނުވީ!
ވަސްސާމް
29 July 2023
ވެލެންސިއާ ޓީމް ހަމަނުވީމަ ހުމާއި ރޯގާއާ މިގުޅުވާލަނީ!
ހަސަނަ
29 July 2023
ސަރުކާރުން އަދި ކުޑައީ ތިކަމަށް ކުރާ ހޭދަ
އާދް
29 July 2023
ކީއްކުރަން ކުޅޭ މުބާރާތެއް ބަޔަކުބަލަންދަނީކީ ނޫން
ޯބުޅާ
29 July 2023
ތިކަހަލަ މީހުން ބޯޅަ ހަލާކުކުރަނީ
ދަބަރޭ
30 July 2023
ތިބުނާހެން ބަލާނެ މީހަކު ނެއްތަނެއްގަ ބޯޅާގަ ތަޅާފަ ވަރުބަލި ކަން އެކަނި ހާސިލު ކުރެވޭނީ