ސައިކަލުން ޖެހި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ބަޔަކު އެހީވަނީ.
03 ޖުލައި 2023 - 11:28
މާލޭ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި މީހަކަށް އަނިޔާވި މައްސަލާގައި އެ ސައިކަލު ދުއްވި ޒުވާނާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވި 22 އަހަރުގެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށެވެ. އެ އެކްސިޑެންޓް ހިނގީ، ހަފީޒް ފަތިސްނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.
ސައިކަލު ދުއްވި މީހާ ހައްޔަރުކުރީ އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅައިގެން އާންމުންގެ ފާޑުކިޔުން ވެސް އިދާރާތަކަށް ވަރަށް ބޮޑަށް އަމާޒުވެފައި އޮއްވަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ސައިކަލް ދުއްވި މީހާއަކީ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އެ އެކްސިޑެންޓަށް ފަހު އޭނާ ނުފިލާ ކަމަށާއި އޭނާއަށް ވެސް އަނިޔާވެގެން ފަރުވާދިނީ އެވެ.
ހަފީޒްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެ އެވެ.
އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދެވޭކަށް ނެތެވެ. އެހެންވެ، އާއިލާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމަށް ކަމަށް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
03 July 2023
ތިޔައީ ކާކު ކަން އެނގޭނެ ގޮތެއް ނެތެވެ. ބަންދުގައި ބަހައްޓާ މުއްދަތު ޖަހަމުން ގޮސް 1 އަހަރު ފަހުން ދޫކޮށްލިއަސް ތިޔައީ ކާކު ކަމެއް ނޭނގޭނެ އެވެ. ޖަހަމުން ޖަހަމުން ގޮސް ދޫވަނީ އެވެ.
ނާޒިމްް
03 July 2023
ކޮން ޖެހުނު އެއްތަ ޖެއްސި ސައިކަލޭ ކިޔަންވީ، އެހެނީ ތިމަންނަ އަތުގައި ލައިސެންސްނެތި އަދި ސްޕީޓް ލިމިޓަށްވުރެ ބާރަށް ސައިކަލު ކޮންޓްރޯލް ނުކުރެވޭހާ ބާރަށް ދުއްވީ ބޭއިހުތިޔާރުގައިތަ؟
ހިލާލު
03 July 2023
ދިވެހިން މިޖެހެނީ ބޭސްފަރުވާއައްސަލާން ޖަހަން އަދިވެސް ރޮޒޭ މެންނައް މާލޭގެ އަގުބޮޑު ބިން
ގާސިމް
03 July 2023
މިމީހުންނަކީ އެއްވެސް ހާލެއްގައި މުޖުތަމައަށް ހުރި ނުރައްނޫން، މީހަމަ ހާއްސަ އެހީ ބޭނުން ވާކުދިން
ނާބަ
03 July 2023
މިގައުމުގެ ދުވަސް މިދަނީ ފުލުހުންގެ ދޯދިޔާކަމުން ޤާނޫން ތަންފީޒު ނުކުރެވޭތީ ފުލުހުން އުޅެނީ ސިޔާސީމީހުންނާ ތޮޅެން ދައުލަތުން އިންތިހާޔައް ޚަރަދުކޮށް ގެން ބަހައްޓަން ހެޔޮވާވަރު ތަނެއްނޫން ފުލުހުންގެ މުއްއްސަސާއަކީ
ސަރަފް
03 July 2023
އިބްރާހިމް ސޯލިހަކަށްވެސް ގައުމުގައި ގަވާއިދުތައް ތަންފީޒްކުރަން ތިބޭ ފުލުހުންލައްވާ ގައުމުގައި ހަމަނޭވާލައިގެން އުޅެވޭނެ ތަނެއްގެ ގޮތުގައި މިމާލެ ނެހެދުނު.
އުދުހޭ
03 July 2023
މިހާރު އެ ހައްޔަރު ކުރީ ކާފީހެކި ފެނިގެންބާ؟ އޭރުވެސް ފުލުހުން ބުނި ލައިސަންސެއް ނެތޭ.
ހަސަނު
03 July 2023
މީހުން ހަޅޭއްފަޅޭއް ލަވާ އަމިއްލައަށް އިންސާފު ގާއިމު ކުރާ ހިސާބަށް ދިޔައިމަތަ ފުލުހުން ގުޑާލަނީ؟ ޖީއެން ސައިލަކުގަ އުޅޭ 'ޒުވާނުން' އަކީ ގާނޫނަށް ވުރެ މަތީގަ ތިބޭ ބައެއް.. ސިޔާސީ މީހުންގެ ހުއްދަ ނުހޯދާ ހައްޔަރު ނުކުރެވޭ ބައެއް އެއީ...
ބޯޅަހަން
03 July 2023
ވަގުތުން ސީންގަ ހައްޔަރު ކޮށްގެން ޕޮލިހައް ގެންދަންޖެހޭނެ. ކޯޓު އަމުރަކަށް މަޑުކުރާކަށް ނުޖެހޭ. އެމެރިކާ، ޔޫކޭ އޮސްޓްރޭލިއާ ފަދަ ތަންތާ އަމަލުކުރާ ގޮތަށް އަމަލުކުރަން ޖެހޭ ޕޮލިހުން.
ޖސވސ
03 July 2023
މިފެންނަނީ ފުރާނައެއްގެ އަގެއްނެތް މިރާއްޖޭގައި.