ޖޭއެސްސީގެ ރައީސް ހިސާން: ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ހާއްސަ އިމްތިހާނެއް ދޭން ޖޭއެސްސީން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
03 އޯގަސްޓް 2023 - 14:44
ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ޖުޑީޝަލް އިމްތިހާނެއް ދޭން ނިންމައިފި އެވެ.
މިހާރު ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރު ކަމަށް ބޭނުންވާ ތައުލީމީ ޝަރުތު ފުރިހަމަވެ އަދި އިންޓަވިއުއަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެންނަ ގޮތެއްގެ މަތިން ފަނޑިޔާރު ކަމަށް އައްޔަން ކުރެވެ އެވެ.
ޖޭއެސްސީން މިއަދު ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަނޑިޔާރުން ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ހާއްސަ ޖުޑީޝަލް އިމްތިހާނެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ އިމްތިހާނުގައި ބަލާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި ކޯޓުތަކުގެ ނިންމުންތައް އެނގޭ މިންވަރު ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި އެ ބަދަލަށް ފަހު، ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުން ތައުލީމީ ސްޓެފިކެޓް ހާސިލް ކޮށްފައި ވިޔަސް މަގާމަށް ޝަރުތު ހަމަވި ކަމަށް ބަލާނީ އެ ކޮމިޝަނުން ދޭ ޖުޑީޝަލް އިމްތިހާނުން ފާސްވުމުންނެވެ.
ހައި ކޯޓާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އެ ކޮމިޝަނަށް އޮންނަނީ ހަމައެކަނި ލަފާ ދިނުމުގެ ދައުރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެގި
05 August 2023
އަދި އިތުރު ކޮށްލަ ބަލަ، ސިޔާސީ ގޮތުން ބާރުގަދަ މީހުންގެނޙުކުމް މަތިން އައިގޮތަށް ހުކުމް ކުރަންކެރުމާއި އެފަދަ ހުކުމްތަކުގައި މައިޕާޓީގެ ވެރިޔާ ރުހޭގޮތަށާއި އަމުރުވެރިން އަނގަ ގޮތަށް ހުކުމް ކޮށްފައިވާ މިންވަރު މިބަޔަށް %75 ލިބުން
ޕޫރުބޭ
04 August 2023
ތީ ބޭކާރު ކަމެއް! ކިތަންމެ މަތިން މާކުސް ހޯދިޔަސް ކިތަންމެ ޓެސްޓެއް ހަދާ މަތީ ނަތީޖާއެއް ހޯދިޔަސް ދެ ލޯފާމެއް ތިތަން ކޮންޓްރޯލް ކުރަނީ! އެމީހުން ބޭނުން ބަޔަކު ބޭނުން ގޮތަކަށް ނަގަނީ! ތީ އެއްވެސް އިންސާފުކަމެއް އެކުލެވޭ ތަނެއް ނޫން! ނުރުހޭ މީހުންނަށް ބިރުދައްކައި ސްލޫކީ މައްސަލަ ބަލަން އުޅޭ ބައެއް! މަށާއި މަގޭ އެއްވެސް މީހެއްގެ ތާއީދެއް ނެތް! ވަރަށް ސަލާމް.
ޓެރޭ
04 August 2023
ކަމަނާ ތިމަގާމަށް އައީ ޓެސްޓެއް ހަދައިގެންތޯ؟ ނޫނީ ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރުމުންތޯ؟
ޑީލެއްނެތް ޖުޑިޝަރީއެއް
04 August 2023
ޑީލެއް ނެތިއްޔާ ތިޔަޓެސްޓުން ފާސްވާންޖެހޭނީ. ޑީލެއް އޮތިއްޔާ އެއްވެސް އެއްޗަކަށް ނުބަލާނެ ހަމައެކަނި އެޑީލަށް ބަލާނީ. އިއުލާންކުރުމުގެ ކުރިއަށް ނަގާނެ މީހާ ހުންނަނީ ހުވާކުރަން ފުއްޖަހައިގެން. އެވަރުގެ ޖޭއެސްސީ އެއް ތިޔައީ.
ލައިސަންސް ގެ ނަތީޖާ
04 August 2023
އެންމެފަހުން ވާނީ ހުސް ސެޓްފިކޭޓް ގަނެ ވިއްކާ ގައުމަށް. އެއޮވެ އެކައްޗެއްވެސް ނޭގޭމީހުން އުޅޭތަނަކަށް
ގެދާށޯމޮސް
03 August 2023
އެއީ ޓީޗަރުންނަށް ދިންކަހަލަ ލައިސަންސްއެއްތޯއެވެ.!؟
ހސވސވ
03 August 2023
ތިޔަކަން ރަނގަޅުވާނެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލާ ބޭފުޅުންނަށް
ކިމް
03 August 2023
ތި ޕޭޕަރު މާކުކުރާނީ ކާކޯ؟
ބޮކުރީ
03 August 2023
މިހާރު ތިބި މީހުން ތެރޭ ތިބޭނެ ތިޔައިން ފޭލިވާނެ މީހުން.
ޥާލުސޮރު ގރމ
03 August 2023
ބާކައުންސިލުން ވަކީލުންގެ ޒަމާން ދުއްވާލަން ދުރާލާރޭވިގެން ކުރިގޮތަށް މި ހާރު ބޭނުންވާ ޓީމު ފަޑިޔާރުކަމަށް ލެވުނީމަ ދެން އެކަން އެހެން މީހަކަށް ނުވާގޮތަށް މަގު ބަންދު ކޮލަނީ އުތަ
އަބްޑޫޅް +
04 August 2023
ހޫނ