ވެލާނާ އެއާޕޯޓަށް ޖެއްސި އިޓަލީގެ ޖެޓް.
01 އޯގަސްޓް 2023 - 13:54
ކުއްލިއަކަށް އިވެން ފެށި ބާރު އަޑުފައްގަނޑަކާ އެކު އެތައް ބަޔަކު ގަތީ ބިރެވެ. ހުޅުލެއާ ދިމާލުން އައި އަޑަށް މީހުން ބޭރަށް ނުކުމެ ވެސް ބެލި އެވެ.
ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން އެނގުނު ގޮތުގައި އެއީ އަސްކަރީ މަތިންދާބޯޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލި ގަޑީގައި އިވުނު ބާރު އަޑެވެ.
ވެލާނާ އެއާޕޯޓަށް މިއަދު ޓްރާންސިޓް ކުރީ، މިލިޓަރީ ކާގޯ ދެ ބޯޓާއި އިޓަލީގެ އަސްކަރީ ހަތަރު ފައިޓާ ޖެޓެވެ. އެއީ އެމެރިކާގައި އުފައްދާ ފަސް ވަނަ ޖެނަރޭޝަން ފައިޓާ ޖެޓް، ލޮކްހީޑްމާޓިން އެފް35ގެ ބޯޓުތަކެކެވެ. އަދި އެއީ އެންމެފަހުގެ، ވަރުގަދަ އަސްކަރީ ޖެޓުތަކެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އިޓަލީގެ އަސްކަރީ ބޯޓުތަކެއް ކަމަށާއި ރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭ އޮޕަރޭޝަނަކަށް އައި ބޯޓުތަކެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ ބޯޓުތައް ޖެއްސީ ލޮޖިސްޓިކަލް ބޭނުމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ނަގައިގެން ރިފިލް ކުރުމަށާއި އެކި ބޭނުންތަކަށް ބޭރުގެ ބޯޓުތައް ވެލާނާ އެއާޕޯޓަށް އާންމުކޮށް ވެސް ޖައްސަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
03 August 2023
އިޓަލީ އަސްކަަރިއްޔާ އައުޓް. އިޓަލީ އޯކޭ އަސްކަރިއްޔާ ހަމަ އައުޓު.
އަބްޑޫޅް +
02 August 2023
އިންޑިޔާ އެއްޗެއް ނަމަ، ކުރޮޅިއެއްގަ ކަފުޖަހައިގެން ނޫނީ ރަންވޭގަ ޓެކުސީއެއް ނުކުރެވުނީސް.
އަބްޑޫޅް +
02 August 2023
ރާއްޖޭގަ ހާލިހަދައިގެން ތިބި އިސްލާމީ ޓެރަރިސްޓުންގެ ލިސްޓެއް މިހާރު ފެންނަން އެބަ އޮތް. ވީމާ އެފަދަ، އިސްލާމީ ޓެރަރިސްޓުންގެ ކިބައިން ދިފާއު ވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ، މިފަދަ އިސްލާމީ ޓެރަރިސްޓުންގެ ކިބައިން ނުރައްކާ ފޯރާނެ މީހުންގެ ހައްގެއް.
ޙަބީބު
02 August 2023
އެއީ ހަމަ އެއްވެސް މައްސަލައެއްނޫން މީހަމަ ހުރިހާ ބޯޓަކައްވެސް ހުޅުވިފަވާ ޓުވެރިސްޓް މަންޒިލެއް އަސްކަރީ ސިޔާސީ ފަންނީ ހުރިހާ ބޭފުޅުންވެސް ހަމަ ޒިޔާރަތްކޮއް ރާއްޖެ ކޮޕީކުރަންވީ އޭރުން ދުނިޔެ އޮންނާނީ ހަމަޖެހޭ ދުނިޔެއަކައްވެފަ
ހިޔާލު77
01 August 2023
މިއިންދުވަހަކު މަ ފިއްކަނޱައިގެން މަރުވާނެ މިވަރުން ދަންޔާ
އައިމިނާ
01 August 2023
އާދަޔާ ޚިލާފަށް އަޑުގަދަވި.
ޔަސް
01 August 2023
ތީގައި އަޑީގައި ނުބައެއް އުޅޭނެ
ރަޝިއަން މާފިއާ އެޖެންޓް
01 August 2023
ތީގަ ބޯޓުތައް އެސްކޮޓު އެކުރީ ޖެޓެއް. އޭކީ މިލިޓަރީ ކާގޯ ބޯޓު ހުންނަ ގޮތެއް ނޫން. އޮޅުވާލަން ނޫޅޭ. ޖެޓުގަ އިނީ ޒެލެންސްކީ އެއް ނޫންތަ؟ ރާއްޖޭގަ ރިޝިއާ މީހުން ބޯކޮށް ތިބޭތީ ބިރުން އެސޮރު ނުފޭބީ.
ތެއުހީޑް
01 August 2023
މިތާހުރިރާޑަރަށްއަރާތޯބެލީ މިހާރުއެމީހުންނަށްޔަގީންވާނެނާރާކަން
ރާޑާރު
01 August 2023
ކީއްކުރާނީ މިތާ ރާޑަރު އުޅެނީ ކެމްޕޭނުގަ.
ކިހާ
01 August 2023
މަ ހީކުރީ އަނެއްކާ އެމެރިކާ އެބުނާ މީހުން ބަލާ އައިކަމަށް