03 އޯގަސްޓް 2023 - 09:40
ރާއްޖޭގައި އައިސިސް އާއި އަލްގައިދާއަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންނާއި ކުންފުނިތަކާ ގުޅޭ ގޮތުން ފުލުހުން އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުންޏަސް އެކަން އެގޮތަށް ނުކުރާކަން އެނގިއްޖެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު "މިހާރު" އަށް އިއްޔެ ވިދާޅުވީ ލިސްޓުގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭތީ ރާއްޖޭން ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އިސްވެ ހަދަމުން އަންނަ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ނަމަވެސް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ލިސްޓުގައި ހިމެނޭ ވަރަށް ގިނަ މީހުންނަކީ އެކި މަރުހަލާތަކުގައި ޓެރަރިޒަމްގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރެވެމުންދާ ނުވަތަ މިހާރު ވެސް ބަންދުގައި ތިބި މީހުން ކަމަށެވެ.
"އެމެރިކާއިން ލިސްޓު ނެރުނުއިރު ވެސް މީގެ ގިނަ މީހުންނަކީ އެކި މައްސަލަތަކުގައި އަޅުގަނޑުމެން ތަހުގީގު ކުރަމުންދާ މީހުން. އަދި އޭގެތެރެއިން އެއްބައި މީހުން މިހާރު ވެސް ތިބީ ބަންދުގައި. އެހެންވެ، އެ ލިސްޓާ ގުޅިގެން އިތުރު އެސެސްމަންޓެއް ހަދާކަށް ނުޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޭރުގެ މާލީ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަދި ރަސްމީކޮށް މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާޚިލީކަންކަން ޚާރިޖީ ދޮލަނގަށް
03 August 2023
ތިކަހަލަ ވާހަލަ ދައްކާތީ 95000 އާބާދީގެ ސީޝެލްސް އަށް ޕޭޕަލްގެ ފުލްކޮށް ލިބުނުއިރު ރާއްޖެ އަށް ނުލިބެނީ. އެމެރިކާގެ ސަރުކާރުގެ ހައި ރިސްކް ލިސްޓުން ރާއްޖެ ދުވަހަކުވެސް އުނި ނުވާނެ. މީކީ ނޭނގި ދައްކާ ވާހަކައެއް ނޫން. ރިސާރޗްކޮށް އެނގިހުރެ ދައްކާ ވާހަކަ. ދިވެހި ފުލުހުންގެ އެހުންނަ ސައިކޯ ގޮތްގަނޑު ކަނޑާނުލާހާ ދުވަހަކު ރާއްޖޭ ރައްޔިތުން އިގްތިސޯދީ ގޮތުން ދުނިޔޭގަ ކުރިނޭރޭނެ. އަދި ހޯމް ވަޒީރު ބުނެފިނު ކިޕްޓޯއަކީ ޓެރަރިޒަމަށް ފަންޑު ކުރުމޭ!
ސަލި
04 August 2023
ކޮން ކޮހެއް ބާ ތިކިޔަނީ. ކ
ހޯދާނީ
03 August 2023
މި ކުޑަކުޑަ މުޖުތަމައުގަ އެކަކު އަނެކަކު ދަނެ، އޮންނަ އެކުވެރި ނުވަތަ ކުށުގެ އެކުވެރިކަމުގެ ގުޅުންތަކާ ހެދި އެކަކު އަނެކަކާމެދު ފިޔަވަޅެއް ނޭޅޭނެ. އެ ރިޕޯޓުގައިވާހާ ވިޔަފާރިތަކާ ގުޅިފައި ތިބި އެތައް ހާސް ބަޔަކާ ގުޅިފައި ތިބި އެތައް ސަތޭކަ ބަޔަކު މައްސަލަ ބަލާ ތަންތަނުގައި ތިބެދާނެ. މައްސަލަތައް ކުރިއަށް ދިއުމަށްވުރެ ބޮޑަށް ގެއްލޭތަން ފެންނާނީ. ކޮންމެ މީހަކުވެސް ތިމާގެ ނޫނީ އާއިލާ ނުވަތަ ތިމާގެ މީހާ ނޫނީ ރައްޓެއްސެއްގެ ކުށް ފޮރުވަން އެހީތެރިވާނީ
މީކޮންވައްތަރު މީހުން އުޅޭ ގައުމެއް
03 August 2023
އެމެރިކާއިން ލިސްޓް ނެރެފަ އޮންނާނީ ފުލުހުންގެ އެހީތެރިކަމާއެކުކަން ތިޔަ އޮފިޝަލް ދެއްކިވާހަކައިން ޔަޤީން ކުރެވޭ. ނަމަވެސް މިކަމާ ކަންބޮޑުވާންޖެހޭ އެއްވެސް ފަރާތަކަށް ހިރުވާތަން ކަހާލުން ފަދަކަމެއްވެސް ކުރަން ނުކެރިފަ އެތިބީ. 2 ބިލިއަނެއްހާ ރުފިޔާ ހަމައެކަނި ފުލުހުންނަށް އަހަރަކު ހޭދަކުރުމުގެ ބޭނުމެއް ނެތް. މަޖިލީސް މެމްބަރުންނަށް މިލިއަނުން ހޭދަކުރުމުގެ ބޭނުމެއް ނެތް. ތިޔަ އެންސީޓީސީ އަކީ ބޭކާރުތަނެއް.
ސޯބު
03 August 2023
އެ ރެޕޯރޓްގައި އެވަނީ ސާބިތު ހިފޭ ކަންކަން ކަމުގައި ވަނީނަމަ ދައުލަތުގެ ގުޅުންހުރި ވަޒީފާ ތަކުގައި ތިބި މީހުން މިާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ. އެހެނީ އެތެރޭގެ މިކަހަލަ ކަންކަން މާދުރުގައި ތިބި ބަޔަކަށް ބަލާ ކަށަވަރު ކުރެވޭ އިރު އެފަދަ ގާބިލުކަމެއް ހުރި ބަޔަކު ރާއްޖޭގައި ނެތުމަކީ ބޮޑު ފެއިލިއަރ އެއް.
ޭސޯޓްބެ
03 August 2023
ކޮބާ އެލިސްޓްގައިވާ ކުންފުނިތަކުގެ ނަންތައް
އަސްލު ޓެރަރ
03 August 2023
ދީނުގެ ނަމުގައި، ސައްހަ މިންގަނޑުގެ ބޭރުން ހަރުކަށިކަން ކުރިއަށްނެރެ، އޭގެ ސަބަބުން ދީނުގެ އަދުއްވުންނަށް މި ދީން ހުތުރުކޮށް ދައްކަން ފުރުސަތުދޭ މީހުންނާ އަހަރެން ދެކޮޅު. މިނިވަންކަމުގެ ނަމުގައި މިދީނަށް ފުރައްސާރަކުރާ މީހުންނާވެސް ދެކޮޮޅު. ހަގީގަތުގައި އެންމެ ބޮޑެތި ޓެރަރިސްޓްންނަކީ ކޮޮބައިކަން އެންމެނަށްވެސް އެނގޭ. އެއީ ހުރިހާ ވިޔާނުދާކަމެއް އެމީހުންނާއި އެމީހުންގެ ރުހުންއޮންނަ މީހުން ކޮށްފަ، ނުރުހޭމީހާ ކުރީމަ ޓެރަރިސްޓަކަށް ހަދާ މީހުން.
ާކަޖެ
03 August 2023
ދިވެހި ފުލުހުން ތިބެނީ ވިކިފަ. މަސްތުވާތަކެތީގެ ބޮޑެއް ޖަލަކަށް ނުލެވޭ ކޮންމެވެސް ފިލިއެއް މަދޭ ކިޔާ އޭނަ ސަލާމަޔް ވާމެ. ބޮން ހަދާ ސާމާނު ފެނުނު އިރުވެސް އެމީހުންގެ މައްޗަށް ދައުވާ ނުކުރެވޭ. 3 ގޭންގް ބޮޑުންގެ އަތްދަށުވެފަ ވީމަ ނުކެރޭނެ އިނގިލި ހިއްލައިލަންވެސް. އާރެއް ބާރެއްނެތް ބައެއް.އެނގެނީ މުޒާހަރަ ކުރަން ނިކުންނަ އަންހެނުންނާއި ބެހެން.