ޔާމީންގެ އިސް ވަކީލް އަދި ރަނިންމޭޓް ޖަމީލު މިއަދު ކޯޓަށް ވަޑައިގަންނަވަނީ: އިންތިހާބަށް ކެންޑިޑޭޓަކު ނެރުން ޕީޕީއެމްއަށް ބަންދު ނުވާނެ ގޮތް ހަދަން ވަނީ އަމުރަކަށް އެދިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
04 އޯގަސްޓް 2023 - 17:08
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ އަމުރަކަށް މިއަދު އެދެފި އެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމުމާ ގުޅިގެންނެވެ. އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުންނެވެ.
މިއީ، ގާނޫނުއަސާސީގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތެއް އުނިވާ ހާލަތެކެވެ.
އެކަމަކު ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.
އެހެންވެ، އެކަން ސާބިތުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ޝަރީއަތް މިއަދު މެންދުރުފަހު ވަނީ ފަށައިފަ އެވެ. މި މަޖިލީހުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ކޮމިޝަންގެ ނިންމުން ބާތިލްކޮށް، އެމަނިކުފާނުގެ ޝަތުތު ފުރިހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އެނޫން ގޮތަކަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން ވެސް އެދޭ ކަމަށް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އަންނަ ބުދަ ދުވަހު އޮންނާނެ އެވެ.
ޔާމީންގެ ފަރާތުން މިފަދަ ވަގުތީ އަމުރަކަށް އެދިފައިވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ބެކްއަޕެއްގެ ގޮތުގައި ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފަ އެވެ. ޔާމީންގެ އެންގެވުމަށް ޕީއެންސީން ވަނީ ކެންޑިޑޭޓެއް ހޮވާފައިވާއިރު، އެ ފުރުސަތު ހޯއްދެވީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ސުޕްރީމް ކޯޓުން ލިބިއްޖެނަމަ، މުއިއްޒުގެ ނަން އަނބުރާ ގެންދަވާނެ އެވެ. އެ ނޫންނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓަކަށް ވާނީ މުއިއްޒެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ޔާމީން އެކަންޏެވެ. އެހެން ބޭފުޅުން މިހާތަނަށް ފޯމް ހުށަހަޅާފައިނުވި ނަމަވެސް، ބާރަށް ކެމްޕެއިން ކުރައްވަމުން ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮނުވާނެ
04 August 2023
ރޭވުންތެރިކަމާއިއެކު ބަޔަކު މިއޮތީ މޭޔަރަށް ވަރުގަދަ ލަނޑެއް ދީފައި. ޕާޓީން ވަކިކޮށްފައި އަދި އެޕާޓީއިން އެހެންބަޔަކު ނެރެފައި އަނެއް ޕާޓީއިން ހުށަހެޅި ނަން އެންމެ ފަހުވަގުތު އަނބުރައި ގެނައީމައި އަމިއްލަގޮތުން ކުރިމަތިލާނެ ފުރުޞަތެއްވެސް ނުލިބިދާނެ.
ޢިބްރަތް
04 August 2023
ޢީސީގަ ނެތް ޔާމިނުގެ ލޮޓިއެއް ނުލިބޭ އެކަކުވެސަ، ސްޕްރީމްކޯޓވެސް ހަމައެހެން # ޔާމިން ލަދުކޮބާ
ބޮނޑިބެ!
04 August 2023
ހެޔޮ އެދިގެން ޔާމިނަށް ބޮނޑިދޭން އުޅޭ ބަޔަކާ ވައްތަރީ!
އެނދިމަރިޔަނބު
04 August 2023
5 އަހަރު ނިމި ދިޔައީ އިދިކޮޅު ޕާޓީ ނަމުގަ އޮވެ އެއްވެސް ސިޔާސީ ހަރަކާތެއް ނެތި، އިދިކޮޅުގެ އަޑު ނީވޮ، މުޅިންވެސް ފާހަގަ ވެއްޓޭ ވާހަކަޔާ، ހަރާން ހުކުމޭ ކިޔާލަ ކިޔާލަ. ހަރާން ހުކުމަކަށް ވީ ގޮތެއްވެސް ބުނެ ނުދެވޭ. އެއްމެ ފަހުން ކެނޑިޑޭޓެއްވެސް ނުނެރެވި، ޔާމިނުވެސް ޖަލުން ނުނެރެވި، ޕާޓިވެސް އޮޔާ ދިޔައީ. އަދިވެސް ހަމަ އެ ގޮތުގަ. މިހާރުވީ ހުރިހާ ޕްލެނެޓްވެސް ޔާމިނު ވަށާ އެނބުރެން ދޯ؟
މުއިއްޒޫ!
04 August 2023
ދެން ނަންނުނަގާތި އޭރަށްތިބޭނެ ތާކަނިމަސް ކެވިފަ
ސީޒަން ޖެކްޝަން
04 August 2023
މިހާދުވަސްވެގެންދިޔައިރު ކަލޭމެން ކީއްވެ ތިކަމާ ނޫޅުނީ. ދެން އިންތިޚާބުވެސް ފަސްކުރާންވީ ޔާމީނަށް ކުރިމަތިލެވޭ ދުވަހެއް އަންނަންދެން. ޔައުނީ 12 އަހަރުވަންދެން.
އާވަސް
04 August 2023
މުއިޒް އަށް ވަރަށް ވެދުމާ ސަލާމް
ކޮބާ
04 August 2023
ރައީސް ޔާމީން އަންޑަރއެސްޓިމޭޓް ނުކުރައްވާ. މުއިއްޒު އަށް ނޭނގުނަސް މުއިއްޒު ކައިރީ ތިއްބެވި ބައެއް ބޭފުޅުންނަށް އެނގޭނެ މި ވާން އުޅޭ އެއްޗެއް. ސިޔާސީ ކަންކަމަށް ކުޑަވީމާ މުއިއްޒުއަށް ނޭނގުނީ.
އިސްތިއުފާއޭ
04 August 2023
ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ސަރުކާރު އިސްތިއުފާ
އަސްލުލ
04 August 2023
ޖަމީލަށްޓިކެޓް ޑީގެން ޕީޕީއެމް ވިން އެއް ނުވާނެ.. މުއިއްޒު ނަމަ ވެދާނެ.