އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް.-- ފޮޓޯ: އެމްއެންޔޫ
03 އޯގަސްޓް 2023 - 09:50
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ ވެހިކަލް ނުދުއްވަން ޝަރުތުކޮށް އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ލެގޫން ވިއު، ރ. އިނގުރައިދޫ، ޝަމްއާން އަބްދުލްޝަކޫރު، 22 އެވެ.
މިދިޔަ މަހުގެ 19ގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަވީ އިއްޔެ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ފުލުހުންގެ އެދުމާ އެއްގޮތަށް ޝަރުތުކޮށްފައި އޭނާ ދޫކޮށްލުމަށެވެ.
އެނގިފައިވާ ގޮތުގައި، ވެހިކަލް ނުދުއްވުމުގެ އިތުރުން އޭނާގެ މައްޗަށް ޝަރުތުކުރީ ފުލުހުން އަންގާ ގަޑިއެއްގައި ތަހުގީގަށް ހާޒިރުވުމަށާއި މާލެއިން ބޭރަށް ދަތުރުކުރާ ނަމަ ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށެވެ.
އެ ޝަރުތުތަކަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.
ވެހިކަލް ނުދުއްވަން ޝަރުތުކުރި އިރު، އޭނާ އަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަން ވެސް އޮންނަ މީހެއް ނޫނެވެ.
ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގު ހުރަސް ކުރައްވަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި، ޝަމްއާން އަބްދުއްޝަކޫރުގެ ސައިކަލުން ޖެހި އެވެ.
ހަފީޒްގެ ހާލު ސީރިޔަސްވެ ފުރާނައަށް ނުރައްކާވިއިރު، ޝަމްއާން އަބްދުއްޝަކޫރު ހައްޔަރުނުކޮށް ދޫކޮށްލާފައި ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.
އޭނާ ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގައި ބުނީ ސައިކަލު އަންނަ ތަން ފެނިގެން ހަފީޒް "ޕެނިކް ވެގެން ސައިކަލާ ދިމާލަށް ދުއްވައިގަތީ" ކަމަށެވެ.
ހަފީޒަށް އަންނަނީ އިންޑިއާގައި ފަރުވާދެމުންނެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި ދެ ސާޖަރީއަކަށް ފަހު މިހާރު އޭނާ ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެއަންދާ ގާނޫނުހޭ
04 August 2023
ޢެކްސިޓެންޓު ކޮށްލުމަކީ ދެރެކަމެތް ނޫން މީހަކު ފުރާނަޔަށް ނުރަށްކާ ވާނެ ބޮޑު ސައިކަލަކުން ޖައްސާއިރު ބޮމަކުން މަރާލީމަތޯ ޓެރަރިޒަމް އަމަލަކަށްވަނީ އިންސާނުން ފުރާނަޔައް ގަސްތުގަ ނުރަށްކާ ކުރުމަކީ އިސްލާމްދީނުގަ ކިހާ ނުރަށްކާކަމެތްވެސް މި ގާޒީންނަށް ނޭނގެނީބާ ކީކޭ ބުނާނީދޯ ކޮބާ ތި ބޭބެޔަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުން
ސަދޫމު ސިޓީ
04 August 2023
ޥެލައެތް ފަޅާލީމަ ބޮޑު އަދަދުން ޖޫރިމަނާ އިންސާނަކު މުޅި ޒިންދަގީ ދުއްވާލީމަ ނުދުއްވަން ސަރުތުކޮށް ދޫކޮށްލަނީ މީ ކޮންވައްތަރު އިންސާފު
ހަބީބު
04 August 2023
ހަފީޒުގެ ގައިގާ ޖެހުނު ކަމައް ސައްކުކުރެވޭ ސައިކަލު ދުއްވިމީހާ ދޫކޮއްލައިފި ސަރުތުތަކުގެ ތެރޭ ސައިގަޑިޔައް ފުލުސްއޮފީހައް އައިސް ސައިބުއިން ބޭރައްފުރާނަމަ ވީވީއައިޕީ ދައުލަތުންދޭ ޓިކެޓާ ސެކިޔުރިޓީގަ ފުރުން ބޯހަލާކި
ޕޮޕޮ
03 August 2023
މީހުން މެރީމަވެސް ދެން މީހަކު ނުމަރަން ޝަރުތުކޮށްފަ ދޫކޮށްލާ! މީ ޗަރުކޭހެއް ކަހަލަ ގައުމެއް!
ޢަރުތަ
03 August 2023
އާނ ތިވާހަކަ، ޢަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހުނީވެސް ތިހެންވެގެން، އެކަމަކު ގާޒީކަލޭގެ ހައްޔަރުކުރި މީހާ ގޯސްވީ...........
ބެރި
03 August 2023
އާއިލާއަށް ޝަރުތު ކުރީ ވޯޓުލުމަށް ދެން ދޫކޮށްލީ
ޢަރުތަ
03 August 2023
ޝަރުތުކުރިއަސް ނުކުރިއަސް ވޯޓު ލާނެނު، އެއީ އެމީހެއްގެ ޙައްގެއް ކަން ހަމަ ނޭގޭ އުތަ، އެހެންވިއްޔާ ހަމަ ސާބަސް ދެލޯފުޅާ.
މަރުމޯލުރާޖާ
03 August 2023
ޝަރުތުކުރީމަ ނިމުނީ. މިރާއްޖެއަކުނެތް ތިސޮރުއުޅޭނޫޅޭގޮތް ބަލާނެމީހަކު. އަނެއކާވެސްފެންނާނީ ބޫންކަނޑާފަގޮސް އެހެންމީހެއްގެ ގަޔަށްއަރުވާލާތަން.
ތުއްރަވާ
03 August 2023
ހަފީޒު ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ހަފީޒު ގައިގައި ސައިކަލުން ޖެއްސި މީހާ ދޫކޮށްލައިފިއެވެ. ނިމުނީ.
ފުރާނަ
03 August 2023
އަނެއްކާ އެކްސިޑެންޓު ހިނގުމަށް ދޫކޮއްލާފައި ބަހައްޓާ
ޖަރުޒީ
03 August 2023
އޭނާ ދުއްވި ވެހިކަލް ހިފަހައްޓަންޖެހޭނެ އެ މުއްދަތައް، އަޅެ ނޫންތަ؟
ޢަރުތަ
03 August 2023
ވެހިކަލް ޖަލަށް ލީމަ ހުންނާނީ ރަނގަޅަށް.
ޒޫ
03 August 2023
ދެން ތިކަން ތި ނިމްނީ އޭނަ ސައިކަލްވެސް ދުއްވާނެ ކާކު ބަލަނި?
މޯޑް
03 August 2023
މިކަހަލަ ބޯދިގު ސޮރުމެން ހާދަ ފަށޭހަކޮށް ދޫކޮށްލައޭ